ޚަބަރު / ޕީޕީއެމް

ކައުންސިލް އިންތިޚާބަށް އޭޕްރީލް މަހު ތައްޔާރު ވެވޭނެ: ޕީޕީއެމް

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ހަލީލް މީޑިއާއާ ވާހަކަ ދައްކަވަނީ: ކުރިން އިންތިޚާބު ފަސްކުރީ އެ ޕާޓީއަށް ތައްްޔާރު ނުވެވިގެން---ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އޭޕްރީލް މަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމާފައިވާއިރު، އެ އިންތިޚާބަށް ޕީޕީއެމަށް ތައްޔާރު ވެވޭނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

މި މަހުގެ 14 ގައި ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ހަމަޖައްސާފައި ވަނިކޮށް، އެ އިންތިޚާބު އިތުރު ދެ މަހަށް ފަސްކުރަން ކޯޓުން އަމުރުކުރީ ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި، އިންތިޚާބަށް ތައްޔާރު ނުވެވުމުންނެވެ. ޕީޕީއެމްގެ ތެރޭގައި މައްސަލަ ބޮޑުވީ ރައީސް އަބްދުﷲ ޔާމީނާއި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު ޚިޔާލު ތަފާތުވެ، ޕާޓީ ދެބައިވުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ޕާޓީތަކަށް އެންގީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޭޕްރީލް މަހު ބާއްވާނެ ކަމަށެވެ. އަދި އިންތިޚާބު ބާއްވާނެ ސީދާ ދުވަހެއް އަންނަ ހަފުތާގައި އިއުލާން ކުރާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ރައީސް ޔާމީން ފެކްޝަނުން ޕީޕީއެމަށް އައްޔަންކުރި ސެކެޓްރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް "މިހާރު" އަށް ވިދާޅުވީ އޭޕްރީލް މަހު އިންތިޚާބު ބާއްވާއިރު، އޭގެ ކުރިން ލިބޭ މުއްދަތަކީ އެ ޕާޓީއަށް އިންތިޚާބަށް ތައްޔާރުވާން އެކަށީގެންވާ މުއްދަތެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ އެ މުއްދަތުގެ ތެރޭގައި ތައްޔާރު ވެވޭނެ ކަމަށް،" ޚަލީލް ވިދާޅުވި އެވެ.

އޭނާ ވިިދާޅުވި ގޮތުގައި ޕީޕީއެމް ދެބައިވުމުގެ ސަބަބުން ގެއްލުނު ޕާޓީގެ ދަފްތަރު އަދިވެސް ނުލިބެ އެވެ. އެކަމަކު އެކި ގޮތްގޮތުން މައުލޫމާތު ހޯދައިގެން ދަފްތަރު އެކުލަވާލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ހަލީލް ވިދާޅުވި އެވެ. އެގޮތުން އަތޮޅު ތެރޭގައި ހުންނަ ޕާޓީގެ ގޮފިތަކާއި އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް މެމްބަރުންގެ މައުލޫމާތު އެއްކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

"ޕާޓީގެ އެތެރޭގެ ޕްރައިމަރީއެއް ބާއްވައި، ކެންޑިޑޭޓުން ނެރެވޭ ފަދަ މެމްބަރުންގެ ވަރުގަދަ ދަފްތަރެއް އަޅުގަނޑުމެންނަށް އެކުލަވާލެވޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ،" ޚަލީލް ވިދާޅުވި އެވެ.

އިންތިޚާބުގެ ތާރީޚު އިއުލާން ނުކޮށްގެން، އިދިކޮޅު ޕާޓީތަކުން ޝަކުވާ ކުރަމުން ދަނިކޮށް އިންތިޚާބު އޭޕްރީލް މަހު ބާއްވާނެކަން ކޮމިޝަނުން މިއަދު އިއުލާންކުރީ އިންތިޚާބުގެ ތާރީޚު އިއުލާން ކުރާނީ ސިވިލް ކޯޓުގެ ހުކުމުގައި ހުރި ސާފުނުވާ ބައެއް ކަންކަން ސާފު ކުރުމަށް ފަހު ކަމަށް ކޮމިޝަނުން ބުނުމަށް ފަހު އެވެ.

ހުކުމުގައި ހުރި ސާފުނުވާ ކަންކަން ސާފުކުރަން ކޮމިޝަނުން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން އިއްޔެ ވަނީ ބަލައިނުގަނެ، ބޭރުކޮށްލައިފަ އެވެ.

25 ކޮމެންޓް, 52 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 0%
icon angry icon angry 98%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މައެން

05 January 2017

ޔާމީން ފެކުޝަނަށް ހުރިހާ އިޚުތިޔާރެއް އޮވޭ 2018ގެ އެޕްރީލަށްވެސް ލަސްކުރެވިދާނެ މިހާރު ހުރިހާކައުންސިލަކުން މެޖޯރިޓީ ލިބޭނެކަމުގެ ޔަގީންކަން ލިބުނީތޯ

The name is already taken The name is available. Register?

