މައްސަލައެއް ތަގުގީގުކުރަމުންދާ ސަރަހަދެއް ފުލުހުން ބަންދުކޮށްފައި. ކަންކަމުގެ ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ފަތުރާކަމަށް ފުލުހުން ބުނޭ.
04 ޖޫން 2017 - 22:16
މާލޭގެ ބައެއް ސަރަހައްދުތަކުގައި ބިރުދައްކައި، ފޭރެމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކަންކަމުގެ ހަގީގަތް އޮޅޭ ގޮތަށް ބައެއްކަން ފަތުރާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުގައި ބިރުދައްކައި، ފޭރެމުންދާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރި ވާހަކަތަކާ ގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހަގީގަތް އެކުލެވޭ ގޮތަށް ހިނގާފައިވާ ކަމެއްގެ ގޮތުގައި އެ މައްސަލާގައި ފާހަގަކުރެވެނީ ފޭރުމަކާއި ޓެކްސީ ޑްރައިވަރަކާ ގުޅޭ ގޮތުން ލިބިފައިވާ ޝަކުވާއެެއް ކަމަށެވެ.
"މި ކަންކަމުގެ ތެރެއިން ފޭރުމުގެ މައްސަލަ ތަހުގީގު ކުރަމުންދާއިރު ޓެކްސީ ޑްރައިވަރާ ގުޅޭ ގޮތުން ކޮށްފައިވާ ޝަކުވާ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.
ނަމަވެސް އެ ޝަކުވާގެ ތަފުސީލެއް ފުލުހުންނެއް ނުދެ އެވެ.
ފުލުހުން ބުނިގޮތުގައި މާލެތެރެ ބެލެހެއްޓުމަކީ ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. އަދި މި ރޯދަމަހާ ދިމާކޮށް މާލޭގެ މަގުތައް ބެލެހެއްޓުމާއި މާލެތެރޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ މާލެތެރޭގައި ހިންގާ ބައެއް ކަންކަމުގެ މައުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާކުރާއިރު،ގެ އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ރައްޔިތުންމެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް، ހަގީގަތާ ހިލާފު ވާހަކަތައް ވެސް ފެތުރެމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
"އެހެން ކަމުން މިފަދަ މައުލޫމާތު ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރާ ފަރާތްތަކުން ޒިންމާދާރުވެ ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ހިއްސާ ނުކުރުމަށް މި ފުރުސަތުގައި އިލްތިމާސް ކުރަމެވެ،" ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯގޯސް
05 June 2017
ހަޤީޤަތް އޮޅުވަން ޕޮލިހުންވެސް ކުރި މަސައްކަތް ކުޑައެއްނޫން. ތިމާމެން ކުރިކަންތައް ތިމާމެންނައް ތިއަންނަނީ.
އަލީ
05 June 2017
ހަގީގަތް އޮޅޭގޮތަށް ކަންތައްކުރަނީ ފުލުހުން.. ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަނީވެސް ފުލުހުން.. ރައްޔިތުންނަށް އަނިޔާވެރިވަނީވެސް ފުލުހުން. ރައްޔިތުންނަށް އޮތް ނުރައްކަލަކީވެސް ފުލުހުން.. ޔާﷲ ފުލުހުންގެ އަނިޔާއިން މިގައުމުގެ އެންމެހާ ރައްޔިތުން ރައްކާތެރިކުރައްވާށި...
ކޮސް
05 June 2017
ކާނަލް ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓުން ހަތިޔާރު ފެނުން ވެސް ހަގީގަތް އޮޅުވާލާފަ ،ފެން ފޯއް ރުއް ކެޑުންވެސް ހަގީގަތް އޮޅުވާލާފަ،ހިބަޅިދޫ ބޭރުން ހަތިޔާރުފެނުން ހަގީގަތް އޮޅުވާލާފަ..އދިވެސް ބައިވަރު....
