މިނިސްޓަރު ނާޒިމް އީސީސީގައި ގާއިމު ކުރާ ހޮސްޕިޓަލްގެ މަސައްކަތް ބައްލަވާލެއްވުމުގެ ތެރެއިން. ފޮޓޯ: މިނިސްޓްރީ
15 ޖުލައި 2017 - 19:21
އައްޑޫ އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)، ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އެ މަޝްރޫއު އަންނަ އަހަރުގެ ޖުލައިމަހު ނިމޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 17 ވަނަ ސާކް ސަމިޓް ބާއްވަން އިމާރާތްކުރި އީސީސީ، ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުގެ ސަރުކާރުން ހަވާލުކޮށްފައި ވަނީ އެލިއާ ކޮންސްޓްރަކްޝަނާ އެވެ.
އެ ކުންފުންޏާ 161.8 މިލިއަން ރުފިޔާ އަށް މަޝްރޫއު ހަވާލުކުރީ ނޮވެމްބަރު 14، 2016 ގަ އެވެ. އެއީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމައި ލަސްވެގެން މެއި 8، 2018 ގައި ހަވާލުކުރާ ގޮތަށެވެ.
މިއީ ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިނާ ލޯނުގެ އެހީގައި ހިންގާ މަޝްރޫއެކެވެ.
Addu Hospital project masakkai baaru speed gai kuriyah dhanee: pic.twitter.com/97TbMCwDte
— Dr.Mohamed Muizzu (@MMuizzu) July 14, 2017
ހައުސިން މިނިސްޓަރުގެ ޓްވީޓް.
އީސީސީ، ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުފަ އެވެ.
އެލިއާ އިން މިހާރު އެތަނުގެ އަމަލީ މަސައްކަތް ކުރަމުން އަންނަ އިރު ހެލްތު މިނިސްޓަރު ނާޒިމް ވަނީ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިފަ އެވެ. އަދި ވިދާޅުވީ މަސައްކަތް ނިންމައިލެވޭނީ އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމަށެވެ.
ECC hospital akah badhalu kuran 161.8 million rufiyaa ah Alia aa havaalu koffi
The most trusted news source in the Maldives
Mihaaru
އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރަން ހަވާލު ކުރީ އެލިއާއާ.
މިނިސްޓަރު ވިދާޅުވީ އީސީސީގައި ތަރައްގީ ކުރާ 100 އެނދުގެ ހޮސްޕިޓަލްވެގެން ދާނީ ޓާޝަރީ ފެންވަރުގެ ގިނަ ސިއްހީ ހިދުމަތްތައް ލިބިގެން ދާނެ ތަނެއް ކަމަށެވެ. އެގޮތުން އެމްއާރްއައި އާއި ސީޓީ ސްކޭންގެ ހިދުމަތާއި އޮޕަރޭޝަން ތިއޭޓަރުތަކާއި މޯޗަރީއަކާއި ޕްރައިވެޓް ކޮޓަރިތަކެއް ވެސް ހުންނާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ އައްޑޫގެ ރައްޔިތުންގެ އުންމީދާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެކެވެ. އެގޮތުން ހޮސްޕިޓަލްގެ ސަބަބުން ގިނަ ވަޒީފާތަކެއް އުފެދި، އިގުތިސާދީ ހަރަކާތްތައް އައްޑޫގައި އިތުރު ވާނެ ކަމަށް ވިދާޅުވި އެވެ.
އައްޑޫ އާ ހޮސްޕިޓަލްގެ މަސައްކަތް މިނިސްޓަރު ބައްލަވާލައްވަނީ. ފޮޓޯ: މިނިސްޓްރީ
އީސީސީ، ހޮސްޕިޓަލަކަށް މި ސަރުކާރުން ބަދަލު ކުރަން ނިންމުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލާއި އައްޑޫގެ ބައެއް ރައްޔިތުން ވަނީ އެކަމާ ކުރިން ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
އަދި 100 އެނދުގެ ހޮސްޕިޓަލް އަޅަން ބިމެއް ހަމަޖެހިފައި ވަނިކޮށް، އޭގެ ބަދަލުގައި އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރަނީ އެތަނުގެ އަސްލު ބޭނުން ނުހިފައި ވީރާނާކޮށްލަން ކަމަށް ބުނެފައިވެ އެވެ.
