23 ޑިސެމްބަރ 2019 - 08:31
ވަރަށް ގިނަ ބަޔަކު މިހާރު އާޓިފިޝަލް ސްވީޓްނާ ބޭނުން ކުރަމުން ދިޔަ ނަމަވެސް އެއީ މާ ބޮޑު އިތުބާރެއް ކުރެވޭ އެއްޗެއް ނޫން ކަމުގެ ބަހުސަކީ ފަހަކަށް އައިސް ވަރަށް ހޫނެވެ.
އާޓިފިޝަލް ސްވީޓްނާ އަކީ ނުވަތަ ނޮން-ނިއުޓްރިޓިވް ސްވީޓްނާޒް (އެންއެންއެސް) އަކީ މާ ބޮޑު ނިއުޓްރިޝަން ފައިދާތަކެއް ނެތް، ޒީރޯ ކެލެރީ އުފެއްދުންތަކެއްގެ ގޮތުގައި މަޝްހޫރު ކުރިޔަސް މި އަށް ކުރެވޭ ޝައްކުތަކާ އެކު ފަލަވުމާއި ހަކުރި ބަލި ފަދަ ކަންކަމަށް ހުށަހެޅިދާނެ ކަމުގެ ބިރު ބޮޑެވެ. މިކަމަށް އާ ދިރާސާއަކުން މިހާރު ވަނީ އިތުރު ބުރަދަނެއް ގެނެސްދީފަ އެވެ.
ސައުތު އޮސްޓްރޭލިއާ ޔުނިވާސިޓީން ހަދާފައިވާ ދިރާސާގައި ބުނީ، އާޓިފިޝަލް ސްވީޓްނާ އަކީ ފަލަވުމާއި ޓައިޕް2 ޑައިބިޓީޒަށް މަގުފަހިކޮށްދިނުމާ ދޭތެރޭ ގުޅުން އޮތްކަމީ މިހާރު އިހުމާލު ކޮށްލެވޭނެ ހަގީގަތެއް ނޫން ކަމަށެވެ. އެހެންވެ އެފަދަ އުފެއްދުންތަކަށް ސަމާލުވުމަކީ މުހިއްމު ކަމެއް ކަމަށް ބުނެފައިވެ އެވެ.
Think artificial sweeteners are the best way to lose weight? Perhaps not. #UniSA Prof Peter Clifton says people who use low-calorie sweeteners are more likely to gain weight, the exact opposite of what consumers expect. https://t.co/aZu1slmpgX pic.twitter.com/2csUdei0NT
— UniSA Newsroom (@UniSAnewsroom) December 17, 2019
ނަމަވެސް މި މައްސަލާގައި އަދިވެސް އަދިވެސް އިތުރަށް ހޯދުންތަކެއް ހޯދައި، އާޓިފިޝަލް ސްވީޓްނާ އާއި ފަލުވުމާއި ޓައިޕް2 ޑައިބިޓީޒްއާ ގުޅުން ދިރާސާކުރުން ވަރަށް މުހިއްމު ކަމަށް ސައުތު އޮސްޓްރޭލިއާ ޔުނިވަސިޓީގެ އޮބިސޮޓީ، ނިއުޓްރިޝަން އަދި ޑައިބިޓީޒްގެ ތަޖުރިބާކާރެއް ކަމަށްވާ ޕްރޮފެސަރު ޕީޓާ ކްލިފްޓަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 5،158 މީހުން ބައިވެރި ކޮށްގެން އަށެއްކަ އަހަރު ވަންދެން ކުރި ދިރާސާ އިން، އާޓިފިޝަލް ސްވީޓްނާ ދުވާލަކު މަދުވެގެން ދެ ފަހަރު ބޭނުންކުރި މީހުންނާއި އެ ބޭނުން ނުކުރާ މީހުން އަޅައި ބެލިއިރު، ބޭނުންކުރި މީހުންގެ ބަރުދަން އިތުރުވެފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.
"އެހެންވެ މީގެ އެންމެ ރައްކާތެރި ގޮތަކީ އާޓިފިޝަލް ސްވީޓްނާ ބޭނުން ކުރުުމުގައި ވެސް ހާއްސަ ސަމާލުކަމެއް ދިނުން،" ކްލިފްޓަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާޓިފިޝަން ސްވީޓްނާ އަކީ ފޮނި އެއްޗިއްސަށް "ހިތްކިޔުމުން" ދުރުކޮށްދޭ ކަމެއް ވެސް ނޫން ކަމަށެވެ. އެހެންވެ އާޓިފިޝަލް ސްވީޓްނާ ބަރޯސާވާން މަސައްކަތްކުރާ މީހުން ފޮނި އެއްޗިއްސާ ދުރު ނުކޮށްދޭކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވި އެވެ.
ދިރާސާގައި ބުނެފައިވާ ގޮތުގައި އާޓިފިޝަލް ސްވީޓްނާ އަކީ ގަޓް ބެކްޓްރީގެ ހާލަތަށް ބަދަލު ގެންނާތީ އެއީ ފަލަވުމާއި ޓައިޕް2 ޑައިބިޓީޒަށް މަގު ފަހިކުރުވާ ކަމެކެވެ.
"އެހެންވެ މީގައި އެންމެ މުހިއްމު ކަމަކީ އާޓިފިޝަލް ސްވީޓްނާ އަށް ބަރޯސާވުމުގެ ބަދަލުގައި ހެލްތީ ޑައިޓެއް ގެންގުޅުން. އޭގެ ތެރޭގައި ތަރުކާރީ އާއި މޭވާ އާއި ގޮވާމާއި ކިރުގެ ބާވްތަތަކާއި އެކި ކަހަލަ މުގާއި ބީންސާއި ސީފުޑާއި ގިނައިން ފެން ބޭނުންކުރުން ހިމެނޭ،" ކްލިފްޓަން ވިދާޅުވި އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި 2000-2012 ވަނަ އަހަރާ ހަމައަށް އައި އިރު، އާޓިފިޝަލް ސްވީޓްނާ ބޭނުންކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ. އެގޮތުން އެ މުއްދަތުގެ ތެެރޭގައި އެ ބޭނުންކުރާ ކުދިންގެ އަދަދު 200 ޕަސަންޓަށް އިތުރުވެފައިވާ އިރު، ބޮޑު މީހުންގެ ނިސްބަތް 54 ޕަސަންޓަށް އަރަ އެވެ. އަދި ތަފާސްހިސާބުތައް ދައްކާ ގޮތުގައި އަންނަ އަހަރު އާޓިފިޝަލް ސްވީޓްނާގެ މާކެޓް އިތުރަށް ފުޅާވެ، އޭގެ އާމްދަނީ 2.2 ބިލިއަނަށް އިތުރުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy