ޚަބަރު / ޑިޕްލޮމެޓިކް ގުޅުން

ޕެލޮސީ ޓައިވާނަށް ވަޑައިގަތުން: ރާއްޖެ އޮތީ ޗައިނާއާއެކު ކަން ހާމަކޮށްފި

ފޮރިން މިނިސްޓަރު ޝާހިދު: ޓައިވާންގެ މައްސަލާގައި ރާއްޖެ އޮތީ ޗައިނާއާ އެކު ކަން ސަރުކާރުން ވަނީ ހާމަކޮށްފައި --- ފޮޓޯ/މިހާރު

ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ބަލަމުން އަންނަ "ވަން ޗައިނާ ޕޮލިސީ" ރާއްޖެ އިން އަދިވެސް ދަމަހައްޓާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ޓައިވާނަކީ މިނިވަން ވަކި ގައުމެއްގެ ގޮތުގައި ބައެއް ގައުމުތަކުން ބެލިޔަސް، ޗައިނާ އިން ދެކޭ ގޮތުގައި އެއީ އެ ގައުމުގެ ބައެކެވެ. އެކަން އެހެން އޮއްވައި، އެމެރިކާގެ ކޮންގްރެސްގެ ރައީސާ ނޭންސީ ޕެލޮސީ ދާދި ފަހުން ޓައިވާނަށް ވަޑައިގަތުމުން އެ މައްސަލަ އަނެއްކާވެސް ހޫނުވީ އެވެ.

ދުނިޔޭގެ މަސްރަހުގައި އަނެއްކާ ވެސް ޗައިނާ-ޓައިވާނުގެ މައްސަލަ ހޫނުވުމާ ގުޅިގެން، ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ޓައިވާނަށް ޕެލޮސީ ވަޑައިގަތުމުން ރާއްޖޭގެ ވިސްނުން އިއްޔެ ހާމަ ކޮށްފައިވާ ކަމަށެވެ. އެގޮތުން ބައިނަލްއަގްވާމީ މަސްރަހުގައި "ވަން ޗައިނާ ޕޮލިސީ" ރާއްޖެ އިން ދަމަހައްޓާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވެފައިވާ ކަމަށް އެ ޓްވީޓްގައި ވެ އެވެ. އަދި ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަނީ އަބަދުވެސް ގާތް ގުޅުމެއް ކަމަށް ދިވެހި ސަރުކާރާ ހަވާލާދީ ޗައިނާގެ ސަރުކާރުން ބުންޏެވެ.

ޗައިނާ އެމްބަސީގެ ޓްވީޓް

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިޒިން ވެސް މިއަދު ވަނީ އެހެންވެ ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވައި، ޓްވީޓެއް ކުރައްވައިފަ އެވެ. އަދި ކުރިމަގުގައި ވެސް އިތުރު ގޮތްގޮތުން ރާއްޖެއާ ގުޅުންތައް ބަދަހި ކުރާނެ ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.

ޗައިނާ ސަފީރުގެ ޓްވީޓް

ޕެލޮސީ، ޓައިވާނަށް ވަޑައިގަތް މައްސަލައިގައި ދިވެހި ސަރުކާރުން އެގޮތަށް ބުނެފައިވާއިރު، އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ. ނަމަވެސް ވަން ޗައިނާ ޕޮލިސީއަކީ ޒަމާނުއްސުރެ ފެށިގެން ރާއްޖެއިން ގަބޫލުކުރާ ސިޔާސަތެކެވެ.

ޓައިވާނަށް އދ. އިން މިނިވަން ދައުލަތެއްގެ ދަރަޖަ ނުލިބުނަސް އެއީ މިނިވަން ދައުލަތެއްގެ ގޮތުގައި 15 ގައުމަކުން ގަބޫލުކުރެ އެވެ. އެކަމަކު އެމެރިކާ އާއި އިނގިރޭސި ވިލާތާއި ރަޝިއާ އާއި ބާރުގަދަ އެހެން ގައުމުތަކުގައި ރަސްމީ ސިފައެއްގައި ޓައިވާން ބަލައެއް ނުގަނެވެ.

