24 އެޕްރީލް 2025 - 13:38
އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދާއެކު އެ ރޭ އުޅުނު މީހުންގެ ވަނަވަރު ފުލުހުން މިއަދު އާއްމުކޮށްފި އެވެ.
އިސްކަންދަރުކޮށީގައި މިހާރު ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައި ވަނީ، ގ. ރަނައުރާގެއާގެ، ޔުމްނު، 21 އާއެކު، މއ. މާންދޫގޭދެކުނު ގޭގައި އެއްކޮށް އުޅުނު ނުވަ މީހުންގެ ނަމާއި ފޮޓޯ އަދި އެޑްރެސް އާއްމުކޮށްފަ އެވެ. އެ މީހުންނަކީ؛
- ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ
- އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
- އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
- ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ
- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު
- އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު
- ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި
- އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް
އެ މައްސަލަ ފެންމަތިވީ ހ. ފެންޓޯނިއާގޭގެ ގޭގެ ނުވަ ފްލޯ އިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުމުންނެވެ. އެއްބަޔަކު ތުހުމަތުކުރަމުން ދިޔައީ ޔުމްނު ވައްޓާލީ ކަމަށެވެ. ނަމަވެސް، މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އޭނާ ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގު ކުރަން ފަށައި، މިހާތަނަށް ޔުމްނު އާދި ރައުދު ވަނީ ޑްރަގްސް އަށް ޓެސްޓުކޮށްފަ އެވެ. އެ ދެ މީހުން ވެސް ޑްރަގްސް އަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
މާންދޫގޭދެކުނު ގެއިން ނުކުމެގެން އެ މީހުން ދެން ވަނީ ކަށިވެލި ގެއަށެވެ. އޭގެ ތެރެއިން، ޔުމްނު ވެއްޓުނު ފެންޓޯނިއާގެއަށް ވަންނަނީ ރައުދުއާ ދެ މީހުންނެވެ.
ޔުމްނު ވެއްޓުނު ރޭ، އޭނާއާއެކު އުޅުނު މީހުން.
ފުލުހުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ދެ މީހެއްގެ ކުށުގެ ރިކޯޑު އެބައޮތެވެ. ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުން މިއަދު ވަކިކުރި އިޒްދިޔާން ވަނީ 2015-2017 އާ ހަމައަށް މަސްތުވާތަކެތީގެ މައްސަލަ އޮތެވެ. އަދި ޔޫސުފް އަހުމަދު އަކްރަމް ވެސް 2017 ވަނަ އަހަރު ހަމަނުޖެހުން ހިންގަފާނެ ކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކޮށްފައިވެ އެވެ.
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ އެ މީހުން އެރޭ ވަދެފައިވާ ގެތައް ފާސްކުރަން ކޯޓު އަމުރު މިހާރު ލިބިފައިވާ ކަމަށެވެ. އަދި އެ މީހުން ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ރޭ އެއްކޮށް އުޅުނު އެންމެންގެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުބޫ
25 April 2025
އަޅެފަހެ މިއައްތުރެ ސާފު ފޮޓޯގަނޑެއް ނުލިބުނީތަ މިއޮއްފަދަ ޒަމާނުގަ؟ ނޫނީ ކޮންބައެެއްކަން އާއްމުންނަށް އަންގަން ބޭނުން ނުވަނީތަ؟
ކިތައްހާސް
24 April 2025
މިކުދިންގެ ރައްޓެހިންނާ މިކުދިން ދަންނަ މީހުންނާ މިކުދިން ފޮލޯކުރާ އެތައް ސަތޭކަ މީހުން މިކުދިން އުޅޭނޫޅޭ ގޮތް ރަގަޅަށް އެނގިތިބެ މިއޮތްހާ ދުވަހު އެއްކަމެއްވެސް އެކަމާ ނުކޮށް ތިބެފަ މިހާރު މުޒާހަރާއަށް ފޮޓޯހިފައިގެން ނިކުންނަނީ ކޮން މަގްސަދެއްގަބާ. އެމީހުންގެ އުޅުން ދަންނަ އެންމެންގެ ޒިންމާ ކޮބާތަ މީގެ ކުރިން؟ ބުއިމާ މަސްތުވުމާ ބަދުއަޚުލާގީ އަމަލު ހިންގުން އެއީ އޯކޭ ކަމަކަށްވެފަ ތިބީ މިއޮތް ހުރިހާ ދުވަހު. ރައްޓެހިންގެ ވާޖިބު ކުރިން އަދާކުރިނަމަ
ހިސާބު ސޯ
24 April 2025
ޖެންޒީ ބޮޑުވީ އެމް.ޑީ.ޕީ މީހުން ހައްގުތައް ހޯދައިދިން ޒަމާނުގައި. އެމީހުންނަށް ޕާޓީވެސް ކުރެވޭނެ، ޑްރަގްވެސް ނެގޭ ބިރަކާ ނުލާ. ޖީލުތައް ހަލާކުވުމުގެ ޒިންމާ އެމްޑީޕީން ނަގަންޖެހޭ
ހުސްނާބެ
24 April 2025
އަންހެން މީހާ ވެއްޓުނީމާ އޭނާއަށް އެންމެން ހަމްދަރުދީ ވިޔަސް، ހަގީގަތަކީ ހަމަ އޭނާވެސް ޕާޓީކުރި. ޑްރަގްވެސް ނެގި. އަންހެން މީހާގެ އާއިލާއަށް ހަމަ އޭނާ ނުބެލުނު. ފުރާޅު މައްޗަށް ވެއްޓުނީމާ ދަރި ފެނުނީ. ރަގަޅު ތަރުބިއްޔަތެއް މި ދަރިންނަށް ނުދެވުނީމާ މިހެން މިވަނީ
އަނދިރިފުލުސް
24 April 2025
ފުލުހުންގެ ތެރޭގަ މިފަދަ ފާހިޝް އަމަލުތަކަށް އަރައިގަންނަ ބަޔަކު އެބަ ތިބި. އެހެންވެ މިމީހުން ހައްޔަރު ނުކުރަނީ. ދޯ! މީހުންގެ އަނބިން ކައިރިޔަށް ވަގަށް ވަންނަ ކަމަށް މަސްހޫރު ބަޔެއް! ދެން މަގުމަތީގަޔާ ސިޑިމަތީގަ ތިހެން ތެޅުނަކަސް ފުލުހުންނަކަށް ތިކަމެއް ބޮޑެއް ނުވާނެނު! ފުރަތަމަ ތި މުއައްސަސާގަ ތިބި މިފަދަ މީހުން ބޭރުކޮށް ހަރުކަށި އަދަބު ދޭންވީ!
