ރައީސް މައުމޫން ޕީޕީއެމް އޮފީހުން ނުކުމެވަޑައިގަންނަވަނީ: ޕީޕީއެމް އިސްލާހު ކުރުމުގެ ގިނަ ކަންތައްތަކެއް އެމަނިކުފާނު ވަނީ ފައްޓަވާފައި. --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
04 ޖުލައި 2016 - 13:03
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މިސްރާބު ހުރީ އިދިކޮޅު ފަރާތްތަކުގެ އަމާޒާ ދިމާލަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު މިއަދު ވިދާޅުވެއްޖެ އެވެ.
"މިހާރު"އާ ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ ޝަރުއީ ދާއިރާ ހަރުދަނާ ކުރުމާއި ކޮރަޕްޝަނާއި ފަސާދައިން ގައުމު ސަލާމަތް ކުރަން މައުމޫން މަސައްކަތްޕުޅު ކުރައްވާނަމަ، އެމަނިކުފާނަށް ވަޑައިގެންނެވެނީ އެމްޑީޕީއާ ދިމާލަށް ކަމަށް ވިދާޅުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ޕީޕީއެމް އެތެރޭގައި ހުރި މައްސަލަތައް ހައްލު ކުރުމުގެ ގާބިލްކަން ލިބިވަޑައިގެންފައި ވަނީ މައުމޫނަށް ކަމަށް ވެސް ޝިފާޒު ވިދާޅުވި އެވެ. އަދި ރައީސް އަބްދުﷲ ޔާމީނަކީ ޕީޕީއެމަށް ތާއީދު އޮތް ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ ޝިފާޒް ވަނީ ރައީސް ޔާމީނަށް ފާޑު ވިދާޅުވެ، މައުމޫނަށް ތައުރީފް ކުރައްވައިފަ އެވެ.
"ރައީސް މައުމޫނަކީ ދިގު މާޒީއެއް ވަންދެން ވެރިކަން ކުރެއްވި ބޭފުޅެއް. ރާއްޖޭގެ ރައްޔިތުންގެ ތާއީދު ލިބިފައި ހުންނެވި ބޭފުޅެއް. ޕީޕީއެމްގެ އެންމެ މަގުބޫލު ބޭފުޅަކީ ވެސް މައުމޫން. ރައީސް ޔާމީނަކީ މަގުބޫލު ބޭފުޅެއް ނޫން. މަގުބޫލު ބޭފުޅަކަށް އެކަންކަން ކުރެވޭނީ." ޝިފާޒު ވިދާޅުވި އެވެ.ެއ
ރާއްޖެ ވެއްޓެމުންދާ އަނދަވަޅުން ސަލާމަތް ކުރުމަށް އެއިރަކު މަސައްކަތް ކުރެވޭ ބަޔަކާއެކު އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށާއި މިކަމުގައި އެހީތެރިކަން ދޭން ބޭނުންވާ ކޮންމެ ބޭފުޅަކު އިދިކޮޅު ފަރާތްތަކާ ގުޅުމަކީ ލިބޭ ހިތްވަރެއް ކަމަށް ވެސް ޝިފާޒު ވިދާޅުވި އެވެ. އަދި މައުމޫން ނިންމަވާ ގޮތެއް އެނގުމުން މައުމޫނާއެކު މަސައްކަތް ކުރައްވަން އެމްޑީޕީން އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީން ނުދައްކާ ވާހަކައެއް މައުމޫން ވިދާޅެއް ނުވޭ. އެމްޑީޕީން އަބަދުވެސް ދައްކާ ވާހަކައެއް އެއީ ކޮރަޕްޝަނާއި ނާޖައިޒު ފައިދާތައް މީހުންނަށް ހޯދައިދޭ ވާހަކަ، އަދުލު އިންސާފު ނެތް ވާހަކަ، ލާއިންސާނީ އަނިޔާތައް ކުރާ ވާހަކަ." ޝިފާޒު ވިދާޅުވި އެވެ.
