އިދިކޮޅު އިއްތިހާދުން މިރޭ ކުނޫޒްގައި ބޭއްވި ޖަލްސާގައި މެމްބަރު އަލީ ހުސެއިން ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
11 އެޕްރީލް 2017 - 23:51
ގާނޫނުއަސާސީ މުގުރަމުން ދާއިރު ގާނޫނީ ވަކީލުން އެއްވެސް އެއްޗެއް ނުބުނެ ތިބޭތީ ކަންބޮޑުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ދެ ފަހަރަށް ގާނޫނުއަސާސީ މުގުރާލައި، ގާނޫނީ އުސޫލުތަކާއި ހަމަތައް "ދިރުވާލަމުން ދާއިރު" މިކަމާ މެދު ގިނަ ވަކީލުން އެއްޗެއް ނުބުނާ ކަމަށެވެ. މިއީ ވަކީލުން ވެސް ހައްގު ބަސް ބުނަންޖެހޭ ވަގުތު ކަމަށާއި އެއްޗެއް ނުބުނެ ވަކީލުން ތިބެނީ ކޮން ބަޔަކު އައިސް ގައުމު ސަލާމަތް ކުރާނެ ކަމަށްތޯ އަލީ ހުސައިން ސުވާލު އުފެއްދެވި އެވެ.
"އެކި ގޮތްގޮތުން މަސައްކަތް ކުރާ، ސަރުކާރުގެ މުއައްސަސާތަކުގަ އާއި އަމިއްލަ ގޮތުން މަސައްކަތް ކުރާ 900 އެއްހާ ވަކީލުން އެބަތިބި. އަޅުގަނޑުމެންނަކަށް ނުފެނޭ އެ ބޭފުޅުން ވިދާޅުވާންޖެހޭ ހައްގުބަސް ވިދާޅުވާ ތަނެއް،" ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވި އެވެ.
އިދިކޮޅު އިއްތިހާދުން މިރޭ ކުނޫޒްގައި ބޭއްވި ޖަލްސާގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ބައެއް އިސް މެމްބަރުން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
ގައުމުގެ މިނިވަންކަމާއި ސިޔާސަތު ގެއްލުމުގެ ކުރިން، ވަކީލުން ހައްގު ބަސް ބުނަން އަލީ ހުސައިން އިލްތިމާސް ކުރެއްވި އެވެ. އޭނާ ވިދާޅުވީ ރިޒުގު ދެއްވާނީ މާތްﷲ ކަމަށާއި އެކަމަކީ އެހެން ފަރާތަކަށް ބާރު ފޯރުވޭނެ ކަމެއް ނޫންކަން އެންމެން ވެސް ދަންނަންޖެހޭ ކަމަށެވެ. ގައުމުގެ މިނިވަންކަމަށް ކާބަފައިން ކުރި މަސައްކަތުގެ މަތިން ހަނދާން ކުރަންޖެހޭ ކަމަށާއި ފުލުހުންނާއި ސިފައިން މިކަންކަމުން މިސާލު ލިބިގަންނަންޖެހޭ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
އިދިކޮޅު އިއްތިހާދުން މިރޭ ކުނޫޒްގައި ބޭއްވި ޖަލްސާގެ ތެރެއިން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
"ހުވަޔަކީ އާދައިގެ އެއްޗެއް ނޫން. ހުވައެއް ކުރުމަށް ފަހު އެއާ ޚިލާފްވެއްޖެ ނަމަ އެކަމާ މެދު ސުވާލު ކުރެވޭނެ. އަޅުގަނޑުމެންގެ ލީޑަރު މަޖިލީހަށް ހާޒިރު ނުވެވޭ ގޮތަށް ބަންދުކޮށްގެން ތިޔަ ބޭފުޅުން ތި ގެންގުޅުއްވަނީ،" އަލީ ހުސައިން ވިދާޅުވި އެވެ.
އިދިކޮޅު އިއްތިހާދުން މިރޭ ކުނޫޒްގައި ބޭއްވި ޖަލްސާގައި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (ވ) އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު ޝިދާތާ ޝަރީފް ވިދާޅުވީ ދުވަހަކަށް ވުރެ ދުވަހެއް ސަރުކާރު ދަނީ ބަލިވަމުން ކަމަށާއި އިދިކޮޅު ފަރާތްތަކުގެ ފަޅި ދަނީ ބޮޑުވަމުން ކަމަށެވެ. ސަރުކާރަކަށް ވާ ފަދަ ސަރުކާރެއް މިއަދު ނެތް ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ އަމަލުފުޅުތަކުން ވެސް ހާމަވަނީ ގާނޫނީ ސަރުކާރެއް ނެތްކަން ކަމަށް ޝިދާތާ ވިދާޅުވި އެވެ.