ރަސްމީކޮށް ބަލައިނުގަތަސް، ބައެއް ގައުމުތަކުން ޓައިވާނަށް އެހީދެ އެވެ. އެމެރިކާ އިން ޓައިވާނަށް އަސްކަރީ އެހީ ވެސް ދެ އެވެ.

ޕެލޮސީއަކީ ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި ޓައިވާނަށް ވަޑައިގަތް އެމެރިކާގެ އެންމެ އިސް ބޭފުޅާ އެވެ. އެކަމާ ގުޅިގެން ޗައިނާ އިން އެމެރިކާ އަށް އިންޒާރުތައް ދިނެވެ.

23 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަންނަ އަހަރުގެ ރައީސްކަން

07 August 2022

މިފަހަރު އަޅެ އަރުވަބަލަ ކިޔަވައިގެން ހުރި މީހެއް. އުގެއިލް އަރުވާ. ނޫ ިިއާބަޔަކު އަރުވާ .

The name is already taken The name is available. Register?

ޢިންނު

06 August 2022

ރާއްޖޭގެ މީހުންގެ ބަހެއް ނޮހޯދާ އަމިއްލައައް ގޮތްނިންމާ މީހާ

The name is already taken The name is available. Register?

މިސްޓަރ ޓިނޭ

07 August 2022

އިންނު، އަށް ފެންނަ ގޮތެއް އދ ެަެަެަެަެަެަެަެައަށްަ އަވަސް ގޮތެއްގައި ހުށަހަޅާ

The name is already taken The name is available. Register?

ހިތަދޫ 2

06 August 2022

ކިހިނެތް އެއްޗެކޭ ބުނާނީ ދަރަނި އަދާ ކުރަންވީމަ ލުއި ހޯދަން އެދޭ ގޮތަށް ޕްލޭން ކޮއްފަ އޮތީ، ނުރުހެންޔާ އެކަމެއް ނުވާނެ ނޫންތޯ؟ މީ މިކިޔާ މިނިވަން ކަމަކީ، ފުދުންތެރިކަން ނެތްވަރުން ކަންކަމާ ފޫގަޅަން އުޅުނީމާ މިކަހަލަ ކަސްތޮޅު އެޅުވޭނީ! ދެން އޮތީ އިނޑިޔާ.. އެވާހަކަ ދައްކާނެ ކަމެއްވެސް ނެތް. ބޮޑެތީ ބާރުތަކު ތެރޭ ފިތިފަ އަހަރެމެން މިތިބެނީ އަބަދުވެސް. އަމިއްލަ ދުލުން އެކަމަކު އެހެން މީހުންގެ ހިޔާލު ފާޅުކުރަން މަޖުބޫރުވެފަ!

The name is already taken The name is available. Register?

އަސްތާ

06 August 2022

އެއްކަލަ ބޭޅާ ވަރަށް ހިތްހަމަނުޖެހޭނެ ތި ކަމާ. ދަ ހިންދޫ އަށް ވަރަށް އަވަހަށް އާރޓިކަލެއް ލިއެފާނެ ވަން-ޗައިނާ ޕޮލިސީ ގޯސްވެގެން.

The name is already taken The name is available. Register?

45ުތ

06 August 2022

ޝާހިދު ބަހައްޓަންވީ އެގޮތަށް އެކި ގައުމު ތަކަށް ދަތުރުކޮށް، ސްޓޭޓްމަންޓް ދޭން.. ފޮރިން މިނިސްޓްރީގެ މުޅިން އެހެން ގޮތްޕެއް ހަދަންވީ، ރާއްޖޭގެ ފޮރިން ކަންތައް ބަލަހައްޓަން.. ފޮރިން މިޝަންތައް ބޮއްސުންލައިގެންގޮސް، އަތު ނުވާހިސާބުގަ ގިނަ ތަންތަން ހުރީ.. އެކަމު މީނަޔަށް ހީނުވޭ ކަމެއް ވާހެންވެސް..ހަނާވަނީ އެތަންތާ އުޅޭ ދިވެހީން.. ސަރުކާރެއް އިދިކޮޅެއް ވަތްކެއްނުވޭ ސްޓާފުން ލާއިރުވެސް.. މިވަރުންވެސް ހަމަ އޯކޭތޯ؟؟؟؟؟

The name is already taken The name is available. Register?