ޝިފާޒު ވިދާޅުވި ގޮތުގައި މައުމޫން ވަނީ ރާއްޖޭގެ ފަނޑިޔާރުންނާ ދޭތެރޭ ސުވާލު އުފައްދަވައިފަ އެވެ. ރައީސް ޔާމީނާއި ހެޔޮ ވެރިކަމުގެ ނިޒާމާ ދޭތެރޭގައި ވެސް ވަނީ ސުވާލު އުފައްދަވައި، ކޮރަޕްޝަންގެ އަމަލުތަކުން ސަރުކާރުން ސަލާމަތް ކުރަން ޖެހޭކަން މައުމޫން ގަބޫލުފުޅު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގައި ތިއްބެވި ބޭފުޅުން ކުރައްވަމުން ގެންދަވާ "ވައްކަންތަކާއި" އެބޭފުޅުން ހިންގާ ޖަރީމާތައް އެނގުމަކީ ޝިފާޒް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް މުހިންމު ކަމެކެވެ. އަދި ސަރުކާރު ހިންގާ ޕާޓީގެ ރައީސް ނުކުންނަވާ "ވައްކަން ކުރަމުންދާ ކަމަށް" ވިދާޅުވުމަކީ ރައްޔިތުން ނުކުންނަން ޖެހޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
މައުމޫން ޕީޕީއެމް އޮފީހުގައި ބަޔާނެއް ދެއްވަނީ. ޕީޕީއެމް ހިންގާނެ ގޮތުގެ ޓައިމްލައިނެއް މައުމޫން ވަނީ ކަނޑައަޅުއްވާފައި. -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
"ރާއްޖޭގެ ބައިތުލްމާލުން ރައީސް ޔާމީން ވައްކަން ކުރައްވާ ކަމާއި އަދުލު އިންސާފެއް ނެތް ކަން ރައްޔިތުންނަށް ގަބޫލު ކުރެވުނީމަ ރައްޔިތުން އެކަމާ ދެކޮޅަށް ނުކުންނާނެ." ޝިފާޒު ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މައުމޫން އިސް ނަންގަވައިގެން އެމަނިކުފާނަށް ލަފާއަރުވާނެ މަޝްވަރާ މަޖިލީހެއް އެކުލަވާލުމަކީ ހެޔޮ ފާލެއް ގޮތުގައި ސިފަ ކުރައްވައިފަ އެވެ. އަދި ރާއްޖޭގެ ކަންކަން އިސްލާހު ކުރުމަށް ހުރިހާ ސިޔާސީ ލީޑަރުން އިސް ނެންގެވުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
Raees Maumoon ge isnengevumah Seena Zahir, Aneesa, Rashida, Hamdhoon, Zuhair, Athifa aai Nadira masaiykai kuravvan ninmevumakee heyo faaleh
— Mohamed Nasheed (@MohamedNasheed) July 2, 2016
ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއް.
Alhugadu dhekenee Raajje ge kankan islaah kurumah hurihaa siyaasee faraiythakeh isnengevunah.
— Mohamed Nasheed (@MohamedNasheed) July 2, 2016
ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއް.
ޕީޕީއެމް އިސްލާހު ކުރުމަށް ގިނަ ކަންތައްތަކެއް މައުމޫން ފައްޓަވާފައި މިވަނީ ރިޔާސީ ޓިކެޓްގެ މައްސަލަ އާއި ބިޑް ކުރުމެއް ނެތި ޓޫރިޒަމްގެ ބޭނުންތަކަށް ރަށްރަށާއި ބިންތަކާއި ފަޅުތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް، ޕީޕީއެމްގެ މަޖިލިސް މެމްބަރުން ފާސްކުރެއްވި އިސްލާހަށް ފަހުގަ އެވެ.
މައުމޫން ވަނީ އެމަނިކުފާނަށް ލަފާއަރުވާނެ މަޝްވަރާ މަޖިލީހެއް އެކުލަވާލައި ޕާޓީ ހިންގާނެ ގޮތުގެ ޓައިމްލައިނެއް ވެސް ކަނޑައަޅުއްވައިފަ އެވެ. ޓައިމްލައިނެއް މައުމޫން ކަނޑައަޅުއްވާފައި ވަނީ ރިޔާސީ ޓިކެޓްގެ މައްސަލާގައި ޕާޓީގެ ތެރޭގައި ކޯޅުން ބޮޑުވެފައި ވަނިކޮށެވެ.
