އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި މަހުލޫފު ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސައިން ވަހީދު
10 އޯގަސްޓް 2017 - 19:14
ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ނޫސްވެރިޔާ ރިލްވާން އަހުމަދު ވަގަށް ނެގި މައްސަލަ އަލުން ތަހުގީގުކުރާއިރު ބޭރުގެ ފަރާތްތަކަށް ފުރުސަތު ދިނުމަށް އިދިކޮޅު ފަރާތްތަކުން މިއަދު ގޮވާލައިފި އެވެ.
ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމް ވަނީ ބޮޑެތި މަައްސަލަތައް ތަހުގީގުކުރުމަށް އުފެއްދި މޭޖަ ކްރައިމް އިންވެސްޓިގޭޝަން ސެންޓަރުން އެ ދެ މައްސަލަ ވެސް އަލުން ތަހުގީގުކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެެވެ.
އިދިކޮޅު އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި ގުޅިފައިވާ އިއްތިހާދުގެ ސްޕޯކްސްޕާސަން އަހުމަދު މަހުލޫފު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މުއައްސަސާއެއް ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކުގެ ވެސް އިތުބާރު ނެތް ބަޔަކު މި ފަދަ ބޮޑު މައްސަލަތައް އަލުން ބަލާއިރު، ކަމުގެ ތަޖުރިބާހުރި ބޭރުގެ ފަރާތްތައް ބައިވެރިކުރުން ރަނގަޅު ކަމަށް ވިދާޅުވި އެވެ.
އަފްރާޝިމް އަވަހާރަކޮށްލި މައްސަލަ ބަލަމުން އަންނަ ކަމަށް ބުނިއިރު، އޭނާ އަވަހާރަކޮށްލަން ހަމަލާ ދިން ކަމުގެ ކުށުގައި މަރުގެ ހުކުމް އައިސްފައިވާ ހުސެއިން ހުމާމްގެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ. އަދި ސަރުކާރުން އަންނަނީ ރާއްޖޭގައި މަރުގެ ހުކުމް އަލުން ތަންފީޒުކުރުމަށް ތައްޔާރީތައް ވަމުންނެވެ.
މަހުލޫފު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރާ ތަން ހަދައި ނިމިފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ގޮވާލީ މަރުގެ މައްސަލަތައް އަލުން ބަލަން ނިންމައި ތަހުގީގު ކުރިއަށް ދަނިކޮށް މަރުގެ ހުކުމް ތަންފީޒު ނުކުރުމަށެވެ.
އަފްރާޝީމް އަވަހާރަކޮށްލުމުގައި ބައިވެރިވި މީހުން ތަހުގީގަށް އެނގިފައި ވާއިރު އެއީ ސިޔާސީ ބޭނުމަށް ބަޔަކު ފައިސާ ދީގެން ކުރުވި ކަމެއް ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް މަރުގެ ހާދިސާއަށް ފަސް އަހަރު ވީއިރު ވެސް، ފައިސާ ހަރަދުކުރި ބަޔަކު މިހާތަނަށް ވެސް ހޯދިފައެއް ނުވެ އެވެ. އަދި ރިލްވާން ވަގަށް ނެގިތާ ތިން އަހަރު ވެފައިވާއިރު އެއީ ކޮން ބަޔަކު ކޮން މަގްސަދެއްގައި ކުރި ކަމެއްކަން ވެސް ހޯދިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަންބޭ
11 August 2017
މާވަރުގަދަ ބަޔަކަށް ހެދިގެން ކޮންމެކަމެއްވެސް ބައިނަލް އަގުވާމީ ތަހުގީގޭ ކިޔާ މިސޮރުމެން މީކޮންހަޅޭކެއްލަވާ ބައެއްތަ ! ބަލަ މިރާއްޖޭގެ ކަންތަށް ބަލާނީ މިރާއްޖޭގެ ފުލުހުންނ-ާއި ކޯޓްތަކުން ' ހިތްހަމަ ނުޖެހެންޏާ ރާއްޖެ ދޫކޮށް ކޮންމެވެސް ފަރެންޖީ ގައުމަކަށް ދޭ
ޑރ.
