ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު: ރައްޔިތުންނާއި ގައުމުގެ މަސްލަހަތު ރައްޔިތުންގެ މަޖިލީހުން ނަގާލާފައިވާ ކަމަށް ވިދާޅުވި.
21 މާޗް 2017 - 15:47
ރައްޔިތުންގެ ހައްގުތަކަށް ސަރުކާރުން އަރައިގަނެ ބޮޑެތި އަނިޔާތައް ދެމުންދާއިރު، ރައްޔިތުންގެ މަޖިލިސް ވެސް އޮތީ ހިސޯރުކޮށްފައި ކަމަށާއި އެހެންވެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުން އިތުބާރު ނެތް ކަމުގެ ވޯޓާ އެކު މަގާމުން ދުރުކުރުމުން، މިހާރު އިނގިރޭސި ވިލާތަށް ދިރިއުޅުން ބަދަލުކުރައްވާފައިވާ ޖަމީލް ކުރެއްވި ޓްވީޓްތަކެއްގައި އެމަނިކުފާނު ވަނީ މަސީހް މަގާމުން ދުރުކުރަން ޖެހޭ ސަބަބުތައް ދައްކަވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ހައްގުތަކަށް ސަރުކާރުން އަރައިގަންނައިރު، ރައްޔިތުންގެ މަޖިލީހުން ހައްގުތައް ހިމާޔަތް ކޮށްދޭން މަސައްކަތެއް ނުކުރާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މިނިވަން މުއައްސަސާތަކާއި ކޯޓުތަކުގެ އަމަލުތަކުން ބިރުވެރިކަން ފެތުރިފައި އޮތްއިރު ވެސް މަޖިލިސް އޮތީ "ތަޅުލާފަ" އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ތުހުމަތުކުރެވޭ ގާނޫނާ ހިލާފު އަމަލުތަކަށް ވެސް މަޖިލިސް "ބަންދުވެފައި" އޮތް ކަމަށް ޖަމީލް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަމާއި މެމްބަރުންގެ ހަމަހަމަކަމާއި ކޮމެޓީގެ އުސޫލްތައް ގެއްލިއްޖެ. މަޖިލީހަށް އާ ރައީސަކު ބޭނުން. --ޖަމީލް
Qaumaai rayyithun ge maslahathu eykibaa kohfi. Article 75 adhi huvayaai khilaafu vehjje. Maseeh eykibaa kuran jehey
— Mohamed Jameel Ahmed (@MJameelAhmed) March 21, 2017
މަސީހް ވަކިކުރަން ޖެހޭ ސަބަބުތައް ދައްކަވައި ޖަމީލް ކުރެއްވި ޓުވީޓެއް.
"ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަމާއި މެމްބަރުންގެ ހަމަހަމަކަމާއި ކޮމެޓީގެ އުސޫލްތައް ގެއްލިއްޖެ. މަޖިލީހަށް އާ ރައީސަކު ބޭނުން،" ޖަމީލް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމާއި ރައްޔިތުންގެ މަސްލަހަތު ވެސް ރައްޔިތުންގެ މަޖިލީހުން ވަނީ އެއްކިބާކޮށްފަ އެވެ.
