ކުރީގެ ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ: ރައީސް ޔާމީން ހައްޔަރުކުރި މައްސަލާގައި އެމަނިކުފާނަށް ދައުވާކުރަން ޕީޖީއަށް ފޮނުވީ މިދިޔަ އަހަރު ފަހުކޮޅު.---ފޮޓޯ: އެމްޑީޕީ
10 ޖެނުއަރީ 2017 - 21:27
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، މިހާރުގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފުލުހުން މައްސަލަ ފޮނުވީ ސިޔާސީ މަގްސަދެއްގައި ކަމަށް ނަޝީދުގެ އޮފީހުން މިރޭ ބުނެފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މުލަކު ދާއިރާގެ މެމްބަރު ކަމުގައި ޔާމީން ހުންނަވަނިކޮށް، ޖުލައި، 2010 ގައި އެމަނިކުފާނު ހައްޔަރުކޮށް، ސިފައިންގެ ބެލުމުގެ ދަށުން ކ. އާރަށުގައި ބެހެއްޓި މައްސަލާގައި ނަޝީދަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވީ މިދިޔަ އަހަރުގަ އެވެ. ޕީޖީ އޮފީހުން މިއަދު ބުނީ އެ މައްސަލާގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ނަޝީދުގެ ވެރިކަމުގައި، ޔާމީން ހައްޔަރުކުރީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގެ އިތުރުން އެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.
ނަޝީދުގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލަ ޕީޖީ އޮފީހަށް ފުލުހުން ފޮނުވީ ސަރުކާރުން ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށް ކަމަށާއި އެހެންވެ މައްސަލަ އަނބުރާ ފޮނުވައިލަން ޕްރޮސެކިއުޓާ ޖެނެރަލަށް ގޮވާލާ ކަމަށެވެ. އަދި ޓެރަރިޒަމްގެ އެއްވެސް އަމަލެއް ނަޝީދު ހިންގަވާފައިނުވާ ކަމަށާއި އެފަދަ ދައުވާއެއް އެމަނިކުފާނުގެ މައްޗަށް ކުރެވިގެން ނުވާނެ ކަމަށް ބަޔާނުގައިވެ އެވެ.
ކުރިން އަމަލުކުރަމުން ދިޔަ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު މިހާރު އުވާލާފައިވާއިރު، އެ ގާނޫނުގެ ދަށުން ދައުވާކުރަން އުޅުމަކީ ވެސް ގާނޫނީ ގޮތުން ހަމަޖެހޭ ކަމެއް ނޫން ކަމަށް ނަޝީދުގެ އޮފީހުން ބުނެ އެވެ.
އެ އޮފީހުން ބުނިގޮތުގައި، ރައީސް ޔާމީންގެ ވެރިކަމުގައި ދައުލަތް ގަޑުބަޑުކޮށް، ސިޔާސީ ލީޑަރުން ޖަލަށްލުމަކީ ދިވެހިންނަށް ލިބޭ ނިކަމެތި ކަމެކެވެ.
ހިމާޔަތް ދޭން ކަމަށް ބުނެ ރައީސް ޔާމީން ހައްޔަރުކުރި މައްސަލާގައި އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް އަންނަނީ ހިންގަމުންނެވެ. މި މައްސަލާގައި ރައީސް ޔާމީނަށް ބަދަލު ދޭން ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެކަމަކު ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިން ފައިސާ ބޭނުންފުޅުނުވާ ކަމަށް ރައީސް ޔާމީން ކުރިން ވަނީ ސަރުކާރަށް އަންގަވައިފަ އެވެ،
ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދަށް ކޯޓުން ވަނީ 13 އަހަރުގެ ހުކުމެއް އިއްވައިފަ އެވެ. އެކަމަކު ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް ނަޝީދު ފޮނުވުމުން އެމަނިކުފާނު މިހާރު ހުންނެވީ އެ ގައުމުގެ ހިމާޔަތް ހޯއްދަވައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
11 January 2017
އޭރުގައު ޔަމީނާ ޤާސިމް ހައްޔަރު ކުރީ ގައުމުގެ ސަލާމަތައްކަން ވަރަށް ރަގަޅަށް ފެންނަން އެއޮތީ 7 ފެބްރުއަރީގައި.
