ފަނޑިޔާރު ކަމުގެ ފަތްކޮޅެއް: ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ މެޖިސްޓްރޭޓް މިރޭ ވަނީ ސަސްޕެންޑް ކޮށްފައި --- ފޮޓޯ/މިހާރު
26 މެއި 2023 - 00:27
ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި، މެސެޖްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހދ. ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ސަސްޕެންޑްކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ނެރުނު ބަޔާނެއްގައިވަނީ އެ މައްސަލާގައި އެ ކޮމިޝަނަށް ހޯދިފައިވާ މައުލޫމާތުތަކަށާއި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްތަކަށް ރިއާޔަތްކޮށް، އިސް މެޖިސްޓްރޭޓް އަލީ އާދަމް ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށެވެ.
އޭނާ ސަސްޕެންޑްކުރީ އެ ކޮމިޝަނުން ވަކި ގޮތެއް އަންގަންދެނެވެ.
އެގޮތަށް ނިންމީ މިރޭ ބޭއްވި ޖޭއެސްސީގެ ކުއްލި ބައްދަލުވުމެއްގަ އެވެ.
މީގެކުރިން ވެސް އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ މައްސަލަތަކެއް ޖޭއެސްސީން ބަލާފައިވެ އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
220280
26 May 2023
ކޮބާ ފުލުސް އޮފީހަށް އެކި މައްސަލަތަކުގަ ގެއްދެވޭ މީހުންނަށާއި ، އެކި މައްސަލަ ރިޕޯރޓް ކުރާ މީހުންނަށް ގުޅާ ގްރޫޕް. ރީތި އަންހެނަކު ހިމެނޭ މައްސަލައެއް ބަލާ ފުލުސްމީހާ، އެ މައްސަލަ ނިމޭއިރު އެއަންހެން ކުއްޖާއާއި ގާތް ނުވެވުނިއްޔާ ވަނީ ވަރަށް ކަނޑަ މީހަކަށޯ …. ހެހެހެހެ އެހެންވީމަ ޤާޒީއެއް ގުޅާލިއަސް މައްސަލައެއް ނެތްތާ …
ނަނާ
26 May 2023
މިވެނި ފަޅިއަކަށް އަރާނަމޭ ބުނެލާއިރަށް ތިޔަ މައްސަލަ ހައްލުވެދާނެ. މިހާރު ސިހުރު ހާހޫރައެއް ބޭނުމެއްނުވޭ މީހުން ބޭނުންވާ ކަންކަން ކުރާކަށް. އެއަށްވުރެ މާ އަވަހަށް ނަތީޖާ ދައްކައިދޭ ނުލަފާކަމެއް ޕާޓީއަށް ވޯޓް ހޯދައިދޭ ވާހަކައަކީ. މީހުންގެ ދީނީކަމެއް، ގޮތެއްފޮތެއް، އަޚުލާގެއް، ރަގަޅެއްނުބައެއް ނެތިގެންދިއައީމަ އެފަދަ ކަންކަން އާލާވާނެ.
ވަހީދުބެ
26 May 2023
އިންޓަރވިއު އަކަށް ގެންގޮސްފައި ނުވެސް ގުޅޭ ސުވާލު އެބަކުރޭ.
ޑޮކްޓާރ. ބަނާނާ
26 May 2023
ތިޔާ ބާވަތުގެ މައްސަލަ ތަކުގައި ބައްދަލު ކޮށް ދެވިދާނެ " ހާއްސަ ކައުންސެލިން " އެއް ވެސް އޮވެދާނެ ....
ޑޮކްޓާރ. ބަނާނާ
26 May 2023
ޢެތިކްސް ކިޔާ އެއްޗެއްގެ ކަންފުޅެއް ވެސް ނެތް.! މިއީ މިގައުމުގައި ޖެހިފައި އޮތް ބަލިމަޑުކަމެއް! މިފަދަ މުޑުދާރު އަމަލު ހިންގާ މީހުން ގެ މައްސަލަ ބަލާ ސާބިތު ކުރެވޭނަމަ ގާނޫނު ތަންފީޒް ކުރާ އިދާރާތަކާއި 1000 ފޫޓަށް ކައިރި ނުވެވޭނެ ގޮތަށް ހަދާ އަތުގައި އޮތް ސަނަދު އަތުލާ!