އިދިކޮޅު އިއްތިހާދުން މިރޭ ކުނޫޒްގައި ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
"މިއަދު މިފެންނަނީ ރައްޔިތުންގެ މަޖިލިސް ދުވަހަކު ވެސް ނުދެކޭހާ ދަށު ދަރަޖަ އަށް ސަރުކާރުން ވައްޓާލާފައިވާ މަންޒަރު. އަޅުގަނޑު މެމްބަރުންނަށް ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާގެ އެ ދަންތުރައިގައި ތިބޭފުޅުން ޖެހިވަޑައިނުގަންނަވާށޭ،" ޝިދާތާ ވިދާޅުވި އެވެ.
ޝިދާތާ ވިދާޅުވި ގޮތުގައި މަޖިލީހުގެ މެމްބަރުން ތެދުވެ، ހައްގު ބަސް ބުނަންޖެހޭ ކަމަށާއި އިދިކޮޅު ލީޑަރުން ޖަލުތަކުގައި ބައިތިއްބައިގެން ސަރުކާރުން ހިންގާ ޖަރީމާތަކަށް ފުރުސަތު ދެވެން ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން
12 April 2017
އައްޔާ. ތިޔަކަމާ ގުޅިގެން ވަކީލުންނަށް ކުރެވޭނީ ކޮންކަމެއް؟ ތިޔަކަމުގެ އިންސާފު ހޯދަން ދާނެ ތަނެއްވެސް މިހާރު މި ގައުމަކު ނެތް.
ފަޅުވެރިން
12 April 2017
ޤާނޫނު އަސާސީ މުގުރަން ތިޔަ މަސައްކަތްކުރަނީ ކެންދޫ ޢަލީ ޙުސައިންމެންނޭ! ޢަލީ ޙުސައިންމެން ތިޔަ މަސައްކަތްކުރަނީ ޤާސިމް އިބްރާހީމް ކިޔާ މީހަކީ ރާއްޖޭގައި ހެދިފައިހުރި ޤާނޫނުތަކަށްވުރެ މަތީގައި، އަދި މާމަތީގައި ހުންނަ، އޭނަ ނަގާފައިވާ އެތައް ފަޅުރަށަކާއި، އެތައް ފަޅުތަކަކަށް އެތައް އަހަރަކުއްސުރެ ސަރުކާރަށް ދައްކަންޖެހޭ ކުއްޔާއި ޓެކްސް ދައްކަން ނުޖެހޭ މީހަކުކަމުގައި ހެދުމަށޭ! އެހެންވުމުން އެގެއްލިގެންދަނީ މުޅި ދިވެހި ރައްޔިތުންގެ އެތައް އެތައް ޙައްޤުތަކޭ! ކެންދޫމެން ކުނޫޒުތެރޭގައި ތިޔަ ހަޅޭ ލަވަންތިއްބައިމެ، ޤާސިމް އިބްރާހީމް ދައުލަތުގެ މިނިސްޓަރުންނަށް ގުޅާފައި އެބަދަންނަވައޭ ތިމަންގެ ކުލިތައް މާފުކޮށްދޭށޭ އޭރުން ތިމަން ހުންނާނި ސަރުކާރު ކޮޅަށޭ! މިއޭ މިކަން އޮތް ގޮތަކީ! ކެންދޫމެން ޅަކަމުން މިފަދަ "ޕްރެގްމެޓިކް" ކަންކަން އަދި ވަޒަން ނުކުރެވެނިއްޔޭ!