އަލީރާޖާ

06 August 2022

ބައެއް ދިވެހިންނަށް ނޭގުނަސް، ޓައިވާން އަކީ އަދި މިހާތަނަށް ދުނިޔޭގެ ތާރީޚްގައިވެސް ދުވަހަކުވެސް ޗައިނާގެ ވެރިކަމުގެ ދަށުގައި އޮތް ތަނެއް ނޫން.

The name is already taken The name is available. Register?

1206

06 August 2022

އަލީރާޖާ ކަންނަންނޫރުގައި ހުންނަ ގެއިން ބޭރަށް ދުވަހު ނުކުމެފައި ނުވާހެން ހީވަނީ. ތާރީޚުން ކުޑަ ތަންފުކެއްވެސް އެނގޭ ނަމަ ތިޔަހެން ނުބުނާނެ. ޓައިވާނަކީ ޗައިނާއިން ވަކިވެގެންފައި ރަށެއްކަން ހަނދާން ހުރި މީހުން މިއަދުވެސް ދިރި ދުނިޔޭގައި އެބަތިބި. ފަލަސްތީނާކީ ޔަހޫދީން އުޅުނަސް ޔަހޫދީންނަށް މިލްކު ބިމެއް ނޫން. އެއީ މުސްލިމުންނަށް މިލްކު ބިމެއް. ޔަހޫދީންނަށް ޒިންމީންގެ ގޮތުގައި އުޅުމުގެ ދައުވަތު ޚަލީފާ ޢުމަރު ދެއްވި.

The name is already taken The name is available. Register?

ބަލީރާޖާ

06 August 2022

ކޮން ފޮތްތަކަކުންބާ އަލީރާޖާ ތާރީޚު ކިޔެވީ؟

The name is already taken The name is available. Register?

އަންމި

07 August 2022

ޓައިވާން އެއީ ޖަޕާނުގެ ދަށުގައި އޮތް ތަނެއް.

The name is already taken The name is available. Register?

ވަހީދު

07 August 2022

އަލީ ރާޖާ ބާރުގެ ދަށުގައި ރާއްޖެއާއި ޓައިވާން އޮތީ. އެއިރު ޓައިވާނަކަށް ކިޔަނީ މުލަކުއްޑޫ.

The name is already taken The name is available. Register?

ފޭދޫ އަހައްމަދު ފުތާގެ ކާފަ ކަލޯ

05 August 2022

ތިޔާހެން ބުނެފަ ދެން ބުނާނީ ޓައިވާނައް ގަދަ ބާރުން އަރާކައް ސަޕޯޓް ނުކުރަމޭ.

The name is already taken The name is available. Register?

އަލީރާޖާ

06 August 2022

އެހެން ބުނެފިއްޔާ ގަދަބާރުން އަރާ އެތައް ބަޔަކު މަރާ މުޅި ރަށް ފުޑުކުރަން ތާއީދުކުރަންޖެހޭތަ؟

The name is already taken The name is available. Register?

ޝީޖިން

05 August 2022

ޓައިވާނަކީ ޗައިނާގެ ބައެއްކަން މުޅި ދުނިޔެ (ޚާއްސަކޮށް އެމެރިކާ) ގަބޫލުކުރަން ޖެހޭ. ވަން ޗައިނާ ސިޔާސަތު ދަމަހައްޓާން ޖެހޭނެ. އެމެރިކާއިން އުޅެނީ ސޯވިއެޓް ދައުލަތް ބައިބައިކޮށްލިގޮތަށް ޗައިނާ ބަލިކޮށްލާން. ވާދަވެރިން ފުޑާލަން.

