ވިލާއިން އދ. މާމިގިލީގައި ހަދާފައިވާ ބަނދަރު.
07 ނޮވެމްބަރ 2017 - 15:11
އދ. މާމިގިލީގައި ސަރުކާރުން ބައިނަލްއަގުވާމީ ބަނދަރެއް ހެދުމުގެ މަސައްކަތް ކުރަނީ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށް ބުނެ، އެ ރަށު ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މާމިގިލީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެ ރަށުގައި ބައިނަލްއަގުވާމީ ބަނދަރެއް ހެދުމަށް ބޭނުންވާ ބިމުގެ ބޮޑުމިން އަންގައިދޭ ޗާޓެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކައުންސިލަށް ފޮނުވިއިރު، މާމިގިލީގައި މިހާރު ބޭނުންކުރާ ބަނދަރުގެ ސަރަހައްދާއި ބަނދަރުގެ ވަށައިގެން ހިމެނޭ ބިންތައް ޗާޓުގައި ހިމަނާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެމްޕީއެލްއާ މަޝްވަރާ ކުރުމުން މިއީ ބަނދަރު ހެދުމަށް ބޭނުންވާ ސަރަހައްދަށް ވުރެ ބޮޑު ސަރަހައްދެއްކަން އެނގުނު ކަމަށް އެ ބަޔާނުގައިވެ އެވެ.
އެހެންވެ، ބައިނަލްއަގުވާމީ ބަނދަރެއް ހެދުމަށް ޓަކައި ކައުންސިލުން ކަނޑައަޅައި މިންގަނޑު އަންގައިދޭ ޗާޓެއް މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީ އަށް ކައުންސިލުން ވަނީ ފޮނުވައިފަ އެވެ. އަދި ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ބަދަލު ލިބޭނެ ގޮތް ހެދުމަށާއި ކައުންސިލުން އޮޅުންފިލުވަން ބޭނުންވާ ބައެއް ކަންކަން ސާފު ކުރުމަށް ސިޓީއަކުން އެ އޮތޯރިޓީ އަށް ވަނީ ހުށަހަޅައިފަ އެވެ.
"ނަމަވެސް އަދި ބަނދަރާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބައްދަލު ނުކުރެވި، ގިނަ ދުވަސްތަކެއް ވަމުންދާތީވެ މިކަން ހިނގާ ނުހިނގާ ގޮތެއް ސާފު ކުރުމަށް ބައްދަލުވުމެއް އިންތިޒާމުކޮށް ދެއްވުން އެދި ހައުސިން މިނިސްޓްރީ އާއި އެމްޕީއެލްގައި އެތަކެއް ފަހަރު މަތިން ފޯނުން ގުޅައިގެން ވަނީ ދަންނަވައިފަ އެވެ،" މާމިގިލީ ކައުންސިލްގެ ތިން މެމްބަރުން ސޮއިކުރައްވައި ނެރުނު ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި މާމިގިލީ ކައުންސިލާ މަޝްވަރާ ކުރުމަކާ ނުލައި، ލޭންޑް އެންޑް ސާވޭ އޮތޯރިޓީ އިން އެންގީ އިކޮނޮމިކް މިނިސްޓްރީގެ ސާވޭއާ އެއްގޮތަށް މާމިގިލީގައި ބައިނަލްއަގުވާމީ ބަނދަރެއް ހެދުމަށް ބޭނުންވާ ސަރަހައްދުގެ ވަގުތީ ރަޖިސްޓްރީއެއް ހެދުމަށެވެ. އަދި ކުއްޔަށް ދޫކޮށްފައިވާ ބިންތަކަށް ގޮތެއް ނިންމައި މާމިގިލީގެ ކުނިގޮނޑު އެހެން ސަރަހައްދަކަށް ބަދަލުކޮށް ރަޖިސްޓްރީ ހެދުމަށް ވެސް އެދިފައި ވެ އެވެ.
"މި ކައުންސިލުން ގަބޫލުކުރާ ގޮތުގައި ވަގުތީ ރަޖިސްޓްރީއެއް ހެދުމުގެ ކުރިން ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާ މެދު ކޮންމެވެސް ގޮތެއް އޮންނަން ވާނީ ނިމިފަ އެވެ. އަދި ރަށުގެ ރަސްމީ ކުނިގޮނޑު ރީލޮކޭޓް ކުރާނޭ އެހެން ސަރަހައްދެއް އޮތް ކަމަކަށް ވެސް ކައުންސިލަށް ގަބޫލެއް ނުކުރެވެ އެވެ،" މާމިގިލީ ބައިނަލްއަގުވާމީ ބަނދަރަށް މަރުހަބާ ކިޔައި ނެރުނު ބަޔާނުގައިވެ އެވެ.
