އިދިކޮޅު ފަރާތްތަކުން ގުޅިގެން މ.ކުނޫޒުގައި ބޭއްވި ޖަލްސާ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
31 މާޗް 2017 - 15:45
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން ސަރުކާރުން އިދިކޮޅު ލީޑަރުންނަށް ބިރު ދައްކައި، ޖެއްސުން ކުރަމުން ދާ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ އިދިކޮޅު ލީޑަރުންނަށް ޖެއްސުން ކުރުމުގެ އާ ކެމްޕެއިނެއް ސަރުކާރުން ފަށާފައިވާ ކަމަށެވެ. އެ ލީޑަރުންނަށް އެކިއެކި ފިއްތުންތައް ސަރުކާރުން ކުރިމަތި ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ވަނީ އިދިކޮޅު ލީޑަރުން ފުލުސް އޮފީހަށް ހާޒިރު ކުރަމުން ދާ ކަމާއި ރައީސް އަބްދުﷲ ޔާމީންގެ ފުރިހަމަ ބާރު މިހާރު އޮންނަ ޕީޕީއެމުން މައުމޫން ވަކި ކުރުމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ އިތުރު ދައުވާއެއް އުފުލާފައިވާ ކަން ފާހަގަކޮށްފަ އެވެ.
އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރުމާއި ހަނގުރާމަވެރި ހަތިޔާރު އެތެރެކުރި ކަމުގެ ކުށް ސާބިތުވެ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ކުއްލި ގޮތަކަށް މާފުށީ ޖަލަށް ބަދަލު ކުރުމާއި ޕީޕީއެމްގެ ރައީސް އޮފީހުން ހިންގަމުން އަންނަ ކަންކަން ހުއްޓުވުމަށް ސިވިލް ކޯޓުން ނެރުނު އަމުރު އިދިކޮޅު ފަރާތްތަކުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
ބަޔާނުގައި ބުނި ގޮތުގައި މަޖިލިހުގެ ރައީސް މަސީހުގެ އިތުބާރު އޮތް ކަމަށް މިދިޔަ ހޯމަދުވަހު ފާސްވި ނަމަވެސް، ސަރުކާރުގެ ސުޕާ މެޖޯރިޓީ ވަނީ ގެއްލިފަ އެވެ. އާންމުކޮށް މަޖިލީހުގައި ނަގާ ވޯޓުތަކުގައި ސަރުކާރަށް 60 މެމްބަރުންގެ ވޯޓު ލިބިވަޑައިގަތަސް، އެ އަދަދު 48 އަށް ވެއްޓިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
"މަސީހާ ދެކޮޅަށް ނެގި ވޯޓުން އެމަނިކުފާނާއި ރައީސް އަބްދުﷲ ޔާމީން ހަނި ގޮތަކަށް ސަލާމަތްވެވަޑައިގަތަސް، އެމަނިކުފާނު [ރައީސް] ވަނީ އިދިކޮޅު ލީޑަރުންނަށް ބިރު ދައްކައި ޖެއްސުން ކުރުމުގެ އާ ކެމްޕެއިނެއް ފައްޓަވާފައި،" ބަޔާނުގައި ވެ އެވެ.
