މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނާއި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
23 ޑިސެމްބަރ 2017 - 18:46
ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އިމާރާތް ކުރުމުގެ ގިނަ މަޝްރޫއުތަކުން މެލޭޝިއާގެ ކުންފުނިތަކަށް ރާއްޖެއިން ފުރުސަތުތައް ފަހިވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ދައުވަތަކަށް ރާއްޖެ އަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، އެނބުރި ވަޑައިގެން ނަޖީބުގެ ރަސްމީ ޓުވިޓާ އެކައުންޓުގައި އާއްމުކުރެއްވި ވީޑިއޯގައި ވަނީ، އެމަނިކުފާނުގެ ދަތުރުފުޅުގައި ދިވެހި ސަރުކާރާ އެކު ބޭއްވެވި މަޝްވަރާތަކާއި ސޮއިކުރެއްވި އެއްބަސްވުންތަކުގެ ބައެއް ތަފްސީލްތައް ދެއްވައިފަ އެވެ. ރާއްޖެ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، ރައީސް ޔާމީން ހޫނު މަރުހަބާއެއް ދެންނެވި ކަން މެލޭޝިއާގެ ބޮޑުވަޒީރު ފާހަގަކުރެއްވި އެވެ.
މެލޭޝިއާ ބަހުން އާއްމުކުރެއްވި ވީޑިއޯގައި، އިމާރާތް ކުރުމުގެ ދާއިރާގެ ގިނަ މަޝްރޫއުތަކުން ފުރުސަތުތައް އެ ގައުމަށް ފަހިކޮށްދެއްވާފައިވާ ކަމަށް ވިދާޅުވެ، ރައީސް ޔާމީނަށް ނަޖީބު ޝުކުރު އަދާކުރެއްވި އެވެ. އޭގެ ތެރޭގައި 300 އެނދުގެ ޕްރައިވެޓް ހޮސްޕިޓަލެއްގެ މަސައްކަތް ހިމެނޭ ކަމަށް ވިދާޅުވި ނަމަވެސް ތަފްސީލު ދެއްވާފައެއް ނުވެ އެވެ.
Syarikat-syarikat Malaysia diberi peluang mengambil bahagian dalam beberapa projek pembinaan di Maldives. pic.twitter.com/tiNRqrPUv4
— Mohd Najib Tun Razak (@NajibRazak) December 23, 2017
ރާއްޖެ އަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ނަޖީބުގެ ރަސްމީ ޓުވިޓާ އެކައުންޓުގައި އާއްމުކުރެއްވި ވީޑިއޯ.
ނަޖީބު ވިދާޅުވީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން އެމަނިކުފާނާއި ރައީސް ޔާމީން ބޭނުންފުޅުވާ ކަމަށާއި ރާއްޖެ އަށް ބޭނުންވާ އެހީތަކަށް އެ ގައުމު އޮތީ ތައްޔާރަށް ކަން ދަންނަވާފައިވާނެ ކަމަށެވެ.
ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ ހިމެނޭ ގޮތަށް އެއްބަސްވުންތަކެއްގައި ސޮއިކުރެއްވި ކަން ފާހަގަކުރައްވަމުން، ހަލާލު އިންޑަސްޓްރީ އާއި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ރާއްޖެ އަށް އެހީތެރިވާން ނިންމާފައިވާ ކަމަށް ވެސް މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވި އެވެ.
ރާއްޖެއާ ދެމެދު ކުރި މަޝްވަރާތަކަށް ފަހު މެލޭޝިއާ އިން ވަނީ ފިނޭންސް ބިންޑިންގްގެ އާ އިމާރާތް ހެދުމަށް އެ ގައުމުން އެހީތެރިވާނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ.
ނަޖީބުގެ މި ދަތުރުފުޅުގައި، ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ގާއިމުކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ މެލޭޝިއާގައި ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް ގާއިމުކުރުމާއި ސިއްހީ ދާއިރާ އިން މީހުން ތަމްރީން ކުރުމާއި ވަސީލަތްތައް ހޯދައި ދިނުމާއި މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައި ދިނުމާއި އަލިފާން ނިއްވުމާ ބެހޭ ތަމްރީން ދިނުމާ ގުޅޭ އެއްބަސްވުމެކެވެ.
