ޚަބަރު / އިދިކޮޅު ފަރާތްތައް

ގައިދީ މަރުވީ އެކަށީގެންވާ ފަރުވާ ނުލިބި ކަމަށް ބުނެ ސީރިއަސް ތުހުމަތުތަކެއް!

އަބްދުﷲ ރަޝީދު: އޭނާ އަށް ފަރުވާ ދިނުމުގައި ކަރެކްޝަންސް އިން އިހުމާލުވެފައިވާ ކަމަށް އާއިލާއާ ހަވާލާދީ އެމްޑީޕީން ބުނޭ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މިއަދު މަރުވި ގ. ކީމާ އަބްދުﷲ ރަޝީދަށް އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށްދިނުމުގައި ކަރެކްޝަނަލް ސާވިސް އިން އިހުމާލުވެފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސީރިއަސް ތުހުމަތުތަކެއް ކޮށްފި އެވެ.

މީގެ ދެ އަހަރު ކުރިން، 2015 ގެ މެއި އެއް ވަނަ ދުވަހު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފަސް އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ، 51، މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

އޭނާގެ އާއިލާއާ ހަވާލާދީ އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ "ނުހައްގުން ޖަލަށްލައި ހައްގުތަކުން މަހްރޫމްކުރި" އަބްދުﷲ އަކީ އެއްވެސް ބައްޔަކަށް ބޭސްކުރަމުން ނުދާ، ޖާނުން ވަރުގަދަ މީހެއް ކަމަށެވެ. އެކަމަކު ޖަލަށް ލީ ފަހުން ސިއްހީ ހާލަތު ދަށްވަމުންދާތީ، އެކި ފަހަރުމަތިން ފަރުވާ އަށް ކަރެކްޝަންސްގައި އެދުމުން ވެސް އަޅާލާފައި ނުވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ. އެ ބަޔާނުގައި އާއިލާއާ ހަވާލާދީ ބުނީ އަބްދުﷲ އިއްޔެ މާލެ ގެނެސް ފަރުވާ ދޭން ފެށީ، އަނބުރައިގަނެގެން ގޮޅި ތެރެއަށް ވެއްޓުމުން، އެ ވަގުތު ގޮޅީގައި ތިބި މީހުން އަޑުގަދަކުރަން ފެށުމުން ކަމަށެވެ.

މި މައްސަލާގައި ކަންބޮޑުވުންފާޅުކޮށް، އިދިކޮޅު ޕާޓީތަކުން ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ އަބްދުﷲ އަށް ފަރުވާ ދޭން ފެށީ ހޮޑުލާއިރު އަދި ބޮޑުކަމުދާއިރު ކަޅުރަތް ކުލައިގެ ލޭ އަންނާތީ ސިއްހީ އެހީތެރިކަން ފޯރުކޮށްދޭން އެދުނުތާ ވެސް ތިން ވަނަ އަށް ވީ ދުވަހު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއެއްގެ ސިއްހީ ހާލަތު އެހާ ދަށަށް ދިޔައިރު ވެސް ފަރުވާ ލަސްކުރުމަކީ އެ މައްސަލާގައި ކަރެކްޝަންސްގެ އިހުމާލު އޮތް ކަމަށް ތުހުމަތުކުރަން ޖާގަ އޮތް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބަލި ހާލަތު ސީރިއަސް ކަމަށް މި މަހުގެ ހަތް ވަނަ ދުވަހު ޝަކުވާކުރުމުން ވެސް ފަރުވާ ދޭން މިގެނައި ކަމަށް ވަނީ އިއްޔެގެ ވަގުތެއްގައި. އެހެންވީމަ މިކަން ހިނގައިދަ ގޮތަށް ބަލާއިރު އަބްދުﷲ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމްތައް އެންމެ ފުރިހަމަ އަށް ގެންގޮސްފައި ނުވާ ކަމަށް އަޅުގަނޑުމެންނަށް އެކި ގޮތްގޮތުން މައުލޫމާތު ލިބިފައިވޭ،" އޭނާ ވިދާޅުވި އެވެ.

