ލައިފްސްޓައިލް / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ޝީލާގެ ނާސްތާ ރައީސްގެ ސުފުރާމައްޗަށް

ޝީލާ.

މަޝްހޫރު ފިލްމީ ބަތަލާ ޝީލާ ނަޖީބު ކާއެއްޗެހި ތައްޔާރުކޮށްގެން ވިއްކަން ފެށުމާ އެކު އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް މިކަމަށް ލިބިފައިވެ އެވެ. އޭނާގެ ކެއުންތަކަށް އޯޑަރުކުރާ މީހުން ގިނަވެ، މިހާރު މީގެ ތެރޭގައި ރެގިއުލާ ކަސްޓަމަރުން ވެސް ހިމެނެ އެވެ.

ފިލްމު ކުޅެމުން، ޝީލާގެ ކެއްކުމުގެ ހުނަރާއި ތަޖުރިބާ އާއި އެ ރަހައިގެ ޖާދޫގެ މިހާރު ވަރަށް ބޮޑަށް ވައިގައި ހިފާފައިވާ އިރު ލިބުނު އެންމެ ބޮޑު އެއް އުފަލަކީ ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ދެކަނބަލުންގެ ސަފުރާމައްޗަށް ވެސް ޝީލާގެ ރަހަތައް ގެނެސްދެވުމެވެ. ރައީސް އޮފީހުގައި ބޭއްވި ހަފުލާއަލުން ޝީލާ އަށް މި ވަނީ ބޮޑު އުފަލެއް ލިބިފަ އެވެ.

"ވަރަށް އުފާވި މި ފުރުސަތު ލިބުނީމަ. ރައީސްގެ ދެކަނބަލުންނަށް އަހަރެންގެ ރަހަތައް ދައްކާލަން ރިކުއެސްޓްކޮށްގެން އުޅެނިކޮށް މި ފުރުސަތު ލިބުނީ،" އަމިއްލަ ކާނާތައް ފިރިމީހާ އެކްޓަރު މުހައްމަދު މަނިކާ އެކު ރައީސްގެ ދެކަނބަލުންނާ އެކު އެއް ސުފުރާމަތީގައި ހިއްސާކޮށްލަން ލިބުނުން އުފަލުން ހުރި ޝީލާ ބުންޏެވެ.

ރައީސް އޮފީހަށް ޝީލާ ގެންދިޔަ ކާތަކެތީގެ ތެރޭގައި ޖުމްލަ 12 ވައްތަރެއް ހިމެނެ އެވެ.

"އޭގެ ތެރެއިން ބައްޓާއި ބީންސް އިން ހަދާފައި ހުރި އެއްޗެހި އެ ބޭފުޅުންނަށް ވަރަށް ކަމުދިޔަ،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ ބުންޏެވެ. "މީރުވެގެން އެ ވާހަކަ އެ ބޭފުޅުން ވިދާޅުވީމަ އަދި ވަކިން ބޮޑަށް އުފާވި ފަސްޓްލޭޑީ ވިދާޅުވި ކުރިއަށް އޮތް ތަނުގައި ވެސް ޝީލާގެ އަތުން އޯޑަރު ނަންގަވާނެ ކަމަށް."

ކެއްކުމަކީ އަބަދު ވެސް ޝީލާ ވަރަށް ކުރާ ހިތުން ލޯބިން ކުރާ ކަމެކެވެ. އޭނާ ބުނިގޮތުގައި މިއީ މަންމަ ފަރާތު އާއިލާ އިން ލިބުނު ހުނަރެކެވެ. އެކަމަކު ޝީލާގެ މީރުގެ ކެއުންތައް އާންމުންނާ ހަމައަށް ފޯރުކޮށް ދޭން ވިޔަފާރިއަކަށް ބަދަލުވީ މީގެ ތިން މަހެއްހާ ދުވަސްކުރިންނެވެ.

"މިކަން އަސްލު ފެށިފައި އޮތީ ރޯދަ މަހު. އެކަމަކު މިހާރު މިކުރާ ގޮތަށް ފުޅާވެގެން ދިޔައީ ތިން މަސް ކުރިން. މިހާރު ހަމަ މާލޭގެ ކޮންމެ ހިސާބަކުން ޝީލާގެ މެނޫގެ ހިމެނޭ ޕެކޭޖަކަށް އޯޑަރުކޮށްލިޔަސް ގެންގޮސްދޭނެ،" ސޯޝަލް މީޑިއާގައި މި ހިދުމަތް އިޝްތިހާރު ކުރަމުން އަންނަ ޝީލާ ބުންޏެވެ. "މީގެ ތެރޭގައި އެބަހުރި އޮފީސް ޕެކޭޖްތައް ވެސް."

ޝީލާގެ ކާނާ އަކީ ހަމަ ސީދާ އޭނާގެ އަމިއްލަ މަސައްކަތެވެ. ރޮށި ނޫން އެހެން ހުރިހާ އެއްޗެއް ތައްޔާރުކުރަނީ ސީދާ ޝީލާ އަމިއްލަށެވެ. އަދި ޝީލާގެ ނާސްތާ ޕެކްތަކުގެ އެންމެ ހާއްސަ ކަމަކީ އެންމެ ތާޒާކަންމަތީ ކަސްޓަމަރުންނަށް ހަމައަށް ފޯރުކޮށް ދިނުމެވެ. ޝީލާގެ ނާސްތާގައި ހިމެނެނީ ހުކުރު/ހޮނިހިރުގައި ހިމެނޭ "ވީކެންޑް" ޕެކާއި ހޯމަ/ބުދައިގައި "އޮފީސް ޕެކް" އެވެ.