މީގެ ކުރިން ވަނީ މިހާރު ރައީސްކަމުގައި ހުންނެވި ޔާމީނަށް ޕްރައިމަރީއަކާ ނުލައި 2018ގެ ޓިކެޓް ދޭން ކައުންސިލްގެ މެންބަރު ތާއީދުކުރައްވައި އެ ވާހަކަ ދައްކަވައިފަ އެވެ. އޭގެ ފަހުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ވަނީ އަންގަވައިފަ އެވެ. ރިޔާސީ ޓިކެޓަށް އެއް ކެންޑިޑޭޓަށް ވުރެ ގިނައިން ވާދަކުރައްވާ ނަމަ ޕްރައިމަރީއަކަށް ގޮސްގެން ކެންޑިޑޭޓަކު ކަނޑައެޅުމާ މެދު ޕީޕީއެމްގެ ގައުމީ މަޖިލީހުން ގޮތެއް ނިންމަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުމާ
01 September 2016
އެމްޑީޕީ އަކީ ގާސިމާ އިލްޔާސް ގެ އުފެއްދުމެއް. ދެންވިސްނާ.
ބައިރޯ
09 July 2016
މައުމޫނަށް ވެސް ނާއިންސާފުން ކަންކުރާނަމަ އަހަރެމެން އެމް.ޑީ.ޕީ އާއްމު މެންބަރުން މިތިބީ ހަމަ މައުމޫނުވެސް ހިމާޔަތް ކުރަން ދެޓުސް ވަޓް ވީ ކޯލް އެމް.ޑީ.ޕީ
9
05 July 2016
މިއަދު އިސްލާހޭ ކިޔައި އަގަހުޅުވާލުމުގެ ފުރުސަތު މައުމޫނަށްވެސް ލިބިފައި މިއޮތީ އެމް.ޑީ.ޕީގެ ބުރަމަސައްކަތުން. ރައްޔަތުންނަށް ހައްގެއް ހޯދައިދިނުމަށް ޕީޕީއެމް މަޖްލީސް މެމްބަރުން ވޯޓެއް ދިނީ މަދުފަހަރަކު.
ޕައުޑަރ
04 July 2016
ރައީސް މައުމޫނު އެމްޑީޕީ އާއި ބައިވެރިވާނެ ކަމަށް އަޅުގަނޑުމެންގެ ހިތެއް ނުބުނެއެވެ. ރައީސް ޔާމީން ވެރިކަން ކުރައްވަނީ މިރާއްޖޭގެ ރައްޔިޔުންގެ ލާބަ އާއި އަދި މަންފާ އަށް ޓަަކައި އެވެ. މިހާރު މައިންޑް އަށް ރިކޯލް ވަނީ އެއީ 2013 ވަނަ އަހަރު ޕީޕީއެމް އެމްޑީއޭ ޖޭޕީ އަދި އަދާލަތު ކޯލިޝަން އިން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު ފާޅުކުރި އުފަލެވެ. މިހާރުވެސް އެ ދުވަސް އަނބުރާ ގެނެވިދާނެ ރައީސް މައުމޫނު އާއި ރައީސް ޔާމީން އާއި ގުޅިގެން އެކުވެރި ކަމާއި އެކު މަސައްކަތް ކުރަނި ކޮށް. އެދުވަހަކީ އެއީ ހަނދާނުން ފިލައިގެން ނުދާނެއެވެ. އެދުވަސް ހަނދާން ވަނީ އެވެ. ޑރ. ޖަމީލު ވެސް ވަަރަށް ބޮޑަށް މިސްވާހެން ފީލް ވެއެވެ. އިޓްސް އަ ޕާރފެކްޓް ޑޭ.. ވެލް ދެޓް ޑޭ އިޒް ޕާރފެކްޓް އެން ދެޓް ޑޭ އިޒް ބިއުޓިފުލް.. ދެޓް ޑޭ، ދެޓް ޑޭ އިޒް އެބްޒޮލިއުލިޓީ ޕާރފެކްޓް. ދެޓް ޑޭ، ދެޓް ޑޭ ، ދެޓް ޑޭ..
ޝިއްޕެ
04 July 2016
ޝިއްޕެމެންނަކައް މައުމޫނު ނޭގުނެއްނު. މިހާރު މިރާއްޖެ ދެކެމުން މިދ ހުރިހާ ނުބައި ކަމެއްގެ އަސްލަކީ މައުމޫނު.