އަމީތު ވިދާޅުވި ގޮތުގައި ޖަލުގައި ފަރުވާ ދިނުމާއި އެހެން ވެސް ޒަރޫރީ ކަންކަން ފަހިކޮށްދިނުމުގައި އިހުމާލުވާކަން އޭނާ އަށް ވަނީ ތަޖުރިބާ ކުރެއްވިފަ އެވެ. އެހެންކަމުން އަބްދުﷲގެ މަރާ ގުޅޭގޮތުން ކުރަމުންދާ ތުހުމަތުތަކަކީ ވަރަށް ސީރިއަސްކޮށް ބަލަން ޖެހޭ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އަމީތު ވާހަކަ ދައްކަވަނީ. ޖަލުތަކުގައި ގައިދީންނަށް އިހުމާލުވަމުންދާ ކަމަށް އަމީތު ވަނީ ކަންބޮޑުވުންފާޅުކުރައްވާފައި.

"ޖަލުގައި ވަރަށް ބޮޑެތި އިހުމާލު އެބަހުރި، އަޅުގަނޑު އެކަން ތަޖުރިބާކޮށްފިން. އެހެންވީމަ އަބްދުﷲ ރަޝީދަށް އެކަށީގެންވާ ފަރުވާ ނުލިބުނު ކަމަށް ދެކެވޭ ވާހަކަތަކާ މެދު އަޅުގަނޑު ކަންބޮޑުވަން،" އަމީތު ވިދާޅުވި އެވެ.

ފަހަކަށް އައިސް ޖަލުގައި "ގޮތް ނޭނގޭ" މަރުތައް އިތުރުވެފައިވާ ކަން ފާހަގަކުރެއްވޭ ކަމަށާއި މިހުރިހާ މަރުތަކަކީ ވެސް ކަމާގުޅޭ އިދާރާތަކުން ބަލަން ޖެހޭނެ މައްސަލަތަކެއް ކަމަށް އަމީތު ވިދާޅުވި އެވެ.

"އަބްދުﷲ ރަޝީދުގެ މަރު ވެސް ކަމާގުޅޭ މުއައްސަސާތަކުން ތަހުގީގުކުރަން ޖެހޭނެ. ހާއްސަކޮށް، ހިއުމަން ރައިޓްސް ކޮމިޝަނުން އިސް ނަގައިގެން މިކަން ބަލައި އަބްދުﷲ ރަޝީދާ މެދު އިހުމާލުވެފައިވޭތޯ ބަލަން ޖެހޭ،" އަމީތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ޖަލުތަކަކީ އިންސާނުން ބައިތިއްބަން އެކަށީގެންވާ ތަންތަނެއް ނޫނެވެ. މިއީ ވެސް އެޗްއާރުސީއެމުން ބަލައި ފިޔަވަޅު އަޅަން ޖެހިފައިވާ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

53 ކޮމެންޓް, 228 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 90%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެގާރަ

12 October 2017

ދެން ހުރިހާ ގައިދީން އަމީތުމެން ގެއަށް ގެންގޮސް ކާނދީ، ނިންދާވަންވީނުން. ބޯ ހަލާކު. މިސޮރާ ހެދި

The name is already taken The name is available. Register?

އަސްލު

11 October 2017

ރައްްޔިތުންނަށް ބިރުދައްކާ ޑްރަގް ވިއްކާމީހުން ރޯމާ ދުވާލު މީހުން މަރާމީހުން، ތިބެނީ ރަށުތެރެއަށް ދޫވެފަ، އެކިފަހަރުމަތިން އަތުލައިގަންނައިރު އެތައްބައިވަރު ކުށުގެ ރެކޯޑްތައް، މިބައިގަނޑު ޖަލުން ދޫވާސަބަބެއް ނޭގޭ.

