ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނުގެ މައްޗަށް އަނެއްކާވެސް ވަނީ ޓެރަރިޒަމްގެ ދައުވާއެއް އުފުލާފައި.---މިހާރު ފައިލް ފޮޓޯ: ރައީސް އޮފީސް
29 މާޗް 2017 - 12:16
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ބަރިބަރި އަށް ޓެރަރިޒަމްގެ ދައުވާ އުފުލަނީ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ މަގްބޫލްކަމާއި ރައްޔިތުންގެ އިތުބާރު ގެއްލެމުންދާތީ، ގަދަބާރުން ވެރިކަން ދަމަހައްޓަން ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
ނަޝީދުގެ ވެރިކަމުގައި ޖުލައި، 2010 ގައި ރައީސް ޔާމީން ހައްޔަރުކޮށް، ކ. އާރަށުގައި ބެހެއްޓި މައްސަލާގައި ނަޝީދަށް ޓެރަރިޒަމްގެ ދައުވާކުރަން ފޮނުވައި ޝަރީއަތް މިއަދު މެންދުރު 1:30 އަށް ވަނީ ޝެޑިއުލްކޮށްފަ އެވެ. ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ވެސް ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އެމަނިކުފާނަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ނަޝީދުގެ މައްޗަށް އުފުލާފައިވާ އާ ދައުވާ ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ތުހުމަތުކޮށްފައިވާ ގޮތުގައި "މަތިމައްޗަށް، ބަރިބަރި" އަށް ޓެރަރިޒަމްގެ ހުކުމް ކުރަނީ ރައީސް ޔާމީން އަޑީގައި ހުންނަވައި ފުލުހުންނާއި ޕްރޮސެކިއުޓަ ޖެނެރަލް އަދި ކޯޓުތައް މެދުވެރިކޮށް ސިޔާސީ ބޭނުމަށެވެ. ރައީސް ޔާމީންގެ ސިޔާސީ މަގްބޫލްކަން ގެއްލެމުން ދާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި ހިންގި ހުތުރު އަމަލުތަކުން ވެސް ސަރުކާރު ފެއިލްވެފައިވާ މިންވަރު ހާމަވާ ކަަމަށް ބަޔާނުގައިވެ އެވެ.
"ބޭރުގެ އެކިއެކި ގައުމުތަކުގެ ލީޑަރުންނާއި ބައިނަލްއަގުވާމީ އިދާރާތަކުން މީގެ ކުރިން ވެސް، ރައީސް ނަޝީދުގެ މައްޗަށް ކުރެވުނު ޝަރީއަތްތަކާއި ހުކުމްތައް ކުށްވެރިކޮށް ބަލައިގެންފައި ނުވާ ހިނދު މިފަހަރު ވެސް މިފަދަ ނޭއްގާނީ ކަންކަން ކުރުމުން ދިވެހިރާއްޖެ އަށް ހުތުރު ނަން ލިބޭނެ އެވެ،" ބަޔާނުގައި ބުންޏެވެ.
އެމްޑީޕީން ބުނިގޮތުގައި ސިޔާސީ މަގްބޫލުކަމާއި ބާރުވެރިކަން އުފެދިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އިންތިހާބުތަކާ ކުރިމަތިލައްވަން ރައީސް ޔާމީން ފަސްޖެހިވަޑައިގެން ސިޔާސީ ވާދަވެރިންނަށް ނުހައްގު ދައުވާތައްކޮށް ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކުގެ ވެރިން ކަސްތޮޅު އެޅުވުމަކީ ކަންބޮޑުވާ ކަމެކެވެ. އެފަދަ ކަންކަމުން ދުރުވެ، ހެޔޮ ވެރިކަމުގެ އުސޫލްތަކަށް އިއާދަވުމަށް ރައީސް ޔާމީނަށް އެ ބަޔާނުގައި އެމްޑީޕީން ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާނު
30 March 2017
އެއީ ނަޝީދު ކުރި ކުސެއް. އެ ކުށުގެ އަދަބު ލިބެން ޖެހޭނެ.
