އަމީތު: ރައީސް ޔާމީންގެ އަރިހުގައި ހުންނަވަން ޖެހިވަޑައިގަންނަވާ ސަބަބެއް މިހާރަކު ނެތް ކަމަށް މިރޭ ވިދާޅުވި.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
11 ނޮވެމްބަރ 2017 - 01:10
ރ. މަޑުއްވަރީ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ އެ ރަށުގެ ބަނދަރު ހަދައި ދިނުން ކަމަށާއި އެ މަސައްކަތް ކޮށްދެއްވާތޯ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ރޮއެ އާދޭސް ދެންނެވި ކަމަށް މަޑުއްވަރީ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މުހައްމަދު އަމީތު މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން މަޑުއްވަރީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ ދާއިރާގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެއްވުމަށް މަޖިލީހުގެ ތެރެއިން އޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެގޮތުން އޭނާ މަޖިލީހަށް އިންތިޚާބުވީ ދުވަހުން ފެށިގެން، މަޑުއްވަރީގެ ރައްޔިތުން އާދޭސް ކުރާ ބަނދަރުގެ މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގެން ރައީސް ޔާމީނަށް ސިޓީ ލިޔުއްވައި، ރޮއެ އާދޭސް ދެންނެވި ކަމަށް އަމީތު ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާންގެ "ފަހަތުން ވެސް ދުވެ" އެ ކަންތައް ކޮށްދެއްވުމަށް އެދިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީން މިދިޔަ މަހު މަޑުއްވަރި އަށް ވަޑައިގެންނެވި ނަމަވެސް ބަނދަރުގެ ވާހަކައިގެ ނަން ވެސް ވިދާޅު ނުވާ ކަން އަމީތު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން މަޑުއްވަރި އަށް ވަޑައިގެންނެވި ހަމައެކަނި ބޭނުންފުޅަކީ އެ ދާއިރާގެ ބައިއިލެކްޝަންގެ ވޯޓު ޕީޕީއެމަށް ހޯއްދެވުމެވެ.
"ވެރިން ރައްޔިތުން ކައިރިއަށް އަންނަ ޖެހޭނީ ކޮށްދޭނެ ކަންތައްތަކާ އެކު. ހަމައެކަނި ވޯޓު ހޯދާކަށް ނޫން. އެގޮތަށް ވޯޓު ހޯދަން ރަށްރަށް އަންނަން ޖެހޭނީ ކޯޓު އަމުރު ހިފައިގެން،" އަމީތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަދިވެސް ހުންނެވީ، މީގެ ހަތަރު އަހަރު ކުރިން ދާއިރާގެ ރައްޔިތުންނަށް ވެވަޑައިގެން ވައުދުގެ މަތީގަ އެވެ. އެއީ ރައްޔިތުންނަށް އިޚުލާސްތެރިވެ، އެ މީހުންގެ ހައްގުތައް ހޯދައި ދިނުމެވެ. އަދި މަޖިލީހުގައި ވެސް އޭނާ މަސައްކަތް ކުރެއްވީ ރައްޔިތުންގެ އަޑު އުފުލައި ދިނުމަށް ކަމަށް އަމީތު ވިދާޅުވި އެވެ.
ސަރުކާރުގެ މެމްބަރެއްގެ ހައިސިއްޔަތުން، ސަރުކާރު ދެމެހެއްޓުމަށް އަމިއްލަ ޒަމީރު ގަބޫލު ނުކުރާ އެތައް ކަމެއް ކުރެއްވި ކަމަށް އަމީތު މިރޭ އެއްބަސްވެ ވަޑައިގަތެވެ. އޭގެ ތެރޭގައި ބައެއް ގާނޫނުތައް ހެދުމަށް ވޯޓު ދެއްވުމާއި އޭނާގެ ވެސް އަމިއްލަ މަސައްކަތުން އިންތިޚާބުވި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް މަގާމުން ދުރުކުރުމާއި ފަނޑިޔާރަކު މަގާމުން ވަކިކުރުން ފަދަ އެތައް ކަމެއް ރައީސް ޔާމީނަށް މަޖިލީހުގެ ތެރެއިން ކޮށްދެއްވި ކަމަށް އަމީތު ވިދާޅުވި އެވެ. އެކަމަކު އޭގެ ބަދަލުގައި ރައީސް ޔާމީން ރައްޔިތުންނަށް އަނިޔާވެރި ވާން ފެއްޓެވީ ކަމަށް އަމީތު ވިދާޅުވި އެވެ.
"ރައީސަށްޓަކައި ގިނަ މަސައްކަތް ކޮށްދެމުން ދަނިކޮށް ފެއްޓެވީ ނުހައްގުން ޝަރީއަތްކޮށް ނުހައްގުން ހުކުމްކޮށް މީހުން ޖަލަށް ލާން. އަނިޔާވެރި ވާން ފެށީ،" އޭނާ ވިދާޅުވި އެވެ.
