މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ. އޭނާ ވަނީ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. - ފޮޓޯ: މަޖިލިސް
14 ފެބުރުއަރީ 2017 - 11:52
ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ އަތުން ޑަބަލް ޓެކްސް ނަގައިގެން ރައްޔިތުން ބިކަ ހާލުގައި ޖައްސަން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެ އެވެ.
އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން އިންތި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދެމިއޮންނަނީ އެމްޑީޕީ ސަރުކާރުން ތައާރަފްކުރި ޓެކްސް ނިޒާމުގެ ސަބަބުން ކަމަށެވެ.
ނަމަވެސް ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވަނީ ޓެކްސް ނިޒާމު ހަލާކުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން ކުރަމުން ދިޔަ ކަމަކީ އިމްޕޯޓް ޑިއުޓީ ކަނޑާލާފައި އެ ނޫން ޓެކްސްތައް ތައާރަފް ކުރީ. އެކަމަކު ޑަބަލް ޓެކްސް ތައާރަފް ކުރަމުން އަންނަ ތަން މިހާރު ފެންނަނީ،" އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ ރައްޔިތުންގެ "ގޮހޮރަށް އަތް ބޭނުމުގެ ގޮތުން" ކާޑުގެ ބާވަތްތަކުން 100 ޕަސަންޓު އަގު ބޮޑު ކޮށް، ގާކޮއްޓާއި ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އެޅި ފްލެޓްތަކުގެ ކުލި ބޮޑުކޮށްފައިވާ ކަމަށެވެ. އަދި ނުއަގުގައި އެތައް ތަނެއް ވިއްކަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުގެ ފައިސާ ނެތިގެން ތަންތަން ވިއްކަމުން ދަނީ، ރައްޔިތުން ފެލައިގެން ފައިސާ ނަގަމުން ދަނީ. ރައްޔިތުންނަށް ލިބޭ ފައިދާއެއް ނުވަތަ މަންފާއެއް ނެތް،" އިންތި ވިދާޅުވި އެވެ.
ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ސިނގިރޭޓާއި އެނާޖީ ޑްރިންކުގެ އަގު ބޮޑު ކުރަން ތާއީދު ކުރެއްވި ނަމަވެސް، ދައުލަތުގެ މީޑިއާ އިން އާންމުން ހޭލުންތެރި ކުރަން އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށެވެ. ސަރުކާރުން ރައްޔިތުންގެ ސިއްހަތަށް ސަމާލުކަން ދޭ ނަމަ، ދައުލަތުން ފަންޑު ކޮށްގެން ހިންގާ ޕީއެސްއެމް އިން އެނާޖީ ޑްރިންކް ޕްރޮމޯޓް ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ސޮފްޓް ޑްރިންކާއި އެނާޖީ ޑްރިންކުން ލީޓަރަކަށް 4.60ރ. ނަގަން ވަނީ ކަނޑައަޅައިފަ އެވެ. މިހާރު ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި ނަގާ 1.25ރ. ގެ ބަދަލުގައި 2ރ. ނަގަން ވެސް އެ އިސްލާހުގައިވެ އެވެ.
މަޖިލީހުން ފާސްކުރި 2017ގެ ބަޖެޓުގައި އާމްދަނީ އިތުރު ކުރުމަށް ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ސިނގިރޭޓާއި ސޮފްޓް ޑްރިންކާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރުން ހިމެނެ އެވެ. ނަމަވެސް މަޖިލީހަށް މި ފަހަރު ފޮނުވި އިސްލާހު އޮތީ ބަޖެޓުގައި ހިމެނި ގޮތާ ހިލާފަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހަލާކް
26 April 2020
ރައްޔަތުންދެކެ ލޯބިވާނަމަ ކުންފުނި ތަކުން މުސާރަ ނުދެވި ގެން އުޅޭއިރު މީރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށް ޓަކާ އަޅެ މުސާރައިގެދެބައިކުޅައެއްބައި މިވަގުތައް ނަގާބަލަ އޭރުން ރައްޔަތުންނައް އެގޭނެ ރައްޔަތުން ކަރައްނާރާބައެއްކަން
ގޮހޮރުބޭ
15 February 2017
ބަލަ އިންތިއާ! ގޮހޮރަށް އަތްބޭނީ އެމްޑީޕީގެ ދައުރުގައޭ؟؟ ހަނދާންނެތުނީތަ؟ އަހަރެމެންގެ މުސާރަކޮޅުވެސް ކައްވާލާފަ ތިޔަ އެމްޑީޕީން ތިޔަ ތިބީ..މިހާރު އެއްވެސް ދިވެއްސަކު ހާލުގަ ޖެހިގެން އުޅޭކަށް ނުޖެހޭނެ. ކޮންމެ މުސްކުޅިއަކަށް 5000ރުފިޔާ...ކޮންމެ ނުކުޅެދޭ މީހަކަށް 2000ރުފިޔާ...ކޮންމެ ނުކުޅެދޭ މީހަކަށް ވަޒީފާ..ކޮންމެ ކިޔަވާ ކުއްޖަކަށް ޕްރީސްކޫލުން ފެށިގެން ގްރޭޑް12 އަށް ހިލޭ... ބަލިވުމުން ބަލިރަނގަޅުވަންދެން ހިލޭ ބޭސްފަރުވާ.....ދެން ކޮން ކަރުބުޑެކޭ ކިޔާފަތަ ހަޅޭއްލަނީ..މީކީ ކަލޭމެން މަގުމަތީގައި އަޑުގަދަކުރި ޒަމާނެއްނޫން.. މިއީ ތަރައްޤީ ވަމުން އަންނަ ޒަމާން...މައިތިރިވެގެން ތިބެބަލަ ރައްޔިތުންނަށް އިތުރު ފުރުޞަތުތައް އަދިވެސް ހޯދައިދެންދެން....