އިދިކޮޅު ކޯލިޝަނުން ބުނި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ އިދިކޮޅު ލީޑަރުންގެ މައްޗަށް ޖިނާއީ ތުހުމަތުތަކެއްކޮށް، ލީޑަރުން ކުށްވެރި ކުރުމަށެވެ. އަދި ލީޑަރުންނާ މެދު ފިޔަވަޅު އަޅައި، ސަރުކާރުން މަސައްކަތް ކުރަނީ ރައީސް ޔާމީންގެ ވެރިކަން ދަމަހައްޓަން ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ނުހައްގުން ހައްޔަރުކޮށް ހުކުމް ތަންފީޒުކުރަމުންދާ، ދައުވާ އުފުލި އަދި އުފުލުމުގެ މަގުމަތީގައިވާ މީހުންނަށް ހިމާޔަތް ދީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، ނުހައްގުން ނިގުޅައިގެންފައިވާ މުއާމަލާތްތަކާއި މުދާ އަލުން އިޔާދަކުރުމަށް އެއްބަސްވެފަ އެވެ. ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް މަސައްކަތްކުރުމަށް ގާއިމުކުރި އެއްބަސްވުމުގައި މައުމޫނާއި ނަޝީދާއި ގާސިމްގެ އިތުރުން އަދާލަތުޕާޓީގެ ރައީސް އިމްރާން އަބްދުﷲ ސޮއިކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބޭސް
01 April 2017
ހުސޭނުބެ ތިވަރު ރަގަޅުވާހަކައެއްނުބުނާނެ ؟ ފެނަކައިގެ ލާރިގަނޑަށްވީކިހެނެއް؟ ކޮބާވެރިމީހާ؟
މުހަންމަދު
01 April 2017
ބޮޑުދެގެރި ތަޅަންޏާ، ކަށްގަލަށް ބާރުކުރާނެވާހަކައަކީ އެތަކެއް ޒަމާނުގެ ތަޖުރިބާއިން ވުޖޫދުވެފައިވާ ހަރުބަހެކެވެ. ތެދެކެވެ! ދެބެން ކޯޅެނީއެވެ! ގަޔަށްއަތްލާތަން ފެންނަކަހަލައެވެ!
ހުސޭނުބެ
01 April 2017
ސަރުކާރުން ދަނީ ގާނޫނީ އިމުން ބޭރުވެގެން ތިމާމެން ބޭނުންހާ ގޮތަކަށް އުޅޭނެކަމަށް ހީކޮށްގެން އުޅޭ ކޮންމެ ފަރާތެއް ގާނޫނީ އިމަށް ވައްދަމުން!! މިސަރުކާރުގެ އެންމެ ސަޅި ކަމަކީ ވަކި މީހަކަށް މަގާމަކަށް ބެލުމެއްނެތި ގާނޫނު ތަންފީޒުކުރަމުންދާކަން!! އެއީ ރައްޔިތުން ބޭނުންވާ ގޮތަކީ ގާނޫނުގެ ދިގު އަތް އެންމެނާ ހަމަޔަށް ފޯރުން!!
ޕޮގުބާ
31 March 2017
އިދިކޮޅު ފަރާތްތަކުންދަނީ ސަރުކާރަށް ބިރުދަށްކަމުން
ޚާދިމް
31 March 2017
ސަރުކާރުން ލީޑަރުންނަށް ތޯ ނުވަތަ ލީޑަރުންކަމަށް ހެދިގެން އުޅޭމީހުން ސަރުކާރަށް ޖެއްސުން ކުރަނީތޯ! ސަރުކާރުން އެ ގެންދަނީ ރައްޔިތުން ބޭނުންވާ ތަރައްގީ ރޮކެޓް ސްޕީޑް ގަ ކުރިއަށް ގެންދަމުން. ލީޑަރުން ކަމަށް ހެދިގެން އުޅޭ މީހުން ގެ ކަމަކީ ތަރައްގީ އަށް ހުރަސް އަޅާ ދައުލަތަށް ލިބެންޖެހޭ އާމްދަނީ ލިބެން އޮތް މަގުތައް ބަންދުކުރުން.