The name is already taken The name is available. Register?

ނިމުނީތަ

11 October 2017

ހަމައެކަނި ޕޯޑިއަމްގަ ވާހަކަ ދައްކާލާފަ ބަޔާން ނެރިލާފަ ނިންމާލަނީތަ؟ އެއާއިލާގެ ފަރާތުން އެކަމުގައި ދައުވާކޮށް ދިނުމަށް އެހީވިއްޔާ ކީއްތޯވާނީ؟ ތިޔަހާ ގިނަ މައުލޫމާތު އެއްކުރެވުމުން މައްސަލަ ހުށަހަޅަންވާ ގޮތަށް ހުށަނާޅާ ތިބެ މޮޅެތި ވާހަކަ ދެއްކުމަކުން އަދި ނުފުދޭ.

The name is already taken The name is available. Register?

ކަޅުތިކި

11 October 2017

ރާއްޖޭގެ ޖަލުތަކުގައި އިންސާނުން ބަހައްޓާން އެކަށީގެން ނުވަންޏާ ކުށް ނުކުރީމަ ނިމުނީ...

The name is already taken The name is available. Register?

ޓިންކަރމޭން

11 October 2017

ތީ ސަރުކާރު ފެއިލްވެފަ އޮތް މިންވަރު އަންގައިދޭ ވާހަކައެއް.

The name is already taken The name is available. Register?

ފަޒީލް އަލީ

11 October 2017

ބަލަ ކަރެކްޝަންސް އިން އެބަ ބުނޭ އޭގެ ކުރީ ރޭ އޭނާގެ ހާލު ދެރަވީމަ އައިޖީއެމްއެޗްއަށް ގެނައިމަވެސް އެ ހޮސްޕިޓަލުން އޮބްޒަވޭޝަންގައި ބޭއްވީއޭ. ސީރިއަސް ވީމަ އީއާރްއަށް ގެންގޮސް ފަރުވާ ދޭންފެށީ. އެހެންވީމާ މި ކަމުގައި އިހުމާލުވީ ހޮސްޕިޓަލަކުން ނޫންތަ؟

The name is already taken The name is available. Register?

ޣަނީ

11 October 2017

ޢެކަންމަތިކޮށްފަ އޮންނަނީ ކަރެކްސަަނާ. ގާނޫނީ ހަމަތަކުގެ މަތިން ކަރެކްސަން އިހުމާލު ނުޥަ އެއްގޮތްވެސް ނެތް

The name is already taken The name is available. Register?

ފެނުނުމީހާ

11 October 2017

07 ފެބްރުއަރީ2012 ގައި ޕޮލިހުން ރައްޔިތުމީހާގައި މީދާތަކެއްގައި ތަޅާހެން ހަމައެއް ލަމައެއްނުބަލާ ތެޅިތެޅުންކޮބައިތޯ؟ކުށްވެރިއެއްނުވޭތޯ

The name is already taken The name is available. Register?

އިޚްސާލް

11 October 2017

ޖަލުގެ ގައިދީއަކަސް އާއްމު ރައްޔިތަކަސް ބަލިވީމާ ދޭންޖެހޭ ފަރުވާ ދެވެން ވާނެއެވެ. އެކަމަކު، ޢަބްދުﷲ ރަޝީދު ޖަލައްލާފައިވަނީ، ނުހައްގަކުން ނޫނެވެ. ފުލުހަކަށް އަނިޔާކޮށްގެންނެވެ. އަބްދުﷲ ރަޝީދުވެސް އެ ފުލުސްމީހާއަށް އަނިޔާކުރިތަން އެ އޮތީ މުޅި ދުނިޔެއަށް ފެންނާށެވެ. ޢަބްދުﷲ ރަޝީދު ޖަލަށް ވަންނަން ޖެހެނީ އިދިކޮޅު ފަރާތްތަކުގެ ސަބަބުންނެވެ. އެހެންކަމުން ފަރުވާ ދިނުމުގައި އިހްމާލުވިމީހުންގެ އިތުރުން އިދިކޮޅު ފަރާތްތައްވެސް މިކަމުގައި ޒިންމާވާންޖެހޭނެއެވެ.