ނަގިލި
12 April 2017
ފަޅުވެރިން ނަކަށް ނުފެނޭތޯ އެމްއެމްޕީއާރުސީން ވަގަށް ނެގި ލާރިޔާ ގުޅިގެން ނެރެފަ ހުރި ލިޔުންތަކެއް؟
ރަޝީދު
12 April 2017
ގާނޫނޫ އަސާސީ މުގުރާލި މާއްދާ މުގުރި އިރު އިން ގޮތާ މިހާރު އިންގޮތާ، މުގުރީމަ ވާގޮތާ މިއެއްޗެހި ކިޔާދީބަލަ. ހަމަ މުގުރިއެކޭ ކިއަކަސް ކަމަކު ނުދާނެ
ދަބަރޭ
12 April 2017
ތިޔަހެން ހިތައް އަރާތާ ވަރަށް ގިނަދުވަސްވެއްޖެ. މުޅި އިންސާފުގެ ދާއިރާގައި ހިތުހުރި ގޮތަކަށް ކަންކަން ކުރަމުން ދާއިރު ހައްގު ބަހެއް ބުނެލާނެ މީހެއް އެތެރޭގައި ހަމަ ނެތިހޭ. އަހަރެމެން މައިންބަފައިންނަށް މިކުރެވެނީ ކީއްހޭ. ނާއިންސާފު ދެނެގަތުމާ އެއަށް ނުރުހުމަކީ ފިތުރަތުގައި ލައްވާފައިވާ ކަމަކަށް ވާޢިރު ފިތުރަތާ ދެކޮޅަށް އެތިބެނީ ކީއްވެހޭ؟ ގައުމު ރޯމާ ދުވާލު އެއްކަމެއްކުރި ބަޔަކަށް 2 ގޮތަކަށް ކަންތައް ކުރާތަން އެފެންނަނީ ގާސިމް ރިޝްވަތޭ ކިޔާއިރު އެމްއެމްޕީއާރުސީ ފައިސާ ލިބުނު 500 މީހުންގެ ލިސްޓެއް ޕޮލިހުގައި އޮވެޔޭ އެބޭފުޅުން ވިދާޅުވާއިރު އެފައްސަތޭކަ މީހުންގެ މައްސަލަ އޮތްތާ އޮއްވާ، އަދި އެވާހަކަ ގޮވި މަޖިލިސް މެމްބަރާސުވާލު ކުރުމެއްނެތި އެތިބެނީ. މިގޮތަށް ކިތައް ކަންތައް. ކޮފީ ވަގަށް ނެގި މީހާ ޖަލަށް ލައި ކޮފީ އެޅިގެން ބޮޑު ގާސީ މައްސަލަ ނުބެލުނު. ހުސްފުޅިއެއް އެއްލައިގެން މަޔަކު 5 އަހަރަށް ޖަލަށް ލިއިރު ހަތިޔާރެއް ނެތި ތިއްބާ މުޒާހަރާ ކުރިއޭ ކިޔާ ފުލުހުން ލޭކޮށާލި އެތައްބަޔަކު އަދި އެތިބީ ދުނިޔޭގައި. މިގައުމު މިވެއްޓިފައި އޮތް ހާލު ފެނިފައި ލޮލުން ކަރުނައަޅާ ވަރުވޭ. އެންމެން ހަނު. ކާކުދެކެ ބިރުންބާ؟ ހެއްދެވި ފަރާތަށްވުރެ ބިރުގަންނަ އިންސާނެއް ހުންނަނަމަ އެއީ މައްސަލައެއް. އެމައްސަލަައަށް ފަރުވާ ކުރަން ޖެހޭ.
މަހަށްދޭބަލަ
12 April 2017
އެމްއެމްޕީއާރުސީ ފައިސާގެ ވާހަކަ އެކަނި ދައްކަނީ ކީއްވެގެންތޭ. އައްޑޫގައި އެމްޑީޕީގެ ވެރިކަމުގައި ހެދި ދަރުބާރުގެ އެއް ހެދިއިރު ނުކުރާ މަސައްކަތް ތަކަށް ދަންދެން އައްޑޫ މީހުން ބިލް ހަދަ ހަދައިގެން ނެގި އެތައް ބިލިއަން ރުފިޔާގެ ފައިސާ ގެ ވާހަކަ ނުދައްކަނީ ކީއްތެތޭ. 5 ބިލިއަން ރުފިޔާ އިތުރަށް ދައުލަތުން އެމެން ދަމައިގަތް ކަން އެހެރީ ފެންނާން ދައުލަތުގެ ހިސާބު ތަކުން. މިވާހަކަ ތަމެން ޓްވިޓަރޭ މެން ނުދައްކަނީ ކީއްވެގެންތޭ. ދެން ތަމެން ކަނޑު ފައްތާ ފިލްމް ކުޅެން އައްޑޫ އަށް ގޮސް ނާޗަރަނގީ ކުޅުނީ އެއީ ރައީސް އޮފީސް ބަޖެޓުން ނޫންތޭ. އެވާހަކަ ނުދައްކަނީ ކީއްވެތޭ. އެއީ ކޮރަޕްޝަން ނޫންތޭ ޓްވިޓަރޭ. މަހަށް ދޭބަލަ ދެން.