ޝިޔާމާ / އައްޑޫ އަތޮޅު
04 July 2016
ހެހެހެހެ ޝިފާޒު ! މައުމޫން ކުރާނެ ކަމެއް ނެތިގެން ނޫން އަދި އިރާދަކުރެއްވީތީ ހުރީ ، ކަލޭމެން އިތުރަށް ފިތުނަ އުފައްދަން މަސައްކަތް ނުކުރޭ އެހެން ނޫނަސް ކަލޭމެންގެ ތާރީހްގައި ކޮރަޕްޓްނުވާ އެއްވެސް ދާއިރާ އެއް ނެތް މައުމޫން ބޭނުން ފުޅުވަނީ ގައުމު ހަމަ އަކަށް އަޅުވަން ގޯސްކުރާކަން ނޫން ވަރަށް ސަލާމް
ޝިޔާމާ/ އައްޑޫ ސިޓީ
04 July 2016
އެމް.ޑީ.ޕީ ސަރުކާރުގަ ކޮރަޕްޝަން ނެތީތޯ ޝިފާޒް ކއިރީ އަހާލަން ބޭނުން... ހުޅުމާލެއިން ޕާޓީ މީހުނަށް ދިން ފުލެޓްތަށް ދިނީ ކިހިނެއްތޯ؟؟؟
ޝިއަމާ/ ފުއައްޑޫ ސިޓީ
11 July 2016
ދެން ޗުކުޗުކު ނުތަޅުވާ - ކޮރަޕްޝަން ބެލީމަ ނިމުނީއެއް ނުން ދޯ
Ganeeru
04 July 2016
ވަހީދު ވެރިކަމުން ފެށިގެން ޔާމީނު މިގައުމުގެ ހުރިހާ ދިމާލަކަށް އަތްބާނާ ހެދުނުހާއެއްޗެއްހަދަމުން ދިޔައިރު މައުމޫން އެއްވެސް އެއްޗެކޭ ނުބުނެ. ނުވިތާކަށް ޤާނޫނއަސާސީއާ ކުޅެލިއިރުވެސް ތިޔަފޯރިއެއް ނާރުވާ. އޭރުވެސް ޝަރުޢީނިޒާމު އޮތީ ތަޣައްޔަރުވެފަ. ކޮރަޕްޝަން އިންތިހާއަށް އަރައިގެންގޮއްސަ. އޮޑިޓަރ ޖެނެރަލް އޭރުދެއްކެވިވާހަކަ އަހރުމެންނަށް ހަމައެދުވަހުންއެދުވަހަށްއަޑުއިވުނުއިރު މައުމޫނަށް އަޑުއިވުނީ މިއަދު. މައުމޫނު އިސްލާހުކުރަން ތިއުޅެނީކީ ޤައުމުގެ ލާބައާއި މަންފާއަކަށްނޫން. ފާރިޝްއަށް ރަނިންމޭޓްކަން 2018 ގައި ޔާމީން ނުދޭނެކަން ޔަގީންވީމަ އެކަން އިސްލާހުކުރަން ފެށިކަމެއްތީ. އެކަންތައްގަޑު ގޮއްވާލަން ބޭނުންކުރި ބަޑިބޭހަކީ އިއްތިފާގުން އެގަޑީގަ މަޖިލިސްމޭޒުމަތީގައޮތް ބިލް. އެންމެ ފަސޭހައިން ހުޅުހިފާނީ އެފަދަބިލަކުންކަމަށްވާތީ އޭގެބޭނުންހިފީ. ދިވެހިްނޭ ހޭއަރާ. މީކީ އަހަރުމެންނަށް ހެޔޮއެދިގެންކުރާކަމެއްނޫން.
