ޕީޕީއެމްގެ ބައްދަލުވުމެއްގައި ރިޔާޒް، މަސީހްއާ ވާހަކަ ދައްކަވަނީ: މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަކީ ޕީޕީއެމް/އެމްޑީއޭ އަށް މާބޮޑު ކަމަކަށް ވެގެން ނޫޅޭ ކަމަށް ރިޔާޒް ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
21 މާޗް 2017 - 10:00
އިދިކޮޅު ފަރާތްތަކުން ކިތަންމެ ބޭނުންވިޔަސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވަކިކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރެއްގެ ވޯޓު ނުލިބޭނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަސީހްގެ ވޯޓާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ރޭ ވަނީ، ވެރިކަން ކުރާ ޕީޕީއެމްގެ ކޯލިޝަންގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މަޝްވަރާ ކުރައްވައިފަ އެވެ.
ސަރުކާރު ކޯލިޝަންގައި ޕީޕީއެމްގެ 48 މެމްބަރުންނާއި އެމްޑީއޭގެ ހަތް މެމްބަރުންނާ އެކު ޖުމްލަ 55 މެމްބަރުން ތިއްބަވަ އެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބައި މެމްބަރުން ވެސް ރޭގެ ބައްދަލުވުމަށް ވަޑައިނުގަންނަވާތީ، ސޯޝަލް މީޑިއާގައި ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
އެކަމާ ގުޅިގެން ރިޔާޒް "މިހާރު" އަށް ވިދާޅުވީ މިވަގުތު މާލޭގައި ތިއްބެވި ހުރިހާ މެމްބަރުން ވެސް ރޭގެ ބައްދަލުވުމަށް ވަޑައިގެންނެވި ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތަށް ވޯޓު ދެއްވާނީ ޕީޕީއެމް ކޯލިޝަންގެ އެންމެ ތިން މެމްބަރުން އޭނާ ކަމަށް ވިދާޅުވި އެވެ.
އެއީ، ރިޔާޒް ވިދާޅުވި ގޮތުގައި ޕީޕީއެމުން ވަކިކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ގެ އިތުރުން ނޮޅިވަރަމް ދާއިރާގެ އެމްޑީއޭގެ މެމްބަރު ހުސެއިން އަރީފެވެ.
"މި ތިން ވޯޓު އެކަނި އިދިކޮޅު ފަރާތްތަކަށް ލިބޭނީ. ޕީޕީއެމް/އެމްޑީއޭ އެއްވެސް މެމްބަރެއްގެ ވޯޓު މަސީހާ ދެކޮޅަށް ނުލިބޭނެ. އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތަކަށް ކޯލިޝަން މެމްބަރުން ވޯޓެއް ނުދެއްވާނެ،" ރިޔާޒް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމާއި އެމްޑީއޭގެ މެމްބަރުންނާ، ރައީސް އަބްދުﷲ ޔާމީން ރޭ ބައްދަލުކުރައްވަނީ. -- ޓްވީޓާ ފޮޓޯ: އަހުމަދު ނިހާން
މަސީހްގެ ވޯޓަކީ އިދިކޮޅު ފަރާތްތަކުން "މާ ބޮޑު ކަމަކަށް ހަދައިގެން އުޅުނަސް" ރިޔާޒް ވިދާޅުވި ގޮތުގައި ޕީޕީއެމް/އެމްޑީއޭ އަށް މާބޮޑު ވޯޓެއް ނޫނެވެ. އެ ވޯޓަށް ތައްޔާރުވާނީ، އޭނާ ވިދާޅުވި ގޮތުގައި މަޖިލީހަށް އާދައިގެ ބިލެއް ބަލައިގަތުމަށް ތައްޔާރުވާ އުސޫލުންނެވެ.
"މި ވޯޓާއެކު އިދިކޮޅު ފަރާތްތަކުން އިތުރަށް ރައްޔިތުންގެ ކުރިމަތީގައި ފަޟީހަތްވެގެން ދާނެ. އެ މީހުން މިހާރު ތިބި ހާލަތަށް ވުރެ ވެސް މާދަށް ހާލަތަކަށް ވެއްޓޭނެ. މި އަށް ވުރެ މާރަނގަޅުވީސް ޒިންމާދާރު މަސައްކަތްތަކެއް ކުރަން މަޑުން ތިބި ނަމަވެސް،" ރިޔާޒް ވިދާޅުވި އެވެ.
މަސީހް މަގާމުން ވަކިކުރަން ނަގާ ވޯޓު އަންނަ ހޯމަދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކުރާ ގޮތަށް ވަނީ ނިންމައިފަ އެވެ.
މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މަޖިލީހުގެ ރައީސްގެ މަގާމުން މަސީހް ވަކިކުރަން ބޭނުންވާ އަދަދަށް، ވޯޓު ހަމަވެފައިވާ ކަމަށް، އެ ވޯޓުގައި އިސްކޮށް އުޅުއްވާ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
މި ވޯޓަކީ ހަމައެކަނި މަސީހާ ދެކޮޅަށް ނަގާ ވޯޓެއް ނޫން ކަމަށާއި ވޯޓުގެ ތިން ދުވަސް ކުރިން ފެށިގެން ޕީޕީއެމްގެ ހުރިހާ މެމްބަރުން މާލޭގައި ތިއްބެވުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބިރިހިންބެއްޔާ
22 March 2017
ރިޔާޒު އެވިދާޅުވަނީ ހެޔޮއެއްޗަކަށްވެދާނެ. މަސީހު އެދިލައްވަނީ މަޖިލީހުގެ ރައީސުކަމުން ބޭރުވާންކަމަށް ވެއްޖިއްޔާ ޕީޕީއެމް/ އެމްޑީއޭ ކޯލިޝަންގެ ވޯޓެއް މަސީޙާ ދެކޮޅަށް ނުލިބުމުގެ ފުރުސަތު އެބައޮތް.