އަމީތު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ރައްޔިތުންނަށް އަނިޔާވެރިވަމުން ގެންދަނިކޮށް ވެސް އެ މަނިކުފާނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވި އެވެ. އަދި ރައީސްއާ ދެކޮޅަށް އެންމެ ފަހުން ތެދުވެ ވަޑައިގަންނަވަން ޖެހިވަޑައިގަތީ އެކަންކަން ތަހައްމަލު ނުކުރެއްވި، އެ އާދޭސްތަކުގެ އަޑު ނޭއްސެވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީތު ވިދާޅުވީ މަޖިލީހަށް އޭނާ އިންތިޚާބު ކުރެއްވުމަށް ރައީސް ޔާމީން އެއްވެސް ވަރަކަށް މަސައްކަތްޕުޅު ނުކުރައްވާ ކަމަށާއި ކެމްޕޭން ތެރޭގައި އެންމެ ކުޑަމިނުން ގުޅާ ނުލައްވާއިރު، ޕީޕީއެމަށް މަޑުއްވަރީ ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްދެއްވުމުން އެކަމަށް ޝުކުރު ވެސް އަދާ ނުކުރައްވާ ކަމަށެވެ. އެހެންވެ، ރައީސް ޔާމީންގެ ފަހަތްޕުޅުގައި ހުންނަވަން ޖެހިވަޑައިގަންނަވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ޖެހޭނެތޯ [ރައީސް] ޔާމީން ފަހަތުގައި ހުންނަން. އަޅުގަނޑުމެން އެ ގުރުބާނީއެއް ނުވާނަން. އަޅުގަނޑުގެ ގުރުބާނީގެ އަގު ޔާމީން ވަޒަނެއް ނުކުރެއްވި. އެ އަގު ވަޒަން ކުރެއްވީ ކުޑަގޮޅިއަށް ލައިގެން،" ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި އަމީތު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރަބޯ
22 January 2018
އެހެންވެގެން ދެއްތޯ އެމަތިމައްޗަށް ތިންހަތަރު ބަނދަރު ހަދާދޭނެ ބައެއްގެ ފަހަތަށް ތިޔަދިޔައީ....؟؟ ލަދުކޮބާ.
ފާތުމަ
15 November 2017
ރޮއެ އާދޭސް ކުރީމޭ މިހާރު ބުނަނީ. ހިޔެއް ނުވޭ ތިދަރަޖައަށް އަމީތު ވެއްޓޭނެހެނެއް. މަވެސް އަމީތު ދަންނަން. ވަރަށް ޕަވަރުގަ ހުންނަވަނީ ކުރިންވެސް. އެއީ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށް ދިޓީވީއިން ފަތުރަމުންގެންދިޔަ ޕްރޮޕަގެންޑާ މެޝިންގެ އިސް މޭސްތިރިއަކަށް ވީއްސުރެ. ދެން އާރާއި ބާރުގަ ހުރެ، ރައީސް ޔާމީން ބޭނުންވި ހުރިހާ ކަންކަން ކޮށްދީފަ، އޭގެ ފައިދާތަކެއް އަމީތުމެންނަށްވެސް އޮންނާނީ ވެފަ. ރައްޔިތުންގެ ކުރިމަތީ އަގު ވެއްޓުނީމަ މިއަދު ތިކަހަލަ ވާހަކަ ދެއްކީމަ އަޑުއަހާނީ މަދު ބަޔަކު.
ލޮލްޒ
11 November 2017
އަމީތަކީ ވަރަށް ބާރުގަދަވެގެން އުޅުނު މެންބަރެއް. އެއްވެސް ކަމެއްކުރާކަށް ރޮއެ އާދޭސް ކުރާކަށް ނުޖެހޭ! ކޮށްދޭން ބޭނުންވި ކަންތަށް މަޑުއްވަރީ ދާއިރާގެ މީދޫއަށް ކޮށްދިން. މަޑުއްވަރީއަށް ކޮށްދިން ކަންތައްތައް މަދުވިސަބަބަކީ ނިމިގެން ދިޔަ އެއްވެސް އިންތިހާބެއްގައި ހިތްޕުޅުހަމަ ޖެހޭވަރަށް ޕީޕީއެމް އަށް މަޑުއްވަރީ މީހުން ވޯނުލުން. މިހާރު ޕާޓީން އަމިއްލަ ފައިދާއެއް ހާސިލު ނުވެގެން އެމްޑީޕީއަށް ވަނީމަ ހީކުރީތަ މަޑުއްވަރީ މީހުން އަމީތު ދައްކާވާހަކަ ގަބޫލުކުރާނޭ!