މަސީހް މަގާމުން ވަކިކުރަން ނަގާ ވޯޓު އަންނަ ހޯމަދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކުރާ ގޮތަށް ވަނީ ނިންމައިފަ އެވެ. މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މަޖިލީހުގެ ރައީސްގެ މަގާމުން މަސީހް ވަކިކުރަން ބޭނުންވާ އަދަދަށް، ވޯޓު ހަމަވެފައިވާ ކަމަށް، އެ ވޯޓުގައި އިސްކޮށް އުޅުއްވާ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ނައިބު ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވީ، މަސީހް ވަކިކުރުމަށް ސަރުކާރުގެ ކޯލިޝަންގެ އެއްވެސް މެމްބަރެއްގެ ވޯޓެއް ނުލިބޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހުމަދު
22 March 2017
ޖަމީލު ބޭރުކުރަންޖެހުމުން ބޭރުކޮށްފި މަސީހުވިއަސް ބޭރުކުރަންޖެހުމުން ކުރާނެ އަމިއަލަ ވަޒަނަށް އަންނަންނުކެރި ފިލާަ ތިބޭމީހުން ގައުމުގެ ކަންކަމާއި ނުބެހި ތިބުން މާރަނގަލުވާނެ
އިބިރިހިންބެއްޔާ
22 March 2017
ފިލާތިބެ ނިޒާމުން ފޮހެވިދާނޭތީ ބިރުން އިރުއިރުކޮޅާ އެއްޗެއް ދޮޅެތިވަރު ގޮވިޔަކަސް ޤައުމުދޫކޮއް ފިލައިގެންދާ މީސްމީހުނަކަށް ދިވެހި-ދިވެހިންގެ ހިތުން މާކަބޮޑުޖާގައެއް ނުލިބޭނެ. ފުޑުފުޑުވާއިރުވެސް ކެތްތެރިކަމާއެކު ޤައުމުގެ ހަފޮޅުން އެތެރޭގައި ހިފަހައްޓާލަމުން އެގެންދަވާ ދިވެހި ދަރިންނަށް ބައްލަވާ، ވިސްނާފިކުރުކުރަން ދެންނެވުނުފަދަ ފިލާތިބޭ ބޭފުޅުންނަށް ދަންނަވަން.
ސަފަރުކަތްދަ
21 March 2017
ބޭފުޅާޔާ ބެހޭ ކަންކަމާ ބެހިލައްވާ. މީ މަމެންގެ ލޮބުވެތި ޤައުމު. ފަރަންޖި އިގިރޭސި ވިލާތެއް ނޫން
މިލިޓަރީ
21 March 2017
ދެއަގައިން ވާހަކަ ދެއްކީމާ ކަމަކުނުދާނެ އަމިލްލަ އެދުންދޫކޮއްލަން ޖެހޭ.
ސޮކްތެރެޕީ
21 March 2017
އިންތިހާބުވިއަސް ހަވާލެއް ނުކުރާނަން.
ނައިސް
21 March 2017
ފިލާއޮވެން ގެން ވާނީ ކޮންކަމެއްތަ. ރައިތުންނަޓަކާ ނިކަން އަިސްބަލަ ކުރިމަތިލާބަލަ ރައިތުން ގޮވައިގެން ނިކުމެބަލަ. ކުކެރޭނެ
މީމުހާ
21 March 2017
މަޖިލީހުގެ ރަޢީސް ކަމުގެ މަޤާމް ނާޖާއިޒް ގޮތުގައި ބޭނުން ކުރަމުން ދާތީ އެމަޤާމުން މަސީޙް ވަކިކުރަން ޖެހޭ. މިއަދު މިކަން ނުކޮށްފިނަމަ މަދަމާ ކުރަންޖެހޭ ހިތާމަ ވަރަށް ބޮޑުވާނެ. ޤައުމީ ވާޖިބެއް ކަމުގައިދެކި މިކަން ރައްޔިތުންނަށްޓަކައި މަޖިލީސް މެމްބަރުން ކޮށްދައްވަންޖެހޭ. ބިރުވެރިކަމާއި ނުފޫޒުން އެއްކިބާވެ ﷲ ހަޒްރަތުން ވާގިވެރިވެ ހެޔޮނިޔަތުގައި ބަސް ބުނުމަށް މިފުރުސަތުގެ ބޭނުން ކޮށްދެއްވުމަކީ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން މަޖިލީހުގެ އެއްމެހާ އިއްޒަތްތެރި މެމްބަރުންގެ ކިބައިން އެދޭއެދުމެއް.
ކނބިކާށި
21 March 2017
ބޭރުގަ ހުރެގެން ގައުމު ހަލާއްކުރަން ފަސާދަކުރަން ނޫޅެބަލަ ކުރަން ބޭނުން ނަމަ މިތަނައް އާާދެބަލަ. ރައްޔިތުން ގުބޯ ހައްދަން ނޫޅެބަލަ