ޕޮކަންޑި މޭން
11 January 2017
ކެނެރީގެ އަށް ނިސްބަތްވާ މީހަކު ޖިނާއީ ކޮންމެ ކުށަކަށް އަރައިގަތް ކަމުގައިވީނަމަވެސް ދަޢުވާއެއް ކޮށްގެން ނުވާނެ. ހުރިހާ ޤާނޫނުތަކަކުން އިސްތިސްނާ ވެގެންވާ މިޤައުމަށް ލެއްވި އެންމެ މާތް މީހުން އެއީ. މިމީހުންގެ މައްޗަށް ވިއްޔާ ހުންނާނީ ހުސް ސިޔާސީ ދަޢުވާ. އެހެޔޮ ކިތަންމެ ސިޔާސަ ކަމެއް ކުރިޔަސް.
މެންޓަލިސްޓް
11 January 2017
ނޫނޭ ނަޝީދުވެސް ގާނޫންއިން ބޭރުން ކުށެއްކޮއްފައި އޮތްނަމަ އެކަމަކަށް އަދަބު ލިބެންވާނެ ،،، ދެން ނަޝީދު އެކަންކުރުމުގެ ކުރީގައި އާރޓިފިޝަލް ބީޗްގައި ދެއްކެވި ވާހަކައެއްގައި ޗާޓުންބޭރުން ކަންކަންކުރާނެ ކަމަށް ވިދާޅުވެ އެތަށްކަމެށްކުރިއަށް ގެންދެވީ ،،،،، ދެންއެންމެފަހުން ނަޝީދުވެސް ޗާޓުންބޭރުވެގެން ނިމިގެންދިއައީ ،،، ވަރަށްވެދުން
ރައްޔިތުމީހާ
11 January 2017
ރައީސްނަޝީދުދެކެ ހާދަ ބިރެއްގަނެއޭދޯ
ހަމީދު
11 January 2017
ކުއް ކުރީވެސް ސިޔާސީ ބޭނުމެއގައި ނޫންތޯ؟
ގޮއްޔެ
11 January 2017
އަންނި ރާއްޖެ އައިސްދާނެތީވެ ބިރުން ކުރާ ދަޢުވާއެއް ތީ. ޔާމީނުގެ ބޭނުމަކީ ސިޔާސީ އެއްވެސް ފިކުރެއް ހުރި ހަމަ އެކަކުވެސް މިޤައުމުގައި ނުބަހައްޓަން. މައުމޫނުވެސް މިޤައުމުން ބޭރުކޮސްލެވޭތޯވެސް ލައްކަ މަސައްކަތެއް އެބަކުރޭ.
ޕޮކަންޑި މޭން
11 January 2017
ޖިނާއީ ކުށުގެ ވެށީގައި މިހާ ބޮަޑަށް ބަދެވިފައިވާ ވެރިއެއް މިޤައުމުން މިނޫނީ ނުދެކެން.
މަބުނީ
11 January 2017
އަދި ގާސިމް ހައްޔަރު ކުރި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ކޯޓާށް ވައްދަން ފެނޭ!
އިއްސޭ
11 January 2017
ނަޝީދުގެ ވެރިކަމުގައި ޔާމީޏް ހައްޔަރުކުރީ ސިޔާސީ ބޭނުމަކަށްނޫންބާ! އެހެންކަމަށްވަންޏާ ދައުވާވެސް ކުރެވެނީ ސިޔާސީ ބޭނުމަށްދެއްތޯ! އަދި ހަމަ އެހެންމެ ޝަރީޢަތަށް ސާބުތުވެސްވެފައޮތީ ޔާމީން ހައްޔަރުކުރީ ޤާނޫނާ ޚިލާފަށްކަން އެހެންކަމަށްވަންޏާ ޤާނޫނާ ޚިލާފަށް އެކަންކުރިބަޔކަށް އަދަބުވެސް ލިބެންޖެހޭނެދެއްތޯ؟ ތިމާ ރުހޭ ހުރިހާކަމަކީ ރަނގަޅު ކަންކމަށްވެފަ ތިމާ ނުރުހޭ ހުރިހާކަމަކީ ގޯސްކަންކަމަށްވީމާ ރަނގަޅެއްނުވާނެ.
ކުރެގަ
11 January 2017
ދައުވާ ކުރަން ފޮނުވީ ސިޔާސީ ބޭނުމަކަށް ވިޔަސް ދައުވާ ކުރަން ފޮނުވައިފި ނޫންތޭ. ދެން ތަމެން އެކަން ދިފާއު ކުރަން ކުރެވުނު މަސައްކަތެއް ތަމެންގެ ލޯޔަރުންގެ ޓީމް ވެގެން ކުރަންވީ ނޫންތޭ ޕްރޮޕެގެންޑާ ނުފަތުރާ. އެއީ ނޫންތޭ އޭގައި އެންމެ ރަނގަޅު ގޮތަކީ.