ދދ
05 June 2017
މި ރޯދަމަުގައި ކިތަކެއް ފޭރުމާއި ވައްކަން ހިގާފައިވޭތޯ މިހާތަނަށް! ނުހިގާތޯ؟
ހަބޭސް
05 June 2017
މިގައުމުގެ ފުލުހުންނަށް ފެންނާނީ ސިޔާސީ ކަންކަން އެކަނި މިގައުމުގެ ފުލުހުންގެ މުއައްސަސާވަނީ ފޭލުވެފައި ރައީސުލުްޖުމުހޫރީޔާއާއި ހޯމުމިނިސްޓަރ ބުނާކަމެއް އެކަނި މިގައުމުގެ ޕޮލިހަށް މިހާރުކުރެވޭނީ
އަލީ
05 June 2017
ފުލުހުންގެ ފަރާތުން މައްސަލައަކާ ގުޅޭ ގޮތުން އާންމުންނަށް ލިބެންޖެހޭ ވަރަށް މައުލޫމާތު ނުދީ ކަންހިނގާ ގޮތް އޮޅުން ފިލުވަދޭން މަސައްކަތް ނުކުރަންޏާ ދެން އަހަރުމެން ޖެހޭނީ އެމައުލޫމާތެއް ލިބޭ ގޮތަކަށް އެ މައުލޫމާތު ހޯދަން. އެ ދޮގު މައުލޫމާތަކަށް ވިޔަސް. އެ ދޮގު މައުލޫމާތެކޭ ފުލުހުން ބުނީމަ ނިމުނީ އެއް ނޫން. ކަން އޮތަ ގޮތް އޮޅުންފިލުވަ ނުދީ މައުލޫމާތު މަތީ އިށީނދެ ތިބެ ތިވާހަކަ ދައްކަން ފުލުހުން ރީއްޗެއް ނޫން!
ގާޒީ
05 June 2017
ފުލުހުންނައް އެބަ އާންމުކުރެވޭތަ މުހިންމުއެއްވެސްކަމެއްގެ ހަގީގަތް؟! އެހެޔޮ އާންމުނަށް ކިތަންމެ މުހިންވިޔަސް ތިޔައީ މިހާރު އެއްވެެސްކަމެއް ވާ ބައެއްނޫން.
ޢަލިފުޅު
05 June 2017
ހެޔޮ އަބުރުގެ ދައުވާކުރިޔަސް ޖަލަށްލިޔަސް، އަޅުގަނޑުމެންގެ އަނބިދަރީންނާ ގާތިމާގެ މީހުނާ ރަށްޓެހިން ހިމާޔަތް ކުރުމުގެ ހައްގުލިބިގެންވޭ. އެމީހުންގެ ސަލާމަތަށްޓަކައި ކުރެވޭން އޮތްހާވެސް ގޮތަކީ ސޯޝަލް މީޑިއާފަދަ ވަސީލަތް މެދުވެރިކޮށް ވަގުންނާ ފޭރޭމީހުނާ ކުށްކުރާމުޖުރިމުންގެ ހަމަލާތަކުން ރަށްކާތެރިވެ ތިބުމަށް ގޮވާލުން. މިނޫން އެހެން ގޮތަކަށް މިހާރަކު ރައްކާތެރިކަމެއް ކަށަވަރެއްނުވޭ.
ސޯސަލްމީޑިޔާ
05 June 2017
ސޯސަލްމީޑިޔާގަ މަރުގެ އިންޒާރުދީ މީހުން މަރާލާފަވެސް، އެމައްސަލަތަކުގެ އަޕްޑޭޓަކީ ކޮބައިތޯ
ޢަބްދުﷲނާފިޒު
05 June 2017
ފުލުހުން ނެރޭ ނޫސްބަޔާނެއް ނެރޭ، އާއްމުން އެމީހުންގެ އިހުސާސުތަކާ ކެކުޅުންތައް އެމީހުނަށް ދެއްކުނު ގޮތަކަށް ދައްކާނެ، އެކަމެއް ނުހުއްޓުވޭނެ، ރަމްޟާން މުބާރަކް.