02 އެޕްރީލް 2020 - 08:23
ކޮރޯނާވައިރަހާ ދެކޮޅަށް އެކި ދާއިރާތަކުގައި މަސައްކަތްކުރާ އަންހެނުންނަށް އެހީވުމަށް އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ 100،000 ޑޮލަރު ހަދިޔާކޮށްފި އެވެ.
އެމެރިކާގައި ދިރިއުޅޭ ބަތަލާ ފައިސާގެ ބޮޑު އެހީއެއް ދޭން ނިންމިކަން ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ. އޭނާ ބުނީ މި ދަނޑިވަޅުގައި އަންހެނުންނަށް ކުރިމަތިވާ ދަތިތަކާއި ކޮވިޑް-19އާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރާ ހުރިހާ އެންމެން ކުރާ މަސައްކަތްތައް ވެސް ބަލައިގަންނަ ކަމަށާއި އެ މީހުންގެ ހިދުމަތްތަކަށް ޝުކުރު ވެސް އަދާކުރާ ކަމަށެވެ.
Our worlds changed quickly, and needless to say, we couldn’t go forward with our original plans to launch this campaign. Each week I’ll go live with @BONVIVSeltzer to share the stories of four women who are overcoming the struggles of our new realities in their own powerful way. pic.twitter.com/9ZHJKVpsq5
— PRIYANKA (@priyankachopra) March 31, 2020
ކޮރޯނާވައިރަހާ ދެކޮޅަށް ޕްރިޔަންކާ އާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުޅުއްވި ފަންޑް "ޕީއެމް-ކެއާޒް" އާއި ޔުނިސެފާއި އެމެރިކާގެ ޖަމިއްޔާ ފީޑިން އެމެރިކާ އާއި ނޯ ކިޑް ހަންގްރީ އާއި ޑޮކްޓާޒް ވިތައުޓް ބޯޑާޒް އިންޑިއާގެ ޖަމިއްޔާ ގިން އިންޑިއާ އާއި ގޫންޖަށް ވެސް ފައިސާގެ އެހީ ދީފަ އެވެ.
Nick and I have donated to these charities: @unicef, @FeedingAmerica, @goonj, #DoctorsWithoutBorders, @nokidhungry, @GiveIndia, and @sagaftra, #IAHV, #Aseema, and #PMCARES fund.
— PRIYANKA (@priyankachopra) March 31, 2020
މޯދީގެ ފަންޑަށް އިންޑިއާގެ ވަރަށް ގިނަ ފިލްމީ ފަންނާނުން ފައިސާގެ އެހީ ދެމުން އަންނަ އިރު، ބޮލީވުޑްގެ ބަތަލާއިތަކެއް ވެސް މިހާތަނަށް އެހީ ދީފައިވެ އެވެ. އޭގެ ތެރޭގައި ހެމާ މާލިނީ އާއި ޝިލްޕާ ޝެޓީ އާއި ކެޓްރީނާ ކައިފާއި އާލިއާ ބަޓާއި ކަރީނާ ކަޕޫރާއި އަނުޝްކާ ޝަރުމާ އާއި ސޯނަމް ކަޕޫރާއި ސާރާ އަލީ ޚާން އަދި ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރް ހިމެނެ އެވެ.
ނަމަވެސް ގިނަ ބަތަލާއިން ހަދިޔާކުރި ފައިސާގެ އަދަދެއް ހާމައެއްނުކުރެ އެވެ. އަދި ވަރަށް ގިނަ އެކްޓަރުން ވެސް ވަނީ މިހާތަނަށް ފައިސާ ހަދިޔާކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ތަރިން ހަދިޔާކުރި އަދަދު ހާމަކުރިޔަސް، ބައެއް ތަރިން ވަނީ އަދަދު ސިއްރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުނީ
02 April 2020
އަވަސް ހަބަރު: ސުނީތާ 100 ރުފިޔާ ހަދިޔާކޮށްފި
ޝީޒާ
02 April 2020
ހާދަ ރަނގަޅޭ ޕީސީ. ސުނީވެސް ކޮންމެވެސް ކަމެއް ކުރަންވާނެ ދޯ