ލައިފްސްޓައިލް / ސިންގަޕޫރު

އުމުރުން ދުވަސްވާ ވަރަކަށް ކާންވީ ނަޓްސް

ނަޓްސް.

22 ޖެނުއަރީ 2021 - 10:33

އުމުރުން ދުވަސްވުމުން ހަނދާން ނެތޭ ބަލި ނުވަތަ ޑިމެންޝިއާ ޖެހުމާ ދުރުކޮށްދޭ އެކައްޗަކީ އެކި ބާވަތުގެ ނަޓްސް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އޭޖް އެންޑް އޭޖިން ޖާނަލްގައި ޝާއިއުކޮށްފައިވާ ސިންގަޕޫރްގެ ނެޝަނަލް ޔުނިވަސިޓީގެ ދިރާސާގައި ބުނެފައިވާ ގޮތުގައި އުމުރުން 40 އިން މަތިވާ ފަހުން ނަޓްސް ކެއުން އިތުރުކޮށްފި ނަމަ، ހަނދާން ނެތޭ ބައްޔާ ދެކޮޅަށް މަސައްކަތްކުރެ އެވެ. މި ދިރާސާ ހަދާފައި ވަނީ 17،000 މީހެއްގެ ސިއްހީ ހާލަތު 1993-2016 އާ ހަމައަށް ވަޒަންކޮށްގެންނެވެ.

އެ ދިރާސާގައި ބައިވެރިކުރި 40 އަހަރުން މަތީގެ މީހުންގެ ކެއުމުގެ ވައްޓަފާޅި ގެންގުޅޭ ގޮތާއި އެ މީހުންގެ ޑައިޓްގައި ނަޓްސްގެ ބާވަތްތައް ބޭނުންކުރާ މިންވަރާއި އޭގެ ސަބަބުން ސިއްހަތަށް އައި ކުރިއެރުންތަކަކީ ކޮބައިތޯ ބަލާފައިވެ އެވެ. އެގޮތުން ފާހަގަކުރެވުނު އެއް ކަމަކީ ދިރާސާގައި ބޭނުންކުރި މީހުންގެ އުމުރުން 40-60 އާ ދެމެދު މީހުން ނަޓްސްގެ ބާވަތްތައް ކޭ މިންވަރު އިތުރު ނަމަ ހަނދާން ނެތޭ ބަލީގެ މައްސަލަ ކުރިމަތިވާލެއް ކުޑަކަމެވެ.

ދިރާސާގައި ބުނީ 40 އަހަރުން މަތީގެ މީހުން ހަފުތާއަކު މަދުވެގެން ދެ ދުވަހު ނުވަތަ އެއަށް ވުރެ ގިނަ ދުވަހު ނަޓްސްކާ ނަމަ، ހަނދާން ނެތޭ ބަލި ކުރިމަތިވުމުގެ ފުރުސަތު ފަސްގުނަ އެ ނޫން މީހުންނާ އަޅާބަލާ އިރު ކުޑަކޮށްދޭ ކަމަށެވެ.

އެހެންވެ ނަޓްސްކާ މީހުންގެ އުމުރުން 60، 70 އަދި 80 އަހަރު މަތިވާ އިރު ވެސް ހަނދާން ނެތޭ މައްސަލަ ކުޑަކޮށްދޭ ކަމަށް ފާހަގަކުރެވިފައިވެ އެވެ. ދިރާސާގައި ވަނީ އެންމެ މަދުވެގެން ހަފުތާ އަކު އެއް ދުވަހު ވިޔަސް ނަޓްސްގެ ބާވަތްތައް ކާން އިރުޝާދު ވެސް ދީފަ އެވެ. އަދި އޭގެ ސަބަބުން ހަނދާން ބަލިވާ މައްސަލަ 19 ޕަސަންޓަށް ދަށްކޮށްދޭ ކަމަށް ވެސް ދިރާސާގައި ބުންޏެވެ. ޖުމްލަކޮށް ބަލާ އިރު ނަޓްސް ނުކާ މީހުންނާއި އެ ކާ މީހުންނަށް ހުރި ފަރަގަށް ބަލާ އިރު، ނަޓްސް ކާ މީހުންނަ ހަނދާން ނެތޭ ބަލިން ރައްކާތެރިކޮށް ދިނުމުގެ ފުރުސަތު 60 ޕަސެންޓަށް ބޮޑެވެ.

މީގެ ކުރިން ވެސް ހަދާފައިވާ އެތައް ދިރާސާތަކުން ނަޓްސް އާއި ހަނދާން ގަދަވުމާ ގުޅުން ބޮޑުކަން ހާމަވެފައިވެ އެވެ. އެހެންގެ އުމުރުން ދުވަސްވީ މީހުންގެ އިތުރުން ކުޑަކުދިންނަށް ވެސް ނަޓްސް ކާން ދިނުމަކީ ސިއްހީ ތަޖުރިބާކާރުން ވަރަށް އާންމުކޮށް ދެއްވާ އިރުޝާދެކެވެ.

ވަކިން ހާއްސަކޮށް އުމުރުން ދުވަސްވީ މީހުން ނަޓްސް ކާން އަބަދު ވެސް އިރުޝާދު ދެވެ އެވެ.

އިނގިރޭސިވިލާތުގެ އަލްޒެއިމާ ރިސާޗުން އިރުޝާދުދޭ ގޮތުގައި ހަނދާން ބަލިވާ މައްސަލައިން ރައްކާތެރިކަން ހޯދަން އިސްކަންދޭން ޖެހޭ މުހިއްމު ކަންތައްތަކެއް ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުނުކުރުމާއި ގަވައިދުން ކަސްރަތުކުރުމާއި ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް ލެވެލް ކޮންޓްރޯލްކުރުމާއި ހަށިގަނޑާއި އުމުރާ ގުޅޭ ގޮތަށް ބަރުދަން ބެހެއްޓުމާއި ބެލެންސް ޑައިޓެއް ގެންގުޅުމުގެ އިތުރުން މަސްތުވާތަކެއްޗާ ދުރުވުން ހިމެނެ އެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 13%
icon inlove icon inlove 63%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454