ނަސްރުﷲ: ފަސް ނޫސްވެރިއަކާ ވީ ނިއުސްއާ ދެކޮޅަށް އޭނާ އަބުރުގެ ދައުވާ ކުރޭ
14 ޖެނުއަރީ 2018 - 15:24
"މިހާރު"ގެ ފަސް ނޫސްވެރިއެއްގެ މައްޗަށް އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ނަސްރުﷲ މުސްތަފާ ދައުވާކޮށްފި އެވެ. މީގެ އިތުރުން ވީމީޑިއާގެ މައްޗަށް ވެސް އޭނާ ވަނީ ދައުވާކޮށްފަ އެވެ.
އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގައި ހުރުމަށް ފަހު މަގާމުން ވަކިވެފައިވާ ނަސްރުﷲ އަބުރުގެ ދައުވާކޮށްފައި ވަނީ އޮޅުވާލައިގެން ހަތަރު މީހަކު ހައްޖަށް ފޮނުވިކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވޭ މައްސަލަ އެ މީޑިއާތަކުގައި ރިޕޯޓް ކުރުމުންނެވެ. އެ މައްސަލާގައި އޭނާ ހައްޔަރު ކުރުމަށް ފަހު ޖެހިގެން އައި ދުވަހު ކޯޓުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ. އެކަމަކު އެ މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން މިހާރު ވަނީ ދައުވާކޮށްފަ އެވެ.
ނަސްރުﷲ ކުރާ އަބުރުގެ ދައުވާގެ އަޑުއެހުމެއް އަންނަ އަންގާރަ ދުވަހު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.
މިދިޔަ ހައްޖު މަހު ހަތަރު ދިވެއްސަކު ހައްޖަށް ގޮސް، ހަވާލުވާނެ ފަރާތެއް ނެތި ތިއްބާ އެ މީހުންނާ ހަވާލުވީ ހައްޖު ކޯޕަރޭޝަނުންނެވެ. ހައްޖު މިޝަނުން ބުނެފައި ވަނީ އެ މީހުން ހައްޖަށް ފޮނުވީ ނަސްރުﷲ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނުޒް
15 January 2018
މަ ހީހީ ހަލާކު...ހަހަހަހަ
އުނބުށެން
15 January 2018
އެހާ މާތް މީހުންގެ އަބުރަށް ތިކިބުރާގޮތަށް އެއްވެސް ފަރާތަކުން ވާހަކަ ދައްކައިގެން ނުވާނެތާއެވެ.
ހަސަން އަލީ
15 January 2018
ލަދުން ބޯ ހަލާކު ވެއްޖެ!
ޒުބޭރު
14 January 2018
މަގޭލާރިކޮޅު އަތުލިއިރު ކޮބާލަދުހަޔާތް މަވެސްކޯޓައްދާނަން
އަލީ.
14 January 2018
ވައްކަން ކުރާމީހަކު ވައްކަން ނުކުރާ ކަމައް ގަބޫލު ކުރާނީ މޮޔައެއް
ޢަބްދުﷲނާފިޒު
14 January 2018
ނަސްރުﷲގެ ވެސް އަބުރެއް އޮވޭ އުތަ. ދެން މަހީހީހީ.
އަހުމަދުބެ
14 January 2018
މިމައްސަލަ ނިމޭގޮތަކުން މިމައްސަލއިގާ ސަރުކާރުގެ ނުފޫޒު އޮތް ވަރެއް އިނގޭނެއެވެ.
އިސްލާހު
14 January 2018
ނޫހެއްގައި ލިޔެފައި އެބައޮތް މީނާގެ މައްޗަށް އޮރިޔާން ކާޑު އުފައްދައި އެގެންގުޅުނުކަމުގެ ދައުވާ ވެސް ދައުވާތަކުގެ ތެރޭގައި ހިމެނޭ ކަމަށް... އެހެންވީމާ ...
ސޫޖީ
14 January 2018
ކޯޓަށް ދިޔައަސް ތުނބުޅި ރަނގަޅަށް ނުފަޅާމީހަކުގެ ތުނބުޅިވަރުގަދަ ކަމުގެ ވާހަކަ ކިހިނެއް ލިޔާނީ!
ކީލި
15 January 2018
މިއީ އަބުރާ ބެހުމެއް ނޫންތޯ؟
ސިއާ
14 January 2018
ޕީޕީއެމް އޮފީސް ތެރެއިން ފެނުނު ކަމަށްވޭ, ސަލާމަތް ވެވޭނެބާ?