ޔުމްނުއާ އެކު އެ ރޭ އުޅުނު ބައެއް މީހުން.
25 އެޕްރީލް 2025 - 11:49
އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދާ އެކު، އެ ރޭ އުޅުނު މީހުންގެ ތެރެއިން އަންހެނަކު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ބުނާ ފަތުރާ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހ. ފެންޓެނޯއީގޭގެ ނުވަ ވަނަ ފްލޯ އިން ޔުމްނު ވެއްޓުނީ ހ. މިޓާޒްގޭގައި ހުރި ގުދަނެއްގެ ފުރާޅުމައްޗަށެވެ. އެ ގެއަށް ވަނުމުގެ ކުރިން ޔުމްނު ހިމެނޭ ގޮތަށް ނުވަ މީހަކު ވަނީ މއ. މާންދޫގޭދެކުނު ގޭގައި އެއްކޮށް އުޅެފަ އެވެ.
އެ ނުވަ މީހުންގެ ނަމާއި ފޮޓޯ އަދި އެޑްރެސް ފުލުހުން ވަނީ އިއްޔެ އާންމުކޮށްފަ އެވެ.
އެ އެންމެން ފުރުން މަނާކޮށް ޕާސްޕޯޓު ހިފެހެއްޓިއިރު އޭގެ ތެރޭގައި ހިމެނޭ ގ. ނޯތުބްރީޒް، އާއިޝަތު ލަޔާލީ އިގުބާލު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަަތަކެއް ފެތުރި އެވެ.
އެކަމަކު، އެ މައްސަލާގައި ފުލުހުން ބުނީ ފުރުން މަނާކޮށްފައިވާ އަންހެނަކު މެލޭޝިއާ އަށް ފުރާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމަށެވެ.
- ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ
- ހައްވާ ޔުމްނު ރަޝީދު، ގ. ރަނައުރާގެއާގެ
- އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
- އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
- ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ
- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު
- އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު
- ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި
- އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް
އޭގެ ތެރެއިން މިހާރު ވަނީ ހ. ފެންޓެނޯއީގެއަށް ޔުމްނުއާ އެކު ވަތް ރައުދު ހައްޔަރުކޮށްފަ އެވެ. ރައުދު ހައްޔަރުކުރުމަށް ކޯޓުގައި އަމުރަކަށް އެދުނު އިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތުކޮށްފައިވެ އެވެ.
ރައުދުގެ ބަންދުގެ އަމުރަށް އެދުމުގައި ފުލުހުން މިގޮތަށް ތުހުމަތުކުރި ނަމަވެސް، ފުލުހުން ކުރިން ބުނެފައި ވަނީ ޔުމްނު ވެއްޓުމުގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.
ރައުދު ހައްޔަރުކުރުމުގެ އިތުރުން، ޔުމްނު ހިމެނޭހެން ހަތް މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ވަނީ ހިފަހައްޓައިފަ އެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން މއ. މާންދޫގެ ދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފްލޯ ވެސް ބަލައިފާސްކޮށްފައިވެ އެވެ.
ޔުމްނު ވެއްޓުނީ ފެންޓެނޯއީގޭގެ 9 ވަނަ ފްލޯގެ ސިޑިގޮޅީގައި ހުރި ފެންލައިޓުންް ކަމަށް ފުލުހުން ބުނެ އެވެ. އެކަމަކު، އެ ފެންލައިޓުން އޭނާ ވެއްޓިދާނެ ކަމާ މެދު ސުވާލުތަކެއް އުފެދިފައިވާއިރު، ފުލުހުން އަދިވެސް އަންނަނީ އޭގެ ހަގީގަތް ބަލަމުންނެވެ. ޔުމްނު އާއި ރައުދުގެ ހަރަކާތްތައް އެ ރޭ ހުރި ގޮތް ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖުތައް ވެސް އިއްޔެ ވަނީ އާންމުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
26 April 2025
ކީއްވެހޭ ދެންތިބި މީހުން ހައްޔަރު ނުކުރީ. އެމީހުންގެ ޔޫރިން އިން ޓްރޭސް ގެއްލެންދެން މަޑުކޮށްލީ ތޯ?
raajje
25 April 2025
ފުލުހުންމޮޔަވީއެވެ، ތަހުގީގުނުނިމެނީސް މައްސަލައިގެ އެންމެމުހިންމު އިވިޑެންސްތަކުގެތެރޭގައި ހިމެނޭ ވީޑިއޯފުޓޭޖު އާންމުކުރުމާ އެތައްބައެއްގެ އައިޑީކާޑާއި ފޮޓޯ ފަދަ ޒާތީމައުލޫމާތުކަމަށްބެލެވޭނެ އެތައްމައުލޫމާތެއް މީޑިޔާތަކަށް ދޫކޮށްލުމަކީ ތަހުގީގުކުރާގޮތްތަ؟؟ ވަރަށްތާކުންތާކުނުޖެހޭކަންތައްތަކެއް ފުލުހުންކުރާތަންމިފެންނަނީ!!
