ރައީސް ޔާމީންގެ ދެކަނބަލުން ބުރުޖް ޚަލީފާގެ މަތިން ދުބާއީ ބައްލަވާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް
16 އޮކްޓޯބަރ 2017 - 20:44
ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖް ޚަލީފާ އަށް މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.
ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި ހުންނަ ބުރުޖް ޚަލީފާ އަށް ރައީސްގެ ދެކަނބަލުން ޒިޔާރާތް ކުރެއްވުމުން އެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ އެ ތަނުގެ ހެޑް އޮފް ޕްރޮޓޮކޯލެވެ. އެ ޒިޔާރަތުގައި ރައީސްގެ ދެކަނބަލުން ވަނީ ބުރުޖް ޚަލީފާގައި އިއްޒަތްތެރިން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވައިފަ އެވެ.
ބުރުޖް ޚަލީފާއަކީ 2008 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެންމެ އުސް އިމާރާތުގެ ރެކޯޑް އޮންނަ އިމާރާތެވެ. އުސްމިނުގައި 2700 ފޫޓް ހުންނަ އެ އިމާރާތުގައި 164 ފްލޯ ހުރެ އެވެ.
ތިން ދުވަހުގެ މުއްދަތަށް ޔޫއޭއީ އަށް ރައީސްގެ ދެކަނބަލުން ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ އިސް ވެރިންނާ ބައްދަލު ކުރައްވައި، މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިޝަން އިޒް ޕޮސިބަލް
19 October 2017
ގެ ޝޫޓިންގް ވެސް ތި ކަމަކާ ހެދި ޓޮމް ކްރޫސް ވަނީ ކެންސަލް ކޮއްފަ
އީނާޝް
17 October 2017
ކަލޭނޭ !! ހަދަމައްޗެއްގައޭ މަމެންގެ ރައީސްމިއުޅުއްވަނީ!!
ޙަމަހުވާ
17 October 2017
ތިދެންމާމޮޅު ކަމެއްތަތިކުރެވުނީ. ޜައްޔިތުންގެ ފައިސާހަރަދުކޮއްފަ ތި ތަނަތަނައް ފުރަފުރައިގެން ދާއިރު އިހުލާސްތެރިކަމެއް ހުރިއްޔާ ނިކަން ތިޔަދާ މަގުސަދު ހާމަކޮއްދީބަލަ. ޥެރިކަމައް އައިތާކާރީ ހީވަނީ މީސިންގަޕޫރުގެރައީސް ހެން.
އަލީ!
17 October 2017
ޔޫއޭއީ ގެ ވެރިރަށަކީ އަބޫދާބީ.. ބުރުޖް ޙަލީފާ ހުންނަނީ ދުބާއީގައި، ރަގަޅުކޮށްލުން އެދެން
އަލީ!
17 October 2017
މަވެސް އެރިން ތިތަނަށް..
ޓެކް މޭން
17 October 2017
މިހަބަރަކީ މާކަށް މުހިންމު ހަބަރެއް ނޫން. ރައްޔިތުން ބޭނުމީ ރައްޔިތުންގެ ހައްގުގަ އެއްވެސް ފައިދާހުރި އެއްބަސްވުމެއް ވެވުނުތޯ؟ ބުރުޖުހަލީފާގަ ޖޫސް ބެއްލެވިވާހަކަ އަޑުއަހާކަށް ބޭނުމެއްނޫން.
ރިއަލީ
17 October 2017
ޖޫސް ބެއްލެވިކަން އެނގުން ވަރަށް މުހިއްމު. ކޮންމެވެސް އިރެއްގަ މިގައުމުގެ ރައީސެއް އެހެން ޒާތެއްގެ އެއްޗެއް ކައިރީގަ ބަހައްޓައިގެން އިންޑިއާގަ ހަފްލާއެއްގަ އިންނެވިކަންވެސް އެނގުނީ އެކަހަލަ ވާހަކަ ކިޔާލީމަ.
ވިސްނާށޭ
17 October 2017
ނަސީބަކީ ގަދަ ބާރުން ލިބޭ އެއްޗެއް
ކޫލްޑައުން
17 October 2017
މާގޭ ރައްޓިސްބައެއްވެސް ބުރުޖު ހަލީފާއަށް ދިޔަ މިދިޔަމަހު. އެވާހަކަވެސް ނޫހުގަ ޖަހާލިނަމަ.
ރަދީފް
17 October 2017
ކޫލްޑައުންގެ ފްރެންޑަކާ 5% ގެ މީހަކާ އެއްވަރުނޫން.
އެމްއައި
17 October 2017
މިޝަން އިންޕޮސިބަލްގެ މަންޒަރެއް ނަގަންބާ؟ 2018 އަކީ ޔާމީނަށް އިންޕޮސިބަލް މިޝަނެއް. ޓޮމް ކުރޫޒް ޓަވަރުބޭރުގަ އެލުނަކަސް އެންމެނަކަށް ނުވާނެ އެކަމެއް.
ނުގަބޫލު
17 October 2017
ޓޮމް ކްރޫޒަކަށްވެސް އަސްލު ނުއެލެވޭ ޓަވަރު ބޭރަކު. ފިލްމުގަ ދައްކާހާ އެއްޗެއް ގަބޫލުކުރެވޭތަ؟
ސައްތާރު / މހއ
17 October 2017
އަދިކިރިޔާ ރައީސަށް މިތަނަށް މިދެވުނީ. އަހަރުމެން ތި ތަނަށް ދިޔަތާ ކިތައްމެ ދުވަހެއް. އެހެންވީމާ ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެންދޯ މިދެވުނީވެސް.
ރިއަލީ
17 October 2017
ޔާމީން މާ ފަގީރެއްނު އެހެންވީމަ މިގައުމުގެ ގިނަ މީހުންނަށްވުރެ.