މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ސެލެބްރިޓީ އަދި އެމެރިކާގެ މަޝްހޫރު ޒުވާން ވިޔަފާވެރިޔާ ކައިލީ ޖެނާގެ "ކައިލީ ސްކިން" ގެ ދަށުން ހޭންޑް ސެނިޓައިޒާއެއް ނެރުމުން އާންމުންގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
ގިނަ ބަޔަކު ތުހުމަތުކޮށްފައިވާ ގޮތުގައި 23 އަހަރުގެ ކައިލީ ސެނިޓައިޒާއެއް ނެރުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން ބޮޑު ފައިދާއެއް ނެގުމުގެ ނިޔަތުގަ އެވެ.
ސެނިޓައިޒާ އަކީ ކޮވިޑުން ރައްކާތެރިކަން ހޯދަން ބޭނުންކުރެވޭ އެންމެ އަސާސީ އެކައްޗެވެ. އަދި މިއީ ކޮވިޑްގެ ބަލިމަޑުކަމާ އެކު އެންމެ ބޮޑަށް ޑިމާންޑް އުފުލި މިދިޔަ އަހަރު ސަޕްލައި އަށް ވެސް ލޮޅުން އެރި އުފެއްދުމެކެވެ.
my @kylieskin hand sanitizer is here!! https://t.co/DbSy7Ahhza 🤍 80% alcohol, fast drying, and formulated with glycerin to prevent dryness! ✨ pic.twitter.com/TVTNPdRh6F
— Kylie Jenner (@KylieJenner) January 5, 2021
ކައިލީގެ ކޮންމެ އުފެއްދުމަކީ އެ ވިއްކަން ފެށުމާ އެކު ކުއްލި ބޮޑު ޑިމާންޑެއް ލިބޭ އެއްޗަކަށް ވިޔަސް ސެނިޓައިޒާ އަށް އެހެންނެއް ނުވި އެވެ. ފާޑުކިޔާ މީހުން ބުނަމުން ދަނީ ބަލިމަޑުކަމަކުން ފައިދާ ނަގަން ކައިލީ މަސައްކަތްކުރާނެ ކަމަށް ހީކުރެވިފައި ނެތް ކަމަށެވެ.
ކައިލީގެ ދައްތަ 2017 ވަނަ އަހަރު ކުޅުނު ފާޑުކިޔުން އަމާޒުވި ޕެޕްސީ އިސްތިހާރާ ކައިލީގެ އާ އުފެއްދުމާ ވެސް މީހުން އަޅާކިޔާފައިވެ އެވެ. އަދި ފިޔާތޮށި ކުލައިގެ ފުޅިއެއްގައި މި ސެނިޓައިޒާ ހުންނާތީ، މީގެ ތަފާތަކީ އެއީ ކަމަށް ބުނެ ވެސް ބައެއް މީހުން ޖޯކު ޖަހާފައިވެ އެވެ.
ފާޑުކިޔާއިރު، އަނެއް ބަޔަކު ގެންދަނީ ނެގެޓިވް ވިސްނުމަށް ބެލުމެއް ނެތި މަސައްކަތައިގެން ކުރިއަށް ދާން ކައިލީ އަށް ހިތްވަރު ދީފަ އެވެ.
ހޭންޑް ސެނިޓައިޒާ އިން އަތް ސާފުކުރުމަކީ ކޮވިޑްގެ ރައްކާތެރި ކަމަށް ފޭސް މާސްކް ބޭނުންކުރުމާއި ގިނަގިނައިން އަތް ދޮވުމާ އެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އާއި އެމެރިކާގެ ސެންޓަ ފޮ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އެންމެ ބޮޑަށް އިރުޝާދުދޭ އެއް ކަންތަކެވެ.
Being a billionaire isn't enough people. I must now release a special hand sanitizer and make more money during a pandemic where people have lost their entire livelihoods. Because empathy and priorities. https://t.co/fiTgHupI9I
— Faryal Niazi (@FNiazi31) January 6, 2021
ކައިލީގެ ސެނިޓައިޒާ ނެރޭކަން މިދިޔަ މަހުގެ 31 ގައި އިއުލާންކޮށް އެ ނެރުނީ މި މަހުގެ 5 ގަ އެވެ. "ކައިލީ ސްކިން" ގެ ނަމުގައި ނެރުނު ކައިލީގެ ސެނިޓައިޒާ ފުޅި ހުންނަނީ ސްޕްރޭކުރެވޭ ކަހަލަ ފުޅިއެއްގަ އެވެ. އޭގައި ހުންނަނީ މަޑު ފިޔާތޮށި ކުލަ އެވެ.
with shipping this is $17 🥲 gross https://t.co/5QQojmiCQR
— mya !! (@scchmidthappens) January 5, 2021
މި އުފެއްދުމާ ބެހޭ ގޮތުން ކައިލީސްކިންގެ ވެބްސައިޓްގައި ބުނެފައި ވަނީ މިއީ "ހުރިހާ ވަގުތެއްގައި ވެސް އަތް ސާފުކޮށް ބޭއްވޭނެ އުފެއްދުމެއް" ކަމަށާއި "ބޭނުންކުރަން އެހާމެ ރައްކާތެރި އެއްޗެއް" ކަމަށެވެ.
ސެނިޓައިޒާ ފުޅިއެއްގެ އަގަކީ 7 ޑޮލަރު (107.87ރ.) އެވެ.
ކޮވިޑުން ރައްކާތެރިކަން ހޯދަން ކައިލީ ސެނިޓައިޒާއެއް ނެރުނު އިރު އޭނާ އަކީ އެ ބަލިމަޑުކަމުގެ ތެރޭގައި އެކި ފަރާތްތަކަށް އެހީ ވެސް ދީފައިވާ މީހެކެވެ. އެގޮތުން ފްރަންޓް ލައިންގައި މަސައްކަތްކުރާ މީހުންނަށް ބޭނުންވާ މެޑިކަލް ސާމާނު ހޯދަން އޭނާ މިދިޔަ އަހަރުގެ މާޗްގައި އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފައިވެ އެވެ.
ކޮވިޑް ތެރޭ އަމިއްލަ ސެނިޓައިޒާއެއް ނެރުނު މަޝްހޫރު މީހުންގެ ތެރޭގައި ބޮލީވުޑްގެ ފިލްމީ ތަރި ސަލްމާން ޚާން ވެސް ހިމެނެ އެވެ. އޭނާގެ ސެނިޓައިޒާގެ ނަމަކީ "ފްރެޝް" އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ހަހުރަޔާ
08 January 2021
ތިމާއަށް ތިމާގެ ފެންވަރު ނޭނގިގެން އުޅޭ މީހުންގެ ވައްތަރު ތިއީ!!!
ބާސޫ
08 January 2021
ކައިލީ ވިއަސް އަދި އެހެން ކޮންމެ ވިޔަފާރި ވެރިއެއްވިއަސް ފައިދާ ނެގެން އޮންނަ ދަނޑިވަޅުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާނެއެވެ. ދިވެހިރާއްޖޭގަވެސް މި ދަނޑިވަޅުގަ އެކިގޮތްގޮތުން ބޮޑެތި ފާއިދާ ނެގިމީހުން ތިބޭނެއެވެ. އަދި ބޮޑެތި ގެއްލުންތައް ލިބުނު މީހުން ވަރަށް ގިނަވާނެއެވެ. މިކަހަލަ ހާލަތްތަކުގައި ތިއީ ފާޑުކިޔަންޖެހޭކަމެއް ނޫނެވެ.