ޚަބަރު / އަހުމަދު މަހުލޫފް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު

އިދިކޮޅު ފަރާތްތަކުން ހޯމަ ދުވަހު ބޮޑު އެއްވުމަކަށް ނިކުންނަނީ

އިދިކޮޅު ޕާޓީތަކުން ގުޅިގެން މިއަދު ބޭއްވި އެއްވުން. - ފޮޓޯ: މިހާރު

ރާއްޖޭގެ އެކި ރަށްރަށުގައި ތިބި ރައްޔިތުން މާލެ އަރައި، އަންނަ ހޯމަ ދުވަހު ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިރޭ ގޮވާލައިފި އެވެ.

މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު އަހުމަދު މަހްލޫފް ވިދާޅުވީ މުޒާހަރާއަކީ ތިން ބާރު އެއްވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ބާއްވާ މުޒާހަރާއެއް ކަމަށެވެ. އެހެންވެ، ވީހާ ވެސް ގިނަ ރައްޔިތުން އެ ދުވަހުގެ ހެނދުނު ނުވައެއް ޖަހާއިރަށް އެމްޑީޕީ އޮފީސް ކައިރި އަށް އެއްވުމަށް މަހްލޫފް ގޮވާލެއްވި އެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި މުޒާހަރާ ކުރިއަށް ދާނީ ގާނޫނުގައި އޮންނަ ގޮތަށެވެ. އަދި މި މުޒާހަރާއަކީ ޣައިރު ގާނޫނީ އަމަލެއް ހިންގުމުގެ ބޭނުމުގައި ކުރާ މުޒާހަރާއެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. މި މުޒާހަރާއަށް ތައްޔާރުވުމަށް ކުނޫޒުގައި މާދަމާ ރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ޕާޓީތަކުން ވަނީ ނިންމައިފަ އެވެ.

"ސައްވީހުގައި ކުރާ ކަންކަމަކީ ސުލްހަވެރިކަމާ އެކު ގާނޫނީ އިމުގެ ތެރެއިން ކުރާ ކަމަކަށް ވެއްޖެނަމަ، އެކަމަށް ހުރަސް ނާޅާނެ ކަމުގެ ޔަގީންކަން ފުލުހުންގެ އިސްވެރިން ވަނީ ދެއްވާފައި،" މަހްލޫފް ވިދާޅުވި އެވެ.

"އުންމީދު ކުރަނީ މިހާރު ވެސް އޮތް ގޮތަށް އެއްވެސް ބަދަލެއް ނާންނަ ގޮތަށް އަޅުގަނޑުމެންނަށް ފުރުސަތު ދެއްވާނެ ކަމަށް."

އެހެން ނަމަވެސް ފުލުހުން މިރޭ ބުނެފައި ވަނީ ސިޔާސީ އެއްވެސް އެއްވުމަކަށް އެއްވެސް ޕާޓީއަކަށް ހުއްދަ ދީފައި ނުވާނެ ކަމަށެވެ. އަދި އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް އެއްވެސް އެއްވުމެއް ނުބޭއްވޭނެ ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.

މި މަސައްކަތް ކުރާއިރު، "އަޅައިގަނެ، ގާބުރިީގައި ޖެހޭނެ" ކަމަށާއި ހުރަސްތަކެއް ކުރިމަތިވިޔަސް، މަސައްކަތް ހުއްޓާނުލާނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތީ ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުޒާހަރާ އަށް ރާއްޖޭގެ ރަށްރަށުން ވީހާ ވެސް ގިނަ ބަޔަކު މާލެ އަށް އައުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު ވަނީ ގޮވާލައްވައިފަ އެވެ. އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ބާރުތައް ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް ގާއިމް ކުރުމަށް އެ މުޒާހަރާގައި ބައިވެރިވުން މުހިންމެވެ.

34 ކޮމެންޓް, 110 ރިއެކްޝަންސް

icon happy icon happy 77%
icon sad icon sad 1%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފް

23 July 2017

މަވެސް ދާނަން.

The name is already taken The name is available. Register?

ނޫނުއަލިފް

23 July 2017

މި މުޒާހަރާއަކީ ޤާނޫނާ ޚިލާފަށް ކުރާ މުޒާހަރާއެއްނޫން. އެހެނެއްކަމަކު މަގޭ ގޮނޑި ގެއއްލޭނެކަން ޔަޤީންވީމާ ރައްޔިތުން އެއްކޮށްގެންވެސް މަ އެބަޖެހޭ ގޮނޑިގަނޑު ސަލާމަތްކުރަން.

The name is already taken The name is available. Register?

ސުވާދީބު ރާނީ

23 July 2017

ސާބަހޭ މަހޭ

The name is already taken The name is available. Register?

007

23 July 2017

މަށެއް ނުދާނަން.

The name is already taken The name is available. Register?

ިަިއިބުރޭ1122

23 July 2017

ތިދާނީ ތޮޅިއަށް!!

The name is already taken The name is available. Register?

ނުރަބޯ

23 July 2017

ތިހެން ގޮވާލިޔަސް މިހާރު ނިކުންނަން ބޭނުމެއްނޫން. ތިޔަގޮވާލާ ގޮވެލިފައްޗަކީ އަމިއްލަ އެދުމަށް ގޮވާލާގޮވުމެއް. މިހާރު ރައްޔިތުންނަށް މާބޮޑަށްވިސްނޭ .ތިޔަމީހުން ކުރާވިޔަފާރީގެ އަގަކަށް ރައްޔިތުން ހަދަން ނޫޅުމަށްގޮވާލަން. ވަރަށްއިޙްތިރާމާއެކު ޝުކުރިއްޔާ.

