ޔާމީން ޖަލަށްލާން ކުރި ހުކުމަށްފަހު ޖަލަށް ވަޑައިގަތުމަށް ލޯންޗްގައި: އެމަނިކުފާނުގެ ޖަލު ހުކުމް މިއަދު ވަނީ އިސްތިއުނާފަށް ހުށަހަޅާފައި --- ފޮޓޯ/މިހާރު
21 ފެބުރުއަރީ 2023 - 17:08
ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފް ކުރަން އެ މަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
ވ. އާރަށް ކުއްޔަށް ދިން މުއާމަލާތާއި ގުޅިގެން ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިން ހިންގުމުގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.
އެ ހުކުމް އިސްތިއުނާފް ކުރަން މިއަދު ހައި ކޯޓަށް ހުށަހަޅުއްވާފައިވާ ކަން ޔާމީންގެ ވަކީލުން ކަށަވަރުކޮށް ދިނެވެ. ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ކުރެއްވި ޓްވީޓެއްގައިވަނީ އިސްތިއުނާފް މައްސަލަ ކާމިޔާބުވާނެ ކަމަށެވެ.
ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފް ކޮށްފިން. ރާއްޖޭގައި ރޫލް އޮފް ލޯ ނެގެހެއްޓޭނީ ސަރުކާރުގެ ނުފޫޒުން މިނިވަން ވެފައިވާ ޖުޑިޝަރީއެއް އޮވެގެން. ވަކި ޙުކުމެއް ކުރާތީ ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމާ އޯޑިއޯތައް ލީކުވުންފަދަ ކަންތައް ގޯސް. IA ކާމިޔާބުވާނެ pic.twitter.com/ntI9nOIMzn
— Mohamed Jameel Ahmed (@MJameelAhmed) February 21, 2023
ޖަމީލްގެ ޓްވީޓް
އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ޔާމީންގެ ވަކީލުން ކުރިން ވިދާޅުވެފައިވަނީ އަންނަ މާޗް މަހު އެމަނިކުފާނު ހައި ކޯޓުން މިނިވަން ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެ ހުކުމާ އެކު، ޔާމީނަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޮތީ ގެއްލިފަ އެވެ. އެކަމަކު ހުކުމް ބާތިލްކޮށްފިނަމަ އެ ފުރުސަތު އެމަނިކުފާނަށް އަނެއްކާވެސް ލިބޭނެ އެވެ.
އެ މައްސަލާގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިން މައްސަލާގައި ޔާމީނަށް އިތުރު ދައުވާތަކެއް ކުރާ މައްސަލައެއް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދަނީ ހިނގަމުންނެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑިތަކުރު
22 February 2023
ޝަރީޢަތްތައް ކުރިޔަށްދާލެއް އަވަސްކަމުން ކަންބޮޑުވެގެން އުޅޭބަޔަކު އިސްތިއުނާފުނުކޮށް ދަންމަދަންމާ ތިބިނަމަ އަޅޭ ކިހާ ރަނޅު.
ހުކުންދަމަހައްޓާ
22 February 2023
އަންނަނީ އަންނަނީ ބ.ވ.ޔ އެނބުރި އަންނަނީ ނެގުނު މިންވަރު މަދުވެގެން، ކެވުނުފައިސާ ދެގުނަކުރަން އަންނަނީ ގެންނަީ އަތްލުމަށް ތިޖޫރިއަށް މިކަހަލަ އެންމެހާ ފަރާތްތަކުގެ ކިބައިން ދިވެހި ދައުލަތް ސަލާމަތް ކުރައްވާށި
ޢަރުތަ
21 February 2023
"ޔާމީނަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޮތީ ގެއްލިފަ އެވެ. އެކަމަކު ހުކުމް ބާތިލްކޮށްފިނަމަ އެ ފުރުސަތު އެމަނިކުފާނަށް އަނެއްކާވެސް ލިބޭނެ އެވެ". އެހެންވީމަ ޕީޕީ ކުދިން ގަބޫލުކުރާ "ޙަލާލު" ހުކުމަކަށް ތިޔަ ހުކުމެއް ވެގެން ދާނެތާ.