ފަޅުވެރިން
04 July 2016
ތިޔައީ އެއްގޮތަކަށްވެސް ޝިފާޒު އެހާ އުފާކުރަންޖެހޭ ކަމެއް ނޫން. އެއީ އެމްޑީޕީ އަކީ ގޮނޑުހޮވާ، ކުނި ޕާޓީ ކަމަށްވާއިރު، ކޮންމެ މީހަކު އެމްޑީޕީ އަށް ސޮއިކުރި ކަމަށްވިއަސް، އެމީހަކު އެމްޑީޕީ އަށް ސޮއިކުރާ ހިނދުން ފެށިގެން އެމީހަކު އެއީ ކުނިގަނޑެއްކަމަށް ދިވެހި ރައްޔިތުން ބަލައިގަންނާނެތީ. ހޭބަލިވެފައި ތިބުމުގެ ސަބަބުން، ނޫނީ ޒާތީ މަޞްލަޙަތެއް އޮވެގެން އެމްޑީޕީގައި އުޅޭ ދެތިން ހާސް މީހުން ފިޔަވައި އެންމެހާ ދިވެހި ރައްޔިތުން ދެކޭ ގޮތް މިއީ. ފާއިތުވި އަހަރުތަކުގައި އެމްޑީޕީ އަށް ސޮއިކުރި، ނުވަތަ ސޮއި ނުކުރިއަސް އެމްޑީޕީ އާ ގުޅިގެންއުޅޭ މީހުންތަކުން އެމްޑީޕީ އަށް ވީ ފައިދާއެއް ކޮބައިބާ؟ ނިކަން އަމިއްލަ އަށް ލިސްޓް ބަލައިލަބަލަ ކޮއިފުޅާ! އެއީ ވަރަށް ދިގު ލިސްޓެކޭ! އަޙްމަދު ތަސްމީނު ޢަލީ، ޢަބްދުﷲ ޝާހިދު، ރޮޒޭނާ، މަހެލޫފް، ޑރ. ޖަމީލު، ޑރ. މުނައްވަރު، އިބްރާހީމް ޙުސައިން ޒަކީ، ޑރ. ޝަހީދު، މިހެންގޮސް. . . މިމީހުންގެ ކިބައިން އެމްޑީޕީ އަށް ފައިދާއެއް ނުކުރިއިރު، މައުމޫން މާދަމާ އެމްޑީޕީ އަށް ސޮއިކުރިއަސް ކުރާނެ ފައިދާއެއް ނޯންނާނެ. ސަބަބަކީ އެމްޑީޕީ އަކީ ކުނި ޕާޓީ ކަމަށްވާތީ. ކުންޏަކީ އެންމެންވެސް އުކާލާ އެއްޗެއް. ބޭނުންކުރާ އެއްޗެއް ނޫން!
ކެނެޑީ
04 July 2016
ބޭބޭ ކުނިން ރިސައިކަލްވެސް ކުރޭ...
ސޮހަާ ހާން
04 July 2016
ޢެމް ޑީ ޕީ ތާއީދު ކުރާ 3 ހާސް ތަ ތިބީ. ޒާތީ ޥިޔަސް ބޮޑު ވަރު. 105000 ވޯޓް ހޯދި ކަން ނޭގޭ މީހަކު ކޯޗެކޭ މިކިޔަނީ
ނޯމޭން
31 August 2016
ކުނި ރިސައިކަލް ކުރުމަކީ ބިލިޔަން ޑޮލަރުގެ ވިޔަފާރިއެއް.
މިސްރާބް
04 July 2016
މި އެމް.ޑީ.ޕީ. މީހުންނަކީ ވާހަކަ ވިހާބައެއް. އޮޅުވައިލުމުގައި ހައްދުފަހަނަ އަޅާފައިވާ ބަޔެއް. ޔާމީނު ކަންތައް ކުރަމުންދާ ގޮތް ގޯސް. އަޅުގަނޑުވެސް ތާޢީދެއް ނުކުރަން. ނަމަވެސް އެއަށްވުރެ އެތަށް ގުނައެއް ގޯސްކޮށް އެމް.ޑީ.ޕީ.މީހުން ކަންތައްކުރަނީ ކޮށްފައިވެސް އޮތީ. އެމް.ޑީ.ޕީ.ގެ ފިކުރަކީ ސުންނާފަތި ކުރުމުގެ ފިކުރު. ޔާމީނަކީ އަންނިގެ މީހެއް. ސުންނާފަތި ކުރުމުގެ ފިކުރުގެ މީހެއް. ކޮންމެ ގޮތަކުންވެސް ވެރިކަން ބޭނުންވާ މީހެއް. މަޢުމޫނުގެ މިސްރާބު ހުރީ ދެފުށްފެންނަ އަދުލުއިންސާފު ގެނެސް މަޞްލަޙަތު އިސްކޮށް އަމާން އޮމާން ޞުލްޙަވެރި ގައުމެއް ގެނައުމާއި ދިމާލަށް. ކޮރަޕްޝަން ނެތިކޮށްލުމާއި ދިމާލަށް.