The name is already taken The name is available. Register?

މުއާ

23 July 2017

އެމީހުންގެ ބަސް އަހައިގެން މާލެ އައިސް ޖަލަށް ދާން ޖެހުމަކީ ވ ދެރަކަމެއް. 80000 ރ އެބޭފުޅާއަށް ލިބޭނެ. 2018 ގައި ރަނގަޅު ބަޔަކަށް ވޯޓް ދޭނީ. ގައުމުދަނީ ވ ބާރަށް ކުރިއަށް.

The name is already taken The name is available. Register?

ދޫނިދޫ

23 July 2017

ރައްޔިތުން ވަކިތަނަކަށް ނުކުންނަން ގޮވާނެކަމެއްނެތް. އޭރުން ރައްޔިތުންނަށް އަނިޔާވާނެ. ގޮވަންވީ އެމީހަކު ހުރިތަނަކުން އެމީހަކު ނުކުމެ މި ސަރުކާރަށް ނޫނެކޭ ބުނާށޭ. އޭރުން އެނިޔާނުވާނީ.

The name is already taken The name is available. Register?

ދަވޭ

23 July 2017

މާދަމާ އެއްވާން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މަޚްލޫފު ގޮވާލާއިރު އޭނާގެ ޕްރައިމަރީ ޒިންމާ ކަމުގައިވާ ދާއިރާގެ ރައްޔިތުންގެ ތަރައްގީ އަށް އޭނާ އަށް ކުރެވުނީ ކޮން ކަމެއްތޯ އެވެ. ގަލޮޅު ދެކުނު ދާއިރާގައި މިހާރު ވެސް ގެދޮރު ނެތިގެން ކުއްޔަށް އުޅޭ ދަފްތަރު މީހުންގެ އަދަދު 4000 އަށް އަރައެވެ. އެކަމަކު އެކަމެއް އޭނާ އަކަށް ނޭގެއެވެ. އޭނާ ދުވަނީ ބޮޑު ސޭޓް އަތުން ސުޕާރީ ކައިގެން ޖަލުން ނާއި އަދި އެމްޑީޕީގެ ހަރުގެއިން ސައި ބޮއިގެން ގޮސް މަޖްލީހަށް ވަދެ ކާލައިގެން މިޒާތަށް ދޯ އޭނާ އެއުޅެނީ. ދެން މިމެން އިއްޒަތްތެރި ވެގެން މިއުޅެނީ އެއީ ކޮން ގޮތަކުން ތޯއެވެ. މީ މަމެން މިކިޔާ އެއްޗަކީ ޒުވާނުންނަށް އެމެންނަށް ވުރެން ބޮޑެތި މަގާމް ދިނީމާ އެމެން އަބަހައްދަވާ ވާހަކަ. މަޖްލީހަށް ވަން އެންމެ ޒުވާނާ ވެސް އޭނާގެ ފުރަތަމަ 5 އަހަރު ޕާރޓީ އަށް ވީ ޚިޔާނާތް ތެރި. އަލްހާން ފަހްމީ ވީ ޚިޔާނާތް ތެރި. ދެން ބާކީ ހުރި މަޚްލޫފުވީ ޚިޔާނާތް ތެރި. ދެން މިހާރު ޝިނާނު ވީ ޚިޔާނާތްތެރި. މިހާރު ދެން ޕީޕީއެމްގެ ލީޑަރޝިޕް އިން ދަސްކުރަން ވެއްޖެއެެއް ނޫންތޭ މިޒުވާނުންނަށް ބާރެއް ލިބިއްޖެނަމަ އެމެން ގައުމު ވިއްކާލާ މަހުޖަނުންނަށް ވާން ވެސް ކުޑަ ވެސް ފަހެއް ނުޖެހޭނެ ކަން.

The name is already taken The name is available. Register?

ދޮންބުޅާ

23 July 2017

ވަރަށް ރަނގަޅު ވާހަފުޅެއް! އަޅުގަނޑު ތާއީދު

The name is already taken The name is available. Register?

ވަހީދު

23 July 2017

ރައްޔިތުންގެ ހައްގުގައި އެތައް ދުވަހަކަށް ކުޑަގޮޅީގަ އޮވެފަ އެ ނިކުތީ..ކައިގެން ބޮއެގެން ހުނަނަނީޔޭ...ކީކޭ ތިކިޔެބީ

The name is already taken The name is available. Register?

ދެޓްސްވައި

23 July 2017

އެހެންވެއޭ ޒުވާނުންނަށް ގައުމު ހިންގުމުގެ މަތީ މަގާމްތަކުގެ ބާރުދޭންނުވަނީ. އެއްދިމާލެއްގަ ހުންނާކަށް ނޭގޭނެ. ޖެހޭހާ ވަޔަކާ އެއްގޮތަށް ސިކުނޑި ހެލިހެލި ތިބެނީ. މިގައުމުގެ އެންމެ ހަގު ނައިބުރައީސް ހޭވި ހަޑި އެއޮތީ ފެންނަން.

The name is already taken The name is available. Register?

މުރާސިލް

23 July 2017

ތިހެން މުޒާހަރާއަށް ގޮވާލަ ގޮވާލަ ތިބޭށެވެ. މަޚުލޫފުމެނަށް ތިޔަވަނީ ހާދަވަރެކެވެ. މުޅިންވެސް ޒާތީ ތަޢްސުބެވެ. އަމިއްލަ އެދުމުން ފޯވެފައެވެ. ޓިޔަ ބުނާ އިއްތިހާދަކީ މިހާރު އޮތް އެއްޗެއްވެސް ނޫނެވެ. މިހާރު އޮތީ "ކޯޅިޝަން" އެކެވެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454