ނަޖީބުގެ ދަތުރުފުޅަކީ މިދިޔަ 33 އަހަރުގެ ތެރޭގައި، މެލޭޝިއާގެ ބޮޑުވަޒީރަކު ރާއްޖެ އަށް ދަތުރުފުޅެއް ކުރައްވި ފުރަތަމަ ފަހަރެވެ. މެލޭޝިއާގެ އޭރުގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ރާއްޖެ ވަޑައިގަތީ 1984 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު
02 December 2018
ވަރަށް ހަމަޖެހިލާފައި ކަމަށް ފެންނަ ފޮޓޯއެއް، އެހެންތަ ވާނީ ، ލަނޑަޔާވާނީ ހަމަ ލަނޑަޔާ. ނަޖީބަކީވެސް މުޅިޣައުމު ދަވާލައިގެން ހުރިމީހެއް.
ހަމަ
24 December 2017
ރައްޔިތަކަށް ވީ ފައިދާއެއް ހަމަ ހަރާން
ދަވޭ
24 December 2017
މެލޭސިއާ އާއި ރާއްޖެ އާއި ދެމެދު ގުޅުން މިހާ ބޮޑަށް ގާއިމް ވެގެން ނުދެއޭ ދުވަހަކު ވެސް ކަން މިހެން ހުރުމުން މެލޭ އެމްބަސީ އެއް ހުޅުމާލޭގައި ގާއިމް ކުރުމަކީ އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. މެލޭގެ އެމްބަސީ އެއް ރާއްޖޭގައި ހުރެއްޖެނަމަ މެލޭގެ އިންވެސްޓަރުން ނަށް ވެސް ހިމާޔަތް ލިބޭނެއޭ އަދި މެލޭގެ އިންވެސްޓަރުން ވެސް ރާއްޖެ އަށް އިތުރު ވާން ފުރުސަތު ލިބޭނެއޭ. މަމެން އުއްމީދު ކުރަމޭ މަމެން ޕިންކީންގެ ވެރިކަމުގައި މެލޭގެ ލޯން އެހީގައި ނަމަވެސް ދުނިޔޭގެ ފެންވަރުގެ 300 އެނދުގެ ހޮސްޕިޓަލެއް ހެންވޭރު ދަނޑުގައި އެޅިގެން ދާނެ ކަމަށް. އެކަން އެހެން ވެއްޖެނަމަ ދެން ލަންކާ އިންޑިއާ އަދި ބަންގާޅު އަދި ޕާކިސްތާނު ފަދަ ގައުމު ތަކުން ވެސް ބޭސް ފަރުވާ އަށް އަންނާނީ ރާއްޖެ އަށް ނޫންތޭ. މަމެން އުއްމީދު ކުރަން މިހުވަފެން ހަގީގަތަކަށް ވެގެން ދާނެ ކަމަށް.
ނެވަރ
24 December 2017
ރާއްޖެއާ ގުޅުން ބަދަހިވެ، މެލޭޝިއާގެ ކުންފުނިތަކަށް ފުރުސަތު ވަނީ ލިބިފައި ކަމަށް އެވިދާޅުވަނީ މެލޭގެ ބޮޑު ވަޒީރު އަމިއްލަ ފުޅަށް އަމިއްލަ ފުޅު ޓްވިޓަރ އެކައުންޓް ގައޭ. މީ އަދި ރާއްޖެ އަށް އެހީވުމަށް ޓަކައި މެލޭސިއާގެ ބޮޑުވަޒީރަކު އަމިއްލަ އަށް އަމިއްލަ ޓްވިޓަރ ގައި ލިޔުނު ފުރަތަމަ ފަހަރޭ މެލޭގެ ތާރީޚް ގައި ވެސް. މިކަން މިހެން މިވަނީ އެއީ މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރު ރަނގަޅުވީމައޭ އަދި މަމެން ޕިންކީންގެ ސަރުކާރަކީ އެއީ އިނޮވޭޓިވް ބައި އިކޮނޮމީ އަށް ވީމައޭ. މިފެންވަރުގެ ސަރުކާރެއް ރާއްޖޭގެ ތާރީޚް ގައި ވެސް ނުހުންނާނެއޭ ފެނިފައި. އައި އޭމް ސޯ ހެޕީ އައި އޭމް ސޯޯ ހެޕީ އޮން ދިސް. ނެވަރ ޑިޑް ފައިންޑް ސަޗް އަ މާރވެލަސް ގަވަރމެންޓް އިން މައި ލައިފް. ނެވަރ ޑިޑް.