ލާމު

05 January 2017

ކޯޓުން ޙުކުމްކުރީ އިންތިޚާބު ދެމަސްދުވަހަށް ފަސްކުރަން. 2 މަސްދުވަހަށްވުރެ އިތުރަށް އެންމެ ދުވަހެއްވެސް ފަސްކުރުމުގެ އިޚްތިޔާރު އެއްވެސް ބަޔަކަށް ލިބިގެންނުވޭ. އެހެންކަމުން ޖެނުއަރީގައި އިންތިޚާބު ބާއްވަން ކަނޑައެޅި ތާރީޚުން ފެށިގެން 2 މަސް ހަމަވާ ދުވަހު ނުވަތަ 2 މަސް ހަމަވުމަށްފަހު ފުރަތަމަ އަންނަ ހުކުރު ނުވަތަ ހޮނިހިރު ދުވަހު އިންތިޚާބު ބާއްވާންޖެހޭނެ.

The name is already taken The name is available. Register?

ޖަމާލު

05 January 2017

ނާ ހަނަ ތެދެއެ!!!! ތައްޔާރު ވެވޭނެ!!!! ބޮސް ކައިރިން އަހައިފިންތަ؟؟؟ ބޮސް ކައިރިން ނައަހާ ތިކަހަލަ ވާހަކަ ދައްކަނިކޮށް ކޯފާ ވެދާނެ!!! ޔަގީނުންވެސް މަނިއްޕުޅު މެނާ ދެކޮޅަށް ވޯޓްލާން މަމިހިރީ އަބަދުވެސް އަސްލު ތައްޔާރަށް

The name is already taken The name is available. Register?

އާޒިމް

05 January 2017

އޭއި، މަ އަންނަ އޭޕްރީލް މަހު ޗުއްޓީ އަކަށްދާން ހުރިހާ ކަމެއް ނިންމައިގެން މިހާރު މިހިރީ!!!! ޕްލީޒް، ޕްލީޒް، މޭއި މަހަށް އިންތިޚާބު ލަސްކޮށްދީބަލަ!!! މަބޭނުން ޕޕމ ވައި އާއި ދެކޮޅަށް އަސްލު ވޯޓެއްލާން... ސަލާމް

The name is already taken The name is available. Register?

ޢަލީ

05 January 2017

ކޮރަފްޝަނުން ތަތްތެޅި ހަރާބު ވެފަވާ ޕީޕީއެމް އަކައް ދުވަހަކުވެސް ވޯޓެއް ނުލާނަން 3.6 ބިލިޔަން ރުފިޔާގެ ހިޔާނާތުގެ ރެކޯޑުހެދިސަރުކާރު ވަރިހަމަ ދުވަހަކު ތައްޔާރު ނުވިޔަސް

The name is already taken The name is available. Register?

ރައްޔިތުމީހާ

05 January 2017

މިޤައުމައް ޖެހިފަ އޮތް ބޮދު އުނދަގުލެއްނު ތި ޕީޕީ އެމް އަކީ.

The name is already taken The name is available. Register?

ހަހަސނު

05 January 2017

އަސްލު އިންތިހާބަކާ ނުލާ ތިޔަ ކަން ކުރެވޭނެ ގޮތެއް ބަލަން ޖެހޭނީ... ހަލީލުމެންނަކީ ރައްޔިތުންގެ ރުހުމަށް ބަލައިގެން ކަން ކުރެވޭނެ ބައެއްނޫންވިއްޔަ...

The name is already taken The name is available. Register?

ސަހަރޯ

05 January 2017

މި ދެން ކިނގްޑަމް އެއްދޯ؟ ކޯޓުން އަޅެ މިބަިމީހުންނަށް ނުވާކަމެއް އެބަ އޮތްތަ؟ މެއި ޖޫން ޖުލައި ވެސް އެބައަތް، ދެއްތޯ ކޯޓް.

The name is already taken The name is available. Register?

ރައްޔިތުމީހާ

05 January 2017

އިންތިޚާބުތަކަށް ތައްޔާރުނުވެވޭ ބަޔަކަށް ކީއްކުރެވޭނީ ދެއިރު ދެދަޅައަށް ކޯޓުދޮށުން ކަންތައްތައް ނިންމަން އެނގޭނީ މުޅިއަހަރު ދިނަސް ތިޔަމީހުނަކަށް ތައްޔާރެއް ނުވެވޭނެ.

The name is already taken The name is available. Register?

ސާރިދޯޅު

05 January 2017

ޕީޕީއެމް(ޕީއޭ) ވެއްޖެ އިންތިހާބީ ބިރަށް ފެންކިޔަވަން. ތި މައްސަލައެކޭ. ހައް! ފެށުނީއްސުރެއް މަސަލައެއް ޕީޕީއެމަކީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454