އަބްޅޯ (ވ) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފައިލް ފޮޓޯ
05 ސެޕްޓެމްބަރ 2017 - 14:16
ތިނަދޫ ދެކުނު ދާއިރާ އަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އިންތިޚާބުވި މެމްބަރު އަބްދުﷲ އަހްމަދުގެ ގޮނޑި ވެސް ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން މަޖިލީހަށް އަންގައިފި އެވެ.
މެމްބަރު އަބްދުﷲ ޖުމްހޫރީ ޕާޓީ ދޫކުރައްވައި، ފަހުން ޕީޕީއެމާ ގުޅިވަޑައިގެންފައިވާއިރު އޭނާ ވަނީ ޕީޕީއެމުން ވެސް ވަކިވެ ވަޑައިގެންފަ އެވެ. އެހެން ނަމަވެސް ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ވަކިކޮށްފި ނަމަވެސް އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު، ފަހުން ސުޕްރީމް ކޯޓުގެ ނިންމުމެއްގައި ބުނެފައިވާ ގޮތުގައި އެ ހުކުމް ކުރުމާ ހަމައަށް އެއްވެސް މެމްބަރެއްގެ މެމްބަރު ކަމާ ދޭތެރޭ ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް މިއަދު ވިދާޅުވީ އަބްދުﷲ ޕީޕީއެމްގެ ދަފުތަރުން ވަކިކޮށްފައިވާކަން ރައްޔިތުންގެ މަޖިލީހަށް މިއަދު އަންގާފައިވާ ކަމަށެވެ.
މެމްބަރު އަބްދުﷲގެ އިތުރުން ޕީޕީއެމުން ވަކިިކުރުމާ ގުޅިގެން ގޮނޑި ގެއްލުނު ކަމަށް އެ ކޮމިޝަނުން މިހާތަނަށް ނިންމާފައި ވަނީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފު މުހަންމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހަންމަދު އަމީތު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު އިބްރާހީމާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދުގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާން އެވެ. މި ދާއިރާތަކުގެ ބައި އިލެކްޝަނަށް އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ ތަައްޔާރުވަމުންނެވެ.
ގޮނޑި ގެއްލިއްޖެ ކަމަށް އީސީން ކަނޑައެޅުމުން ހަތަރު މެމްބަރަކު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެ ކޯޓުގެ ނިންމުމުގައި ބުނެފައި ވަނީ މެމްބަރު ކަމުގެ ގޮނޑިއާ ބެހޭ ގޮތުން ހުކުމަކާއި އަމުރެއް ނެރެފައިވާނެ ކަމަށާއި އެހެންވެ އެ ހުކުމް ނެރުމާ ހަމައަށް އެއްވެސް މެމްބަރެއްގެ މެމްބަރު ކަމާ ދޭތެރޭ ސުވާލެއް އުފެދޭނެ ޖާގައެއް ނެތުމުން، އެ މައްސަލައިގައި އެ ކޯޓުން އިތުރު ނިންމުމެއް ނިންމަން ނުޖެހޭ ކަމަށެވެ.
އެހެން ނަމަވެސް، ސުޕްރީމް ކޯޓުން އެ މައްސަލަ ނިންމާފައި އާންމުކުރި ބަޔާނުގައި، ގޮނޑި ގެއްލިފައިވާ ކަން ނުވަތަ ނުގެއްލޭ ކަން ވެސް ސީދާ ކަނޑައެޅިގެން ބުނެފައެއް ނުވެ އެވެ. އަދި އެ ދާއިރާގެ ގޮނޑިތައް ހުސްވެއްޖެ ކަމަށް ސަރުކާރުން ބުނާ އިރު އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ގޮނޑިތައް ނުގެއްލޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑަކުޓަރު
05 September 2017
