ނަޝީދު، ރައީސް ޔާމީނާ ސަލާމް ކުރައްވާއިރު، ދެ ބޭފުޅުން އަރިހުގައި ކުރީގެ ނައިބު ރައީސް ޖަމީލް.
05 އޯގަސްޓް 2017 - 21:42
ސިޔާސީ މަސްރަހު ހަމައަކަށް އެޅުވުމަށް، ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ރާއްޖޭގައި ގާއިމު ކުރަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ރާއްޖޭގެ ހާލަތު ބަދަލުވުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ. އަދި އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމުކޮށް، ދައުލަތުގެ އިދާރާތަކުގައި ތިއްބެވި ބޭފުޅުން މަގާމުގައި ދަމަހައްޓަވަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
Maldives will change for the better. We need a National Unity Govt to stabilize politics & should maintain composition of our institutions.
— Mohamed Nasheed (@MohamedNasheed) August 5, 2017
ނަޝީދު ކުރެއްވި ޓުވީޓު.
ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ގުޅިވަޑައިގެން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ޒިންމާދާރު ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި އިދިކޮޅު ފަރާތްތަކުން ގުޅިގެން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކި ކުރުމަށެވެ. އަދި ބައެއް ވަޒީރުންގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށް ކެބިނެޓުން އެ ބޭފުޅުން ވަކި ކުރުމަށް ވެސް އެ ފަރާތްތަކުން ވަނީ މަސައްކަތް ފަށައިފަ އެވެ.
އިދިކޮޅު ފަރާތްތަކުން މިހާރު ކުރިއަށް ގެންދާ ހަރަކާތްތަކަށް އެކި ގޮތްގޮތުން ސަރުކާރުން ހުރަސް އަޅަމުން ދާއިރު، މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުންނަށް ބޮޑެތި ތުހުމަތުތަކެއް ސަރުކާރުން ކޮށް ވަނީ ތަހުގީގު ވެސް ފަށައިފަ އެވެ. އަދި ބައެއް ބޭފުޅުންގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާނަ
06 August 2017
އެންމެންވެގެން ރައީސްމީހާ ވައްޓާލަދީފިއްޔާ އަހަރުމެން ވެރިކަމަށް އަރާ ތިމީހުން މިހާރު ތިބި މަގާމުތަކުގައި ތިޔަ ތިބިގޮތަށް ބައިތިއްބާނަމޭތަ އެބުނަނީ؟
ހާއުފާ
06 August 2017
އަންނި ލައިގެން މިޤައުމުގައި އެއްބައިވަންތަ ސަރުކާރެއް ޤާއިމެއް ނުކުރެވޭނެއެވެ. އަދި އެފަދަ ސަރުކާރަކީ އިސްލާމްދީނާ ދިވެހި އާދަކާދައަށް ބީރައްޓެހި ސަރުކާރަކަށް ނޫނީ ނުވާނެއެވެ. އެފަދަ ސަރުކާރެއް ގެނައުމަކަށް އަޅުގަނޑު އެއްގޮތަކަށްވެސް ތާޢީދެއް ނުކުރާނަމެވެ. އަންނިއާއި ނުލައި ޤާއިމުކުރާ ތަޔަފަދަ ސަރުކާރަކަށް މަރުޙަބާ ކިޔާނެވާހަކަވެސް ދަންނަވަމެވެ.
ހަސަނާ
06 August 2017
މިދެންކާކު. ދޭބަލަ ކާށި ހޮވަން
އަލީ
06 August 2017
އެއީ ތެދުފުޅެއް. ހުރިހާ ސިޔާސީ ލީޑަރުން ބައިވެރިވާ ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް ގެނެސް، ނުހައްގުން އަދަބު ލިބެމުންދާ އެންމެން ދޫކޮށްލާ، މި ގައުމުގެ ދުސްތޫރީ ނިޒާމު އަލުން ބަދަލުކޮށް، އޭގައި ހުރި އުނި ކަންކަން ހަމަ މަގަށް އަޅުވާ، ޖުޑީޝަރީ އިސްލާހްކޮށް، ފުލުހުންގެ މުއައްސަސާ ހަމައަކަށް އަޅުވާ، އެންމެން އެއްބަސްވާ ފަދައަކުން މި ނިޒާމު ބަދަލުކުރަން އެބަޖެހޭ.
ހަސަދު
06 August 2017
ޑިލް، ކޮރަޕަޝަން، ވޯޓު ވިއްކާލުން، އެމް.ޑީޕީ އަކަސް، ޕީއެމް އަކަސް އަދާލަތަކަސް ކޯޓަކަސް އިވެނީ އެއް އަޑެއް. ދިވެހިން މިފެންވަރަށް ވެއްޓުނީ ކީއްވެބާ!.
ކަޅުސޮރު
06 August 2017
މިއަށްވުރެ ގައުމު އެއްބައިވަންތަކުރުވި ދުވަސްވަރެއް އަދިނާދޭ. ގައުމުގެ އެއްބައިވަންތަކަން ނާގާލުމަށްޓަކާ ތިގޮތަށްބޭރުގައި ފިއްލަވާއިގެންހުނަވައިގެން ހުންނަވައިގެން މަސައްކަތް ކުރާނެ ކަމެއްނެތް. މިގައުމުގެ ރައްޔިތުން ދެން އިތުރަކަށްބޭނުމެއްނޫން މާޒީއަލުން އިއާދަވަކަށް.
ހާރިސް
06 August 2017
ސަރުކާރު ޒިންމާދާރު ކުރުވަން ކޮންކަމެއްތޯ ލީޑަރުން ކުރެއްވީ. ޔާމީނު ބުދެއްވަ ބައްލަވާ. މަޖްލިސްގެ ޖަލްސާއެއް އޮންނާނެ ކަމަށް އިބޫއަށް އިޢުލާނު ކުރެވޭނެތޯ؟ ޖަލްސާއެއްނެތި ކޮމިޓިއެއްނެތި މަޖްލިސްއަށް ދިޔަ ބަޔަކު ދިޔައީ ފިތުނަ އުފެއްދުންނޫން އެހެންދެން ކޮންކަމެއް އޮވެގެންތޯ؟ ބުނެދީބަލަ.
ވަތަނަބޭ
06 August 2017
އެއީ ޖަލުން މިންޖުވާން ޖަހާމަޅިއެއްދޯ ތިބުނާ ސަރުކާރެއް އަޔަސް ހިފައިގަންނާނެ! ވެރިކަމަށް އަންނަތިބި މީހުންނާހުރެ ގައުމާއި ރައްޔިތުން ހަނާވަނީ.
އަހްމަދު
06 August 2017
ރާއްޖެ ތަރައްގީއާ ތަހްޒީބަށް ކުރާ ބުރަމަސައްކަތަށް އެއްބާރުލުން ނުދީ ޖެއްސުން ތިކުރަނީ ހަމަ ދިވެހިރާއްޖެއަށް ހެޔޮއެދޭތީތަ؟
އާދަނު
06 August 2017
ދެއިރު ކައިބޭހެއްހެން ވެރިކަމަށް ފެންބޮވައިގެންފައިވާ ޓްވީޓްތައް ނުކުރެވޭތީތާ ޖަލުން ފިލައިގެން ތިއުޅެނީ.
ާަަރާނީ
25 August 2017
ޥެރިކަންވެސް ކޮއްފަ އެއޮތީ އަންނި . ދެން ލަލަލާ...