ޚަބަރު / ރޮހިންޖާ

ރޮހިންޔާގެ މުސްލިމުންނަށް ދޭ އަނިޔާތަކާ ދެކޮޅަށް މުސްލިމު އުއްމަތް މަސައްކަތް ކުރުމަށް ރާއްޖެ އިން ގޮވާލައިފި

އޯއައިސީގެ ކުއްލި ބައްދަލުވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މިއަދު ވާހަކަދައްކަވަނީ.--ފޮޓޯ: ފޮރިން މިނިސްޓްރީ

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކާ ދެކޮޅަށް މުސްލިމު އުއްމަތް ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެ އިން މިއަދު ގޮވާލައިފި އެވެ.

ރޮހިންޔާގެ މުސްލިމުންގެ ހާލަތާ ގުޅޭ ގޮތުން މެލޭޝިއާގައި ކުރިއަށް ގެންދާ އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ކުއްލި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވީ، ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ އިންސާނީ ހައްގުތަކަށް އެކި ގޮތްގޮތުން އަރައިގަނެފައިވާ ކަމަށެވެ. އެ ކަންކަމަށް މާފު ނުކުރެވޭނެ ކަމަށާއި އެކަމާ މެދު ރާއްޖެއިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނިޔާ ނުލިބި، އަބުރުވެރި އަދި އިހުތިރާމް ލިބިގެންވާ ދިރިއުޅުމެއް އުޅުމުގެ ހައްގު ކޮންމެ އިންސާނަކަށް ވެސް ލިބިގެންވޭ. މި ހައްގުތައް ވަކި ދަރިކޮޅެއް، ނަސްލެއް އަދި ދީނެއް އިސްތިސްނާ ކުރުމެއް ނެތި ލިބެންޖެހޭނެ،" އާސިމް ވިދާޅުވި އެވެ.

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ކުރަމުންދާ އަނިޔާތައް ހުއްޓުވުމަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރުމަށް މިއަންމާގެ ސަރުކާރަށް މިނިސްޓަރު ގޮވައިލެއްވި އެވެ. އަދި އަނިޔާ ލިބިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އިތުރު މަސައްކަތްތަކެއް ކުރުމަށް މިއަންމާ އާއި އެ ސަރަހައްދުގެ ގައުމުތަކަށް އާސިމް ގޮވައިލެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އިސްލާމް ދީނާއި މުސްލިމުންނާ ދެކޮޅު ޝުއޫރުތަކާއި ހަރަކާތްތައް ދުނިޔޭގައި ދަނީ އިތުރުވަމުންނެވެ. އެކަން އެންމެ ބޮޑަށް ފާހަގަވެގެން ދަނީ ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޖަރީމާތަކުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ފަލަސްތީނުގެ ބިމުގައި އިސްރާއީލުން ގެދޮރު ބިނާކުރުމާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހުން މިދިޔަ މަހު ފާސްކޮށްފައިވާ ގަރާރަށް ރާއްޖޭން ފުރިހަމަ އަށް ތާއީދުކުރާ ކަމަށެވެ.

އާސިމް ވިދާޅުވީ ފަލަސްތީނާއި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް މުސްލިމު އުއްމަތް ގުޅިގެން މަސައްކަތް ކުރުމަށް ޖެހޭ ކަމަަށެވެ.

މިއަންމާ ސިފައިން އޮކްޓޯބަރު މަހު ފެށި އަސްކަރީ އޮޕަރޭޝަނުގައި ރޮހިންޔާ ދަރިކޮޅުގެ ގާތްގަނޑަކަށް 100 މުސްލިމަކު މަރާފައިވާ އިރު 27،000 މީހުން ވަނީ އެ މީހުން ދިރިއުޅޭ ރަކިނީ ސްޓޭޓް ދޫކޮށް ދާން މަޖްބޫރުވެފަ އެވެ. ރަކިނީ ދޫކޮށްދާ ގިނަ މީހުން ޖަމާވަނީ ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގު ކައިރިއަށެވެ.