ގެސް
21 February 2023
އަދީބު ޔާމީނަށް ދިންލަޑެއް
ބަޑިތަކުރު
22 February 2023
އަދީބަކީ އަތްދަށު ވަޑިއެކެވެ. މާވަޑިމީހާ ބުނީމާ ބުނިކަމެއް ކޮށްދޭން ގެންގުޅު ސޮރެކެވެ. އެހެންނޫންނަމަ ކޮންމެ ރަށަކުން ނެގި 1 މިލިޔަންގެ ކަމިޝަންވެސް ހުރީހީ އަދީބުއަތުގައެވެ. އެކަމަކު އަތުގައި ހޭކެންޏާ ދަތުގައި ހޭކޭނޭ ބުނާހެން އަދީބުގެ ދަތުގައިވެސް ހުރީ ފުދޭވަރަކަށް ހޭކިފައެވެ. ދޭވަރު މަދުވާން ފެށީމާ ލަނޑުދީފައި އޮތީވެސް އަދީބަށެވެ.
އާވަސް
21 February 2023
ކޮންމެ ރަށަކުން މިލިޔަނެއް ނެގުން އެއީ ނަދުރެއްތަ؟
ކާތިބު
21 February 2023
ކޯޓުން މައްސަލަ ކޮންމެ ގޮތަކަށް ނިމުނަސް، ރައްޔަތުންގެ ހިތުގައިވާ ސުވާލުގެ ޖަވާބު އެބަ ބޭނުންވޭ. ކުރީގެރައީސް ޔާމީން ޢަބްދުލް ޤައްޔޫމްއަކީ ރައީސް މައުމޫނުގެ ސަރުކާރުގައި ސަރުކާރަށް ޚިދުމަތްކުރަން ފެއްޓެވި ބޭފުޅެއް. އިތުރު ވިޔަފާރިއެއް ކުރައްވާ ބޭފުޅެއް ނޫން. ދެން ކޮންތާކުންތޯ މިލިއަނުން މިލިއަނުން ޑޮލަރު، ރާއްޖޭގެ ހުރިއްޔާ ހުރި ހުރިހާ ބޭންކެއްގަ، އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފަ އެހެރީ. މާލީ ބަޔާނުން ވެސް ނުފެންނަ އެއްޗެއް. ދެން ހަމަތެދުތޯ؟
އަށްކޮ
21 February 2023
މީނާގެ މައްޗަށް މިވަރުގެ ބޮޑެތި ތުހުމަތުތަކާއި ހުކުންތައްކުރާއިރު މީނާމީ މައުސޫމެއްކަމަށް ބުނާބަޔަކު އުޅޭ، އެބަޔަކަށް ދުވަހަކުވެސް އޭނާ ދޫކޮއްލާ މުޛުތަމައަށް ފައިދާވާނެ ހައްލެއްވެސް ނުދެއްކޭ. އިންކާރު ކުރެވޭވަރަށް ހެއްކެއްނެތް ތަނުގަ އާއްމުމީހަކު ގަބޫލު ކުރާނެފަދަ ހެކިބަސްދޭނެ ފަރާތެއްވެސް ނެތް. މީނާ މިމަޅިތަކުން ސަލާމަތް ކުރެވޭ ވަރުގެ މީހަކަށްވެސް މިއަދު ތިބީ ދުޝްމަނުން ގޮތުގައި ތިބިބަޔަކު. ދުޝްމަން ކުރުވީވެސް އަމިއްލަ ފުޅަ.
ކަހެރުވައް
21 February 2023
އާރަށް މައްސަލަ ކައިކޯޓުން ކާމިޔާބުވާއިރު ފުއްގިރި މައްސަލަ އޮތީ ޖިނާއީ ކޯޓުގަ ބޯމަތިވެފަ. ސަލާމަތެއް އެބައޮތް؟