ހުޅުމާލޭ ފަޅުގައި އަޅާފައި ހުރި ސަފާރީ ޔޮޓްތަކެއް. ރަސްދޫ ކައިރިއަށް ޑައިވިނަށް ދިޔަ ޓޫރިސްޓަކު ވަނީ މަރުވެފައި. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު
16 ޖެނުއަރީ 2017 - 21:13
އއ.ރަސްދޫ ކައިރިއަށް ޑައިވިނަށް ދިޔަ ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވެފައިވަނީ ކެނެޑާ ފިރިހެނެކެވެ. ރަސްދޫ ކައިރީގައި އޮތް ސަފާރީއެއްގައި ޗުއްޓީ ހޭދަކުރި އެ މީހާ މަރުވި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ހަވީރު 4:30 ހާއިރު ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
"އެ މީހާ ރަސްދޫ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ފުލުހުންނަށް އެންގެވި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މި ހާދިސާ ހިނގި ގޮތް ތަހުގީގުކުރަމުން އަންނަ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މޫދަށް އެރި އުޅުމުގެ ތެރޭގައި ޓޫރިސްޓުން ގެއްލުމާއި މަރުވުމުގެ ހާދިސާތައް އަންނަނީ އިތުރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަޓާޓޯ
17 January 2017
އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން !
ކަނޑު
17 January 2017
މިވަރުން ދެން ޑައިވިންގްް އަށް ނުދާންވީ އެއްނު
ސައުދީ
16 January 2017
ލަދުގަނޭ !
ލަދު
17 January 2017
ކޮންކަމަކާ؟