މައުމޫން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. އެމަނިކުފާނު ހުންނަވާނީ އަބަދުވެސް ރައްޔިތުންގެ ހިދުމަތުގައި ކަމުގައި ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު
03 އެޕްރީލް 2017 - 11:50
ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގާނޫނުއަސާސީން ލިބިވަޑައިގަންނަވާ އެއްވެސް ހައްގެއް ދޫކޮށް ނުލައްވާނެ ކަމަށް ޕީޕީއެމްގެ މެމްބަރު ކަމުން ވަކިކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ ހިދުމަތުގައި އެ މަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓަވާ ނުލައްވާނެ ކަމަށެވެ.
"އަޅުގަނޑު އަބަދުވެސް ހުންނާނީ ރައްޔިތުންގެ ހިދުމަތުގައި،" މައުމޫން ވިދާޅުވި އެވެ.
Dhivehi rayyithehge haisiyyathun qaanoon asaasee alhugan'dah libidhey evves haqqeh dhoo kosheh nulaanan. 1/2
— Maumoon Abdul Gayoom (@maumoonagayoom) April 2, 2017
މައުމޫން ކުރެއްވި ޓުވީޓު.
Iraadha kurevviyyaa alhugan'du abadhu ves hunnaanee rayyithunge khidhmathu gai. 2/2
— Maumoon Abdul Gayoom (@maumoonagayoom) April 2, 2017
މައުމޫން ކުރެއްވި ޓުވީޓު.
ދެ ބައި ވެފައި އޮތް ޕީޕީއެމްގައި އެ މަނިކުފާނުގެ ޕެކްޝަނުން ކުރަމުން އައި މަސައްކަތްތައް ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައި ވަނީ ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ހ. ތެމާގައި ހިންގަމުންދާ އޮފީސް ހިންގުން ހުއްޓުވުމަށާއި ޕީޕީއެމްގެ ރައީސްގެ ނަމުގައި އެއްވެސް ހަރަކާތެއް ހިންގާ ނަމަ އެކަން ހުއްޓުވަން ސިވިލް ކޯޓުން ކުރި އަމުރު ފުލުހުން ތަންފީޒު ކުރުމާ ގުޅިގެންނެވެ.
ފުލުހުން މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ހ. ތެމާގައި، ޕީޕީއެމްގެ ރައީސްގެ އޮފީސްގެ ނަމުގައި މައުމޫން ހިންގަވަމުން އައި އޮފީސް ބަންދުކޮށް، އެ ތަނުގެ ނަން ބޯޑާއި އެ ތަނުގައި ނަގާފައި ހުރި ޕީޕީއެމްގެ ދިދަ ނަގައިފަ އެވެ. އަދި މިހާރު ވެސް ފުލުހުން ދަނީ އެ އޮފީސް ކައިރީގައި ފޯރިމަރަމުންނެވެ.
ޕީޕީއެމްގެ ރައީސްކަމަށް އެ މަނިކުފާނު އިންތިޚާބު ކޮށްފައި ވަނީ ޕީޕީއެމްގެ މެމްބަރުން ކަމަށް ވިޔަސް، ސިވިލް ކޯޓުގެ ހުކުމަކާ އެކު ޕާޓީ ހިންގުން ވަނީ އެމަނިކުފާނުގެ އަތްޕުޅުން އަތުލައި، ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފަ އެވެ. އޭގެ ފަހުން އިދިކޮޅު ފަރާތްތަކާ ގުޅިގެން މައުމޫން މަސައްކަތްޕުޅު ފެއްޓެވުމާއެކު، އެމަނިކުފާނު ވަނީ ޕާޓީން ވަކިކޮށްފަ އެވެ.
ގައުމު އިސްލާހު ކުރުމުގެ މަސައްކަތް އިދިކޮޅު ލީޑަރުން ގުޅިގެން ކުރަން ފެށުމުން ލީޑަރުންނަށް ބިރު ދައްކައި، ފިއްތުންތައް ކުރިމަތި ކުރަމުން ދާ ކަމަށް އިދިކޮޅު ކޯލިޝަނުން ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް ސަރުކާރުން ދައްކާ ބިރަކަށް ޖެހިލުން ނުވާނެ ކަމަށް އެ ކޯލިޝަނުން ދަނީ ބުނަމުންނެވެ.
ރާއްޖޭގައި އަލުން ޑިމޮކްރަސީ ގާއިމު ކުރުމަށާއި މިނިވަން އިންސާފުވެރި އިންތިހާބުތަކެއް ބޭއްވުމަށާއި ނިގުޅައިގެންފައިވާ ރައްޔިތުންގެ އަސާސީ ހައްގުތައް އަލުން އިއާދަ ކުރުމަށް އިދިކޮޅު ފަރާތްތަކުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުޑްބޯއި
04 April 2017
ރަގަޅުވާހަކައެއް ތިބުނީ މީހުންނަށް ނޭގޭނެކަމަށް. 65 އަހަރުން މަތީގެ މޙުންނަށް ވެރިކަން ނުކުރެވޭ ގާނޫނުދޯ ހައްގަކީ. ތިހައްގު ވާނެ ހޯދަން.
އަހުޔާން
04 April 2017
މަނިކުފާނުގެ ދައުރުގަ ހަމަ އެއްމެ ހައްގެއް ވެސް ރައްޔިތުންނަށް ލިބިފަ ނެތޭ.
ނުރަބޯ
03 April 2017
ތިޔައުޅޭ ވައްތަރުން ހީވަނީ ރައްޔިތުންގެ ހައްގުތައްވެސް ދޫކޮށްނުލާ ބަގުޑި ބައްދާނެހެން....!!!
ނޫނުއަލިފު
03 April 2017
ޤާނޫނު އަސާސީން ނުލިބިދޭ އެއްވެސް ހައްޤެއްވެސް ދޫނުކުރައްވާތި.
ލަތީފް ދިއްދޫ
03 April 2017
މައުމޫނަށް "ޕީޕީއެމް" ކިއުމާ ހިތަށް އެރުވުމުގެ ހައްގު ލިބިގެންވޭބާ އަނެއްކާ؟ މިވެސް އެފަކީރަށް ކުށެޢްބާ؟
ތަރައްގީ
03 April 2017
ކިތައްމީހުން ޖަލައްލީތޯ މަނިކުފާނު ދޮހޮއްކޮބޭ ބުނީ އެހެން ވެރިކަމެއް ބަލާލަން ބުނީމާ ލީޖަލައް.
ސޮކްތެރެޕީ
03 April 2017
މައުމޫނަކީ ވަރައް އަމިލްލަ އެދުން ހުރިމީހެއްކަން އެބައެގޭ މަނިކުފާނު މަސްސަލައަކީ އަދިވެސް އަމުރުކުރާ މިހަކައް ވާންބޭނުމީ.
ޢަލީ
03 April 2017
ތިޔައީ ޒައީމޭ އަދު ލޮބުވެތި މިދިވެހި ގައުމު ފަހުރު ވެރިވާ
އެކަހެރި
03 April 2017
އިދިކޮޅު ލީޑަރުންގެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އަރާ އެކަނިހުރި ތަކުރުގެ ރާގު ބަފަލްވަން ފަށައިފި ދޫ ދޭން ފަށައިފި
ާއޙ
03 April 2017
މައުމޫނުގެ ކޮންމެ ސަޕޯޓަރެއްގެ ގެއަކީ ޕީޕީއެމް ގެ ރަީސް ގެ އޮފީހަަކަށް ހަދައި ދިދައކާއި ނަންބޯޑެއް ބެހެއްޓުމަށް ފެނޭ.