The name is already taken The name is available. Register?

ޞުިެި

11 October 2017

ގާނޫނު އޮތީ ތިހިނެއްނޫނެވެ. ގާނުނުގެ ކުރިމަތީގައި ތިބެފުޅާގެ ހިޔާލުގެ ހައިބަތު ދަށެވެ.

The name is already taken The name is available. Register?

1234

11 October 2017

މަރުޙޫމުގެ ފުރާނައަށް ރަޙްމަތް ލައްވާށި! ޔޫޓިބްގަ އިން ވީޑިޔޯ ބަލާލީމަ އެބަފެނޭ ދިވެހި ދަރިއެއް އަަދި ފުލުހެއްގެ ބޮލާއި މޫނުގައި ކޮޅުފައިން އަބްދުﷲ ރަޝީދު 4 ފަހަރަކަށް ޖަހާތަން. ކިތަންމެ ރުޅިއަޔަސް އެހެން އިންސާނަކަށް އަނިޔާއެއް ކުރިނަމަ އެކަމުގެ އަދަބު ލިބެން ޖެހޭނެކަން ގަވޫލުކުރަން ޖެހޭނެ. އެކަމު އެދަބަކީ އޭނާ ޖަލުގައި ބަހައްޓައިގެން މަރާލުމެއް ނޫން! މިމައްސަލަ ތަހުގީގުކޮށް ބަލަން ޖެހޭނެ. މީބަޔަކުގެ އިހުމާލުން ވީ މަރެއްތޯ ބަލާ ފިޔަވަޅު އަޅަން ޖެހޭނެ!

The name is already taken The name is available. Register?

ބޮން

11 October 2017

ދެރައީ މުއައްސަސާތައް ވާގިނެތިފައިވާއިރު ކޯޓްތަކުން އިންސާފު ނުލިބޭތީއެވެ. މިދާވަރުން ދާނަމަ މީގެ ތިން ހަތަރު އަހަރުފަހުން މިރާއްޖޭގައި އިންސާފު ގާއިމް ކުރާނީ މަގުމަތިންނެވެ. އެމީހަކަށް ހޯދުނުގޮތަކަށެވެ. މިއީ ހިތާމަހުރި ކަންބޮޑުވާން ޖެހޭ ކަމެކެވެ.

The name is already taken The name is available. Register?

ރަކިސްބޮޑުގެ ބޭބެ

11 October 2017

އެ މަރުޙޫމުގެ ފުރާނައަށް ރަޙްމަތް ލައްވާށި! އަބްދުﷲ ރަޝީދު އެމް.ޑީ.ޕީއަށްޓަކައި ވީ ގުރުބާނީގެ އަގު އަދާކުރީ އަމީތުގެ ނޫސް ކޮންފަރެންސް އަކުން. ހެޔޮވާނީ ކިހިނެއް ރައްޔިތުން ރާކިސް ކުރަން އެމް،ޑީ.ޕީގެ އިސްވެރިން ދުރުގަ ކުޅިބަލަންތިބެފަ ނިމެތި ރައްޔިތުމީހާ ހަނާވަނީ ރައްޔިތުންނޭވެ ހޭއަރާށެވެ. ސިޔާސީ މީހުންގެ ބަހަށް ނުވިކޭށެވެ. އެކަލޯ މެންނަށް އޮތީ އިއްޒަތުއް ނަފްސެވެ. އަހަރުމެން ނިކަމެތިންނަށް އޮތީ ހަމަ ނިކަމެތިކަމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454