ހިތަދޫ: އެރަށުގައި ހުންނަ ޕީޖީ އޮފީހުގެ ގޮފީގެ ބިއްލޫރިގަނޑު ބަޔަކު ވަނީ ތަޅާލާފައި. ފޮޓޯ: އަހުމަދު އަދުޝަން
14 އޯގަސްޓް 2017 - 13:58
އައްޑޫގައި ހުންނަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ގޮތްޕަށް ރޭ ބަޔަކު ގެއްލުން ދީފި އެވެ.
ސ. ހިތަދޫގައި ހުންނަ ޕީޖީ އޮފީހުގެ ގޮފީގެ ބިއްލޫރިގަނޑު ތަޅާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި އެ މައްސަލަ ފުލުހުން ވަނީ ހުށަހަޅައިފަ އެވެ.
މި މައްސަލަ މިހާރު ފުލުހުން ބަލަމުން އަންނައިރު، މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެ އެވެ.
އައްޑޫގައި ހުންނަ ޕީޖީ އޮފީހުގެ ގޮތްޕަކީ ދެކުނުގެ އަތޮޅުތަކަށް ޚާއްސަކޮށްގެން ހަދާފައިވާ ތަނެކެވެ. ފެބްރުއަރީ 2012 ގައި ވެރިކަން ބަދަލުވުމާ ގުޅިގެން ހިންގި ހަމަނުޖެހުންތަކުގައި ވެސް އައްޑޫ ޕީޖީ އޮފީހަށް ބަޔަކު ގެއްލުން ދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޭރުވެލާ
15 August 2017
ދައުލަތުގެ މުދަލަށް ގެއްލުން ދިނުން ކުށްވެރި ކުރަން.. އެއީ ދިވެހި އެންމެހާ ރައްޔިތުންގެ މުދާ...
މުންގީޒް
14 August 2017
އެހެންވީމަ އޭ ހިތަދޫ އާއި ހިތަދޫ ގުޅިފައިވާ ރަތްތަކުގައި ތިފަދަ ތަންނަން ނަހަދަންވީ. މީދޫގައި ހުރިނަމަ ގެއްލުންނުދޭނެ
ސިފާން
14 August 2017
އައްޑޫ އެންނު ހިތުން ވަރަށް ތަހުޒީބު ބައެއް... ނާތަހުޒީބު ހުރިހާކަމެއް އެންމެ ކުރީ ދަރަޖައިގަ
މެކުސް
15 August 2017
ތަހުޒީބު މުޖުތަމައެއްގަ ބޮޑުވެފަހުރި މީހެއް ތިފާޑައް ކޮމެންޓް ނުކުރާނެ ...
މުހައްމަދު
14 August 2017
މަޖްލިސްކުރާގޭގެ ފާޚާނާއެއްގައިވެސް ރޯވި. އެކަންވެސް ބަލަނީ
އުނދުން
14 August 2017
ވެދާނެ ޕީޖީން ކުރާ ބައެއް ކަންކަމާ ބަޔަކު ހިތްހަމަނުޖެހިގެން ކުރިކަމަކަށްވެސް.
ޒުވާނާ
14 August 2017
ކަންކަމާއި ހިތްހަމަ ނުޖެހިގެން ތަންތާ ހުޅުޖެހީ ވަރަށްފަހުން.. ގެއްލުންވީ ރައްޔިތުންނަށް..
މެކުސް
14 August 2017
އައްޑު އަތޮޅަކީ އަހަރުމެން ގެ ފަސްގަންޑު އަހަރުމެންގެ އުފަން ބިން ... ކަލެއާ ބެހޭތަނެއްނޫން
މަދީނާ
14 August 2017
މެކްސް. އެހެންވެ ގާނޫނެއް ގަވައިދެއް ނެތިގެން ހިތުހުރި ގޮތަކަށް އުޅެ ގެއްލުންވީމަ ޕޮލިހުންގެ ބޮލަށް ކަނޑާލަނީ..
ރަދީފް
14 August 2017
بسم الله. الحمد لله. ދައުލަތުގެ އެއްވެސް އެއްޗަކަށް ގެއްލުން ދިނުން އެއީ ހިތާމަހުރިކަމެއް.މިހެން ކަންތައްތައް ކުރުމުން ހުތުރު ނަން ލިބެނީ ހަމަ މުޅި އަތޮޅަށް.މިފަދަ ކަންތައްތަކުން ދުރުހެލިވުމަށް އަޅުގަނޑުގެ މަސް ވަޅުލެވިފައިވާ ރަށް ކަމުގައިވާ ސ.ހިތަދޫގެ ހުރިހާ ރައްޔަތުންނަށް ނަސޭހަތްތެރިވަން.ވ.ވެދުން
ޒާ
14 August 2017
އައްޑޫ އަތޮޅުން މީހުން ހުސްކޮށް ރާއްޖޭގެ އެކި ތަންތަނަށް ވިއްސި ވިހާލި ކޮށްލަންވީ.
ހުސެން
14 August 2017
ތިކަން ކުރަން ކެރޭނެ މީހެ އެބަހުރި ތަ؟ ނުވެސް ކުރެވޭނެ؟ ރައްޔިތުންގެ ތަންތަން ރައްޔިތުން ބޭނުން ގޮތަކައް ހަދާނީ...
ރަދީފް
14 August 2017
ޒާ . ކަލޭ ތިޔައީ ހުވަހަންދޫ މީހެއްދޯ؟؟ ކެކެކެކެކެކެ