ޕިންކަށް ނޫނީ ސިންކަށް ، މިވަރުން ދާނަމަ މަޖްލީހުގައި ނުތިބެވޭނެ މިނޫން ބަޔެއް. ހީވަނީތޯ މިހެން ފިއްތާ ބިރުދައްކާ ނުވަތަ ބުނާހާ ކޮންމެކަމެއް ދާއިމަށް ވެރިކަމާއި ގަދަބާރުން ތިބެވޭނެހެން އުމުރައް. ދިވެހީންނަކީ ކަންކަމުގައި ވަގުތު ޖެހުނީމަ ކުރާބަޔެއް. 10ޖެހީމަ ފިހާރަތަށްވެސް ފުރޭނީ. ވީމާ އަދި 10 ނުޖަހަނީ
ޙާސަރު
05 September 2017
ސްޕްރީމް ކޯޓްގެ ނިންމުމާއި ޚިލާފް އެތައްކަމެއް އީސީން ކުރާއިރުވެސް ސްޕްރީމް ކޯޓުން ކަމެއްނުކުރެވެނީ ބަލަކީއްވެހޭ!؟
ގުޅި
05 September 2017
"ގުޅިގެން"
ޢިޙްސާންތެރިޔާ
05 September 2017
ކޯޓުގެ ހުކުމުގައިއޮތީ އިންތިހާބުވި ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ވަކިކޮށްފިނަމަ އެއް ނޫންތޯއެވެ. ވީއިރު މިމެމްބަރުގެ ގޮނޑި ގެއްލޭނެ އެއްވެސް ހުކުމެއް ޝަރުއީ ކޯޓަކުން އަދިއެއްނުކުރެ އެއްނު. އެހެނީ މިމެމްބަރު އިންތިހާބުވީ ޖުމްހޫރީޕާޓީގެ ޓިކެޓުގަ. ޢޭނާ ވަކިކުރީ ޕޕމ އިން. ކޮއްކޯ އަވަހަށް ގިނިކަންޏާ. ތިމައްސަލަ ސުޕުރީމު ކޯޓަށް ހުށައަޅ ާ
ގެދާނޯމޮސް
05 September 2017
" ގޮނޑި ގެއްލިއްޖެ ކަމަށް ގަބޫލެއް ނުކުރަން " : އެކަމަކު އެދާއިރާ ތަކުގެ އިންތިޚާބެއް އަލުން ބާއްވަން ޖެހިފަވާ ކަމަށް ޤަބޫލު ކުރަމެވެ. - ޕީ ޕީ އެމް - މާލެސިޓީ. -
falaku ain
05 September 2017
ގާނޫނުގައި މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތާއި އެޙާލަތު މެދުވެރިވެއްޖެ ކަން ޤާނޫނުގެ އަލީގައި ނިންމާނީ ސްޕްރީމް ކޯޓުން. ސުއާލަކީ ސްޕްރީމް ކޯޓުން ޙުކުމް ކުރަނީ ގާނޫނުގައި ބުނާ ޙާލަތު މެދުވެރިވެއްޖެ ކަމަށްތޯ ނުވަތަ އިލެކްޝަންސް ކޮމިޝަނުން ބުނާ ބަޔަކުގެ ގޮނޑި ގެއްލިއްޖެކަމަށްތޯ؟
ސަޅިބައިސާ
05 September 2017
ދުވަސްކޮޅަކުން ﷲ އިރާދަކުރެއްވިއްޔާ އިލެކްސަން ކޮމިސަންގެ ރައީސް ސުލައިމާނުގެ ގޮނޑިވެސް ގެއްލޭނެ. ތިއަކުޅެނީ ބަޑިބޭހާ.
ފަޑުއްކަ
05 September 2017
ތިކަން ވެސް ތި ކުރަނީ އިންސާފަކުން ނޫނެވެ.ތިކަން ވެސް ތި ކުރަނީ ޚުދުމުޚްތާތު އަނިޔާވެރި ގޮތަށެވެ.
ދޮޅިދާން
05 September 2017
ގާނޫނު އަސާސީ ގެ ވާހަކަ ދައްކަން ރައީސް ޔާމީނު މާ ތާހިރެއް ނޫނެވެ. އެމް.އެމް.އޭ ސަރަހައްދުގައި ނަޝީދުގެ ދައުރުގައި ޔާމީނު ދެއްކެވި ވާހަކަފުޅުގެ ރެކޯޑިން އެހެރީ ފެންނަން!
ހޮނޑާފުށީ ބޮޑުހުސޭން
05 September 2017
ހަގީގަތަކީ ތިޔައިީ ހަމަ އަމިއްލަޔަށް ޕީޕީއެމް އިން ގެއްލުވާލާ ގޮނޑިއެއް ، އިންތިހާބެއް މިހާރު ބޭއްވިޔަސް އެމްޑީޕީ މީހުން ވޯޓުދޭނީ ސަރުކާރާއި އިދިކޮޅަށް ، ގާސިމާއި މައުމޫނެއް ޔާމިނު ފަޅިޔަކަށް ނާރާނެ ، ނިކަން ރީތި ބޮނޑިއެއްބޯނެ މިފަހަރު އިންތިހާބުގަ ، އިންތިހާބު ބާއްވާނެކަމާއިމެދުވެސް ޝައްކު ،
modaf
05 September 2017
އިލެކްޝަންސް ކޮމިޝަނަކީ މިހާރު ރައްޔިތުންގެ މަންދޫބުންގެ ގޮނޑި ގާނޫނުއަސާސީއާ ޚިލާފަށް ގެއްލުވާ ތަނަކަށްވީތާ. މިކަން މިކުރުވަނީ ދެމާނަ ނެގޭ ހުކުމްތައްކުރާ ކޯޓުގެވެސް ރުހުމާ އެކުގަ ކަމަށް ގަބޫލުކުރެވޭ. މިއެންމެންވެސް މިއުޅެނީ ސަރުކާރު ދިފާއުކުރުމުގަ. ދެން ތިގޮނޑިތަށް ގެއްލުވައިގެން ވޯޓެއްނަގާބަލަ. ވާގޮތެއް ބަލަން.