ހޯރަ
12 April 2017
މަޖްލީސައް ހޮވުމުގެ ކުރިން ކެންދޫ ދާއިރާގެ ރައްޔިތުންނަށް ވީ ހުވާ ކޮބާތަ؟ އެއްކަމެއްވެސް ނުކޮށްދޭ. ހައްގޭ ހުވައޭ ބޭފުޅާ ކިޔާނެ ކަމެއްނެއް. ފުރަތަމަ ރައްޔިތުންނައް އޮޅުވާލީ. ތިޔަ އަލީހުސޭނަކާހެދި ކެންދޫ ދާއިރާގެ ރައްޔިތުން ތިބީ ރުޅި ގަދަވެފާ. ދެންދުވަހަކުވެސް ތިޔަ ސޮރެއް ނުހޮވާނަން.
ޒެޑް
12 April 2017
އެހެންތަ. އިންޝާﷲ ދެންވެސް ހޮވާނީ ޢަލީ. އެވަރުގެ އެމް. ޕީ އެއް ހަމަ ނުލިބޭނެ. ހައްޤު ބަސްބުނުމުގައި އިންޗިއެއްވެސް ފަހަތަކަށް ނުޖެހޭ. ކޮންމެހެން ދާއިރާ އެންމެނަށް މެޓާ ބަހާކަށް ނުޖެހޭ މެމްބަރަކަށްވީމައެއް.
މާހޯރަ
12 April 2017
ހޯރަ ބުންޔަސް ތިޔަ ބުނީ ހަމަ ވަރަށް ބޮޑު ތެދެއް. ހުވަޔާ ވައުދުތައް ބޮލާލާ ޖަހާފަ ކޮން ހައްގެއްގެ ވާހަކަ ދައްކާކައްތަ؟ ފުރަތަމަ ތިމާ ހޮވި ދާއިރާގެ ރައްޔިތުންގެ ހައްގުތައް ހޯދައިދެވޭތޯ މަަސައްކަތް ކޮއްދޭންވީނު..ސަރުކާރުގެ މެދުވެރި ވެގެން ކޮއްދޭން ބޭނުން ނުވަންޔާ އެކި ދިމަދިމާލުން ފަންޑު ހޯދައިގެންވެސް ކޮށްދޭންވީނު..
މުހައްމަދު
12 April 2017
މި ދިވެހިރާއްޖޭގެ ކަންކަން ބޮއްސުންލައިގެން ދިޔައީ މިއަދަކު ނޫނެވެ. މިިކިޔާ ޑިމޮކްރަސީގެ ވާހަކަދައްކަން ފެށީއްސުރެ މިއޮތީ ބޮއްސުންލާފައެވެ. ނުމީހުން މީހުންނަށްވީމާ މީހުން ވާހަކަނުދައްކާނެއެވެ. ނަމޫނާ ގާނޫނުއަސާސީ އައުމާއެކު އެންމެ ފުރަތަމަ ނަމޫނާ މިނިވަން މުވައްސަސާތައް އުފެދުމުގެ ނަތީޖާއަކީ ދައުލަތުގެ މުވައްޒަފުން ކެޓެގެރައިޒްވެ މުސާރައިގެ ތަފާތު އިންތިހާއަށް އިތުރުވެގެން ދިއުމެވެ. 9 އަހަރުވީއިރު މިކަން އެއްވެސް ބަޔަކަށް ކަމަކަށް ނުވިއެވެ. ޕާޓީތަކުން އެކިއެކި މަގާމުތަކަށް ކުރިމަތިލާން މީހުން ނެރެނީ މީހާގެ އަޚުލާޤަށް ތަޢުލީމަށް ތަޖުރިބާއަށް ބެލުމެއް ނެތިއެވެ. ޤާނޫނެއްގައި ލިޔެފައި ނެތް ނަމަވެސް ތަޢުލީމު ލިބިފައިތިބި ތަޖުރިބާކާރު އަޚުލާޤު ރަނގަޅު މީހުން ކަންކަމަށް ނުނެރެ މަގުމަތިން ހަޅޭއްލަވާ މީހުން ކަންކަމަށް އިސްކޮށްފައި މިއަދު ނުކުމެ ތިޔަ ދައްކަވަނީ ތާކުންތާކު ނުޖެހޭ ވާހަކައެކެވެ. އެންމެ ފުރަތަމަ ޕާޓީތަކުގެ އެތެރެއިން ކަމަށް އެކަށީގެންވާ ޤާބިލު އަޚުލާޤު ރަނގަޅު މީހުން ނެރުއްވުމަށްފަހު ދެން ތިޔަ ވާހަކަދައްކަވާށެވެ.
