އުމަރު (ވ)، ޖޭޕީގެ ލީޑަރު ގާސިމްއާ ބައްދަލުކުރައްވަނީ. --ފޮޓޯ:ނިޝާން އަލީ/ މިހާރު
18 ޑިސެމްބަރ 2017 - 18:03
ވަކި ފަރުދަކު ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅުމަކުން އިދިކޮޅު އިއްތިހާދުގެ ގުޅުމަށް ބުރޫއަރައިގެން ނުވާނެ ކަމަށާއި އެކަން ވިޔަކަ ވެސް ނުދެއްވާނެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު މިދިޔަ ބުރާސްފަތި ދުވަހު ޖޭޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން އިއްތިހާދުގެ ބައެއް ބޭފުޅުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރައްވަމުންނެވެ. އަދި ޖޭޕީގެ ބައެއް ބޭފުޅުން ވެސް އެކަމާ ހިތްނުތަނަވަސްވެ، ވާހަކަ ދައްކަވާފައިވެ އެވެ.
އުމަރަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް އިޝާރާތް ކުރައްވައި، ގާސިމް ވިދާޅުވީ ވަކި ފަރުދަކު ޖޭޕީއާ ގުޅުމަކުން، ޖޭޕީ ބައިވެރިވެފައިވާ އިއްތިހާދުގެ ގުޅުމަށް ބުރޫއަރައިގެން ނުވާނެ ކަމަށެވެ.
Vaki farudhaku JP ah gulhumakun, adhi membaraku vaki kamehgai thafaathu visnumeh gengulheygothakun raajje islaahee magah genaumah JP baiverivefaivaa iththihaadhuge gulhumah buroo araigen nuvaane. Adhi JP in ekan viyakaves nudheynan.
— Qasim Ibrahim (@qasimibrahim) December 18, 2017
ގާސިމް މިއަދު ކުރެއްވި ޓުވީޓު.
ގާސިމްގެ ޓްވީޓްގައި އުމަރުގެ ނަން ގެންނަވާފައެއް ނުވެ އެވެ.
މިހާރު ޖަރުމަނުގައި ހުންނެވި ގާސިމް ވިދާޅުވީ މެމްބަރަކު ވަކި ކަމެއްގައި ތަފާތު ވިސްނުމެއް ގެންގުޅޭ ގޮތަކުން، އިސްލާހީ މަގަށް ރާއްޖެ ގެންނަން ޖޭޕީ ބައިވެރިވެފައިވާ އިއްތިހާދުގެ ގުޅުމަށް ބުރޫ އަރައިގެން ނުވާނެ ކަމަށެވެ.
ޖޭޕީގެ ކައުންސިލްގެ ބައެއް މެމްބަރުން އުމަރާ އިއްޔެ ބައްދަލު ކުރައްވަނީ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޖޭޕީއާ އުމަރު ގުޅިވަޑައިގަތުމާ ދިމާކޮށް، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އިއްޔެ ވިދާޅުވީ އުމަރަށް އެމްޑީޕީއާ ވައި ވެސް އެޅުނަ ނުދެއްވާނެ ކަމަށެވެ. އަދި އެމްޑީޕީ ހަލާކުކޮށްލަން އޭނާއަށް ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
އެމްޑީޕީ ވެސް ހިމެނޭ އިދިކޮޅު ކޯލިޝަންގައި އެމްޑީޕީއާ އެކު މަސައްކަތް ނުކުރައްވާނެ ކަމަށް އުމަރު ވަނީ ފާޅުގައި ވިދާޅުވެ އެވެ. އެހެންވެ، އޭނާ އަށް ބޮޑެތި ފާޑުކިއުންތަކެއް ދަނީ އަމާޒުވެފަ އެވެ.
އުމަރު "މިހާރު" އަށް ވިދާޅުވެފައި ވަނީ އެމްޑީޕީ ނުވަތަ ނަޝީދު ހިމެނޭ ގޮތަށް ޖޭޕީއާ އެކު ބާއްވާ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ޖޭޕީ ހިމެނޭ ކޯލިޝަންގައި އެއް ކެންޑިޑޭޓަކީ ނަޝީދު ނުވަތަ އެމްޑީޕީގެ ބޭފުޅެއް ނަމަ ޖޭޕީއާ ދުރަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޖޭޕީގައި އެންމެ އިސްކަމެއް ދެއްވާނީ އިދިކޮޅު ހަރަކާތުން ނެރޭ ކެންޑިޑޭޓަކީ ގާސިމް ކަމަށް ހެދުމަށް ކަމަށާއި ޖޭޕީގެ ޓިކެޓަށް ވާދަކުރައްވާނީ އެ ފުރުސަތު ގާސިމަށް ބަންދުވުމުން ކަމަށް އުމަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯޒް ރައީސް
19 December 2017
ގާސިމް ހަމަ އެނގި ހުރެގެން ކޮންމެފަހަރަކު އަމިއްލަ ފައިދާޔަށްޓަކާ ރައްޔަތުންނަށް ކެހިދެނީ. ހަމަ ކަނޑައެޅިގެން ދޯކާދެނީ. އަޑިއަޑިން ގޭމްކުޅެ އުމަރާ ޤާސިމާ މިހާރު އެތިބީ ފިލާ. މިހާރު ސަރުކާރުން ޤާސިމް ހޯދާކަށް އުމަރުގެ ފައިލް ހުޅުވާކަށް ނޫޅެއެންނު. ރައްޔަތުން ވިސްނާ..