އާދަނު
31 March 2017
ސަރުކާރަށް އަދި ޔާމީނަށް މިހާރު ވިސްނެންވެއްޖެ. ބުރިޖް އެޅިޔަކަށް ދަި ބަނދަރު ހެދިޔަކަސް ގިނަ ރައްޔިތުންގެ ވޯޓެއްނުލިބޭނެ. ކޯޓުން ވެރިަކްނކުރަން ބޭނުންނަމަ ިތޔަ ފަށާފައިވާ ޖެއްސުންކުރުމުގެ ސިލްސިލާތައްކުރިޔަށް ގެންދަންވީ. ރައްޔިތުން ވަރަށް ފޫހިވެއްޖެ. ޔާމީނު ފެކްޝަނުގައި ތިޔަ އުޅެނީ ނާޖާއިޒު ފައިދާތކެއް ނަގަން ުއޅޭ ބަޔަކު،
ދަންނާތި
31 March 2017
ރައްޔިތުން ފޫހިވާތީވެ ދޯ ކޮންމެ ދުވަހަކު ހާހުން އެމްޑީޕީގެ މެމްބަރުން އައިސް ޕީޕީއެމް އަށް ސޮއި ކުރަނީ. އެކަން އެބަޖެހޭ ތަމެން ދަނެގަންނަން ދޯ. އެހެންވެ ދޯ މިހާރު އެމްޑީޕީގެ މެމްބަރުންގެ އަދަދު އުޅެނީ 29 ހާހުގައި،. ދެން ތަމެންގެ ޗެއާރޕާރސަން ހޮވަން 30 ހާސް މީހުން ވޯޓް ލީ ކޮން ތާކުން ހޯދި މެމްބަރުންނެއް ތޭ.
ފޯއް
31 March 2017
ނާ ހަމަ ތެދެއް..
ކުޑަދޫއަހްމަދު
31 March 2017
ސަރުކާރު ބަލިވެއްޖެކަން އަމަލުތަކުން އިނގޭ! އަނިޔާވެރިނުވެ، ގާނޫނުން ބޭރުނުވެ ދެން ރައްޔިތުންގެ ތާއިދުނެތް ބަޔަކަށް ވެރިކަމުގައި ތިބުމަކީ ދަތިކަމެއް! އެކުގައި އުޅޭ ކުދީން ކޮޅާއެކު މަތިހަށި ނަގާފައި ރައްޔިތުންނަށް ގޮންޖަހާ އުޅޭނަމޭހިތާ ކިހާ ދުވަހަކު އުޅެވޭނެތޯ؟ ވަރަށް މޮޔަ ވިސްނުމެއް! ދައުލަތުގެ ހަޒާނާއިން ވަގަށްނެގި ފައިސާވެސް ހޯދާނަން. ވަގަށްނެގި މުދާވެސް ހޯދާނަން. މުދާވެސް އަތުލާނަން!
ފަޅުވެރިން
31 March 2017
ސަރުކާރު ބަލިވުމަކީ ކޮބައިހޭ؟ މިސަރުކާރުގެ ދައުރު ހަމަވާނީ 2018 ގެ ނޮވެމްބަރ 10 އަށޭ. އެދުވަހާ ޖެހެންދެން ސަރުކާރު ދެމިއޮންނޭނެ ނޫންހޭ؟ އޭގެ ކުރިން ސަރުކާރު ވައްޓާލަން އުޅުމަކީ ޣައިރުޤާނޫނީ ކަމެއް ނޫންހޭ؟ ސަރުކާރު ބަލިވިޔޭކިޔާފައި ތިބާމެންނަށް ލިބޭ ފައިދާއަކީ ކޮބައިހޭ؟
ނެތީމުދޯ
31 March 2017
ތަމެން ތިޔާ ބުނާ ކޯލިޝަން ރަޖިސްޓްރީ ކޮށްފައި އޮންނަނީ ދުނގެތި ވަލުގައި ތޭ އެއީ މަމެން ތަމެން ގާތުން ކޮށްލަން ބޭނުންވާ ސުވާލެކޭ ޓްވިޓަރޭ އޭ ތަމެން ޖަވާބު ދީބަލަ އޭ މަމެން ބުނަން ނެތީމު ދޯ.
ރިއަލިޓީ
31 March 2017
ތިބުނީ ރަގަޅަށް. ކޮންމެވެސް ކަމެއް އެބަވޭ. ވެރިންތައް އޮގޮތް މިގޮތަށް އެބަ ބަންދުކުރެވޭ. ދެން އެވެރިޔަކު ވެރިކަމަށް އައުމުން ކުރީގެ ރައީސަށް ޓެރަރިޒަމްގެ ދައުވާކުރެވި ޖަލަށް ލެވޭ. ޔާމިނަށް ވެސް ތި މިއްސަލަ ދިމާވާނެ.