ޢެތިކްސްއޭ
27 May 2023
ފަށަމާ ގަދަ 30 އަހަރު ދީފަ ހުރިގޯތިތަކުން! މިގައުމު ވަނީ ގެއްލުވާލާފަ
GaneVihkaaDOTcom
26 May 2023
މެޖިސްޓްރޭޓް ތިޔަގުޅާނީ ސުލްހަ ކުރަންކަމަށްވާނީ، މަގުމަތީ ސުޓިކާޖަހާ ގުރޫޕުވެސް ތިޔަފަދަކަންކަންކުރޭ! ހުއްޓުވާފަ ސައިކަލުގަތިބޭ ދެމީހުންގެ ނަންބަރު ނަގާނެ، ވަރަށްގިނަފަހަރު އަންހެންކުއްޖާއަށް ގުޅާ ކަމާއެއްވެސްގުޅުމެއްނެތް ވާހަކަ ދަށްކާފަ އެބަހުރި، އަދި ނޯޓުކުރި ނަންބަރު އަމިއްލަ ފޯނުގައި ސޭވުކޮށްފައި އެބަހުރޭ!! ފަހަތުގަ އަންހެނަކު އިނިއްޔާ ހުއްޓުވާ ސުވާލުކުރުމުގެ ކަންތައްވެސް ބޮޑު، މިއީ ތަޖުރިބާކޮށްފަ ކުރި ކޮމެންޓެއް!
ބޮޑު ސުބާލު
26 May 2023
ހުއްޓުވަން ޖެހިއްޖެއްޔަ ހުއްޓުވަން ޖެހޭނެ. ސުވާލުކުރަން ޖެހިއްޖެއްޔަ ސުވާލުވެސް ކުރަން ޖެހޭނެ. ނަމްބަރު ނަގަން ޖެހެނީ ނަމްބަރު ނަގަން އޮންނަ ގޮތަށް. އެނަމްބަރަށް ފުލުހަކު އަމިއްލަ ނަމްބަރުން ގުޅައި، އަމިއްލަ ވާހަކަ ދައްކަން ޖެހޭ އެއްވެސް ސަބަބެއް ނޯނާނެ. ތިޔައީ ހަމަ ހިނގާކަމެއް. އައިއޯއިންގެ ތެރޭގައިވެސް. އެއީ ފުލުހުންގެ ވަރަށް އަންޕްރޮފެޝަނަލް ދައްކުވައިދޭ ކަމެއް.
އުދުހޭ
26 May 2023
ކޯޓުން ނުދޭ ޚިދުމަތް އަމިއްލައަށް ދެންޏާ ވާނީ ތިހެން
ކުޅުދުއްފުށީ އަހަންމަދު
26 May 2023
ތި މީހާތީ މީގެ ކުރިންވެސް ތިޔަ ގޮތަށް އެހެން ކިތަންމެ އަންހެނުން ނަކަށް ތިގޮތަށް ގުޅާފަ ހުރި މީހެއް! ކައިވެނި ފޯމު ލީމަ އެބަހުރި އަންހެން މީހާއަށް ގުޅައިގެން ކީއްކުރަން ހޭ އޭނަޔާ އިންނަނީ މަށާ އިންނަން ވީނޫންހޭ ކިޔާފަ ވެސް!
އެހެންވީމަ
26 May 2023
ތިކަމުން އެނގެނީ އޭނައަށް ކައިވެނިކުރާނެ މީހަކު ނުލިބިގެން ގޮތްހުސްވެފަހުރިކަން.
ނޮޓްމީހަމީދު
26 May 2023
ހެޔޮނިޔަތުގާ ކަމެއް ކުރާ މީހަކު ކުއްވެރިއެއް ނުވާނެ . މިކަމުގާ ކުއްވެރިވާ ފަރާތަކީ މޯބައިލް ފޯނު . އަދި ފަރުވާކުޑަ ކުރި ފަރާތަކީ މި ކަބުލޭގެ ފިރިމީހާ. މައްސަލައަކީ ސާފު މައްސަލައެއް އަހަރެން ހުކުމް މިކުރީ ގާޒީއަށް އެއްވެސް ގޯނާއެއް ނުދިނުމަށް!!
ޑެނީ
26 May 2023
ޙުކުމް ބަލައިގެންފި
ހަހަހާ
26 May 2023
ދެންފަހެ، މޯބައިލް ފޯން 25 އަހަރަށް ޖަލަށްލާ 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 3 މަހަށް ގޭބަންދުގައި ބަހައްޓާ، ފޯންގެ ޗާޖަރާއި ސިމާއި ނީލަން ކިޔާ ލިބޭފައިސާ ދައުލަތަށްނަގައި ފޯންގެ މެމޮރީކާޑް ކަނޑުފެއްތުމަށް ހުކުމްކޮށްފީމެވެ.