ބްރިޖުގެ ތަނބެއް ފެނުން މަތީގައި: ތަނބުތަކުގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް ގާތްގަނޑަކަށް މިހާރު ވަނީ ނިމިފައި. --ޓުވިޓާ ފޮޓޯ: މިނިސްޓަރު މުހައްމަދު މުއިއްޒު
30 މެއި 2017 - 13:49
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ ކޮންކްރީޓް ތަނބުތައް ފެނުން މައްޗަށް ހިއްލާލައިފި އެވެ.
ބްރިޖުގެ ތަނބެއްގެ ކޮންކްރީޓް މަސައްކަތް މުޅިން ނިންމައި ފެނުން މައްޗަށް ތަނބު ފެންނަ ފޮޓޯއެއް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ އާއްމުކުރައްވައިފަ އެވެ. އެ ފޮޓޯއާ އެކު އޭނާ ވިދާޅުވީ ޝެޑިއުލާ އެއްގޮތަށް ބްރިޖުގެ މަސައްކަތްތައް ކުރިއަށް އެބަދާ ކަމަށެވެ.
މެއިން ބްރިޖުގެ 35 ތަނބު ހުންނައިރު އެޕްރޯޗް ބްރިޖުގައި 88 ތަނބު ހުރެ އެވެ. އެ ހުރިހާ ތަނބުތަކުގެ ވެސް ކޮންކްރީޓް މަސައްކަތް ނިންމައި މިހާރު ކުރިއަށް ދަނީ، ވީ އަކުރެއްގެ ސިފައިގައި އިންނަ ކެޕިން އެޅުމުގެ މަސައްކަތެވެ.
ސީސީސީސީގެ މުވައްޒަފުން ބްރިޖުގެ މަސައްކަތުގައި: ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް އެބަދާ ކަމަށް މިނިސްޓަރު ވިދާޅުވި.
ބްރިޖުގެ މައި ހަތް ތަނބުގައި މި ކެޕިން އަޅައި ނިމުމުން، ލޮނުޒިޔާރަތްކޮޅުގައި ތިބޭއިރު ވެސް ބްރިޖުގެ މަލަމަތި ފެންނާނެ އެވެ.
ކެޕިންގެ މަސައްކަތް މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ނިމުމުން، ތަނބުތަކާ ގުޅޭ ހުރިހާ މަސައްކަތްތަކެއް ގާތްގަނޑަކަށް ނިމުނީ ކަމަށް މިނިސްޓަރު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އެ އަށް ފަހު ދެން އޮންނާނީ ބްރިޖުގެ ސުޕަ ސްޓްރަކްޗާގެ މަސައްކަތެވެ. ބްރިޖުގެ ސުޕަ ސްޓްރަކްޗާ ހަދަނީ، ޗައިނާގަ އެވެ. އެ މަސައްކަތް ވެސް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ގިނަ ބްރިޖްތަކެއް ހަދާފައިވާ ސީސީސީސީން ބުނެފައިވާ ގޮތުގައި، އެ ކުންފުނިން ހަދާފައިވާ މަޝްހޫރު ބްރިޖްތަކާ އަޅާބަލާއިރު މާލެ-ހުޅުލެ ބްރިޖު އަޅަން ކުރިމަތިވީ ގޮންޖެހުންތައް ބޮޑެވެ. އެކަމަކު ވެސް އެއްބަސްވެފައިވާ މުއްދަތަށް ވުރެ ކުރިން މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެ އެވެ.
މާލެ އިން ހުޅުލެ އަށް ފައިމަގުގައި ދެވޭ ގޮތަށް ޕްލެޓްފޯމު ސަސްޕެންޝަން ބްރިޖަކުން ގުޅުވާލާފައި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ނިންމަން ސީސީސީސީއާ އެކު އެއްބަސްވީ ސެޕްޓެމްބަރު 2018ގެ ނިޔަލަށެވެ. އެކަމަކު އޭގެ ކުރިން އެ އަހަރުގެ ޖުލައި 26 އަށް މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ބޮޑު ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮތަރުގެ އަސަރު
01 June 2017
ބްރިޖެއް ދައްކާފަ އަނިޔާވެރިކަން އެއީ ހަމަ އެއްމެ ރަނގަޅު ކަމެއްކަމަށް ދައްކަން އުޅުނަސް އެކަމަށް ރުހޭނެ ދިވެއްސަކު ނެތެވެ. ބްރިޖަކީ ރައްޔިތުން ޒިއްމާކުރުވާ، ލޯނުނަގައިގެން، ބޮޑު އަގު ރައްޔިތުން ދައްކާ ގޮތަށް ކުރާ މަަސައްކަތެކެވެ. ރައީސް ޔާމީނުގެ ނޫނީ މިނިސްޓަރ މުއިއްޒުގެ އަމިއްލަ ފައިސާއިން ނޫނީ މިއިން ބޭފުޅަކަށް ވާރުތަވީ މުދަލަކުން އަޅާ ތަނެއްނޫނެވެ. ދެން ތިޔަ ބްރިޖްއެއް އަޅަނީ މިސަރުކާރުންނޭ ތަރައްޤީއޭ ކިޔާ ތިޔަ ކަމަކީ ރައްޔިތުންނަށް ގޯނާ ކުރަން އޮންނަ ލައިސަންސެއް ކަމަށް އަމިއްލައައް މިސަރުކާރަށް ހިވާނީ އެެވެ. ބަޔަކު ބަލައެއް ނުގަނެއެވެ.
