ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ހޮޓް އެއާ ބެލޫން އެރުވުމަށް މިރޭ ތައްޔާރު ކޮށްފައި: މޫސުން ތަން ނުދޭތީ، ދެ ދުވަސްވީއިރު ވެސް މިކަމެއް ނުވި.
26 ޖޫން 2017 - 23:47
މި ފިތުރު އީދާ ގުޅުވައިގެން ހުޅުމާލޭގައި އަމިއްލަ ބަޔަކު ބާއްވަން އުޅުނު ހޮޓް އެއާ ބެލޫން އެރުވުމުގެ ހަރަކާތް، މޫސުން ގޯސްވުމުގެ ސަބަބުން ބޭއްވޭ ގޮތް ނުވެ އާންމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
ޔުނިކްސް ސްޕޯޓިން އިން އިންތިޒާމުކޮށްގެން، ހޮޓް އެއާ ބެލޫން އެރުވުމުގެ ހަރަކާތް ބާއްވަން ފުރަތަމަ ހަމަޖެއްސީ އިއްޔެ އެވެ. ނަމަވެސް، ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހުންނާ އެކު ހޮޓް އެއާ ބެލުން އެރުވުން މިއަދަށް ފަސްކުރަން ޖެހުނީ މޫސުން ގޯސްވެ، ބެލޫން އަރުވަން ދަތިތަކެއް ދިމާވުމުންނެވެ. އެކަމަކު ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ބާއްވަން އުޅުނު މި ހަރަކާތް މިރޭ ވެސް ނުބޭއްވުނެވެ.
ޔުނިކްސް ސްޕޯޓިންގެ އޮފިޝަލަކު މިރޭ ވިދާޅުވި ގޮތުގައި ބެލޫންތައް އެރުވޭ ގޮތް ނުވީ ހުޅުމާލެ އަށް ވަރަށް ގަދައަށް ވައި ޖެހުމުގެ ސަބަބުންނެވެ. އެކަމަކު އޭނާ ވިދާޅުވީ މޫސުން ރަނގަޅު ނަމަ، މާދަމާ ވެސް ބެލޫންތައް މައްޗަށް އަރުވާނެ ކަމަށެވެ.
ޔުނިކްސް ސްޕޯޓިން އިން ހޮޓް އެއާ ބެލޫންގެ ހަރަކާތަށް ތިން ބެލޫން އެއް ބޭނުން ކުރެ އެވެ. މި ބެލޫންތައް މައްޗަށް އެރުވުމުގައި ބޭރުގެ ބައެއް ތަޖުރިބާކާރުންގެ އެހީ ވެސް ހޯދަ އެވެ.
"އަޅުގަނޑުމެން ވަރަށް ގިނައިރު ބެލިން މިކަން ވޭތޯ. ބެލޫން މައްޗަށް އަރުވަން ވެގެން މަސައްކަތް ވެސް ކުރިން. އެކަމަކު ކާމިޔާބު ނުވީ،" އޮފިޝަލް ވިދާޅުވި އެވެ.
ޔުނިކްސް ސްޕޯޓިން އިން ވަނީ އޮފިޝަލުންނާ އެކު އެއް ހޮޓް އެއާ ބެލޫން އިއްޔެ ވަޔަށް އަރުވައިފަ އެވެ. އަދި މިއަދު އިރުއޮއްސުނު ފަހުން ވެސް އެއް ބެލޫން މައްޗަށް އަރުވަން ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. އެކަމަކު ވައިގެ ތެރޭގައި އެ ބެލޫން ވެސް ހިފެހެއްޓޭ ގޮތެއް ނުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި މި ހަރަކާތުގައި ބައިވެރިވުމަށް ޓިކެޓް ނެގި މީހުންނަށް ރިފަންޑު ދިނުމަށް މިހާރު ވަނީ ނިންމައިފަ އެވެ.
"ޓިކެޓު ގަނެފައި ތިބި މީހުންގެ ތެރެއިން ބެލޫން އަށް އަރަން ބޭނުން ނުވާ މީހުންނަށް ފައިސާ އަނބުރާ ދޭ ގޮތަށް ވަނީ ނިންމާފައި. ޓިކެޓު ހިފައިގެން އައުމުން އެކަން ހަމަޖެހޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
ހޮޓް އެއާ ބެލޫން އަށް އަރަން ޓިކެޓު ނެގި ބައެއް މީހުން ވަނީ، އެ މީހުންނަށް އެ ފުރުސަތު ނުލިބި ލަސްވާތީ ޔުނިކްސް ސްޕޯޓިންގެ އޮފިޝަލުންނަށް ވެސް ގޮސް ޝަކުވާކޮށްފަ އެވެ. އަދި ޓިކެޓު ގަންނަން ދިން ފައިސާ އަނބުރާ ދިނުމަށް ވެސް ބައެއް މީހުން އެދުނެވެ.
"ކޮންމެ ދުވަހަކު ދަތުރުކޮށްފައި ހުޅުމާލެ އަންނަން ފަސޭހައެއް ނޫން. އިންތިޒާމުތައް ވެސް ވަރަށް ދޯދިޔާކޮށް އޮތީ. މިއަށް ވުރެ ރަނގަޅު ކުރަން ޖެހޭ،" ބެލޫން އަށް އަރަން ޓިކެޓް ގަތް މީހަކު ބުންޏެވެ.
