މަހްލޫފް ކޯޓުން ނިކުންނަނީ: ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ އިތުރު ދައުވާއެއް ވެސް އޭނާއަށް ކުރޭ --ފޮޓޯ/މިހާރު
10 ޖުލައި 2016 - 13:30
ފިލަން މަސައްކަތް ކުރި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ.
އިދިކޮޅު ފަރާތްތައް ގުޅިގެން އުފައްދާފައިވާ ކޯލިޝަންގެ ތަރުޖަމާނުކަން ވެސް ކުރައްވާ މަހްލޫފްގެ މައްޗަށް ދައުވާ ކުރަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މަހްލޫފް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އިރު އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމަށް ފަހު ކޯޓުން ނެރެގެން ގެންދަން އުޅުނު ވަގުތު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހަދައި، ފިލަން މަސައްކަތް ކުރި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ފުލުހުންގެ ދައުރު އަދާ ކުރަން ދަތި ކުރި ކަމަށް ބުނެ މަހްލޫފްގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ ޝަރީއަތުގައި ދެ ފަރާތުން ޚުލާސާ ބަޔާން ހުށަހެޅުމުން އަޑުއެހުންތައް ނިންމާލައިފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަހްލޫފް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނާއި ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުލްބާރީ ޔޫސުފް އަންގަވާ ގޮތަށް ހުކުމް ނުކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވިދާޅުވީ ހުކުމް ކުރާނީ މައްސަލަ ދިރާސާ ކުރުމަށް ފަހު އިންސާފުވެރި ކޮށް ކަމަށެވެ. އެކަމަކު ހުކުމް ކުރާނެ ދުވަހެއް ގާޒީ ވިދާޅެއް ނުވެ އެވެ.
އެ ދައުވާ ސާބިތުވިޔަސް މަހްލޫފްގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަކަށް ނުބެލެވެ އެވެ. މަޖިލީހުގެ މެމްބަރުކަން ގެއްލެނީ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައުމުން ކަމަށް ވާއިރު މަހްލޫފަށް ދައުވާ ކުރާ ކުށަށް އެންމެ ބޮޑު އަދަބަކަށް ވެސް އޮންނަނީ ހަ މަހަށް ޖަލަށް ލުމެވެ. އަދި އާ ގާނޫނުލް އުގޫބާތުގެ ދަށުން އެ ކުށުގެ އަދަބު އެއަށް ވުރެ ވެސް ކުޑަވާނެ ކަމަށް ބެލެވެ އެވެ.
އެ މައްސަލައިގެ އިތުރުން ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ އިތުރު ދައުވާއެއް މަހްލޫފްގެ މައްޗަށް ކުރެ އެވެ. އެކަމަކު އެ މައްސަލަ ހުކުމާ ހިސާބަކަށް އަދި ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމޫ
10 July 2016
މަހޭ ރީތި ކަން !
ޒައްރާފާ
10 July 2016
މިގައުމުގަ އުޅެން ބޭނުމިއްޔާ ޔާމީނަށް ސަނާ ކިޔާ.. އެހެން ނޫނީ ޖަލު ގޮޅި
އިިބުރާހިމް އާސިފް
10 July 2016
މިފަދަ ތާނކުންތާނކުނުޖެހޭ ކަންތައްތަކާހުރެ ރައީސު ޔާމިނުދެކެ ގިނަރައްޔަތުން ނަފުރަތުކުރަނީ...އީ ވޯޓް ބޭނުން ކޮށް މަކަރުހަދަން އަކުރަމްމެންފަދަ ނާގާ ބިލުމީހުން އުޅުނަކަސް އެކަމެއްވެސް ނުވާނެ.. ސަވަބަކީ ގިނަދާއިރާތަކުން ކަންތައްތައް ލީކުކޮށްލާނެތިއެވެ. މަރުވެފައިތިބި އެތަކެއްބަޔަކު ދިރުވާ ދިރި ތިބި އެތަކެއްބަޔަކު މަރުވެފައިކަމައް ނިންމައިގެން ކުރިހުކުމް ދެންކުރިޔަކަސް ދުނިޔެވަނީ ވަރައްބޮޑައް ލޯހުޅުވިފައި ދެނެއް އެކަމެއްވެސް ނުކުރެވޭނެއެވެ. ވިމާ ރައްޔަތުންގެ ލޮބި ލިބެތޯ މަސައްކަތް ކުރައްވާ.!!
ނަލަހިޔާ
10 July 2016
ދެންމަހޭ ވެސް ހިޔަނިކެބިނެޓްގަ ހުރެ ރައީސްނަޝީދު ފޫހިފިލވަން ލަންޑަނައް ނައްޓާލަންވީ