24 މާޗް 2020 - 07:39
ކޮރޯނާވައިރަސް އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި ހަލުވިކޮށް ފެތުރެމުންދާ އިރު، އެ ގައުމުތަކަށް މާސްކްގެ ދަތިކަން ކުރިމަތިވެފައިވާތީ އެކަމަށް އެހީވާން އެޕަލް ކުންފުނިން ނިންމައިފި އެވެ.
އެ ކުންފުނީގެ ސީއީއޯ ޓިމް ކުކް ވިދާޅުވީ މާސްކްގެ ދަތިކަމަށް ހައްލެއް ހޯދައިދޭން އެޕަލް އިން އެމެރިކާ އާއި ޔޫރަޕްގެ ކަމާބެހޭ ފަރާތްތަކަށް މިލިއަނުން މާސްކް ފޯރުކޮށްދޭނެ ކަމަށެވެ. ކުކް ކުރެއްވި ޓްވީޓެއްގައި ވަނީ ކޮވިޑް-19 އާ އެކު ކުރީ ސަފުގައި ހިތްވަރާ އެކު މަސައްކަތްކުރަމުން އަންނަ ފަރާތްތަކަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.
Our teams at Apple have been working to help source supplies for healthcare providers fighting COVID-19. We’re donating millions of masks for health professionals in the US and Europe. To every one of the heroes on the front lines, we thank you.
— Tim Cook (@tim_cook) March 21, 2020
އެޕަލް އިން މާސްކް ފޯރުކޮށްދޭން ނިންމި އިރު، އެމެރިކާ އަށް ވަރަށް ބޮޑަށް މާސްކްގެ ދަތިކަން ކުރިމަތިވެފައިވާތީ ސަރުކާރުން ވެސް މިދިޔަ ހަފުތާގައި ވަނީ މިކަމަށް އެހީތެރިކަން ފޯރުކޮށް ދޭން ގޮވާލައިފަ އެވެ. އަދި އެ އެޕަލް އިން މާސްކް ފޯރުކޮށްދޭން ނިންމިކަން އިއުލާންކޮށްފައި ވަނީ އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ވެސް އެޕަލް އިން ދެ މިލިއަން މާސްކް ފޯރުކޮށްދޭން އުޅޭ ޚަބަރު ލިބިވަޑައިގެންފައިވާ ކަމަށް ހޮނިހިރު ދުވަހު ވިދާޅުވެފައި ވަނިކޮށެވެ.
ދާދި ފަހުން ޗައިނާގެ މަހުޖަނު ޖެކް މާ ވެސް ވަނީ އެމެރިކާ އަށް 500،000 ޓެސްޓް ކިޓާއި މިލިއަން ފޭސް މާކްސް ހަދިޔާކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެޕަލްއަށް.ސަލާމް
24 March 2020
މަ.ދެން އެޕަލް އެއްޗެއްސަށް ސަަލާމް. ރޭސިސްޓް ވިޔަސް ބޮޑުވަރު. ޢެއްޗެހި ވިއކާފަ ފައިދާ ހޯދަން އޭޝިޔާއަށް. ޢެހީއެއްދޭން ޖެހުމުން ހަމައެކަނި ޔީރަޕާ އެމެރިކާއަށް. ހީކުރި ކަހަލަ ބައެއްނޫން.
ދަންޑެހެ
24 March 2020
އެޕަލް ފޯނު ބެނުންކުރާ ހުރިޙާ ކަސްޓަމަރުންނަށް އެޕަލްކުންފުނިން މާސްކު ފޯރުކޮށްދިނުން އެއީ ކޮންކަހަލެ ކަމެއް...ހަމައެކަނި ޔޫރަޝާއި، އެމެރިކާ..........ކަމަކުނުދޭއެއްނޫން!!!
ކުމުންދޫއަލީ
24 March 2020
ކޮބާ އެފްރިކާ އޭސިއާ؟ އަށް ވެސް އެތިކޮޅެއް ފޮނުވާ. އަހަރުމެންވެސް އައިފޯނު ގެންގުޅެމޭ...