ކައުންސިލަށް އެނގުމެއް ނެތި މާމިގިލީގައި ގާއިމުކުރާ ބައިނަލްއަގުވާމީ ބަނދަރުގެ ވަގުތީ ރަޖިސްޓްރީ ހެދުމަށްފަހު އިކޮނޮމިކް މިނިސްޓްރީއާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އަދި ބިމާ ބެހޭ އެއްވެސް ތަފްސީލެއް މިހާތަނަށް އެނގިފައިނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެހެންވެ، ކައުންސިލުން އެދިފައި ވަނީ އެތަނުން އެދުނު ކަންކަން އޮޅުންފިލުވައި ދިނުމަށާއި ކައުންސިލާއެކު މަޝްވަރާގެ މޭޒު ދޮށަށް ގޮސް، މާމިގިލީގައި ދިރިއުޅޭ މީހުންގެ ލާބަޔާއި މަންފާ އަށް ބެލުމަށެވެ.
މާމިގިލީގައި ހަދާފައިވާ ބަނދަރުގެ ބައެއް ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރެއްގެ ގޮތުގައި ހިންގަން ޓްރާންސްޕޯޓް އޮތޯރިޓީން އެމްޕީއެލްއާ ވަނީ ހަވާލުކޮށްފަ އެވެ.
ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމްގެ އުފަން ރަށުގައި އެ ބަނދަރު ހެދީ އެ ކުންފުނިންނެވެ. ޖުމުލަ 1،300 މީޓަރު ދިގުމިނުގެ އެ ބަނދަރަކީ ރާއްޖެ އަށް އާއްމުކޮށް ހިލަ އާއި ހިލަވެލި އުފުލާ ސައިޒުގެ ބޯޓު ފަހަރަށް ކައިރި ކުރެވޭ ގޮތަށް ހަދާފައިވާ ބަނދަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމަނަ މާމިގިލި
09 November 2017
ގާސިމް ގެ އުފަން ރަައް އެއީ އދ ދިއްދޫ އެއީ މާމިގިލީ މީހެއް ވެސް ނޫން އަމިލަައަކަައް މާމީގިލި ވެގެން އުޅެނީ ޥަރައް ފޫހިވޭ
ކމަނަ
03 December 2017
ގާސިމގެ ބައްޕައަކީ މާމިގިލީ ބުރުމާގޭ އިބުރާހީމް. ކަމަނާއަށ ހާދަ ނޭނގެޔޭ...މިހާރު މެދުއަވަށު ވަފާ މިސކިތު އެހުރީ އެގޯތީގަ
މަޝްވަރާގެ މޭޒު
07 November 2017
ކޮބާ ތާރުތާންގީތައް ދުރައްގެންގޮސްކަނޑުފެއްތީތަ؟
އަބްދުއްލާ
07 November 2017
ދުނިޔޭގެ ގައުމުތަކުގެ ކައުންސިލް ތަކުގާ ތިބެނީ ބީއޭ މާސްޓރސް ޕީއެޗްޑީ ބޭފުޅުން ވީމާ އެމީހުނާ މަސްވަރާކޮށް މަސްވަރާ ހޯދަންޖެހޭ. ރާއްޖޭގެ ސަރުކާރުގަ މިތިބެނީ ބީއޭ މާސްޓަރސް ޕީއެޗްޑީ ބޭފުޅުން ،ކައުންސިލަ ގާ މިތިބެނި ކިރިޔާ ލިޔަންކިޔަން އެގޭ ފެންވަރުގެ ބޭފުޅުން. ވީމާ ސަރުކާރާ ކައުންސިލާ ކުރާނީ ކޮންމަސްވަރާއެއް . ބުނެދީބަލަ.
އަބްދުއްލާ
07 November 2017
ކައުންސިލަކީ ދިވެހިރާއްޖެ އަކަށް ބޭނުންވާ އެއްޗެއްނޫން.