ހަގުދަރި
24 December 2017
އިދިކޮޅު މީހުންގެ ކަމަކީ ވެރިކަން ވައްޓާލުމަ މަސައްކަކުރުން ޔާމިންގެ ކަމަކީ މިރާއްޖެ ތަރައްގީކުރުން އެހެންވީމަ މިފަހަރު ވޯޓްލެވޭނީ ރައިސް ޔާމިން ފިތުނަ ފަސާދައަކަ ޖާގައެއްނެއް މިފަހަރު.
ކުނި
24 December 2017
ގައުމު ވިއްކާ މީހުނަކަށްވެސް ޖާގައެއް ނުދެވޭނެ
ތަރައްގީ
24 December 2017
މިރާއްޖޭގެ ތަރައްގީގެ ބާނީއަކީ ރައިސް ޔާމިން މީހަގީގަތަކީ.
އަޙުމަދު
02 December 2018
މިރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑެތި ވައްކަމާ ޚިޔާނާތުގެ ފަހަތުގައި ވަނީވެސް ހަމަ ތިޔަބުނާ ތަރައްގީގޭގެ ބާނީއެއް ނޫންތޯއެވެ؟ ގޯހެއް ނޫނެއްނު.
މަންޑޭލާ
24 December 2017
ނަޝީދަ ވޯޓްލާވަރުގެ މީހެއްނުން މިރާއްޖޭގެ ހަމަޖެހުންނަގާލަމުން ނަޝީދު އެގެންދަނީ މިރާއްޖެއަ ކަމެކޮއްދިނީއަކީނުން ނަޝީދުު ކުރިހާވެސްކަމަކީ މީސްމީހުންގެ އަބުރުކަތިލުން އަހަރެން ވޯޓްލާނީ މިފަހަރު ޔާމިނަ.
މިލިޓަރީ
24 December 2017
ސާބަހޭ ޔާމިން ޤައުމުތަރައްގީ ކުރާ ރައިސް އަކީ ޔާމިން.
ސޮކްތެރެޕީ
24 December 2017
އަހަރެން ވޯޓްލާނީ ޔާމިނަ މިހާރު ގިނަމީހުންގެ ތާއީދު ލިބިފަހުރީވެސް ޔާމީނަ ސަބަބުތަނެތީމަވެސްނުން މިރާއްޖެ މުޅިރާއްޖެ ތަރައްގީކުރާތީ ބަސްމަދު އަމަލްގިނަ ރައިސްއެއް ޔާމިނަކީ.
ބޮލިހިލާ
23 December 2017
ރާއްޖެއާ ގުޅުން ބަދަހިވެ، މެލޭޝިއާގެ ކުންފުނިތަކަށް ފުރުސަތު ވަނީ ލިބިފައި ކަމަށް މެލޭގެ ބޮޑު ވަޒީރު ވިދާޅުވާނަމަ ތޭންކިއު ތޭންކިއު ތޭންކިއު މެލޭ ބޮޑު ވަޒީރު. މެލޭ ކުދިން މަމެންނަށް ވަރަށް ރީތި ވާން ވެސް ފަށައިފިއޭ މަމެން ބުނަން ނެތީމު ދޯ. މެލޭ ކުދިން އަވަހަށް އަންނަންވީ ރާއްޖޭގެ ހުޅުމާލޭގައި ގާއިމް ކުރެވޭ އެޑިއުކޭޝަން ޕާރކް ގައި ހުރި ޔުނިވަރސިޓީ ތަކަށް ކިޔަވަން. އެއިރުން މާ ބޮޑަށް ރަނގަޅު ވާނެއޭ އެއީ އެއް ނޫންތޭ ދަ އާރޓް އޮފް ސްޓަޑިންގް އަކީ ދޯ. އެމެން ރަންރީނދުލޭ މެން ބައިތިއްބާ ގުރުޑުވެފައި އެމެން ދެން ރަނގަޅު ވާނީ 2018 ގެ ރިޔާސީ އިންތިޚާބަށް ކުރި މަތި ލުމުގެ ބަދަލުގައި ބޮލި ހިލަން ދިޔައިއްޔާ ދޯ. ބޮލި ހިލާ ބޮލި ހިލާ ބޮލި ހިލާ ބޮލިހިލޭންޖުރެސް ބޮލިހިލޭންޖުރެސް ބޮލިހިލޭންޖުރެސް ހޭއް ހޭއް ހޭއް ހޯއް ހޯއް ހޯއް.