2018ވައްކަމައްތޯ
11 November 2017
ސަރުކާރުގެ ވިސްނުން ރަނގަޅެއްނޫން މީހުން ގިނަވުމަކުން ކުރާނެފައިދާއެއް ބަދުރު ހަނގުރާމައިން މިކަން އެނގޭނެ
ތިހަމަ ތެދެއް؟
11 November 2017
ރޮއެ އާދޭސް ކުރީމޭ؟ ތިކެމެއް ކުރާކަށް ނުޖެހޭ، ތި ދަރަޖައަށް ވެއްޓުނީމަ ތި ބޭފުޅަގެ އެއްވެސް އަގެއް ނެތެއްނު، ރޮއެ އާދޭސް މަޑުއްވަރީ ދާއިރާގެ މެންބަރު ކުރީމަ މަޑުއްވަރީ މީހުންނަށް ބޭނުން ހާގޮތެއް އެހަދަނީ، ނިކަން ބަލާބަލަ ބޮޑު ހިލަ ޖަހާފަ އޮތް ތޮށި، މީދާ ހާއްޔަކަށް ވެފަ
ލާސްނައިޓު އަހުމަދު
11 November 2017
ރޮއެއާދޭސް ކުރާކައް ނުޖެހުނިސް ސިޔާސީ ކަންކަމާ ނުބެހި ދުރުގަ ހުރިނަމަކާ އަމީތައް ހަމަރަގަޅައް އެނގޭނެ މިރާއްޖޭގެ އެއްވެސްރައްޔިތަކައް ވެރިކަންކުރުމުގެ ހައްގު ލިބިގެން ނުވާކަން ބަސްބުނުމުގެ ހައްގުލިބިގެން ނުވާކަން ކާމިނީގޭ މީހުނައް ނޫނީ ނިކަން ބަލާލާ ހދ އަތޮޅައް ޝަހީދު ހުސެންއާދަމްގެ ނަންބޯޑު އަޅުވާފަ 29 އަހަރު ބައިތިއްބައިފި އެންމެ ރިސޯޓު ގަނޑެއް ދައްކަބަލަ އަތޮޅުން އިސްލާމީ ތައުލީމުދޭ މަދަރުސާއެއް ދައްކަބަލަ ކުޅުދުއްފުށިން ސަރުކާރުގެ ވެރިޔެއް ދައްކަބަަލަ އެރަށައް ނިސްބަތްވާ ވީމާ ޖަނާފުރާނައިން ގައުމައްޓަކާ ގުރުބާންވިޔަސް ރޮއެހޭރި ފަހަތުން ދުވިޔަސް މިބުނި ބައިގަނޑަކު ކަހާތަން ހިރުވާވެސް ނުލާނެ
ޢަބުދުއްﷲ
11 November 2017
ޖަލްސާގަ ބައިވެރިވީ 200 ވަރަކަށް މީހުން އެކަމަކު މި ނޫސްވެރިންނަށް އެއީ ވަރަށް ގިނަ ބަޔަކަށް މި ވީ ، ސުވާލަކީ މަޑުއްވަރީގައި ބަދަރު ނެތީތޯއޭ ؟؟ ބަދަރު ބޮޑު ކުރަން ޖެހެނީ ތޯ ؟ މަޑުއްވަރީ އަށް ލިބިފައިވާ ކޮންމެ ކުރިއެރުމަކީ މި ވެރިކަމުގަ ލިބިފަވާ ކުރިއެރުން.
ޢަލީ.
11 November 2017
އެމްޑީޕީ ޔަކުން ފައިސާދީގެން މީހުންޖަލްސާތަކައް ނުގެންދާނެ ބަދުރުހަނގުރާމައިގަ ނަސްރު ލިބުނީ މާގިނައިން މީހުން ތިބެގެނެއްނޫން ހައްގައް ނަސްރު ދެވާ ފަރާތުގެ އިރާދައިން އެނެއްފަރާތުގަ 10.000 މީހުންތިއްބަސް
ޕޮކަންޑިމޭން
11 November 2017
"ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި އަމީތު ވިދާޅުވިއެވެ" އެތާގައި 200 މީހުން ހަމަނުވޭ
ހަބޭސް222
11 November 2017
މާ ގިނައިން އެދުނީމަ ނުވީ! މިހާރުގެ ވެރިޔަކީ މާގިނައިން ކަމެއްގެ ވާހަކަ ދައްކާފިއްޔާ ވވވ ކޯފާ ވާ ވެރިޔެއް! މިސާލު! ކުޑަކުއްޖަކު ބައްޕަ ބަންދުން ދޫކޮށްދޭށޭ ބައްޕަ ދެން ބަސްއަހާނެހޭ!! މާގިނަ ދުވަހެއް ނުވެ ދެން އެފަކީރު އެދިޔައީ ކައްވަޅަށް! ސިފައިންގެ ކޮށީގަ އުޅުނު ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރި މީހަކު އިސްރައްވެހިންނާއި ބައްދަލު ކުރި ދުވަހު ބައްދަލުކޮށް ސިފައިންގެ ކޮށީގަ އުޅޭގޭގެ ވާހަކަ ދެންނެވުމުން މާ ގިނަދުވަހެއް ނުވެ ވީ މަގުމަތި!! ރައްޔިތުންނޭ ވވވ ވިސްނާ!!
ބޭރުމީހާ
11 November 2017
ދެން މިހާރު ހެދިއްޖެތަ.އޭރު ތިކަހަލަ ކަމަކާ ނޫޅެމެއްނު. އޭރު ބެލީ ކަޓެއްޖެއްސޭތޯ އެކަން ކޮއްގެންނު ތިޔަހުރީ. ދެން ކޮން ދޮގުތަކެއް ހަދާކަށް