އަތަށްގޮއްވާފަދޯ
25 April 2025
ދެން ތިގޮތަށް އަމިއްލަ އަށް އަގުވައްޓާލާފަ އިތުބާރު ކުރާށޭ ބުނީމާ ކޮންތާކު ޖެހެނީ؟ މިސަރުކާރުގައި އުޅޭ ވަރަށް ގިނަ ސިޔާސީމިހުންނާ ދިމާވުމުންވެސް ދައްކަނީ އެއްވާޙަކައެއް. ފުލުހުން ހެދި ގޯހާއި މިކަން ކުރިގޮތް އެއީ ސަރުކާރު އަމިއްލައަށް އަތަށް ގޮއްވާލުންކަން. ވީމާ އަމިއްލަ ޕާޓީ އާއި ސިޔާސީ މަގާމުތަގައި އުޅޭ މީހުން ނުކުރާ އިތުބާރެއް ދެންތިބި މީހުން ކުރާނެތަ؟ އެންމެނަށްވެސް އިނގޭ ކަމެއް ގޯސްކޮށް ހިނގައިފިކަމާއި، ފުލުހުންގެ ބަސް ދިމާނުވާކަން.
އޮނަރަބްލް އަފީފު ދީދީ
25 April 2025
މިމަހު 18 ވަނަ ދުވަހު ކ.މާލޭ ހ.ޕެންޓެނޯއީގެ ފުރާޅުމަތިން ޖެހިގެންހުރި ގުދަނެއްގެ މައްޗަށް ވެއްޓި ނުވަޔަ "ވައްޓާލި" އެރަށު ގ.ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) އާއިއެކު އެރޭ މަސްތުގެ ޕާޓީ ބޭއްވުމުގައި ބައިވެރިވި އެރަށު މަޝްހޫރު އާއިލާތަކަށް ނިސްބަތްވާ 8 ޕާޓނ ގެ ތެރެއިން ހަމައެކަނި ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް، 21އ ހައްޔަރުކޮށްފައި "މަސްތުޕާޓީގައި ބައިވެރިވި އެހެން ޕާޓޭން" ހައްޔަރުނުކޮށް ދޫކޮށްފައި ބައިތިއްބާން ޖެހުނީ ކީއްވެގެންތޯ؟!
އޮނަރަބްލް އަފީފު ދީދީ
25 April 2025
ޔުމްނު ވެއްޓުނު ނުވަތަ "ވައްޓާލިކަމުގެ ތުހުމަތަށް، ހައްޔަރުކުރި ކ.މާލޭ ގ.އެރިއަދޫ ރައުދު އަހުމަދު ޒިލާލު ފިޔަވާ" ހ.މީނާޒު ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، މއ. މާންދޫގެދެކުނުގެ އިޒުދިޔާން މުހައްމަދު މައުމޫނާއި އެގޭ ޔޫސުފް އަހުމަދު އަކްރަމް، ގ.ނޯތުބްރީޒް އާއިޝަތު ލަޔާލީ އިގުބާލު ހައްވަރުނުކޮށް މިނިވަންކަމާއިއެކު ދޫކޮށްފައިވަނީ ޤާނޫނީ ކޮން ހަމަތަކެއްގެމަތިން ފުލުހުންނަށް ލިބިދީފައިވާ ބާރެއް ބޭނުން ކޮށްގެންތޯ؟ މިއީތޯ މިކަން އޮންނާން ޖެހޭ ގޮތަކީ؟!