ކައުންސިލުން ބުނާ ގޮތުގައި އީސީސީއަކީ ޓޫރިޒަމާ ގުޅުން ހުރި ދާއިރާއަކުން ތަރައްގީ ކުރެވެން އޮތް ތަނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުމަރާ
16 July 2017
ކޮން އާހޮސްޕިޓަލެއްތަ!!!. ޖިފުޓިގަޑެއްހަދަނީ. ޢެކަމަކުއާބޮޑުތަނެއް އަޅަންދާ ހަރަދަށް ވުރެބޮޑުކޮށް.
ހުސެން
16 July 2017
ކޮބާ ހޭ އެތާހުރި ގޮޑި މޭޒް އަދި އޮފީސް ސާމާނުތައް... ތިތަން ނިމޭއިރު ބޮޑު ހޯލެއް ތެރޭ ދެ މެޝިން ބަހައްޓާފަ ހޮސްޕިޓަލް ޖަހާފަ ބޮޑު ބޯޑެއް ބެހެއްޓީމަ ނިމުނީ..
އސފ
16 July 2017
ތިއިމާރާތްވެސް މުއިއްޒުވާނެ ނިމޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ! ދެން ވޯޓްހޯދަން ކުރާކަމެއް ކަމަށް ވާނަމަ ތިކަން ކުރުމުގެ ބޭނުމެއްނެތް، ތިކަމަކުން އިތުރުވާނެ އެންމެ ވޯޓެއްވެސް ނެތް.
ދރ
15 July 2017
ކަންތައްތައް ަބަދުވެސް މިވަރަށް ހޫނުކޮއް ބެހެއްޓީމާ ޕްރޮޖެއްކްޓްތައް ނިމޭނެ އަވަހަށް.
ފެނޭތޭ
15 July 2017
އައްޑޫ ކުއްޖާ މެންނަށް ފެނޭތޭ. ފެނޭދޯ. ފެނޭތޭ ފެނޭދޯ.
ދޮން އާމިރު
16 July 2017
ބްރޯ ހޮސްޕިޓަލް ޖަހާފަ ބޮޑު ބޯޑެއް އަރުވަން އެއުޅުއްވަނީ.
ހުސެން
16 July 2017
ބޮޑު ބޯޑެއް މީހަކު ހަދާފަ ހުރި ތަނެއްގަ ޖެހީމަ ނިމުނީ ދޯ
ޢަބްދުﷲނާފިޒު
15 July 2017
އެހެންވިއަސް ހެޔޮ، ވޯޓު ދޭކަށް ނުޖެހޭނެތާ، އެހެންވީމަ 2018ގަ ޔާމީނަށް ވޯޓު ނުދޭން ނިންމައިފިން، ވަރަށް ސަލާން.
އަހުމަދު
15 July 2017
ބޭނުމެއް ނޫން !
ޒަމީރު
15 July 2017
މުއިޒު ދެން ނިކަން އައްޑޫގައި ކޮންވެންޝަން ސެންޓަރެއް އަޅާދީބަލަ.
ދީދީ
15 July 2017
ތީ ހަދާ ނިމިފައި ހުރި ކޮންވެންޝަން ސެންޓަރެ ތަޅާ ސުންނާފަތިކޮއްލީ. ރައްޔިތުންނައް ޖެއްސުމައް އެތާ ހޮސްފިޓާ އަޅަނީ.
ޢނނ
15 July 2017
ތިކަމަކުން އެމީހުން އުފަލެއްނުވާްނެ.އެމީހުން އުފާވާނީ ބުދުބެހެއްޓީމަ ކަމަށްވަނީ