ޚަބަރު / ރައީސް މުހައްމަދު ނަޝީދު

އިއްތިހާދު ރޫޅުމުން ސަރުކާރު ރޫޅޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ޖެހޭ: ނަޝީދު

އިދިކޮޅު ހަތަރު ލީޑަރުން: ރައީސް ޔާމީން ބަލިކުރަން އެއް ކެންޑިޑޭޓަކު ނެރެން ޖެހޭ ކަމަށް މި ހަތަރު ލީޑަރުން ވެސް ގަބޫލުކުރައްވާ.

ކޯލިޝަނުން ވެރިކަމަށް އަންނަ ސަރުކާރެއްގައި، އުފެދޭ މައްސަލަތަކަކާ ހެދި ކޯލިޝަން ރޫޅިއްޖެ ނަމަ ސަރުކާރު ވެސް ރޫޅޭގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން، ސްރީ ލަންކާގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ކޯލިޝަން ސަރުކާރުތަކަކީ ރާއްޖޭގައި އެހާ ކާމިޔާބު ފޯމިއުލާއެއް ނޫން ކަން ފާހަގަކޮށް، ރާއްޖެ ޓީވީން ކުރި ސުވާލެއްގެ ޖަވާބުގައި ނަޝީދު ވިދާޅުވީ ގުޅިފައި އޮންނަ ސަރުކާރު ދިފާއުކުރަން ގާނޫނުއަސާސީ އަށް އިސްލާހެއް ގެންނަން ޖެހޭ ކަމަށެވެ. އެއީ އިއްތިހާދު ރޫޅުމާއެކު ސަރުކާރު ރޫޅުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގުޅިފައިވާ ޕާޓީތަކުން އިންތިހާބަށް މިހާރު ކުރަމުން އަންނަ މަޝްވަރާތަކުގެ ތެރޭގައި އެކަން ހިމެނޭ ކަން ނަޝީދު ފާހަގަކުރެއްވި އެވެ.

"އެއް ކެންޑިޑޭޓަކަށް އަޅުގަނޑުމެންނަށް އެއްބަސްނުވެވިގެންނެއް ނޫން. އަޅުގަނޑުމެން އެއްބަސްވާން، އަދި މަޝްވަރާކުރަނީ އެންމެ ކަމަކާއެއް ނޫން. އަޅުގަނޑުމެން މަޝްވަރާ އެބަ ކުރަން އިއްތިހާދެއްގެ ސަރުކާރެއް ހިފެހެއްޓޭނެ ގޮތަކާ ގުޅޭގޮތުން ވެސް،" ނަޝީދު ވިދާޅުވި އެވެ.

ދެހާސް އަށެއްގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ނަޝީދު ކުރި ހޯއްދެވީ އިއްތިހާދަކުންނެވެ. އެކަމަކު އެ އިއްތިހާދު، މަސް ދުވަހުގެ ތެރޭގައި ވަނީ ރޫޅިފަ އެވެ. ރައީސް އަބްދުﷲ ޔާމީން ވެސް ވެރިކަމަށް ވަޑައިގަތީ އިއްތިހާދަކުންނެވެ. އެކަމަކު، އެމްޑީއޭ ފިޔަވައި އެހެން ހުރިހާ ޕާޓީތަކުން ވަނީ އެމަނިކުފާނާ ފެއަށް ޖެހިފަ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުގެ މަޝްވަރާތައް ނިންމާލާނީ ގާނޫނުއަސާސީ އަށް ގެންނަންޖެހޭ އިސްލާހުތަކާ ވެސް އެކުގަ އެވެ.

ކޯލިޝަންތައް ރޫޅެނީ، ނަޝީދު ވިދާޅުވި ގޮތުގައި، އެކަމަށް ގާނޫނީ ފަރުވާއެއް އެކަށައެޅިފައި ނެތުމުންނެވެ. ރައްޔިތުން އިއްތިހާދަކަށް ވޯޓުދިނަސް އިއްތިހާދު ރޫޅި ބައިބައިވާއިރު، ސަރުކާރު ދެމިއޮތުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ހިއެއް ނުވޭ، އެއީ ގާނޫނީ ގޮތުން ވެސް އަދި އާއްމު ވިސްނުމުން ވެސް ދެކޮޅު ޖެހޭ ވާހަކައެއް ހެން. އެހެންވެ އަޅުގަނޑު ދެކޭ ގޮތުގައި މި އިސްލާހު ގެނެވިގެން ބަދަލު ގެނެވޭނީ،" ނަޝީދު ވިދާޅުވި އެވެ.

އިދިކޮޅު އެއް ކެންޑިޑޭޓަކު ކަނޑައެޅުމަށް، ޕާޓީތަކުން މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ. ރައީސް އަބްދުﷲ ޔާމީން ބަލިކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ވެސް ޕާޓީތަކުން ގަބޫލުކުރެ އެވެ.