އޮނަރަބްލް އަފީފު ދީދީ
25 April 2025
މިކަމުގައި ބައިވެރިވާ ބައެއް ޕާޓޭންގެ ހިމާޔަތުގައި ފުލުހުން މަސައްކަތް ކުރާ ކަމަށާއި، އެފަދަ ގޮތަކަށް ވާހަކަ ދައްކާ މައްސަލަ ތަޙްޤީގު ކުރުމުގައިވެސް އާންމުކޮށް ކަންކުރާ އުސޫލު ތަކާއި ޙިލާފަށް "އިއްޒަތްތެރި ޕާޓޭން ތަކަކަށް ރައްކަލާއި ހިމާޔަތް ލިބޭ ފަދަ ގޮތަކަށް" ފުލުހުންގެ ފަރާތުން މަސައްކަތް ކުރާކަމަށް ސޯޝަލް މީޑިޔާގައި ފެތުރިފައިވާ އަޑުތަކާއި ރައްޔިތުންގެ ތެރޭގައި ދެކެވޭ މިފަދަ ވާހަކަ ތަކަށްޓަކާވެސް މިކަން މިނޫން ގޮތަކަށް ކުރުން ރަނގަޅު ނޫންތޯ.
އޮނަރަބްލް އަފީފު ދީދީ
25 April 2025
ރާއްޖެއާއި ބައިނަލްއަޤުވާމީ ޤާނޫނުތަކުގައިވެސް ބޭނުންކުރުން މަނާކޮށްފައިވާ ޑްރަޤްގެ ބާވަތްތައް ބޭނުންކުރާމީހުނަށް ނިސްބަތްކޮށް ދިވެހި މުޖުތަމަޢުގައި "ޕާޓޭ" ބޭނުންކުރުމަކީ މިހާރު އާންމު ބަހުރުވައިގައި ބޭނުންކުރާ ހަމަ އާދައިގެބަހެއް. މިފަދަ މަސްތުވާތަކެތި ބޭނުންކުރާ އާދައިގެމީހުނާއި އެފަދަމީހުންގެ ދަރިންނަށް "ޕާޓޭންގެ ނަމުން ގޮވާފަދައިން" އިއްޒަތްތެރިންގެ ދަރިންވެސް ޑްރަޤް ނަގާނަމަ އެމީހުންވެސް ވާނީ ޕާޓޭން ނަށް. އެއީ "ޕާޓޭ ފުޅުންނެއް ނޫން" އިގޭތޯ.
އޮނަރަބްލް އަފީފު ދީދީ
25 April 2025
މިހެން ދަންނަވާންޖެހުނީ 18 ވަނަ ދުވަހުގެ ޖަރީމާގައިބައިވެރިވި ބޮޑުސިންގާ ފިރިހެނުންތަކެއްގެ ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ތަކުރާރުކޮށް އެތައް ފަހަރަކު "އެކުދިންނޭ" ކިޔާފައި ވާހަކަދައްކަވާފައިވާތީ އާއި، މިދެންނެވިފަދަ ބޮޑުކުށަކަށް އަރައިގަނެގެންތިބެ އޭގެތެރެއިން އެކެއްގެ ފުރާނަގެއްލޭފަދަ ޙާދިސާއެއް ހިގާފައިވާއިރުވެސް އެމީހުނަށްނިސްބަތްކޮށް އެއީ މަޢުސޫމްބައެއްކަން ދޭހަވާގޮތަށް ސަރުކާރުގެ ބައެއް އިއްޒަތްތެރިން ވެސް ވާހަކަ ދައްކާފައިވާތީ.
އޮނަރަބްލް އަފީފު ދީދީ
25 April 2025
މިމަހު 18 ވަނަ ދުވަހު ކ.މާލޭގެ 8 ޕ އަކު ޑްރަގާއި ބަނގުރާ ބޮއިގެންތިބެ އޭގެތެރެއިން އެކަކު އެރަށު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު ނުވަތަ "ވައްޓާލި" ޖަރީމާ ބަލަން ފުލުހުން ކުރިމަސައްކަތްތަކަށް "މިދެންނެވި އާއިލީ ފަރާތްތަކުގެތެރެއިން ވަޒީރު އަމީނު އާއި ރާއްޖޭގެ ޑިޕްލޯމެޓިކެއްގެ ގޮތުން އީޔޫ އާއި އދ ގައިވެސް މަސައްކަތް ކުރައްވާ ޑރ ހާލާ ޙަމީދު އެއްވެސްކަމެއް ކުރައްވާފައި ނުވިކަމަށްވިޔަސް" މިކަން ހިގައިދިޔައީ ރަނގަޅަށް ނޫންކަން މިހާރު އިގޭ.
ރަދީފުޒް
25 April 2025
ނިންމާލަމުން ލިޔެފައިވާ "މިހާރު އިގޭ" އެއީ ރަނގަޅު ގޮތެއް ނޫން. ރަނގަޅު ގޮތަކީ މިހާރު އެނގޭ"