އިދުރީސްބެ
29 March 2017
މިދުވަސްވަރާ ދިމާކޮށް ނަޝީދުގެ މައްޗަށް އަނެއްކާވެސް ޓެރަރިޒަމްގެ ދައުވާއެއް ކޯޓަށް ވެއްދީ، މިދަނޑިވަޅުގަ ރައީސް ނަޝީދު މާލެ ވަޑައިގެންފިނަމަ އަތުވެދާނެ ޕްރެޝަރުން ސަރުކާރަށް ހިފަހައްޓާ ނުލެވޭނެކަން އެގޭތީ. އެހެން އެއްވެސް ކަމަކުނޫން. އަދިހަމަ މައުމޫން ވަޑައިގެންފިނަމަ ހައްޔަރުކުރާނެކަމަށް އަޑުއަރުވަނީވެސް މައުމޫނާ، ނަޝީދު ވަދައިގެންފިނަމަ ރައްޔިތުން ކެކިގަންނާނެކަން ސަރުކާރަށް ޔަގީންވާތީ.
އެދުރުބެ
30 March 2017
ކޮން ޕްރެޝަރ އެއްހޭ؟ ޕްރެޝަރ ކުކަރ ކޮމަންވެލްތް މިހާރު ދުނިޔެގައިވެސް ނެތް ވަނީ.. އަޑެއް ބަޑެއް ނީވޭތާ ވަރަށް ދުވަސް ވެއްޖެ. މައުމޫނެއްކަމަކު ޒޯނުން ބޭރުވާނަމަ ޒޯނަށް ވައްދާނެ.
ގުންޑާ
29 March 2017
ގަދަބާރުން ވެރިކަން ވައްޓަން އުޅުމަކީ މައްސަލައެއް ނޫންތަ؟
ހިކުމަތުގެ ބަސް
29 March 2017
ގަދަ ބާރުން ވެރިކަން ވައްޓާލަން އުޅޭނަމަ ގަދަބާރުން ވެރިކަމުގައި ތިބެން ވެސް އުޅޭނެއެވެ.
އަމަން
29 March 2017
ދެން ކަލޭ ވީމަ ދަޢުވާ ނުކޮށް ދޫކޮއްލަންވީތަ؟؟ ދެރަ ނިކަމެތި މީހާ އަށް ދޯ އަބަދުވެސް ޙުކުމް އިއްވަންވީ؟؟؟ ކޮންކަހަލަ ވިސްނުމެއް ތިހުންނަނީ....
އަހުމަދު
29 March 2017
މައްސަލަގާއި ދައުވާ ލިބޭފަރާތް ގައުމުން ބޭރުގައިވާނަމަ އެމައްސަލަ ކޯޓަށް ބަލައި ނުގަންނާނެއެވެ. މީ ކޯޓު ގަވާއިދުގައި އޮންނަ ގޮތާއި އުސޫލުކަމަށް ރައްޔިތުން ބުނެއެވެ. ދަޢުލާ ލިބޭފަރާތް ރާއްޖޭން ބޭރުގައި އުޅުމާއި މައްސަލަ ހުށަހަޅާ ފަރާތުން ދޭ އެޑްރެސްގައި އޭނާ ނޫޅެއްޔާ ޗިޓް ރައްދު ނުވާނެއެވެ. މައްސަލަ ބޭރުކުރަންޖެހޭއެވެ.
