ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.-- ފޮޓޯ: ޕީޕީއެމް
21 ޖެނުއަރީ 2017 - 19:12
ކޮރަޕްޝަނަކީ އިންސާނީ ތަބީއަތުގައި ހިމެނޭ ކަމަކަށް ވާ އިރު، ދިވެހިންގެ ތެރޭގައި ވެސް އެކަން އޮންނާނެ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅާ ގުޅިގެން އެމްޑީޕީން ބަޔާން ނެރުނީ، އެ ވާހަކަފުޅުތަކުގެ މާނަ އޮޅޭ ގޮތަށް ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
މ. މުލަކާއި ދިއްގަރު އަދި މަޑުއްވަރީގެ ބައެއް މީހުން ޕީޕީއެމަށް ސޮއިކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ހަފުލާއެއްގައި ރައީސް ޔާމީން ވިދާޅުވީ ކޮރަޕްޝަނަކީ އިންސާނީ ތަބީއަތުގައި ހިމެނޭ ކަމަކަށް ވާތީ މި ސަރުކާރުގެ ތެރެއިން ހިންގާ ކަންތައްތަކުގައި ވެސް ކޮރަޕްޝަނަށް ޖާގަ އެބައޮތް ކަމަށެވެ. ނަމަވެސް ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކުރާނީ އެ ޖާގަ ކުޑަކުރެވޭތޯ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ވާހަކަތައް ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީން މަސައްކަތް ކުރެއްވީ ޚިޔާނާތާއި ވައްކަމަކީ ވެސް އާދައިގެ ކަމެއްގެ ގޮތުގައި ދެއްކެވުމަށް ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން ސިއްސުވާލައި ރައްޔިތުންގެ މުދަލާއި ފައިސާ އިން އެންމެ ބޮޑެތި ވައްކަންތަކާއި ހިޔާނާތް ހިންގި ސަރުކާރަކަށް މި ސަރުކާރު ވެފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ މި ސަރުކާރުގައި ތިބެގެން ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާ ނަމަ އެ ބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށާއި މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ވެސް އެކަން ހާމަވަގެން ދާ ކަމަށް ވިދާޅުވި އެވެ.
އަޒްލީން ވިދާޅުވީ މި ސަރުކާރުން އަންނަނީ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް އަދި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު ވެސް އަޅަމުން ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ވިދާޅުވޭ އެއްވެސް ކަހަލަ ކޮރަޕްޝަންގެ ޖަރީމާއެއް ހިންގާނަމަ އެކަމުގެ ޒިންމާ އެ ފަރާތަކުން ނަގަން ޖެހޭނެކަމަށް. މިހާ ބޮޑަށް ކުރައްވާ މަސައްކަތުގެ މަގްސަދު ރައްޔިތުންނަށް އޮޅުވާލާތީ މި ވާހަކަ ދައްކަން ޖެހެނީ. އެ މަނިކުފާނުގެ ވާހަކަފުޅު ތަރުޖަމާކުރި އިރު އެ މެސެޖް ނުބައިކޮށް ރައްޔިތުންނަށް ފަތުރާފައިވާތީ އެކަން ޕީޕީއެމުން ކުށްވެރިކުރަން،" އަޒްލީން ވިދާޅުވި އެވެ.
އަޒްލީން ވިދާޅުވީ މި ސަރުކާރާ ގުޅޭ ގޮތުން ދައްކާ ކޮރަޕްޝަންގެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އެމްޑީޕީން އުޅެނީ، މި ސަރުކާރުން ތިން އަހަރުގެ ތެރޭގައި ގެނެސްފައިވާ ތަރައްގީ ހަޖަމް ނުވެގެން ކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައިި ބުނެފައި ވަނީ ވައްކަންތަކާއި ހިޔާނާތްތަކުގެ ފުރިހަމަ ތަހުގީގެއް ނުހިންގައި އެ ކަންކަން ތަބީއަތާ ގުޅުވުމަކީ އިސްލާމް ދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ހިލާފު ބިރުވެރި ކަމެއް ކަމަށެވެ. އަދި މި ސަރުކާރުން ކޮށްފައިވާ ބޮޑެތި ވައްކަންތަކާއި ހިޔާނާތުގެ މައްސަލަތަކުން ސަރުކާރުގެ ވެރިންނަށް ސަލާމަތްވެވޭނެ، ބުއްދި ގަބޫލުކުރާ އެއްވެސް ހެއްކެއް ނެތް ކަމަށް އެމްޑީޕީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާރޑީނަމްނަމް
03 September 2018
އަމިއްލަ އެކައުންޓުން ފެނުނު 1 މިލިއަން ޑޮލަރަކީވެސް އެމްޑީޕީން އޮޅުވާލި އެއްޗެއް. އަސްލު އެކައުންޓައް ލީ ކިރިމް ކޭކަރު ބިސްކޯދެއް.