ރޮހިންޔާ މުސްލިމުންނަށް އަނިޔާކުރަމުންދާ އިރު މިއަންމާ ސަރުކާރު ހިންގުމުގެ އެންމެ އިސް ސަފުގައި މިހާރު ހުންނެވި ނޯބެލް ސުލްހައިގެ އިނާމު ހޯއްދަވާފައިވާ އަން ސަން ސޫކީ ހިމޭނުން ހުންނަވާތީ އެކަމަނާ އަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ.

ރަކިނީގައި މިލިއަނެއްހާ މުސްލިމުން ދިރިއުޅެ އެވެ. އެކަމަކު ރަކިނީގެ އަޣުލަބިއްޔަތު އޮންނަ ބުޑިސްޓުން ބުނަނީ އެއީ ގަވާއިދާ ހިލާފަށް އެތެރެވެފައިވާ ބައެއް ކަމަށެވެ. ރަކިނީގައި މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން 2012 ވަނަ އަހަރު ދިން ހަމަލާތަކުގައި 100،000 މުސްލިމުން ހާލުގައި ޖެހުނެވެ. ރޮހިންޔާ މުސްލިމުންނަކީ މިއަންމާގެ ރައްޔިތުންގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން ވެސް ބަލައިގެންފައެއް ނުވެ އެވެ. އެކަމަކު އެ މީހުން މިއަންމާގެ ދިރިއުޅޭތާ އެތައް ޒަމާނެއް ވެއްޖެ އެވެ. ރޮހިންޔާ މުސްލިމުން ގަބޫލް ކުރަން ބަންގްލަދޭޝް އިން ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ.

7 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 83%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނާޝިދު

22 January 2017

ما شاء الله، އަޅުގަޑުމެން އުފާކުރަން ފޮރިން މިނިސްޓަރ ތިހެން ވިދާޅުވީމަ. މަނިކުފާނަށް އަބަދުވެސް ހެޔޮމަގަށް މަގުދައްކަވާ އަދި ރައްޔިތުންގެ ލާބަޔަށްޓަކައި އަބަދުމެ މަސަައްކަތްކުރުމުގެ ހެޔޮ ތަވްފީޤު މާތްﷲ ދެއްވުން އެދި ދުޢާކުރަން. އަދި ތެދުމަގުގައި އަބަދުމެ ސާބިތުކޮށްދެއްވުމަށްވެސް އެދި ދުއާކުރަން. އާމީން.

The name is already taken The name is available. Register?

ރޮހިނިގާ

22 January 2017

އެހެން ގައުމުތަކޭ ނުކިޔާ އަމިއްލަ ގައުމު އިސްލާހުކޮށްބަލަ. އަމިއްލަ ހާލާއިގެން ނޫޅެވޭއިރު ކޮންކަމެއްތަ ކުރެވޭނީ. ހަޖަމް. ވަރަށް ވެދުން.

The name is already taken The name is available. Register?