ކަޑަވާ ދޮންބެ
29 March 2017
މި ސަރުކާރު އައީ ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު 5 އަހަރުގެ ދައުރަކަށް! އެހެން ވީމާ ގަދަބާރުން ވެސް މަޑު ބާރުންވެސް ވެރިކަން ދަމަހައްޓަން ކަމެއް ކުރާކަށް ނުޖެހޭ! 5 އަހަރު އެއީ ވެރިކަމުގެ އެއް ދައުރު! ވަރަށް ސާފު! އޭގެ ކުރިން މި ވެރިކަން ނިންމަން؟ ބުނެވޭނީ ނެވަރ އޭ! " އޮތުން މޮޅު ކޮއްމެ ވެރިކަމަކަށް މަތިން ދެއްވާނެ ގަދަ ބާރެއް" " އޮތުން މޮޅު ނޫން ވެރިކަމެއް ވިއްޔާ މަތިން އެ ގަދަބާރެއް ނުދެއްވާނެ" ދައުރު ހަމަނުވަނީސް ވެއްޓޭނެ!
ގަމާރު
30 March 2017
ކޮއްކޯ 2008 ގަ ވެސް އައީ ހަމަ ރައްޔިތުންގެ ފުރިހަމަ ތާއީދާ އެކީ 5 އަހަރަށް ހޮވުނު ވެރިކަމެއް. ދީން އިސް ނުކުރެވޭ ވެރިންނަށް ކޮންމެސް އިރަކުން ހިތި ނިމުމެއް އޮންނާނެ. ދެން އަދި ޒިންމާކުރެވިފައިވާ ރައްޔިތުންނަށް އިހާނެތި ވެރިއަކަށް ކިހާވަރެއް ވާނެބާ؟
ހާއި
29 March 2017
އެބުނަނީ ކޯޓްގެ އަމުރެއްނެތި މީހަކު ހިފާ ހައްޔަރުކުރި ވާހަކަ އަޅެ ޔާމީނު ހައްޔަރުކުރަން ވެގެން ނެރުނު ކޯޓްގެ އަމުރު ދައްކާބަ ނޫނީއްޔަ ގާސިމް އިބުރާހިމް ހައްޔަރުކުރަން ވެގެން ނެރުނު ކޯޓްގެ އަމުރު ދައްކަބާ މީހުންނެއް ގަދަބާރުން ކޯޓް އަމުރެއްނެތިއެއް ހިފާހައްޔަރެއް ނުގުރުވޭނެ އެއީ ގާނޫނީ ކުށެއް އެކަންހަޖަމްނުވަނީ ތިމާޔަށް އެކަން ކުރެވުނީމަ ސާބިކޮށްދެންވީ ނޫންތޯ ޔާމީނު ހައްޔަރު ނުކުރާކަމަށް ގަވައިދާ ގާނޫނާއެއްގޮތައް ކުރިކަމެއްނަމަ އޯ
ސޮކްތެރެޕީ
29 March 2017
ނަޝިދު މީގެން ރެކެން އުލެފީޔާ އެހެން މީހުންވެސް ޖަލަކައްނުވަންނާނެ.
ކެޔޮޅު
29 March 2017
ރައީސް ނަސީދު ރައީސް ޔާމީނު އާރަށުގަ ހައްޔަރު ނުކުރާކަން ސަރީއަތުގަ ސާބިތު ކޮށްދޭންވީ ނޫންތަ އެހެންނޫނީ އަނެއްކާވެސް 13ގެ ޕެކޭޖެއް ވޯޓު ކަރުދާހުގަ ދެން ނަން އޮންނާނީ 30އަހަރު ފަހުން
ފަގުޑި
29 March 2017
ގާސިމްގެ ފަރާތުން ހަމަ މިދައުވާކޮށްފިއްޔާ ކީކޭބާ ބުނާނީ؟
ފަގުޑި ބޭ
30 March 2017
ގާސިމް ހިފާ ހައްޔަރު ކުރިތަ؟ ދޫނިދޫ އަށް ނުވަތަ އާރަށައް ގެންދިޔަތަ؟ ދެން ކޮންކަމަކާ ދައުވާ ކުރެވޭނީ... ހިގަމުންދާ މައްސަލަ އެއްގެ މައުލޫމާތު ހޯދަން ފުލުސް އޮފިހަށް ހާޒިރު ކުރީމަތަ؟