11 August 2017
އިތުރު ކުރިއެއް ފެޅީބާ
އަހަންމާ
11 August 2017
ތި ހެނދި އެއްޗެއް ހެދީ އަދީބަށް މަރުގެ ޙުކުމް އިއްވަން!
ފަޅުވެރިން
11 August 2017
ކަލޭ ގޮސް ބައިނަލްއަޤްވާމީ ތެރެއަށް އެރި އޮންނަންވީނު؟ ކޮން ބައިނަލްއަޤްވާމީއެކޭތަ ތިޔަކިޔަނީ ތަސްބީޙައެއްހެން؟ ބަލަ ތިޔަކިޔާ ބައިނަލްއަޤްވާމީ އެއް ހަމަ ވަނީ ރާއްޖެވެސް ލައިގެންނޭ މިހިރަ މޮޔަޔާ! ކަލެއަށް އެނގޭތަ ބައިނަލްއަޤްވާމީ އެއީ ކޮން އެއްޗެއްކަން؟ ރާއްޖެ ދޫކޮށްފައި ގޮސް ކަލޭމެން ބައިނަލްއަޤްވާމީ ތެރޭގައި އުޅެންވީނު؟ އެކަމަކު ޙަޤީޤަތަކީ، ރާއްޖެއިން ބޭރަށް އަރުވާލެވިގެން ތިޔައުޅޭ މީހުންތައްވެސް ދިރިއުޅެނީ ރާއްޖެއިން ލިބޭ ލާރިންނޭ!! މިވަރުގެ ގޮތެއް ނެތް ބައެކޭ މިއީ، އަބަދު ބައިނަލްއަޤްވާމީ، ބައިނަލްއަޤްވާމީ މިކިޔަނީ!!
ހިތާމަ
11 August 2017
ރީނދޫ ކުލައިގަވެސް އުޅޭނެ ތިފާޑުގެ ބަލިޖެހިފަ ތިބިމީހުން، ރީނދޫ ނޫން އެހެން އެއްވެސް ކުލަ އެއް ރީއްޗެއް ނުވާނެ، އެކަހަލަ ގޮތެއް ވެފަ ހުރިހެން ހީވޭ ... ފާޅުގަ މުންކަރާތްތަށް ހިންގާ އިރު އެވެސް ނުވޭ އެއްވެސް މައްސަލައަކަށް ...
ޢާއިލާ
11 August 2017
އަފުރާޝީމު މައްސަލަވެސް ރަނގަޅަށް ނިމޭއިރު ކުށްވެރިވާނީ ސިޑި ނޫނީ ސިޑިދަށް. އެއީ އެމީހުން ފިލާތިބީ އެސިޑި ދަށުގައިކަމަސްވާތީ. މިކަހަލަ ފަތުވާ ޤައުމުގެ ވަލިއްޔުލް އަމުރު ނެރުއްވަނީ. މީ އެންމެން ދަންނަ ޙަޤީޤި ބޮޑުސިއްރެއް. މިކަން ވެސް ނިމޭނީ އަދީބާ ހިސާބުންބާ. އޭގެ މައްޗަށް ނުދެވެނީބާ. އޭގެ މަތި އެއީ ސާފު ހުދު ފޮތިކޮޅެއްބާ. ބޯހަލާކު....
ހިތާމަ
11 August 2017
މަޙްލޫފް ގެ ވާހަކަޔަށް ފުރިހަމަޔަށް ތާއީދު ކުރަން ... އެ މުއައްސަސާ އެއްއަތަށް ގޮސް ހުސްވެފައިވާ މިންވަރު ނެނގޭ ޅަކޮއްޖެއްވެސް ނުހުންނާނެ ...
