ފަނޑިޔާރުންގެ ހުވާ: ވަރިވާން އެދި ކޯޓަށް ދިޔަ އަންހެނަކަށް ފަނޑިޔާރަކު ގުޅާ މައްސަލައެއް ޖޭއެސްސީއަށް ވަނީ ހުށަހަޅާފައި --- ފޮޓޯ/މިހާރު
25 މެއި 2023 - 12:18
ވަރިވާން ދިޔަ އަންހެނަކަށް ރަށެއްގެ ކޯޓެއްގެ ގާޒީއަކު ގުޅާ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
އެނގިފައިވާ ގޮތުގައި ހދ. އަތޮޅުގެ ރަށެއްގެ ކޯޓަކަށް ވަރިވާން އެދި ކޯޓަށް ހުށަހެޅި މައްސަލައެއްގައި ހިމެނޭ އަންހެން މީހާއަށް އެ ކޯޓުގެ މެޖިސްޓްރޭޓް ފޯނުން ގުޅި ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަ ޖޭއެސްސީން މިހާރު ދަނީ ބަލަމުންނެވެ.
އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ ކޮން ފަރާތަކުން ކަމެއް ސާފެއް ނުވެ އެވެ.
ސުލޫކީ އެހެން މައްސަލަތަކެއްގައި ވެސް އެ މެޖިސްޓްރޭޓް މައްސަލަ ޖޭއެސްސީން ކުރިން ބަލާފައިވެ އެވެ.
މީގެކުރިން ސުލޫކީ އެކި މައްސަލަތަކުގައި ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅާފައިވެ އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
GanevihkaaDOTcom
27 May 2023
ތިޔަފަދަކަންކަން ފެންމަތިވީމާ ސަންޕެންޝަނަކަށްފަހު ދޫކޮށްނުލަ އެކަށީގެންވާ ހަރުކަށި އަދަބުދޭނަމަ ޝަރުޢީދާއިރާގެ ކަންކަން މިހާރަށްވުރެން ރަނގަޅުވާނެ، ފަނޑިޔާރެއްގެ މައްސަލަ ހުށަހެޅިޔަސް ގިނަފަހަރު ރަނގަޅަށްނުބަލާ!!
ހޮހަޅަ
26 May 2023
ނުގުލާ ކިހިނެއްތޯ ހުސްވީމަ އިންނާށޭ ބުނެވޭނީ؟
އިބްރ
25 May 2023
ނަސޭހަތެއް ދޭންވެގެން ގުޅިކަމަށްވެދާނެ
ޝަމީމް
25 May 2023
ކޯޓު ތަކުގަ މައްސަލަ ތައް ކިތަންމެ ދުވަހަކު އޮތަސް މައްސަލަ އެއް ނެތް.. އެޅޭނޭ ފިޔަވަޅެއް އޮތް ހެނެއް ހިޔެއްނުވޭ..
އަންދަލޫސިޔާ
25 May 2023
މީނަތަ؟
މިއީ މަށޭ
25 May 2023
އެ އަންހެންމީހާއަށް ގުޅީ މަށޭ އެބަ ކިޔާތަ؟
އަލީހަމީދު
25 May 2023
ތީ ދެން އެވަރުކަމެއްތަ،
ބުނަމާ
25 May 2023
އެކައުންޓް ނަންބަރ ދޭން ގުޅީ ! މައްސަލަ އަވަސް ކޮއްދޭށޭ ބުނީމަ.
ސާބަސް178
25 May 2023
ޢެހެންވީމާ ޔަގީން ވަރި ކޮއްދޭނެކަން
ފުޅިމަދު
25 May 2023
ވަރިވާންއުޅޭމީހުނާއި ގާޒީން ވާހަކަދެއްކުން މަނަލީތޯ. މިސާލަކަށް ގާޒީގެ ސެކެޓްރީ ވަރިވާންއުޅެންޏާ އެހިސާބުން ގާޒީއަށް އޭނައާއި ވާހަކަދެއްކޭނެތަ. ނޫނީ ރަށު މަރުކަޒު ޑޮކްޓަރު ވަރިވާންއުޅެންޏާ ގާޒީއަށް ޑޮކްޓަރަށް ދެއްކޭނެބާ. ގާޒީއަކީ މާބަނޑު އަންހެނަކަށްވެފަ ޑޮކްޓަރަކީ ވަރިވާންއުޅޭ ފިރިހެނެއްވިއްޔާ ގާޒީ ދެންހަދާނީ ކިހިނެއް.