ރައީސް ޔާމީންގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން ދަރުބާރުގޭގައި

ކުރިއަށް އޮތް ފިތުރު އީދު ދުވަހު ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން ދަރުބާރުގޭގައި ބާއްވާ ގޮތަށް ރައީސް އޮފީހުން ހަމަޖައްސައިފި އެވެ.


އީދު ސަލާމް ކުރެއްވުން ކުރިއަށް ގެންދަވަން ނިންމަވާފައި ވަނީ އީދު ދުވަހުގެ ހެނދުނު 9-10 އަށެވެ.

ރައީސް އޮފީހުން ބުނީ އީދު ސަލާމް ކުރެއްވުމުގައި ބައިވެރިވުމަށް ދިވެހި އެންމެހައި ރައްޔިތުންނާއި އެކިއެކި ޖަމިއްޔާ ޖަމާއަތްތަކާއި ބޭރުގެ އިއްޒަތްތެރިންނާއި މަންދޫބުންނަށް ރައީސް ޔާމީންގެ ދެކަނބަލުން ދައުވަތު އަރުވާ ކަމަށެވެ. އަދި އީދު ސަލާމް ކުރެއްވުމުގައި އާއިލާތަކާ އެކު ވީހާ ވެސް ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރި ކުރުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"...ވީހާވެސް ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން މި ޢީދު ސަލާން ކޮށްލެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ފަރާތްޕުޅުން އެދިވަޑައިގަންނަވަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.