GAN Island

20 January 2017

ދިވެހި ރާއްޖެއަކީ ދެވަނަ Rohingya އަށް ވިޔަނުދިނުމަށް ރާއްޖޭގެ ސަރުކާރުން ފިޔަވަޅުއަޅާނީ ކޮންދުވަހަކުންތޯ ؟؟ . . . ރާއްޖޭގެ އާބާދީ އާއި އެއްވަރަށް ސާކް ސަރަހައްދަށް ނިސްބަތްވާ އެންމެ ޤައުމެއްގެ މީހުން IMMIGRATION ޤާނޫނާއި ހިލާފަށް ރާއްޖެއަށް އެތެރެވެ އެމީހުންގެ ބާރު މުޅި ރާއްޖެއަށް ފެތުރިގެންދާއިރު ''މާބޮޑު މައްސަލައެއްނޫން'' ކަމަށް ސަރުކާރުން ދެކެނީ ތިޔަ ރޮހިންގްޔާ ފަދަ މައްސަލަތައް އިފެދިފައިވާ ގޮތް ދިރާސާ ނުކުރައްވާތީ ކަމަށް ވެދާނެ. . . . . ތިއީ ފަހަރެއްފައި ވެސް ވަކި ޤައުމަކަށް ޤާނޫނީ ގޮތުން ނިސްބަތްވާ ރައްޔިތުންނާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކެއްނޫން. ތިޔަ ދަރިކޮޅަށް ދިމާވެގެން އުޅޭ އަސްލު މައްސަލައަކީ އެމީހުން އިސްލާމް ދީން ޤަބޫލު ކުރުން ކަމަށް އަހަރުމެންނަށް ހީވިޔަސް ތިޔަ ދަރިކޮޅާއި މެދު ފިޔަވަޅު އަޅާ ޤައުމު ތަކުން ބުނަނީ އެމީހުންނަކީ އިމިޤްރޭޝަން ޤާނޫނު ތަކާއި ހިލާފަށް އެސަރަހައްދަށް ޖަމާވެގެން އުޅޭ އެހެން ޤައުމު ތަކުގެ މީހުން ކަމަށް. . . . މިޔަންމާ އިންވެސް އަންގަނީ އެއީ އެޤައުމަށް އެތެރެވެތިބި ބައެއްކަމަށް ޤައުމުގެ ރަށްވެހިން ނޫންކަމަށް. ރާއްޖެ މިހާލަތަށް ވެއްޓުމަކީ ވަރަށް ކައިރި ކަމެއް. . . https://en.wikipedia.org/wiki/Rohingya_people

The name is already taken The name is available. Register?

ނުނެތޭ ހަނދާން

20 January 2017

ހިތުން މި ސަރުކާރުގެ ދީނީކަން ދައްކަން ވެގެން ޖަހާ ރޮކެޓު!! މާ ރޮހިންޔާ ވެފަ އަނގަތަޅާއިރު މިގައުމުގެ ރައްޔިތުންނަށް އަރުވާލާ ވަރު ބަލާބެއަ! ދެފުއްކެހެރި ސަރުކާރު ވަގު ސަރުކާރު!!

The name is already taken The name is available. Register?

މުހައްމަދު

20 January 2017

ރޮހިންްޔާ މުސްލިމުންގެ އެންމެ ރެފިއުޖީއަކަށްވެސް ރާއްޖެއަށް އައުމުގެ ފުރުސަަތެއް ދީފައެއް ނުވޭ. ދިވެހިރާއްޖެއަކީ އެހެން ގައުމުތަކަށް ދާ ރެފިއުޖީން ޓްރާންސިޓް ހަދަން ވެސް ހުއްދަ ނުދޭ ގައުމެއް. އެހެން ކަމުން ތިވާހަކަދެއްކުން ރީއްޗެއް ނޫން.

The name is already taken The name is available. Register?

އިބޫ

19 January 2017

ތިގޮތަށް ގޮވާލަން އަޅުގަނޑުވެސް ދެން އިތުރު ކޮންކަމެއްވާނީ ތިބޭފުޅާ ގޮވީމާ ނޫނީ އަޅުގަނޑު ގޮވީމަ ކާކަށް އަޑުއިވޭނީ ކާކު ބަލާނީ މިއަދު މުޅި ދުނިޔެ މިއޮތީ މުސްލިމުންނާއި ދެކޮޅަށް ނިކުމެ، ކީއްވެ އިސްލާމުން މަދީތޯ ބާރު ދެރައީތޯ ނޫން މުސްލިމުން މިއަދު މިވަނީ މުސްލިމުންގެ ޢަދުންގެތެރެއަށް ވަދެ ނިވައިވެފަ އެކަމުން މުސްލިމުން މިއަދުވަނީ ބަލިކަށިވެ ބައިބައިވެފައި........

The name is already taken The name is available. Register?

ެިއިބޫ ފުރެންޑު

22 January 2017

މާތް ރަސްކަލާނގެ އިރާދަ ކުރެއްވި ގޮތް. ވަރަށް ވެދުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!