ަރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ އެކު ފަސްޓް ލޭޑީ ފާތުން މަޑުއްވަރީގައި: އެ ދާއިރާގެ ގޮނޑި ޕީޕީއެމުން ކަށަވަރުކުރާނެ ކަމަށް ފަލާހު ވިދާޅުވި. --ފޮޓޯ/ޕީޕީއެމް
19 ސެޕްޓެމްބަރ 2017 - 12:35
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ގޮނޑިއަށް، ވެރިކަން ކުރާ ޕީޕީއެމްގެ ކެންޑިޑޭޓަކު ހޮވުމުގެ ކެމްޕޭން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމްއާ އެކު އިއްޔެ ފަށައިފި އެވެ.
މަޑުއްވަރީ ދާއިރާގައި ހިމެނޭ މީދު އަށް ފަސްޓް ލޭޑީ ފާތުން އާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އިތުރުން މަޖިލީހުގެ ބައެއް މެމްބަރުން އިއްޔެ ވަނީ ވަޑައިގެންފަ އެވެ.
އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވީ ރ. އަތޮޅަށް ކުރައްވާ ދަތުރުގައި ފަސްޓް ލޭޑީ ކުރިއަށް ގެންދަވާނީ އެކަމަނާގެ އިޖުތިމާއީ ޚިދުމަތްތައް ކަމަށެވެ. ރައްޔިތުންނާ ބައްދަލުކުރައްވައި ހާލު ބެއްލެވުމުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކުގެ ދަތިތައް އޮޅުންފިލުއްވާނެ ކަމަށް ފަލާހް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މެމްބަރުން ކުރިއަށް ގެންދާނީ ކެމްޕޭން. މި ދާއިރާގެ ބައި އިލެކްޝަނާއި 2018 ގެ އިންތިހާބު ވެސް ކާމިޔާބުކުރާނީ ޕީޕީއެމުން. އަޅުގަނޑުމެން މެމްބަރުން މިތިބީ މަޑުއްވަރީ ދާއިރާގެ ގޮނޑި ކަށަވަރުކުރަން ފޫގަޅާލައިގެން،" ފަލާހު ވިދާޅުވި އެވެ.
މަޑުއްވަރީގެ ޕީޕީއެމް މެމްބަރުންނާ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސަ ވާހަކަ ދައްކަވަނީ. ފޮޓޯ/ޕީޕީއެމް
އޭނާ ވިދާޅުވި ގޮތުގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ޖަލްސާއެއް ވެސް މީދޫގައި ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ފަލާހު ވިދާޅުވީ ކެމްޕޭން ފެށި ނަމަވެސް މަޑުއްވަރީ ދާއިރާ އަށް ޕީޕީއެމުން ނެރޭނެ ކެންޑިޑޭޓަކު އަދި ނުނިންމާ ކަމަށެވެ. އެކަކަށް ވުރެ ގިނަ މީހުން އެ ދާއިރާ އަށް ކުރިމަތިލައިފި ނަމަ ޕާޓީން ޓިކެޓް ދޭނީ އޮންނަ އުސޫލުގެ ތެރެއިން ޕްރައިމަރީއަކުން ކަމަށް ވެސް ވިދާޅުވި އެވެ.
މަޑުއްވަރީ ދާއިރާގެ ކެމްޕޭން ފެށިއިރު، އެ ދާއިރާގެ ގޮނޑި މިހާރު ތަމްސީލު ކުރައްވަނީ މެމްބަރު މުހައްމަދު އަމީތެވެ. ޕީޕީއެމްގެ ޓިކެޓުގައި އެ ދާއިރާ އަށް އިންތިހާބުވެވަޑައިގެންނެވި އަމީތު ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓުމުން އޭނާ ވަނީ ޕާޓީން ވަކިކޮށްފަ އެވެ. އޭގެފަހުން، ސުޕްރީމް ކޯޓުން ނެރުނު ހުކުމާ ގުޅިގެން، ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނުގައި އެދިގެން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
އެކަމަކު ސުޕްރީމް ކޯޓުގެ އަމުރުގައި ބުނަނީ، އެ ހުކުމް ކުރުމުގެ ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް އެ ހުކުމުގެ ބާރު ނުހިނގާނެ ކަމަށެވެ. އަމީތު ޕީޕީއެމުން ވަކިކުރީ އެ ހުކުމް އިއްވުމުގެ މާ ކުރިންނެވެ. އެކަމަކު ޕީޕީއެމްގެ ސުލޫކީ ކޮމެޓީން އަލުން މައްސަލަ ބެލުމަށް ފަހު ނިންމީ، އޭނާ ވަކިކުރީ އަމުރުގެ ފަހުން ކަމަށެވެ.
މަޑުއްވަރީ ދާއިރާގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ނިންމި ނިންމުން ބާތިލްކޮށްދޭން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމާފައި ވަނީ މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން އިތުރަށް އެ ކޯޓުން ނިންމަން ޖެހޭ ކަމެއް ނެތް ކަމަށެވެ. އޭގެ މާނައަކީ، ގޮނޑި ނުގެއްލޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު ޕީޕީއެމުން ބުނަނީ ގޮނޑި ގެއްލިއްޖެ ކަަމަށެވެ.
ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނުން އަންނަނީ ބައި އިލެކްޝަނަށް ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓައްޕު ޙަސަން / އިނގުރައިދޫ
20 September 2017
ފަލާޙޫ. ކަލޭ މޮޔަވީތަ؟ ހަނދާން ނައްތާލާ. ދާއިރާގެ އަތޮޅު ކައުންސިލް ގޮނޑިއާއި 5 ރަށު ރަށު ކައުންސިލް ގޮނޑިތައް ނަގަން ކުރި މަސައްކަތުގައި އަހަރެމެން ވާނީ ކަލޯ އަށް ދޮންބަތް ކާންދީ ލޮނު ބޮއްވާލާފައި. މި ފަހަރު އެއަށްވުރެ ބޮޑުވަރުކޮށްލާނަން. ބަލަން ހުންނާތި.
ރަދީފް
20 September 2017
ކެމްޕެެއިން ކަލޭމެންނަށް ، ގޮނޑި އޮޕޮޒިޝަނަށް.އިންޝާﷲ ވ.ވެދުން
ހަބީބު
20 September 2017
ޔާމީނައް ތާއީދުކޮއް މަޖިލީހައް ޕީޕީއެމް މީހަކު މިވަގުތު ނުހޮވުން ރަނގަޅީ މަށަކީވެސް ޕީޕީއެމް މީހެއް ﷲ ގަނދީ ހުވާކޮއްފަމިބުނީ ލޯމަތީގަ އެހެރަ ބުނެލާ ނުބައިބަސްތަކުން ކަނިބުރައިގެންދަނީ މައުމުނުއެއީ ކާންދިންއަތް ނަމަވެސް އެބޭފުޅާޔާދޭތެރޭ ކަންއެކުރަނީ އެއްގޮތަކައްވެސް ރަނގަޅަކައްނޫން
ހަސަން އާދަން
20 September 2017
މޭންޑޭޓަރީ އާއި ހުއްތު އަށް ވަރަށް ސަލާމް. ތިޔަ ހިސާބުގަނޑުގަ ގެދޮރު ހުރީމަ ނިމުނީ ދޯ، އޮޕޮޒިޝަން އަށް އެޕެޒިސިސަން ކިޔަސް. ޓްވިޓާރ ބެލީމަ ތިޔަބުނާ މީހުން ލިއާ ސާމާނު ފެނިފަ ގައުމު ލަދުގަންނަވަރުވޭ.
މަޑުއްވަރި ކަނަބަލުން
20 September 2017
މި ދާއިރާއަށް މުގޯލި ޖަހާ އެތައް ލަޓޯފަޓޯ ޕީޕީއެމް މީހުން އެބައުޅޭ މިހާރުވެސް ''އަވަސް'' ނޫސް ފަދަ މަޖައްލާތަކަށް އިންޓަވިއު ދީގެން. ކިޔަވައިގެން ހުރި ރަގަޅު ހަރުދަނާ ވަކި ޕާޓީއަކަށް ''ނުވިކޭ''، ހައްގު ބަސް ބުނަން ކެރޭ، މަޖިލިސް ތެރޭ ރާމާމަކުނެއްހެން ނޫޅޭނެ، ހެޔޮ ވިސްނުމުގެ މެންބަރެއް ކުރިމަތިލައިފިއްޔާ އަހަރެން ވޯޓް ދޭނަން.
ޗިކުސް
19 September 2017
ތި ރަށަކީ މައުމޫންއަށް ތާއިދު އޮންނަ ރަށެއް. ދެން އަތްޖަހާ.
ސާދާސީދާ
19 September 2017
މާކުރިން ކެނޑި ބަޔަކު އަލުން ނުކެނޑޭނެ. ގޮނޑިއެއް ނުގެއްލޭ!
ރުމާލް 2
19 September 2017
ރަށަށްއައިމަ ބަޔަކު ނުކުންނާނެ ނުކުންނާނީ ސްކޫލް ކުދިންނާއި، ސަރުކާރު މުވައްޒަފުން ދެން ވަރަށް މަދުވާނެ ނުކުންނާނެ ބަޔަކު މިނޫން ސަޕޯރޓަރުންނެއް ނުތިބޭނެ މިމީހުންނަށް ކިޔަންވީ ސަޕޯޓަރުންނޭތަ؟
ހުއްތު
19 September 2017
މޭންޑޭޓްރީގެ ނަމުގައި ކޮއްފައިވާ ކޮމެންޓުގައި ފާހަގަކޮށްފައިވާފަދައިން މާޅޮސްމަޑުލަށް އުފަން ދަރަިއކަށްނޫނީ މާމެން ތާއިދެއް ނުކުރާނަން. ޕާޓިއަށްވުރެ މުހިންމީ ދާއިރާގެ މީހުން.ޕާޓިއަކުންނޫން ކޮންމެ ތާކު އަޔަސް ދާއިރާގެ މީހުންނަށް ދާއިރާގެ މީހުން އިސްކަން ދޭންވާނެ.މިކަމުގެ ހޭލުންތެރިކަން އިތުރ ކުރަންވާނެ.
ދޮން ކަލޯ
19 September 2017
މިހާރުވެސް މަޑުއްވަރީގަ ކަރަނޑްނެތް. އަދިވެސް ގޮސް ބާރައް އަތްޖާ. 2018 ގަ ލިބޭނެ ވޯޓެއްނެތް.