The name is already taken The name is available. Register?

ހަގީގަތް ޕާޓް އެކެއް

05 August 2022

މަރުހަބާ ދިވެހި ސަރުކާރަށް.ޓައިވާނަކީ ޗައިނާގެ ބައެއް އަދ ހޮންކޮން އަކ ވެސް ޗައިނާގ ބައެއް.އަދި އިސްރާއިލަކި ފަލަސްތިނުގެ ބައެއ އަދި މައްކާ މަދީނަކީ ހުރިހާ މުސްލިމުންގެ ރަށެއް.އެމެރިކާ އިން ބޭނުންވަނީ ސުލްހަމަސްލަސް ގާއިމު ކުރަންށެ ކިޔާފައި މުޅި ދުނިޔޭގައި ރަސްކަން ކުރަން.ބޭނުންވަނީ ޔޫރަޕްގެ ގަަމުތަކާ ގުޅި ރަށީއާ ފުނޑާލާ ޔޫރަޕް އިސްތިއުމާރު ކުރަނ އަދި ޗައިނާ ފުނޑާލާ އޭށީއާ އިސްތިއުމާރު ކުރަން އަދި ސައުދީ ހައްދާލައިގެން މެދުއިރުމަތީ ފަސާދަކުރަން

The name is already taken The name is available. Register?

ހަސަންދީ

05 August 2022

މައްކާ އަދި މަދީނާއަކީ ހަމަ ސައޫދީއަރަބިޔާގެ ދެސިޓީ އެތަނަށް ސަޢޫދީ ސަރުކާރުން ވިސާ ލިބޭ ކޮންމެ މުސްލިމަކަށްވެސް ދެވޭނެ،

The name is already taken The name is available. Register?

ޖުހާ.

05 August 2022

ވަރަށް ސަޅި ކޮމެންޓެއް.

The name is already taken The name is available. Register?

ޖުހާ.

06 August 2022

ހަސަންދީއަށް ނޭނގޭ ދޯ އާލުސޫދުން ހާސިމް ވަންހައިގެ މީހުން އަތުން މައްކާ އާއި މަދީނާ ފޭރިގަތީކަމެއް. އަދި ހާސިމީ ދަރިކޮޅަށް މައްކާއާއި މަދީނާ ލިބޭނެ އިންޝާ ﷲ

The name is already taken The name is available. Register?

ނުގުޅޭ

06 August 2022

އެހެންވިއްޔާ މާލެ ދަރިފަސް ކޮޅައްވެސް މާލެ ލިބޭނެ، ހަދާން ނައްތާލާ ބުރޯ

The name is already taken The name is available. Register?

އަލަމް ރާޖާ

06 August 2022

ވަރަށް ރަނގަޅު ވާހަކައެއް. ފަލަސްތީނާއި އިޒްރާއިލް ތަޅާފޮޅަނީ ވަރަށް ބޭކާރު ކަމެއްގަ، ދެބައި މީހުންވެސް ދީން ވައްދައިގެން އުޅެނީ ސިމްޕަތީ ހޯދަން ވެގެން. ކޮބާތަ މައްސަލައަކީ ދެބައި މީހުންވެސް ދެ ހިސާބުގަ ދިރިއުޅުނީމަ ވީ

The name is already taken The name is available. Register?

ވަހީދު

05 August 2022

ހުރިހާ ގޮތަކުން ވެސް ޓައިވާނަކީ ޗައިނާގެ ސަރަހައްދެއް. ޗައިނާއި އެންމެ ވާދަވެރި އެމެރިކާއިން ޓައިވާނުގައި އަސްކަރީ ތަމްރީނު ބާއްވައި މުޅި އިރުމައްޗަށް ބިރުވެރިކަން ގެންނަން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454