ބޭބެ
19 December 2017
އެންޑީޕީ ކުދިންވެސް ދެން ތިކަން ނުވާނެ މީހަކުގެ ބަދަލުގައި ތިކަން ވާނެ މީހެއް ލިބޭތޯ ބަލާށެވެ. ޔާމީނުފަދަ ގާބިލު މީހަކު ނުލިބޭނެަމަ ޖަޒުބާތުގައި ޖެހިގެން ގައުމު ހަލާކު ކުރަން ނޫޅޭށެވެ. ތިކަމުން ގެއްލުން ވަނީ ކަލޭމެނަށާއި މުޅި ގައުމަށެވެ. ތިބުނާ ރީނދޫ ބެއްޔާއަކަށް މިގައުމުގެ ބޮޑު ބަޔަކު ތާއީދު ނުކުރާކަން އަދިވެސް ފަހުމު ނުވަނީ ހެއްޔެވެ. ނުވަތަ ވާން ބޭނުން ނޫނީހެއްޔެެވެ. ޖަޒުބާތުގައި ތިބެގެން ވާނުވާ ނޭނގޭ ނުންހެއްޔެވެ. އެބެއްޔޯ އަކަށް މިގައުމުގައި ތާއީދެއް ނެތެވެ. މިއީ ހަގީގަތެވެ. ގަބޫލް ކުރާށެވެ.
ފަޅުވެރިން
19 December 2017
ޤާސިމް ސޭޓަކީ ކަމެއް ކުރެވޭ މީހެއް ނަމަ އޭނަ ކުރަންވީ ކަމަކީ ސިޔާސީ ގޮތުން ފޭލްވެ، އެމީހުންނަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެފައިވާ ބޭކާރު މީހުންނާ ސިއްރު ބައްދަލުވުންތައް ބާއްވައިގެން ޚިޔާލީ ފޮލާތައް ކެއްކުމުގެ ބަދަލުގައި، ދައުލަތަށް އޭނަ ދައްކަންއޮތް 200 މިލިއަން އެމެރިކާ ޑޮލަރު އަވަހަށް ދައްކާލަންވިއްޔޭ! މިފައިސާ ސަރުކާރަށް އެއްފަހަރާ ލިބިއްޖެނަމަ އެއީ މަދުވެގެން 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅޭހާ ފައިސާއޭ! އޭނަ އަތުގައި ހުރި ރިޒޯރޓްތައް ވިއްކާލައިގެން ނަމަވެސް މިކަން އަވަހަށް ކުރާށޭ! އެރިޒޯޓްތައްވެސް އެހެން ބައެއްގެ އަތުގައި ހުރެއްޖެނަމަ ޤައުމަށް، އަދި އެތަންތަނުގެ މުއައްޒަފުންނަށްވެސް މާފައިދާ ބޮޑުވާނެއޭ! ތިމާމެންނަކީ މިހާރު ޒަމާން ގޮސްފައިވާ ބައެއްކަމަށް މިމީހުން މިހާރު ޤަބޫލުކުރަން ވެއްޖެއޭ! ވަކިން ޚާއްޞަކޮށް މައުމޫން، ޤާސިމް، ނަޝީދު، ޖަމީލް މިއީކީ ރައްޔިތުންގެ ތެރޭގައި އިތުރަށް ވިއްކޭނެ ޕްރޮޑަކްޓްތަކެއް ނޫނޭ! މިއީ މިހާރު މުޅިން ފޮސަލައިޒް ވެފައި ހުރި ޕްރޮޑަކްޓްތަކެކޭ!
ދޮން އާމިރު
19 December 2017
ޖާސިމުދެން އަނެއްކާ ތިހެން ކިޔާފަ އަނެއްކާވެސް ޔާމީނުގެ ފައިބުޑަށް ވެއްޓިގަނޭ.
އަލީ.