އަބްދުއްލާ
07 November 2017
ކައުންސިލާ ކުރަންޖެހޭ މަސްވަރާ އަކީ ކޮބާ . ކައުންސިލް ގަ ތިބެނީ ރޯނު އަދުރުން ދަންނަ ކަމެއް ނޯންނާނެ ނުދަންނަ ކަމެއްވެސް ނޯންނާނެ.އެއްވެސް ފާހެއް ނޯންނާނެ .ސަރުކާރުންރާވާ ޕްލޭނު ކުރަނީ އެކަމުގެ މާހިރުން .ދެން ކައުންސިލާ ކުރަންޖެހެނީ ކޮންމަސްވަރާ އެއް .ކައުންސިލުން ކުރަންޖެހޭ ކަމަކީ ތަރައްގީ ބަލައިގަނެ ތަރައްގީ ދެމެހެއްޓުން. ތަރައްގީ ކުރުމަށް ކައުންސިލަށް ކުރެވޭނެ ކަމެއްނެތް
ގަބޭ
08 November 2017
ކުރެވޭނެ ކަމެއް ނެތީ، މާލޭގަ އޮންނަ 'ސަރުކާރުން' މުޅި ގައުމު ބަނޑުދަށުލައިގެން އުޅޭތީ ދެއްތޯ. ކައުންސިލްތަކުގައިވެސް ތައުލީމީ ތަންދޮރު ދަންނަ ކަންކަން އޮޅުންފިލާ މީހުން އެބަތިބި. ކައުންސިލްތައް ފުނޑާލާ ހުރިހާ ވަސީލަތެއް ބަންދުކޮށްފައި އޮތީމާ ކައުންސިލެއް ނޫން އެއްވެސް މީހަކަށް އެއްވެސް ކަމެއް ނުކުރެވޭނެ. ހީވަނީ މުޅި ގައުމަކީ މާލޭގެ 'ސަރުކާރު'ގެ މިލްކިއްޔާތުހެން.
ާގާލް
07 November 2017
ވީ ސަޕޯޓް ރައީސް ޔާމީން - މާމިގިލި ?
އަނގަނާރުވާ
07 November 2017
ހުރިހަ ރަށްތަކެއް އޮންންނީ ސަރުކާރުގެ ބެލުމުގެ ދަށުގަ.
ބައިނަލްއަގުވާމީ
07 November 2017
ސަރުކާރަކީ ރައްޔިތުން، ބަލަ ހޭހުސްވީތަ؟
މަގޭ ހިޔާލު
07 November 2017
ބަލަ ކޯންޗެއްތަ މަޝްވަރާކުރަނީ. ޢަހަރެމެން މާލެގަ މިއުޅުނީ އަހަރެމެންނަކާ މަޝްވަރާއެއް ނުކުރޭ ބްރިޖްއަޅާކަށް، އިންޑަސްޓްރިއަލް ވިލެޖް ހިއްކާކަށް، 25 ބުރީގެ ހޮސްޕިޓަލް އަޅާކަށް، ސަލްމާން މިސްކިތް އަޅާކަށް، ރަސްފަނު ހަދާކަށް، ސަލްޓަންޕާކް ރީޑިވެލޮޕް ކުރާކަށް، މަޖީދީ މަގު މަރާމާތުކުރާކަށް...މަމުމޫނު ދައުރުގަ ކަންތައް ކުރިހެން ކޮންމެ ރަށަކަށްވެސް މަޝްވަރާ ޓީމުގޮއްސައް ބިންގާ އަޅާފަ ފައިބާ ގޮތަކަށް މިހާރު ނުވާނެ. މިހާރު މަސައްކަތް ކުރާނި އަނގަތެާޅުމަކީ ބޭކާރު ވަގުތު ނަގާލާ ކަމެއް. ދެންވެސް އުފާކުރޭ .. އިންޓަރނޭޝަނަލް ބަނދެރެކޭ ތިލިބެނީ...
ކޮލެޖް ބޯއީ
07 November 2017
މާމިގިލީ މީހުން ތިޔަހެން ސިޓީ ފޮނުވާލަ ފޮނުވާލަ ތިބޭ. ބިމަށް ކުލިވެސް ނުލިބޭނެ. ކުނި ގޮނޑުވެސް ޖެހޭނީ އެހެން ތަނަކަށް ގެންދަން. ބުނިކަމެއް ބުނިގޮތަކަށް ހަދާ! ޕީޕީއެމް އިން ބޭނުންވީމަ ބަނދަރު ހަދާނެ. ހެދޭނެ. ތިކޮޅުން ސޮއި ނުކުރިއަސް މަސައްކަތް ކުރިއަށް ދާނެ. ކޯޓުންވެސް ނިންމާނީ ބަނދަރު ހަދަން.
މަމިގިލި
08 November 2017
ކަލޭ ބަލާނހުރޭ ކުލިވެސ އަތުލަނަަ..
ޢަހާނަމަ
07 November 2017
ކުރިނަ ރައްޔިތުނަ ތަރައްގީ ފާހާ ދުވީ... މިހާރު ތަރައްގީ ރައްޔިތުން ފަހާ ދުވަނީ... މިއީ ތަފާތަކީ... ކޮންމެހެން ތައްޔިތުންނަށް ކުރިން އަންގާކަށް ނުޖެހޭ.... މަރުހަބާ ކިޔަންވީ... ތި ބަނދަރާއި ގުޅިގެން ދެން އަންނާނެ ތަރައްގީއާއި ކުރިއެރުމަށް އަވަހައް ތައްޔާރުވާންނީ...