ޙުސެން
25 January 2017
ރައީސް ވިދާޅުވި ބަހުގެ މާނަ ވަރަށް ސާފެވެ. ޢެހެން ވިދާޅުވި ސަބަކީ އޭނާގެ ސަރުކާރުގެ މަތީފަންތީގައި ތިބި މީހުންނަކީ ކޮރަޕްޝަން ގެ ފުރުސަތު އެ މީހުނަށް ލިބެޭތީ ޕާޓީ އަށް ސޮއި ކޮށްގެން މަޤާމްް ހޯދާފައިވާ މީހުންނެވެ. ޥީމާ ކަލޭމެން ގެ ޠަބީޢަތުގައިވެސް މިކަންހުރިއްޔާ އޭނާަގެ ސަރުކާރުން އެމީހަކަށް ޖާގަދޭނެއެވެ.
ހާސަރު
22 January 2017
އަހަންނަށް ބޮޑީ ރައީސް ބުނިވާހަކައެއްނޫން! ރައީސް ކަންކުރާގޮތް ! މިގައުމު ދުވަހަކުވެސް ކޮރަޕްނުވާވަރަށް މިއޮތީ ގައުމު ކޮރަޕްކޮށްލާފަ! ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ބިޑްނުކޮށް އިންތިހާއަށް ބޮޑެތިއަގުގަ ކުރާކަންތައް ބެލޭނެ ގޮތެއް ނެތް! އޮޑިޓްއޮފީހުން ތަކުރާރުކޮށް ބުނެގެންވެސް މައުލޫމާތުނުދޭ! ކަންކަން ކުރާ އަގުތައް އެއީ ހަމަ ގަބޫލް ކުރާބަޔަކު ގަބޫލްކުރާނެ އަގުތަކެއް ނޫން! މިވަރުވީމަވެސް ވަރިހަމަ ކޮށްލައިގެން ތިބެންވީތަ!؟
ށުކުން
22 January 2017
މި ޔާމީނު ދިވެހިބަހުން ދައްކާ ވާހަކަ ދިވެހިބަހަށް ތަރުޖަމާ ކުރަންޖެހިފަ މިއޮންނަނީ. މިކަމަށްވެސް ދައުލަތުގެ އެތައް ފައިސާއެއް ޙަރަދުވޭއެބަ. އެހާވަރަށް ކޮންފަރެންސް ބާއްވަންޖެހޭ ވިއްޔަ.
ބޭރު
22 January 2017
ސާފު ދިވެހި ބަހުން ބުނާ އެއްޗެއްގެ މާނަވެސް އޮޅޭތޯ؟
ގގގ
22 January 2017
ކަލޯ ކޮންއިރަކު ޖުހާގެ މަގާމާ ހަވާލުވި!
ާޢަބުދުﷲ ޢަލީ
22 January 2017
އަޒުލީނޫ...ރައީސް ވާހަކަ ދެއްކެވީ ތަމަޅަބަހުންދޯ އެހެންވީމާ އަހަރެމެން ދިވެހިންނަކަށް ނޭގޭނެދޯ..
ސާދާބެ
22 January 2017
ރައީސް ޔާމީނު ތިޔަ ވިދާޅުވީ ރައީސް ނަޝީދު ބުނުއްވި ކަހަލަ ވާހަކަފުޅެއް ރައީސް ނަޝީދު ބުނުއްވީ ބޮވެއްޖެހޭނޭ ބޯންވާނޭ ( މިއީ ރައީސަކުބުނެގެންވާނެ ބަސްފުޅެއްނޫން )
ހަޑިގިއްލާ
22 January 2017
ނަޝީދު ވިދާޅެއްނުވޭ ބޮވެންޖެހެއޭ! ނަޝީދު ވިދާޅުވީ ޑްރަގްްއަށް ފަރުވާކުރަންޖެހިފައިވާ ކުދިންނަންދޭ ފަރުވާއަށް އިޝާރާތްކޮށް.... ރިހިބިލިޓޭޝަންގައި ފަރުވާގެ ގޮތުގައި ބޯންދޭވާހަކަ! އޭ ހަޤީގަތް....
އިބިރިހިންބެއްޔާ
22 July 2017
ރައީސު ނަޝީދަށް ކިޔޭނުކިޔޭ އެއްޗެއްނޭގި އެފަދަ ބަހެއް ވިދާޅުވެވުނަސް އޯކޭ. އެކަމަކު ޕީޕީ އެމުން ހޮވި އައްސައްޔިދު ޔާ މީން އެފަދަ ބަހުރުވަ ބޭނުންކުރުމުން ހަމަ ހިތްހަލާކު.
އިހުސާނު އަލީ
22 January 2017
އިނގިރޭސިބަހައްތަރުޖަމާ ކުރޭ އެއިރުން ކޮންމެވެސް އެހެންބަޔަކައް ތަރުޖަމާ ކޮށް ދެވުނީ.. އަޅުގަނޑުމެންނަކީ އެއްބަހުން ސުކޫލްތަކުން ތައުލީމު ހާސިލުކުރާ އަދި އެއްބަހުން ވާހަކަ ދައްކާ ބައެއް...
ޖަބަރޭ
22 January 2017
ހޭހޭ ރައްޔިތުން އިވުން ޔާމީނު ބުނިވާހަވެސް އެމްޑީފީން ބުނިވާޙަކަވެސް ދެފަރާތުން ދެއްކީދިވެހި ބަހުން ދެއްކޮތަރުޖަމާއެއް