19 December 2017
އެގުޅޭމީހަކީ އިއްތިހާދުގެ ހުރިހާޕާޓީ އަކައް ތާއީދު ނުކުރާމީހަކައްވިޔަސް ވަރިހަމަތޯ އެހެންވިއްޔާ ގާސިމު ތިޔަހުރީ ބުއްދިސަލާމަތުންބާއޭ ހިތައްއަރާ
ޢުމަރަށް ސާބަސް
19 December 2017
ޢުމަރުވާ އެބަބުނޭ ތިމަންނާ ނަޝީދަކަށް ތާޢީދެއްނުކުރަމޭ ފާޅުގައި. އެއާއި ޚިލާފަށް ކޯލިޝަންގައި ދެންތިބި މީހުންނަކީ އެއްބަޔަކު ނަޝީދަށް ތާއީދުކޮށް މައުމޫނަށް ތާއީދުނުކުރާ މީހުނާއި މައުމޫނަށާއި ނަޝީދަށް ތާއީދުނުކޮށް ޤާސިމަށް ތާއީދުކުރާ ބަޔެއް. ދެންތިބީ ޔާމީންދެކެ ރުޅިއަންނާތީ ކޯލިޝަންގައި ތިބިބައެއް. ވޯޓުންނިކުންނާނެ ނަތީޖާއެއް އެއްވެސްބަޔަކަށް އަންދާޒާކޮށްލަން ނޭނގޭނެމިހާރު. އެއަށްވުރެ ޔަހޫދީ ސިޔާސީ ބައިގަނޑެއް ތިޔައުޅެނީ. އިންޑިޔާ، ޔޫކޭ، ޔޫއެސް، ޗައިނާ އަށް ރާއްޖެ ވިއްކާ ޣައްދާރުން ހައްތާވެސް. އެމީހެއްގެ ނަމުގައި އެމީހަކީ ތެދަށްހުރި އޮލަނބެއް. އެހާވެސް ތެދުވެރި އިޚްލާސްތެރި ދުނިޔޭގައި ނެތްވަރުގެ މޮޅު މީހެއް.
އައްޑޫ ރަދުން
19 December 2017
އުމަރުގެ ސަބަބުން އެމްޑީޕީއިން ބަޔަކުވަކިވެ ޖުމުހުރީ ޕާޓީއާ ނުގުޅޭނެ އެކަމަކު އުމަރުގެ ސަބަބުން ޖޭޕީން ބަޔަކު ވަކިވެ އެމްޑީޕީއާ ގުޅޭނެ....
ޒުލޭހާ
19 December 2017
ޑިމޮކްރަސީއޯ.... ގައިގާދުރު
ޓޮމް
19 December 2017
އުމަރަކީ ދެފުއްކެހެރިއެއް އެއީ އެއްމެވޯޓެއް
މެންޓަލިސްޓް
18 December 2017
ޕޮލިޓިކްސްގައި އޮންނާނީ ސެޕެރޭޝަންއާޢި ވާދަވެރިކަމާޢި ހަސަދަވެރިކަމާއި ދެކޮޅުވެރިކަން ،،،، އެންމެފަހުން ހަނގުރާމައާޢި ލޭއޮހޮރުވުންވެސް އޮންނާނެ ،،، އިންސާނީ ދަރިފަސްކޮޅު ފެށުނީއްސުރެން އެހެންކަންކަން ހިނގަމުން ދާކަމަށް ލިއެފައިހުރި ލިއުންތަކުން ފެންނާންހުރީ ،،،، ރާއްޖޭގައިވެސް މިހާރު ޕާޓީފޯރީގައި އޮތީ އަސްލުގައި ބައިބައިވުން ވަރަށްބޮޑަށް އުފެދި ،،، ސޮސައިޓީގެ ހާރމަނީވެސް ގެއްލި އަދާވަތްތެރިކަން އުފެދިފައި ،،، އޭގެސަބަބުން މަލަމަތި މިވަނީ ވަރަށް ބޮޑަށް ތަގައްޔަރުވެފައި ،،،، ހަޔަރ ވައިބްރޭޝަންގެ ކަންކަން ކަމުގައިވާ ލޯތްބާއި ،، ޖޯއީއާޢި ކޮންޕެޝަން ގެއްލި ،،،، ލޯވައިވައިބްރޭޝަންގެ ކަންކަން އާންމުވެފައި ،،،، އޭގެ ސަބަބުން ވަރަށްނޭއްގާނީ އަސަރުތަށް މުޖްތަމައުގައި ފިޒިކަލް ލެވެލްގައި އަދި ރޫހާނީ ލެވެލްގައި ކުރާނެ ،،،، އެއީ އެކަމުގެ ސައިންސް ހެކިދޭކަަންކަން ،،،، މައައްސަލާމާ ،،