އަޖާއިބުއއ
24 April 2025
މިވެރިންގެ މައިންބަފައިން ވެސް މިދުވަނީ ފުލުހުން ފަހަތުން. ބަލަ ބޮއިގެން އަބަދިވަނީ ފުލުހުންގެ ސަބަބުންތަ. ބޮއިގެން ވާނުވާނޭނގި މީހުންގެ ގެދޮރަށް ވަދެ ހެދީ ފުލުހުންގެ ސަބަބުންތަ
އިޞްހާޤް
24 April 2025
މަބުނީ މިހާރު ޒިނޭކުރުމަކީ މާބޮޑު މައްސަލަ އަކަށް ނުވޭދޯ! އާންމު ތަނެއްގަ ، މީހުން އަރައި ފައިބާ ތަނެއްގަ، އެ އަމަލު ހިންގީމަވެސް.. ކޮބާ ރާއްޖޭގަ ޤާނޫނުން ލިބޭ އަދަބު. މީ ސައްތައިން ސައްތަ އިސްލާމީ ޤައުމެކޭ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ބުނަނީ މިހެން. މިފަދަ ފާޙިޝް އަމަލު ތަކަށް ވަރަށް ހަރުކަށި އަދަބު ކަނޑައެޅެން ޖެހޭ. ހުރިހާވެސް މައްސަލަ އަކީ ޤާނޫނު ތައް ތަންފީޛު ނުކުރެވުން. މި ޤައުމު ހަލާކުވެ ނިމިގެން ދަނީ. ފަހުޒަމާނުގެ އަލާމާތް ތައް.
މާލޭ މާ
24 April 2025
ހޮަަވަންވީ އސްލާމީޝަ,ރީއަތް ހިންގާ ވެރިއެއްއެއިރުން ހުރިހާކަމެއް އންސާފުގެމަގުންހިގާނެ
.....
24 April 2025
އިސްލާމީ ޝަރީޢަތް އޭގެ ފުރިހަމަގޮތުގައި ތަންފީޒު ކުރާނަމަ އިންސާފުލިބޭނެކަން %100!!! މައްސަލައަކީ ބަޔަކު އެކަންވެސް ބޭނުން ނުވާތީ.... :'(
މިނިސްޗަރު
24 April 2025
މިއެންމެންގެ ގެތައް ވަލައި ފާސް ނުކުރަނީ ކީއްވެ އަދި ހައްޔަރު ނުކުރަނީ ކީއްވެގެން؟ މާލެއަކީ ލާސްވޭގަސްއެއް ނޫން ދަމުއަތަށް އެޅީމަ މިމީހުން ނުކުންނަ ތާކުން ނުކުމެ ކާލިއަޅައި ޒިނޭކޮށް ގޭގެއަށް ވަދެ ފުރާޅުމައްޗަށް އަރައި ފުންމަން. މިއެންމެން ހައްޔަރުކޮށް ހަަރުކަށި އަދަބުދީ! އެމެރިކާއިން ކިޔަވައިގެން އައިސް މިތާގަ އެމެރިކާގެ ގާނޫނު ހިންގަން އުޅޭނެ ކަމެއް ނެތް އެކަކުވެސް!
ގަނޑިއަ
24 April 2025
އަޅުގަޑު ބޭނުން ފުލުހުންނަށް ފެންވަރު ރަގަޅު ޕްރިންޓަރެއް ހަވާލުކުރަން. ހިފައިގެން އަންނަންވީތަ؟؟
ލައިޓް
24 April 2025
އުމުރުން ، 22، 21 އަހަރު ގެ މައުސޫމް 9 ކުދިން! މީގެން ދައްކައިދެނީ އަހަރެމެން ރައްޔިތުން، ޖީލެއް ހަލާކުވަމުންދާއިރުވެސް ބަލިމަޑުކަމެއްގައި އަޅާނުލާތިބިކަން! ބައްޕައެއްގެ ހައިސިއްޔަތުން ވ ދެރަވެއްޖެ! ހިނގާ މިކަން ރަނގަޅުކުރަން!