"އާންމުންގެ ފަރާތުން ލިބޭ ކޮމެންޓް ވެސް ވަރަށް ރަނގަޅު. މި މަސައްކަތަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ވެސް އެއީ." ޝީލާ ބުންޏެވެ.

ފިލްމީ މަސައްކަތަށް ވަގުތި ހުސްކުރަމުން ކައްކައިގެން އާމްދަނީ ހޯދާ އިރު، މި މަސައްކަތް ޕްރޮމޯޓްކޮށް ދިނުމުގެ އެންމެ ބޮޑު އެހީތެރީ އަކީ ފިރިމީހާ މަނިކެވެ.

"މަނިކުގެ ސަޕޯޓް ވަރަށް ބޮޑު،" ޝީލާ ބުންޏެވެ. "މި ހިދުމަތް ޕްރޮމޯޓްކޮށް ދޭން ވެސް އެންމެ ބޮޑަށް މަސައްކަތްކޮށް ދެނީ މަނިކު."

އޭނާ ބުނީ ލިބެމުން އަންނަ ތަރުހީބަށް ބަލާ އިރު މިއީ އަދިވެސް ފުޅާކުރެވެން އޮތް ހިދުމަތެއް ކަމަށެވެ.

"އެކަހަލަ ވިސްނުންތަކެއް އެބަހުރި. އަސްލު ފިލްމީ މަސައްކަތުގައި އުޅެމުން މިކަން ކުރާ އިރު، މިއީ ހަމަ އާމްދަނީ ހޯދަން ވަރަށް ރަނގަޅު ކަމެއް،" ޑާކް ރެއިން އެންޓަޓައިންމަންޓުން ހަދަމުންނަ ސިޓްކޮމް "ރޫމީ އާ ޖަންނަތު" ގެ މަސައްކަތް ވެސް މި ވަގުތު ކިރަމިން އަންނަ ޝީލާ ބުންޏެވެ.

"ގޭގެ ހަރަދުތައް މިހާރު މި ބަލަހައްޓަނީ މިކަމުން ލިބޭ އާމްދަނީން."

20 ކޮމެންޓް, 77 ރިއެކްޝަންސް

icon happy icon happy 81%
icon sad icon sad 3%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޟާނު

03 December 2020

ޥަރަށް ސިއްހަތަށް ރަގަޅުނޫން ހެން ފެންނަނީ މީގެ ކެލެރީސް ޑެފެސިޓް އިގެންބޭނުން އޯޑަރުކުރުމުގެކުރިން ސިއްހަތަށް ފައިދާހުރި ކާނާ ކެއުން އާދަކުރޭ

The name is already taken The name is available. Register?

ކަލީމު000

08 December 2020

ކަލޭ ހަމަ ތަަނަކުން އޯޑަރު ޖަހަނި ހުރިހާ ފަަރަކުވެސް ކެލޮރީއާ އެއަށްލީ ލޮނު ސަމުސަލާާުގެ އަދަދާ އެޅި އަސޭމިރުސް ގެނައި ގައުމަކާ ބަލާފަ ވިއްޔަ. މަމޮޅު

The name is already taken The name is available. Register?

1111

02 December 2020

ކޮބާހޭ ކޮވިޑް؟

The name is already taken The name is available. Register?

އައްޔަަަ

02 December 2020

ސީލާގެ މަސައްކަތައް ހަމަ ކާމިޔާބަށް އެދެން

The name is already taken The name is available. Register?

ޕްލާސްޓިކު

01 December 2020

މިގޮތަށް ޕްލާސްޓިކް ކުނި އިތުރުކުރާ ބައެއްގެ ޕްރޮޑަކްޓް ޕްރޮމޯޓް ނުކުރައްވާ.

The name is already taken The name is available. Register?

އަރުވާލި އާދަނުގެ ސިޔާސީ ހާސަރު

01 December 2020

"މަރުހަބާ މަނިކާ ރޯއްޖާ ޖަޒުބާތު ހެޔޮ ލޯތްބާއެކީ"

The name is already taken The name is available. Register?

އަބްދުއްالله

01 December 2020

މި އޯޑަރުގެ ބިލަށް ލާރި ދެއްކިތަ؟ އެހެން ނޫންނަމަ، މީ ރިޝްވަތެއް ނޫންތަ؟ މި ރައީސްމީހާ މީ އަމިއްލަ ވިޔަފާރި އިސްޕޮންސަރު ކޮށް، އިޝްތިހާރުކުރާ މީހެއްތަ؟

The name is already taken The name is available. Register?

ތުއްތޮންބެ‫

30 November 2020

ދ‫ެންރައީސްގެ ދެކަނބަކުންނައް ތިޔަކާނާ ކަމުދިޔަތޯ؟

The name is already taken The name is available. Register?

ބަސް

30 November 2020

ހަމަ ވަރަށް ރަނގަޅުކަމެއް.

The name is already taken The name is available. Register?

ބާދަގަނޑަށް

30 November 2020

ޝީލާކުރާމަސައްކަތުންނޫން އެހެން އެއްމެން ކުރާމަސައްކަތުން ޖެހޭނެ ސަރުކާރަށްޓެކްސްދައްކަން ރައީސަށް ވައިޖަހައިލީ ދޯ . ޓެކްސްދައްކަންޖެހޭނެ ކަމަށް ބުނާތީ .

The name is already taken The name is available. Register?

ފިލްމްސްރާރުން

30 November 2020

ފިލްމިސްޓާރުްނައްވިޔަސް ޝެފެެއްވިއްޔާ ގައުމެއް ރައީސާއި ބައްދަލުކުރާއިރު‘ ތިބެންޖެހޭނީ ޝެފުންގެ ގޮތުގަ އެ ހެދުމުގަ. ވަރައް ދެރަވަރު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454