ކަމަރު
31 May 2017
އައްޗީ ބުރިޖު އެއޮތީ ފީވެފަ ހުސްދަބަރެއްނު އެއޮތީ.
ކުމާރު
31 May 2017
ކޮއްކޯ އަސްލު ބުރިޖަކީ ކޮންކްޜީޓުން ހަދާފަ ހުރި ބުރިޖޭ. އެއީ ދަބަރު ޖަހާއެއްޗެއްނޫން. ދަބަރި ޖަހާފަ އެފެންނަނީ ވަގުތީ ގޮތުން މަސައްކަތްކުރާއިރު އަރާ ފައިބާ ބުރިޖޭ.
ވާލުސޮރު
31 May 2017
ބްރިޖުގެމަސައްކަތް އެއްލޮލުން ބެލިޔަސް ކަމަކުނުދާނެ. ތިޔަ ބްރިޖް އެޅުމުން މިހާރު ދޯނިތަކުގަ އުޅޭ އާދައިގެ އެތައް ރައްޔިތެއްގެ ވަޒީފާ ގެއްލޭނެ. ބްރިޖް ބެލެހެއްޓުމާ ހަވާލުވާނީ ވިޔަފާރި ކުންޏަކާހެން ހީވަނީ. އޭރުން އަނެއްކާވެސް އަގުހެޔޮ ބިދޭސީން ތަކެއް އެތެރެވާނެ. ދެންއޮތީ މިހާޜުވެސް ބޮޑު ބިރަކަށްވެ ކޮންޓްރޯލް ގެއްލިފަވާ ކުށުގެ ވެށި. ބްރިޖާއެކު ރިލްވާނުގެ މަންމަގެ ޑީއެންއޭ ފެނުނު ކަހަލަ އަނދިރި ބިއްލޫރިޖެހި ކުލަކުލައިގެ ކާރުތައް މާލެއާ ހުޅުމާލޭގެ 2 ފޭސް ކުޑަކޮށް ބްރިޖްމަތިން ދުއްވަންފަށާނެ. އަނެއްކާ ބިޓު ކަޓާ ކުދިން ބްރިޖްމަތިން ފުންމަންފަށައިފިއްޔާ އެޖެހުނީ އަނެއް ހަކަންތަކާ. އިސާހިތަކު ހުޅުމާލެ ސަހަރާ ފުރި ތިލަފަޅުގަ އާސަހަރާއެއް އަޅަންޖެހިދާނެ. މިކަންކަމަށްވެސް ވިސްނާލާ.
ޢަކޫ
31 May 2017
ދިވެހިންގެ ތެރެއިން ވަރަށް ގިނަމީހުންނަށް ވަނީ މީހުންގެ ކަށިހަފާކާ ބަލި ޖެހިފައި. އެކަން ފެނޭ ކޮމެންޓްތަކުން. ބުރިޖްމަތީ ދުއްވާފައި ދާއިރުވެސް ގައިހިރުވާނެ ކަށިހަފާ ކެވޭލެއްމަދުވީމާ. ހެޔޮ އެއްގޮތެއްވެސް ނޯންނާނެ. މަރުވަންދެއްވެސް އެހާލުގައިއެބައިމީހުން އުޅޭނެ.
ބާލަ އާދަނު
31 May 2017
ބުރިޖު އެޅިޔަސް ރައީސް ގެ ސިޔާސަތުތައް ކަމުނުދާތީ ވޯޓުދެވެންނެތް ވާހަކަ ހިތާމަޔާ އެކު ދެންނެވީމެވެ.