އަބްދުއްލާ އަލީ
14 February 2017
އިންތި މެން ގެނައި ސާރުކާރުން ޖެއްސި ވަރަކަށް ހާލުގަ ޖެހެން އަދި ކައިރިވެސް ނުވޭ. ހޮސްޕިޓަލްތަކުން މިހާރު އަތަށް އަރުވާ އަންގިވެސް ލިބޭ ،ހުންބަލާ ކަށިގަނޑުވެސް ލިބޭ އިންތި މެން ގެނައި ސަރުކާރުން މިތަކެތިވެސް ފޮރުވީ
ތިވަރެއްނޫން
14 February 2017
އެމްޑީޕީން ދިވެހި ރައްޔަތުން ގެ ތެރެއިން ބަޔަކު ގަނަތެޅުވި މިންވަރާ ގާތަށްވެސް އަދި ނުދެއެވެ. ގޯއްޗެއްވެސް ފްލެޓެއްވެސް ލިބޭނީ އެމްޑީޕީ މީހުންނަށް ދީފައި ބާކީހުރިއްޔާ ކަމުގައި އެކަނި ބުނީކީ ނޫނެވެ. ސިވިލްސާވިސްގެ މުސާރަކޮޅު ކުޑަކޮށް އެމްޑީޕީ ނޫން އެހެންމީހުން ވަޒީފާތަކުން ވަކިކުރަމުން ގެންދިޔައީއެވެ. ޕާޓީމީހަކު ނޫނިއްޔާ ކުޅިދައްކާލާނެކަމަށް ބުނަމުން ދިޔައީއެވެ. މިވަރުގެ އަހުވައެއް ދިވެހިރައްޔަތުންނަށް ނުފެންނާނެއެވެ.
ޕޮގުބާ
14 February 2017
އެމްޑީޕީން ބޭނުންވާ އެއްކަމެއްވެސް މިސަރުކާރަކުން ކުރާކަށް ނުޖެހެ ތީމަޖިލީހަށް މީހުންހަމަކުރަން ވަންނަބައެއް އިދޮކޮޅަކަށް ވެސް މަސަތްކަތެއް ކުރެވޭ ބައެއްވެސްނު އެއްކޮޅަކަށްވެސް މަސަތްކަތެއް ކިރެވޭބައެއްނޫނެ ދެންއެއްގޮތަކަށްވެސް ބޭނުމެއްހިފޭ ބައެއްނޫނެ
ވިސްނާމީހާ.
14 February 2017
ދެން އިންތި ތިއަމަޖިލިހުގާ އިންނަވައިގެން ރައްޔިތުންނަށް ކޮށްދިނީ ކޮންކަމެއްތޯ؟ ތިއީ އުވާލަންވެފަ އޮތް މަޖިލިހެއް.
ސަހަރޯ
14 February 2017
ރަތްޔަތުންގެ ހާލްއޮތްގޮތް ވަރަށް ސާފް އަމިއްލަ ކުންފުނިތަކުން ކިތައްކުންފުނިންތޯ ބަރާބަރަށް މުސާރަދެވެނީ >ދެންބައްލަވާ ރަށްޔަތުންގެ ހާލްހުންނާނެގޮތް
އިބިރާ
14 February 2017
އެއްބުރުން އައްޑު އިދެޖައްސާލައިފި
މުސާރަ
14 February 2017
ރައްޔިތުން ބިކަހާލުގައި ޖައްސާ ނިމިއްޖެ ތަކެތި އަގުބޮޑުކުރީ އެކަމަށް
އުމަރު
14 February 2017
ސަރުކާރުގައިތިބި ނާގާބިލު ވެރިންނަށް އެނގެނީ ހަމައެކަނި ރައްޔިތުންފެލަން، އެމީހުންނަށް އެނޫންކަމެއް ނެއެނގޭ، ރައްޔިތުންގެ ގޮހޮރައް އަތްކޮށްޕައިގެން ގޮހޮރުގައި ހުރި އެއްޗެއް ދަމައިގަންނަންނޫން އެހެންކަމެއްނެއެނގޭ އެކަން ކުރާނެ މިސަރުކާރުން، އެއީ ހަމަ އެނޫންގޮތެއް ނެއެނގޭތީ