އެކަމަކު ގޮތެއް ކަނޑަނޭޅި ދިގުލައިގެން ދަނީ، އިންތިހާބުގައި ވާދަކުރެއްވަން ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ޝައުގުވެރިކަން ފާޅުކުރައްވާފައިވާތީ އެވެ.

އެކަމަކު ނަޝީދާއި ގާސިމަށް ވެސް އިންތިހާބަށް ކުރިމަތިލެއްވޭނީ ގާނޫނީ ގޮތުން ހައްލުތަކެއް ހޯދިގެންނެވެ. ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބުނާ ގޮތުން 65 އަހަރުން މަތީގެ މީހުންނަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ. ގާސިމްގެ އުމުރުން މިހާރު ވަނީ 65 އަހަރު ވެފަ އެވެ. ނަޝީދު ހުންނެވީ ރައީސްކަމަށް ކުރިމަތިލާ މީހަކާ ބެހޭ ގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއްގަ އެވެ.

32 ކޮމެންޓް, 61 ރިއެކްޝަންސް

icon happy icon happy 66%
icon sad icon sad 2%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަތުބަތާނަ

23 January 2018

މި ކަލޭގެ މިކުރަނީ މުޅިންވެސް ގުއިބުއްދި. މިއިން ވިސްނެނީ ނަޝީދު ނޫން މީހަކު ހޮވިއްޖިއްޔާ ނަޝީދު ކޯލިޝަން ގައި ގުޖަޑު ހިލުވާ ކޯލިޝަން ރޫޅާނެކަން. އޭރުން އަނެއްކާވެސް އިންތިޚާބެއް ބާއްވަންވީ.

The name is already taken The name is available. Register?

ފާތީ

23 January 2018

ކާކުތައެއްވެސްއިރަކު ކޯލިޝަންކިޔާއެއްޗަކަށްވޯޓުލީ?

The name is already taken The name is available. Register?

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

22 January 2018

އިސްލާހް ކުރި ޤާނޫނު އަސާސީގެ މާބޮޑު ބޭނުމެއް ރައްޔިތުންނަކަށް ނުލިބުނު. އޭގެ ސަބަބު އިގެން އެބަހުރި އެކަންކަން އަހަރުމެން ތަޖުރިބާ ކޮށްފިން. އޭރާއި މިހާރުގެ ވާހަކަ ނުދައްކާ މާދަމާ ކުރާންޖެހޭ ކަންކަމާއި އަދި އެމަގަށް ދިއުމަށް ޤައުމަށާއި ރައްޔިތުންނަށް ގެއްލުން ނުވާނެ މަގު އެބަ އިހްތިޔާރު ކުރާންޖެހޭ. އިންސާނުންގެ މެދުގައި މަޝްވަރާކޮށް ވާހަކަ ދައްކައިގެން ގެނެވޭ ސުލްހައިގެ މަގު އެންމެ ކާމިޔާބު ވާނީ. އެހެން ކަމުން ސިޔާސީ ޕާޓީ ތަކުން އިސްކަން ދޭންވީ ޤާނޫނު ހަދާ މަޖިލީހަށް “ރައްޔިތުން އިންތިހާބު ކުރި މެމްބަރުން” ސަރުކާރު ދޫކޮށް ޤާނޫނުއަސާސީ ހިމާޔަތްކޮށް ރައްޔިތުންގެ ވެރިކަމެއް ޤާއިމް ކުރުމަށް އަދި މިދައުލަތުގެ ހަޒާނާ އާއި ޤަދަރު ރައްކާތެރި ކުރުމަށް އެހީތެރިވެ ދިނުމަށް. ވަކިވަކި މެންބަރުންނާއި ބައްދަލުކޮށް ޤާނޫނު ހަދާމަޖިލީހުގައި “ސަރުކާރުގެ ނުފޫޒު ކުޑަކޮށް” ރައްޔިތުންގެ އަޑު އުފުލާ ޤާނުނު ނެގެހެއްޓުމުގެ ފުރިހަމަ ޒިންމާ މެންބަރުން ނެންގެވުމުގެ މުހިންމު ކަމުގެ ވާހަކަ ދައއކާންޖެހޭ.

The name is already taken The name is available. Register?

ޣަހުމެ

23 January 2018

ލެކްޗަރު ދޭނެ ކަމެއްނެތް. އަމިއްލިޔަށް ތިމާ ރަގަޅުވެބަލަ. އެގޭ ހުރިހާ އެއްޗެއް ތިބާ އާއިބެހޭ ގޮތުން މީސް މީޑިޔާގަ ލިޔެފާނެ.

The name is already taken The name is available. Register?