ކަނޑުގެއަޑި
31 May 2017
މި ޖެތީ ފެނުން މައްޗަށް ހުންނަ އުސް މިނެއް ނޭނގެ
އެނޮނީމާ
31 May 2017
12 މީޓަރު އެނގިއްޖެއްނު މިހާރު
ހުސޭނުބެ
31 May 2017
ބިޔަ ޕްރޮޖެކްޓްތަކާ ބިޔަ ޢިމާރާތްތަކާ ބުރިޖްފަދަ ތަންތަން ގައުމުގައި ބިނާކުރެވިގެންދާކަމީ ހަމަ އުފާކުރާ ކަމެއް!! އެއީ ގައުމުގެ އިންފްރާސްރަކްޗަރ ތަރައްގީވަމުން ކުރިއަރަމުން އަންނަކަމުގެ އަލިގަދަ ހެއްކެއް!! އެކަމަކު ޒާތީ ތަޢައްސުބުން ފުރިގެން ތިބެ ކިޔާ އެއްޗިއްސަކީ މާ އޮށްޓަރު ހުންނާނެ ކަމެއްނޫން!! ގައުމުގެ އެބަހުރި ވަރަށް ގިނަ ކަންތައްތައް ރަގަނޅުކުރަންޖެހޭ!! އެކަންތައްތައް ރަގަނޅުކުރުމަށް ހެޔޮހިތުން މަސައްކަތްކުރުމަކީ އެންމެންގެ ކޮނޑުގައި އެޅިފައިވާ ވާޖިބެއް!! އެއީ ކަމެއް ދިމާވާއިރަށް ވެރިކަން ވައްޓާލާން ދުވުމެއް ނޫން!! ވެރިކަން ވައްޓަން ފޫގަޅައިގެން އުޅޭ ބަޔަކު ވެރިކަން ވައްޓާލާފައި ގެންނަ ވެރިކަމެއްގައި ހުރިހާ ކަމެއް ރަގަނޅު ވާނެކަމަށް ހީކުރާ ހީކުރުމަކީވެސް ކުށް ހީއެއް!! އެހެންނަމަ ފާއިތުވެދިޔަ ހުރިހާ ވެރިކަމެއްގައިވެސް މައްސަލަތަކެއް ނެތީސް!! އެންމެން އެދޭ ގޮތަކަށް އެއްވެސް ބަޔަކަށް/މީހަކަށް ވެރިކަމެއް ނުކުރެވޭނެ!! އެއީ ވާނެ ކަމެއްނޫން!!
އީޖޯ
31 May 2017
ބުރިޖައްއެރިޔަސް އަދި އުސް ހަރުގަނޑަކަށް އަރައިގެން ނޫނީ އެހެނިހެން ހިދުމަތްތަކާއި ތަކެތީގެ އަގަށް އަތްފޯރާކަށް ނެތް. ތަންކޮޅެއް ބިރުޖި އުސް ކޮއްލިނަމަ ، މިބުނީ ކާބޯތަކެތީގެ އަގު ތިރި ނުކުރެވެންޏާ...
އަހްމަދު
31 May 2017
ބްރިޖް އެޅިއޭކިޔާފަ ވޯޓްދޭންޖެހޭމީހެއްނުހުންނާނެ. ބްރިޖްއަކީ ޗައިނާސަރުކާރުން ޔާމިނަށް އަޅާދޭ ތަނެއްނޫން. އެއީ ޗައނާ ސަރުކާރުން ދިވެހިރާއްޖެއަށް ދިވެހި ރައްޔިތުންނަށް ކޮށްދޭކަމެއް. ބްރިޖް ވިއްކައިގެން ވޯޓްހޯދަން ނޫޅޭތި ނުވާނެ ތިކަމެއް. ތިބްރިޖް ގެ ޚިޔާލު އުފެއްދީ މައުމޫނު. ޗައިނާއާ އެވާހަކަ ދެއްކީ ނަޝީދު. ފަންޑުހޯދީ ވަހީދު. އެގްރީމެންޓްގައި ސޮއިކުރީ ޔާމީނު. މުއީޒައް މިކަން އެގޭނެ. ހަޤީގަތް އޮޅުވާލަން ނޫޅޭތި.
މޮހޮނު
31 May 2017
ރަނގަޅޫ ޗައިނާ ސަރުކާރުން އަޅާ ދެނީ ދިވެހި ރައްޔިތުންނައް ސުވާލަކީ ކީއްވެ ތޯ ވޭތުވެ ދިޔަ ސަރުކާރު ތަކުގައި ޗައިނާ ސަރުކާރުން މިކަން ކޮށް ނުދެވުނީ
އަހްމަދު ބައްޕަ
31 May 2017
ނަސީދު ބުނީ ކޮބާތޯ އިންޖިނިއަރިންގ،،، ކާކުތޯ ތީގެ އިންޖިނިއަރަކީ
ލަބަރި
31 May 2017
ތިޔައީ ބުރިޖު އަޅާ ފެންވަރުގަ ހަދާ.ތަނެއް ނޫނެވެ ތީގެ ދަށުން ބޯޓުފަހަރަށް ދެވޭވަރުވެސް ނުވެއެވެ އެންމެ 1.19 ކިލޯ މީޓަރު ދިގު ޖެޓީގެ ޑިޒައިނަށް އަޅާ މީގެ ސަބަބުން ރައްޔިތުންނަށް އުފުލަން ޖެހިފަވަނީ މާބޮޑުތަކުލީފް ތަކެވެ މިއާއަޅުވައިގެން މިދައްކައިގެން އަގުތަކާ ފީތައް ބޮޑުކުރުން އެއީ ހަމަޖެހޭ މާހިރަކު ކުރާނެ ކަމެއް ނޫނެވެ އަދި މަސައްކަތުގެ ހުރި ދޯހޮޅިކަންވެސް އެނގޭނީ ބެލީމަ އެވެ