މުސަޅު
11 August 2017
ބަލަ ތިކޯލިޝަނުގައޭ އަފްރާސީމުގެ މައްސަލަ ތަހުގީގުކުރި ހެޑު އެހެރީ... އެބޭޅާ ދޫފުޅުންނެއްނޫންތޯ ވިދާޅުވީ އެފްބީއައިގެ ފުރިހަމަ އެހީތެރިކަމާއެކުއޭ ކުރިއަށް ދިޔައީ... އަދި ހުދު ނަސީދުގެ ދޮގުފުޅު ނުހައްދަވާ ދޫފުޅުންނެއްނޫންތޯ ވިދާޅުވީ ގާތިލުންވަނީ ފުރައިގެންގޮސް ގައބުވެފައޭ...
އަބްދުއްލާ
11 August 2017
2 ވަނަ ބޮޑު ހަގުރާމައިގަ ފުރއިގެންދިޔަކަމެ ނުވަތަ ނޫންކަމެއް ނޭގެ ހަސަން ފަރީދު އަދިވެސް ނުފެނޭ ، އިގިރޭސިންނަށްވެސް ނުފެނުނު ، މެލޭސިޔާ ފްލައިޓް ވެސް ނުފެނޭ އަދިވެސް ވީތަނެއްނޭގެ ކަނޑުއަޑިޔާ ފުރާޅު މަތިންފެށިގެނބަލައިފި އަދިވެސް ނުފެނޭ ، މާލެއިން ފުރައިގެން ދިޔަ ބޯޓެއް އަދިވެސް ނުފެނޭ . ދުނިޔެ އަށް ބަލާ އިރު ނުހޯދޭ ނޭގޭކަންތައް ވަރަށްގިނަ ދޯ
ޢާއިޝާ
10 August 2017
އަފްރާޝީމް މައްސަލަބެއްލެވި ބޭފުޅާ އެހުންނެވީ މިހާރު ތިޔަ ކޮޅުގަ އައްސަވާލައްވަންވީ ނޫންތޯ ކިހިނެއް ހިގައިދިޔަ ކަމެއްތޯ ކީއްވެތޯ ޚަރަދުކުރި މީހުން ނުހޯދުނީ. ސޮނީ ޓީވީއިން ދައްކާ ކްރައިމް ޕެޓްރޯލްގަ (ހިގާފައިހުންނަ ހަގީގީ ހާދިޘާތައް) ދައްކާ މުލުން ލުހެލައިގެން ނަގާތަންވެސް ރޭވި މީހުނާ ޚަރަދު ކުރިމީހުނާ އެކަން ހިންގާމީހުންވެސް ހޮދައިގަނޭ ކީއްވެބާ މިރާއްޖޭ މީހުނަށް އެކަން ނުވަނީ. މިކަން އެންމެބޮޑަށް އެނގިވަޑައިގަންނަވާނެ ބޭފުލަކަށް ހުންނެވީ އޭރުގެ ޕޮލިސް ކޮމިޝަނަރ ކީކޭބާ ވިދާޅުވަނީ.
ރޮކެޓް ސައިންސް
10 August 2017
ޕޕއމ ޕްރައިމަރީގަ ވާދަކުރުމުގެ ވިސްނުމެއް އޭރު އެބޭފުޅާ ގެންގުޅުއަވި. އިތުރު އެއްޗެއް ދެން ބުނާކަށް ބޭނުމެއްނޫން
ސިޔާސީ
10 August 2017
މިރާއްޖޭގެ ސިޔާސީ މައިދާނުގައި ރައީސުލްޖުމުހޫރިއްޔާ ކަމަށް ކުރިމަތި ނުލާ ވިސްނުމެއް ގެންގުޅޭ މީހެއް ދައްކަބަލަ. ރައީސްކަމެއް ބޭނުން ނޫނޭ ބުނި މީހަކު ވެސް ރައީސްކަމުގެ ހަޑި ހާވާފަ ނިކުމެގެން ގޮސްފި. ތިމާއަށް ހީވޭ އަޑުއިވޭ ކޮންމެ ވާހަކަ އެއް ތެދުކަމަށް ނުވެ ހިގައިދާނެ.