ާރަފަޅު ދޯ

22 January 2018

ބަރުލަމާނީ ހަދަން ފެނެއެވެ.އޭރުން އެކެއްގެ މުށުތެރޭގައި ހުރިހާ މުވައްސަސާ ތަށް ބަދެވިފައެއް ނޯންނާނެއެވެ ރައީސަކާ ބޮޑުވަޒީރަކު ބެހެއްޓި ދާނެއެވެ.

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

23 January 2018

ކީކޭބުނާނީ. ރިޔާސީ ބަރުލަމާނީ ގެ ތަފުސީލު ނޫހުން ގެނެސް ދެއްވުން މޮޅުއިތުރު.

The name is already taken The name is available. Register?

falaku ain

22 January 2018

މޮޔަނުގޮވާ ހޭބަހައްޓައިގެން މަނިކުފާނުވެސް ވާހަކަ ދައްކަންވާނީ. ރައްޔިތުން ރައީސަކަށް ވޯޓު ދިނީ ޔާމީނަށް. އެހެންމީހަކަށް ނޫން. ދެން ޕާޓީއަކުގައި ހުރިމީހަކު ރައީސްކަމަށް ކުރިމަތިލައިގެން ހޮވުން އެއީ އެޕާޓީގެ މީހުންގެ ހަމައެކަނި ރައީސެއްގެ ގޮތުގައިވީކީއެއްނޫން. އެހެންނަމަތޯ ކޯލިޝަން ރޫޅުމުން ތިޔަކަމެއްވިޔަސް ވާނީ.

The name is already taken The name is available. Register?

ސޮކްތެރެޕީ

22 January 2018

ނުޖެހޭ ރޫޅޭކަ ނަޝީދުގެ ވެރިކަން ވެއްޓުނީ ނަޝީދުގެ ފިޑިކަމުން.

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

23 January 2018

ވާނުވާވެސް ނޭގުމުން.

The name is already taken The name is available. Register?

ޖާރިޔާ އަހުމަދު ދީދީ

22 January 2018

ލޮލް. އެހެންވީމަ ކޮން ބަޣާވާތެކޭ ކިޔާކަށްތަ؟ ވެރިކަމުން ނާށްޓޭ އިސްތިއުފާ ދެއްވީ ތިޔަ ބުނާ ކޯލިޝަން ބައިބައިވެ ވިއްސިވިހާލިވިތާ އަހަރު ދުވަސްތަކެއް ފަހުން. މަމެން ނެތީމު ތިގޮވާ ކޮސް އަޑުއަހާކަށް.

The name is already taken The name is available. Register?

މޯލްޑިވިއަން

22 January 2018

ވަރަށް ރަނގަޅު ނިއްމުމެކެވެ. އެކަމަކުވެސް ނަޝީދުއަށް ވެސް އެގޯސްތައް ހެދުނެވެ. ދެންވެސް ވާނީ ހަމަ އެގޮތެވެ. ޤާނޫނަކީ ބަދަލުކޮށްލެވޭނެ އެއްޗެކެވެ. އެހެން ނޫންނަމަ އަދީބު އަށް ނައިބުރައީސްކަން ހޯދަދޭން އެމްޑީޕީއިން ޤާނޫނު ބަދަލު ނުކުރީހެވެ. ވޯޓު ނުދިނީހެވެ. (އަދީބުގެ ނުލަފާ ހިޔާލާއި ކަރަޕްޝަން ވާހަކަތައް ރައްޔިތުންކައިރީގައި ދައްކާފައި އެއްމެ ފަހުން އަދީބުއަށް ވެރިކަން ހޯދާދޭން ހިފީ ތިޔަ ބާގަނޑެވެ.

The name is already taken The name is available. Register?

ބޭބެ

22 January 2018

ދައްކާނެ ވާހަކަ ހުސްވިތާ ބަލަގަ ކޯލިިޝަން ސަރުކާރަކި ބަރުލަމާނީގެ ކަމެހް މިރާއްޖޭގަ އޮތީ ރިޔާސީ ނިޒާމެކޭ

The name is already taken The name is available. Register?

އަބްދުއްލާ

22 January 2018

ނަސީދު ވެރިކަމުގާ ހުރެ މަސްދުވަހުގެތެރޭ އިއްތިހާދު ރޫޅުނީމަ ވެރިކަން ރޫޅުނުތަ ؟ ނަސީދު ހަމަހޭގަ ތޯ ހުންނެވީ މިގައުމުގާ އޮތީ ޕާލަމެންޓްރީ ސިސްޓަމެއްނޫން . ގާނޫނުއަސާސީގަ ވަނީ ރިޔާސީ ނިޒާމެކޭ މިގައުމުގާއޮތީ ނަސީދު މިހުރީ ވެރިކަމާ ބޯގޮވާފަ ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭގެ .ކުންނާރު ގަހަކުން އަނބު ބިންނަމާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454