ބެލޫން އަކަށް އަރަން ޓިކެޓެއް ވިއްކީ މީހަކަށް 700ރ. އަށެވެ. އުމުރުން 2-12 އަހަރާ ދެމެދުގެ ކުދިންނަށް ޓިކެޓު ވިއްކީ ކުއްޖަކަށް 300ރ. އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުރާހިމް ނިޔާޒު
28 June 2017
މިސަރުކާރު ވެރިކަމަށް އާފަހުން ކުރުވާ މިބާވަތުގެ ކޮންމެކަމެއް ވަނީ ފެއިލް. މިކަން ކުރަން އުޅުނު މީހުން ނުފޯރާ ފޮތިން ފޫގަޅަން އުޅުނީމަ ވާނެއެތި ތިއޮތީވެފަ. ބެލޫން މައިތިރި ނުވާނެތީ ހަތަރެސް ކަނުގަ ޗޭނު ޖަހާގެން ބިމުން ހަފޫޓު މައްޗަށް އަރުވަން އުޅުމަށްވުރެ ހުނިގޮނޑިއެއް ބަހައްޓާގެން އޭގެ މައްޗަށް މީހުން އަރުވަން އުޅުނިއްޔާ މާރަނގަޅުވާނެ.
ޢާޒަރު
28 June 2017
މި ސަރުކާރައަ އެއްކަމެއްވެސް ނުވޭ.
ބެލޫން
27 June 2017
ނުވީމަ މޫސުން ތަންނުދިނީ.. ލޮލް.. މާކުރީންވެސް އިނގޭ މޫސުން ތަންނުދޭނެކަން.. ކެކެކެކެ
ފުވައްމުލަކު ހަސަންދީ
27 June 2017
މަސް ނުބޭނުނީމާ ކަނޑު ގޯސްވާ ބީދައިން ބެލޫން ނޭރުވުނީމާ މޫސުމް ގޯސްވެއްޖެ. ކަމެއްގެ ވައްޓާޅި ނެތުނީމާ ވާގޮތް ތިފެންނަނީ. ޕީއެސްއެމްއާއެކު އެގްރިމެންޓް ހަދާ ހުރިހާ ޗެނަލަކުން ލައިވް ކުރަން ކެމެރާތައް އަޅައި ކިޔުޖެހިގެން ޓިކެޓް ގަތް މީހުންނަށް ކިހާބޮޑު ކެއްސެއް މިލިބުނީ.
ޑިމޮކްރަޓިސްޓް
27 June 2017
ގޯޓްފިޝް ކެފޭ ކިޔާތަނެއް އިޝްތިހާރުކުރަން އެތަނަކުން ތިޔަ ޓިކެޓެއްވިއްކީ.. ހޮޓްއެއަރ ބެލޫން ފްލޮޕްވިގޮތަށް ކެފޭގަނޑުވެސް ފްލޮޕްވެ އެހެރީ ބޮޑުތަޅުއަޅުވާފަ..
ޑިމޮކްރަޓިސްޓް
27 June 2017
ހަތަރު ފަރާތުން ވާޖަހާފަ 100ފޫޓަށް އެވެސް އެއަރޕޯޓެއްގެ ބުޑުގަ.. މީތަ މީހުން ހޮޓްއެއަރ ބެލޫން އަރުވާގޮތަކީ.. މޮޅެތި އިސްތިހާރުކޮށްފަ މަހީކުރީ ފިސާރި ސަޅިވާނެޔޭ.. އެކަމަކުދޯ 4 ފަރާތުން ވާޖަހާފަ ހޮޓްއެއަރ ބެލޫންއަރުވަނިއްޔޯ.. މޮޔަވެދާނެ..
ބެލޫން
27 June 2017
މާރިތިވީސް އެންމެ އުސް އިމާރާތުގެ ޓެރަސް އަށް އެރުވިނަމަވެސް.. ދޯ
ކަރުންމަތީގެ ޑޮކްޓަރު
27 June 2017
އެއްވެސް އިންތިޒާމެއް ނެތް. ޢިއްޔެ ފަސްގަޑި ބައިވާން ދިޔައިރު ކިރިޔާ ބެލޫންތަކުގައި ސްޕޮންސަރ ހަރުކުރަން އުޅުނީ. އަންނަ އީދަށް ބެލޫން އަރުވަން މަޑުކޮށްލިއްޔާ ރަނގަޅުވާނީ.
بايو
27 June 2017
https://youtu.be/GOyTMTCJyGk މިޢީ އެންގޭތޯ ފެސްޓިވަލް އަކީ..... އެއާޕޯޓެއް ކައިރީ ބެލޫން އަރުވާނީ މޮޔާއިން އިންގޭތޯ...
بايو
27 June 2017
އެންމެ ބެލޫނެއް ގެނެސް ގެން ފެސްޓިވަލް އޭ ކިޔާތަ؟ ތިޔަށް ނާ ރާ ރަނގަޅުވާނެ ގޮސް ބޭންކް އޮފް މޯލްޑިވްސް ނުވަތަ ޕޯސްޓް އޮފީހުގެ ބިއްލޫރި ޖެހި ލިފްޓް ދުއްވާލިޔަސް... ހަމަވާނީ އެއްކަމެއް 100 ފޫޓަށް އަރާނެ އަދި ފައިބާނެ... އެއްވެސް ހަރަދެއްވެސް ނުދާނެ.... އަނެއްކާ ތިޔަ ފައިސާ ކޮޅު އަނބުރާދޭނެ ބާ؟؟ ކާލާނީ ހަމަ "ޔަޤީން" ވަރަށް ވެސް ދެރަ
ބުރެކި
27 June 2017
ކުދިންނޭ މިދައުރު ނިމިގެން ތިކަހަލަ ކުޅިވަރުބާއްވަން މަޑުކޮށްލަބަލަ. އުފާވެރި ހަބަރުތައް ކުރިއަށް އޮތީ.