ފަތުރުވެރިން ގޮވައިގެން ދަތުރުކުރާ ލޯންޗްތައް ޗެކް ކުރަނީ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި ރިސޯޓްތަކާ ދެމެދު ފަތުރުވެރިން ގޮވައިގެން ދަތުރުކުރާ ލޯންޗްފަހަރު ޗެކް ކުރުމަށް ޚާއްސަ އޮޕަރޭޝަނެއް އިއްޔެ ފަށައިފި އެވެ.


ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި މިއީ އިއްޔެ އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ އޮޕަރޭޝަނެކެވެ. އަދި މި އޮޕަރޭޝަން ކުރި އަށް ގެންދިއުމުގެ ބޭނުމަކީ ފަތުރުވެރިން ގޮވައިގެން ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ފުރިހަމަ ކޮށްފައިވޭތޯ ބަލައި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ވެބްސައިޓްގައިވެ އެވެ.

މި އޮޕަރޭޝަނުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ލޯންޗްތަކާއި އެއާޕޯޓުން ފަތުރުވެރިން ގޮވައިގެން ފުރާ ލޯންޗްތައް ޗެކްކުރުމަށް ހަމަޖެހިފައިވާ އިރު، ލޯންޗް ދުއްވާ މީހުންގެ އަތުގައި ލައިސަންސް އޮތްތޯ އާއި ލޯންޗްތަކުގައި ސަލާމަތީ ކަންކަން ފުރިހަމަ ކޮށްފައިވޭތޯ ބަލަމުންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.