ކެނެޑީ
21 March 2017
ތަމެން ޖަހައިގެން މިކޮމެންޓު ކުރާ ސޮރުގެ މުސާރައަކީ ކޮބާ އަދި އޭނާ ވަޒީފާ އަދާކުރަނީކޮންތާކުބާ...
އަހަންމަދު
21 March 2017
މަޖިލީހަށް އާދައިގެ ބިލެއް ބަލައިގަތުމަށް ތައްޔާރުވާ އުސޫލުން ބަލައިގަންނަ ނަމަ މާނައަކީ ސަރުކާރުން މަޖިލިސް ރައީސް ކަމަށް ގެންނަން ބޭނުންވާ އެހެން މީހަކު އެބަހުރި. އެހެންވެ މަސީހު ބޭރު ކޮށްލަން ބޭނުންވަނީ. އެހެންނޫނީ ކުރިއެކޭވެސް އެއްގޮތަށް ރީނދޫ މެންބަރުންކޮޅު ގަނެލާކަށް ސަރުކާރަށް ހަމަ އެއްވެސް ކަމެއް ނޫން.
ދެން
21 March 2017
ދެން މާބޮޑަށް ކަންބޮޑުވެގެން މީޓިންގސްތައް ތިޔަބާއްވަނީ، އެވަރަށް ތިޔަވާހަކަ ތިޔަ ދައްކަވަނީ؟
ސަންސެޓް2017
21 March 2017
އަޅޭ ކޮބާތަ އެއޮތް ބޮޑު ޕާލިމެންޓްރީ ގްރޫޕް، ގައްޑާ ގްރޫޕު މީނަ ނުނިއްޔާ އެއްޗެއް ބުނާ މީހެއް ނުފެނޭ..ގމިފެންނަނީ ޕިޖީ ގްރޫޕްގެ ބައްދަލުވުމަށްވެސް މީހުން ގަދަކަމުން ގެންނަ މަންޒަރާއި އަދި އެމީހުންގެ މޫނު މަތިން ފެންނަ މާޔޫސްކަން.ރިޔާޒް ގަދަ ބަސް ބުނެވިދާނެ..އެއްވެސް މީހަކަށް ނޭންގޭނެ މަދަމާ ވާނެގޮތެއް..ހަމަ ދެކަކޫ ބިމުގައި ޖެހިފައިވެސް ތިބެދާނެ..
އަހައްމާ
21 March 2017
ސާބަސް ރިޔާޒޫ.......................................................
ފުނޯސް
21 March 2017
ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ޕީޕީއެމުން ވަކިކޮށްފަވަނީ އިންސާފުވެރިކޮށް ކަމަށް ވަނީ ވިއްޔާ އެމީހުންނަކީ ޕީޕީ އެމްގެ މެމްބަރުންނެއް ނޫން. މިމަހު 27 ވަނަ ދުވަހު މަޖްލިސް ބާއްވައިފިނަމަ، ރިޔާޒު އެބުނާ އެއްޗެއްގެ ހަގީގަތް އެގޭނެ.
ފާފުން ފާތުމަ
21 March 2017
އަާން އެކަމެއްނޭންގެ ބާނާފަ އޮންނަ ކޮރަކައްޔެއްހެން އެބަ ތެޅިފޮލޭ ތިޔަ ވޯޓަކާހުރެ. އަހަރެންނަށް ހެޔޮ ތިޔަ އެއް ރައީސެއް ނެތަސް.
ހުސައިންގެ ދަރި
21 March 2017
ރައީސް މަޖިސްލިސް މެންބަރުންނާ ބައްދަލުކުރައްވަނިކޮށް ނަންގަވައިފައިވާ ފޮޓޯތަކުން ފެންނަގޮތުން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ކާމިޔާބުވުން ގާތްކަމަށް އެ މަނިކުފާނު ޤަބޫލުކުރައްވާ ކަމަށް ބެލެވޭ. އެހެންވީމާ އެއް ވޯޓަށްވުރެ ގިނައިން، މާގިނައިން ލިބޭނެ ކަމަށް ޤަބޫލުކުރަން. އަޅުގަނޑުމެން ބޭނުމީ ބައިތުލް މާލުން ނުހައްގު ގޮތުގައި ނަގައިފައިވާ ފައިސާތައް ހޯދާ އެ ކަމުގައި ޝާމިލްވި އެންމެންނަށް (ކޮޅުބަދަލުކުރިޔަސް) ހަރުކަށި އަދަބުލިބެން.
ގޮސިޕްސް
21 March 2017
އިދިކޮޅު ފަރާތް ތަކަށް ވެލި ކާން ދޭނެ ކަން މަމެން ފޮޓޯ ތައް ބަލާލުމުން ފެންނާން ފަށައިފިއޯ ގޮސިޕްސް އެބަގޮވާ ދޯ.
ރމޫސަ
21 March 2017
ފްރީހޯލްޑް ތޯ ވިއްކުންތޯ ކުއްޔައްދިނުންތޯ މަޖިލީހުގަމިވަރުދައްނަމީހަކުވިސްނެތީ