ގުއްކި
12 April 2017
އިސްލާމީ ޝަރީއަތް ނޫން ކޮންމެ އެއްޗަކީވެސް ބޮޑު ޖޯކެއް
ވިޝް
12 April 2017
ތިޔައީތަ އިސްލާމީ ޝަރީއަތުން އޮޅުންފިލި އެއްޗަކީ؟ ތިމާއަށްވުރެ ބޮޑެތި މައުޟޫޢު ނުނެގުން ބުއްދިވެރި.
އިބްރާހިމް
12 April 2017
ބަލަ ތިއެއް ތި މުގުރަނީ އަލީ ހުސައިންމެން ނޫންތަ. ރައްޔިތުންގެ މަޖިލީހުގައި އޮންނަނީ މޮޖޯރިޓީއަށް ކަންކަން ނިއްމުން. ބައްދާ ބައިބެލާ ކުޅުން އެއީ ގާނޫނު އަސާސީގަ އޮތް ގޮތްތޯ. މެޖޯރިޓީއިން ނިމޭ ގޮތެއް ބަލައިލަން ހިމޭނުން ތިބެން ނުކެރެނީ ކީއްވެތަ. ތި ކުދިން ނޫންތަ އަހަރެމެންނަށް ޑިމޮކްރަސީ ބުނެދެނީ.
އެހެންތޭ
12 April 2017
ގާނޫނު އަސާސީ މުގުރަމުން ދާ ކަމަށް މިރާއްޖޭގައި ތިބި އޮރިޖިނަލް ވަކި ފަރާތަކަށް ނުޖެހޭ ވަކީލުން ގަބޫލު ނުކުރެއެވެ. ގާނޫނު އަސާސީ މައްޗަށް ފައިން އެރި މީހުން އެއްކޮށް ތިބި ވާހަކަ ދައްކާ މީހަކު ބުނާ ގޮތަށް ރާއްޖޭގެ ވަކީލުން ހަދަން ވެއްޖެނަމަ އެފްރިކާގެ ބޮކޯ ހަރާމް ގެ ލީޑަރު ދޯ އިންސާނީ ހައްގު ތަކާއި ބެހޭ ލީޑަރަކަށް އަލިފުދާލުން ލާންވީ. އެޒާތުގެ ވާހަކަ ތިޔާ އަލީ ހުސެއިން ދައްކަނީ ކަމަށް މަމެން މިދެކެނީ. އަލީހުސެއިން މެން ތިޔާ ތިބީ ގާނޫނު އަސާސީގެ ބޭރު ގަނޑު އެކަނި ދަސްކޮށް ގެންތޭ ނުވަތަ އީގޯ ސިންޑްރޯމް އާއި އެކު އެކަނޑުގައި ފަތަނީތޭ އެއީ މަމެން ނުބުނާ އެއްޗެކެވެ.
ފެންވަރު
12 April 2017
ހުރިހާ ވަކީލުންނަކީ ތިޔަ ބޭފުޅުންހެން ފުދިގެން އުޅޭ ބަޔެއް ނޫން. މިއަދު އަނގަހުޅުވާލާއިރަށް ޖަލަށްލީމާ އަނބިދަރިން ތިބެންޖެހެނީ ނުކައި ކުލި ނުދައްކާ. ސުޕްރީމް ކޯޓުން ވަކާލާތުކުރުމުގެ ހުއްދަ ބާޠިލްކުރީމަ ދެން މަސައްކަތް ނުކުރެވުނީމަ ތިޔަ ސިޔާސީ ބޭފުޅުން އެކަމާ ހަވާލުވާނަންބާ. ފުދިގެން އުޅޭ ފުންނާބުއުސް ވަކީލުންވެސް އެކަމާ ބިރުގަންނައިރު އާދައިގެ ކުލި ދައްކައިގެން އުޅޭ ވަކީލުމީހާއަށް ކެރޭނެބާ! ވަކީލުންނަށް ވުރެ ޤައުމުގަ ތިބި މުއްސަނދިންނާއި ބޭފުޅިޒްމް ބޭފުޅުން އަޑުއުފުލިއްޔާ މާ ރަނގަޅުވާނެ!!!
އާދަނު
12 April 2017
މާތްﷲ އަށް ވަކީލުކުރައްވާ! މިދުނިޔެއަކީ ވަގުތީތަނެއް. ﷲ ގޮތެއް ދައްކަވާނެ.