މާކް ޒަކަބާގް.
21 ސެޕްޓެމްބަރ 2020 - 07:32
އިޓަލީގެ މަޝްހޫރު އައިނު ބްރޭންޑް ރޭ ބެންގެ ބެލެނިވެރި ކުންފުނި އެޒިލޯރް ލަގްޒޮޓިކާއާ ގުޅިގެން ސްމާޓް އައިނު ނެރެން ފޭސްބުކުން ނިންމައިފި އެވެ.
އަންނަ އަހަރު ނެރެން ނިންމާފައިވާ އައިނު ކަލެކްޝަނާ ބެހޭ ގޮތުން ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް ވިދާޅުވީ ލަގްޒިޓާއާ ގުޅިގެން ސްމާޓް އައިނު ނެރެން ނިންމީ އެ ކުންފުންޏަކީ ފޭސްބުކް ބޭނުންވާ ކޮލީޓީގައި އައިނު އުފައްދާނެ ކުންފުންޏެއްކަން ކަށަވަރުވާތީ ކަމަށެވެ.
"ވަރަށް ފަހުން އެ މީހުންގެ ފެކްޓަރީ އަށް ޒިޔާރަތްކޮށް ލަގްޒަޓިކާގެ ޓީމާ ބައްދަލުކޮށް، މަސައްކަތްކުރާ ގޮތް ވެސް ވަރަށް ގާތުން ބަލައިލުމުގެ ފުރުސަތު ލިބުނު. އެ ހިސާބުން އެނގިއްޖެ ލަގްޒަޓިކާ އަކީ އަހަރެމެން ބޭނުންވާ ފެންވަރުގެ ކުއްފުންޏެއްކަން." ކެލިފޯނިއާގައި ބޭއްވި ފޭސްބުކް ކަނެކްޓްގައި ޒަކަބާގް ބުންޏެވެ. "އަހަރެމެންގެ އަމާޒަކީ މިހާރު މާކެޓްގައި ހުރި ސްމާޓް ސަންގްލާސްތަކަށް ވުރެ ޓެކްނޮލޮޖީގެ ގޮތުން ފުރިހަމަ އުފެއްދުމެއް ގެނެސް ދިނުން."
#Facebook and #EssilorLuxottica Announce Collaboration for Smart Glasses. Click here to find out more! https://t.co/EHj7OPPpSq pic.twitter.com/ql3XBGaCq9
— Luxottica (@Luxottica) September 16, 2020
ފޭސްބުކް ސްމާޓް އައިނު ވެސް ނެރޭނީ ރޭ-ބަން ބްރޭންޑްގެ ދަށުންނެވެ. އަދި މި އުފެއްދުމުގައި ވާޗުއަލް އަދި އައުގްމަންޓެންޑް ރިއަލިޓީ ހިމަނާނެ އެވެ. ފޭސްބުކްގެ ސްމާޓް އައިނު ވާނީ ފެޝަނެއްގެ ގޮތުގައި ވެސް އަދި ޓެކްނޮލޮޖީގެ ގޮތުން ތަފާތުތަކެއް ތަޖުރިބާކުރެވޭނެ އުފެއްދުމަކަށެވެ.
ލަގްޒޮޓިކާއާ ގުޅިގެން ފޭސްބުކުން ސްމާޓް އައިނު ނެރެން މަސައްކަތް ކުރަމުން އަންނަ އިރު، "ޕްރޮޖެޓް އަރިއާ" ގެ ދަށުން އުފެއްދި އައިނު ފޭސްބުކްގެ މުވައްޒަފުން މިހާރު ވެސް އަންނަނީ ޓެސްޓްކުރަމުންނެވެ. އެކަމަކު މިއީ ވިޔަފާރީގެ އުސޫލުން މާކެޓަށް ނެރޭނެ އައިނެއް ނޫނެވެ. އައުގްމަންޓެޑް ރިއަލިޓީ ނުހިމެނޭ މި އައިނަކީ އޯޑިއޯ އާއި ވީޑިއޯ ކެޕްޗާކޮށް ލޮކޭޝަން ޑޭޓާ ރައްކާކޮށްދޭ އުފެއްދުމެކެވެ.
ސްމާޓް އައިނާ ގުޅޭ ގޮތުން ފޭސްބުކާއި ލަގްޒޮޓިކާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ އައިނު ނެރޭނެ ތާރީހާއި އަގާއި އައިނާ ގުޅޭ ވަރަށް ގިނަ ތަފުސީލުތައް ފަހުން އާންމުކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމަދު3333
21 September 2020
އެއައިނު ނެރެން އަދި ގާތްގަނޑަކަށް އެތައްއަހަރެއްވެދާނެ ކަމަށް ފޭސްބުކްސްގެ ރިއަލިޓީލެބުން ބުނަނީ.. އެކަން އިއުލާނުކުރީ ފޭސްބުކް ކަނެކްޓުގައި ޒަކަބާރކް.. މިފަހަރު އެނެރެނީ އޮކިއުލަސް ކުއެސްޓު 2 ވީއާރު ހެޑްސެޓް.. އަޅުގަނޑު ޕްރިއޯޑަރ ކޮއްފިން..
ޑރ ފެއިލް
21 September 2020
ކޮން ކަރައެއްފަޅާކަށް..