ޚަބަރު / ކުރީގެ ނައިބު ރައީސް އަދީބު

އަދީބަށް ބޭސްފަރުވާގެ ފުރުސަތު ހޯދައި ދިނުމަށް އެދިވަޑައިގެން އަނބިކަނބަލުން އެޗްއާރްސީއެމަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއިން މަހްރޫމް ކޮށްފައިވާ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އާއި ގާނޫނީ ވަކީލުން، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ރައީސް އައިމިނަތު އީނާސް އާއި އެހެން މެމްބަރުންނާ އިއްޔެ ބައްދަލު ކުރައްވައިފި އެވެ.

ޖުމުލަ 33 އަހަރުގެ ޖަލު ހުކުމް އިއްވާފައިވާ އަދީބުގެ އާއިލާއިން ބުނެފައިވާ ގޮތުގައި އެމަނިކުފާނަށް ވަނީ ސިއްހީ ގޮތުން ގިނަ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން އެމަނިކުފާނުގެ ލޮލަށް ގްލުކޮމާ ޖެހި، އެތެރެހަށީގައި ސިސްޓެއް އުފެދިފައިވާ ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެފައި ވެ އެވެ. އެހެންވެ، ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަށް އަދީބު އެދިވަޑައިގެންނެވިތާ އެތައް ދުވަހެއް ވީއިރު، ވެސް ސަރުކާރުން އެ ހުއްދައެއް ނުދެ އެވެ.

އަދީބުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ މޫސާ ސިރާޖު މިރޭ ވިދާޅުވީ އަދީބުގެ ހާލު ސީރިއަސް ވަމުންދާއިރު ވެސް އެކަށީގެންވާ ބޭސް ފަރުވާއެއް ލިބިވަޑައިނުގަންނަވާތީ އެކަން ހައްލު ކޮށްދިނުމަށް، އެޗްއާރުސީއެމްގެ މެމްބަރުންނާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

"ބަރާބަރަށް ޑޮކްޓަރަށް ނުދައްކާތީ އެކަން ފާހަގަކުރިން. އަދި އިތުރު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވައި ދިނުމަށް އެހީތެރިވުމަށް އަޅުގަނޑުމެން [އެޗްއާރުސީއެމްގައި] އެދިފައިވާނީ،" އެޗްއާރުސީއެމްގެ މެމްބަރުންގެ އެޕޮއިންޓްމެންޓަކަށް އެދިވަޑައިގެންނެވިތާ އަހަރެއްހާ ދުވަސް ފަހުން ލިބިވަޑައިގެންނެވި ފުރުސަތާ ގުޅޭ ގޮތުން ސިރާޖު ވިދާޅުވި އެވެ.

އަދީބުގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައި ދެއްވުމަށް އެހީތެރިވެ ދެއްވާނެ ކަމުގެ ޔަގީންކަން އެޗްއާރުސީއެމްގެ މެމްބަރުން ދެއްވި ކަން ސިރާޖު ފާހަގަކުރެއްވި އެވެ.

އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ނުކޮށްދޭ ކަމަށް އާއިލާއިން ބުނާއިރު، ސަރުކާރުން ބުނަނީ އެމަނިކުފާނު ބޭސްފަރުވާ އިން މަހްރޫމް ނުކުރާ ކަމަށާއި ރާއްޖެ އިން ލިބެން ހުރި ހުރިހާ ފަރުވާއެއް ދެމުން އަންނަ ކަމަށެވެ.

Adeeb ah ihumaaleh nuvan, hurihaa faruvaa eh ebadhey: Azleen

Adeeb ah ihumaaleh nuvan, hurihaa faruvaa eh ebadhey: Azleen

The most trusted news source in the Maldives

Mihaaru

ސަރުކާރުން ބުނަނީ އަދީބަށް އިހުމާލު ނުވާކަމަށް،

ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެފައި ވަނީ، އަދީބަކީ ދައުލަތުގެ ގިނަ ފައިސާތަކަކަށް ހިޔާނަތްތެރިވެފައިވާ ބޭފުޅަކަށްވާތީ، ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުއްވައިފި ނަމަ، އެ ހުރިހާ ފައިސާ ދުވަހަކު ވެސް ނުލިބިދާނެ ކަން ރައްޔިތުން އިހްސާސް ކުރާ ކަމަށެވެ.

އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި އެމަނިކުފާނުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ވަނީ ފަށައިފަ އެވެ.

16 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 34%
icon sad icon sad 25%
icon angry icon angry 41%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެއްމިލިއަންދެރުފިޔާ

11 December 2018

ޖަލަށް ދާއިރަށް ގައިގަ ހުރިއްޔާ ހުރި ހުރިހާ ބައްޔަކަށް ބޭސް ކުރަންމިށަނީ ކީއްވެތަ؟

The name is already taken The name is available. Register?

އާސަންދަ

27 January 2018

ޖަލުގަ ތިބޭ އެންމެނަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރަންޖެހެނީ ކީއްވެ؟ އެމީހުނަށް ފަރުވާކުރެވެނީ ހަަމައެކަނި ސިންގަޕޯރ ޑޮކްޓަރުންނަށްތަ؟

The name is already taken The name is available. Register?

ސަގަރު

27 January 2018

އަދީބަކީ ވަރަށް ގިނަކުށތަކަކަށް ތުހުމަތު ކުރެވޭމީހެއް އަދި އެހާބައިވަރު ފައިސާތަކަކަށް ޚިޔާނާތްތެރިވެފައިވާކަމުގެ މަސްއަލަ އަށް ތުހުމަތު ކުރެވޭ ބޭފުޅެއް އަދި ޓުއަރިޒަމް މިނިސްޓަރ ކަން ލިބިވަޑައިގަތީސުރެން ރަސްކަލަކުވެސް ދިރިނުޅުއްވާފަދަ ފައިސާގެ ތަނަވަސްކަމުގައި ދިރިއުޅުއްވަމުން ގެންދެވިބޭފުޅެއް އެހެންވީމާ އަޅުގަނޑުގަބޫލުކުރާގޮތުގައި އަދީބު ރާއްޖެއިންބޭރަށް ފޮނުވައިގެންނުވާނެ އަދި އަޅުގަނޑަކީ ވަކިޕާރޓީއަކަށް ސަޕޯރޓްކުރާމީހެއްނޫން އަދި އަމްދުން

The name is already taken The name is available. Register?

ތުއްތުބެއްޔާ

26 January 2018

ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެފައި ވަނީ، އަދީބަކީ ދައުލަތުގެ ގިނަ ފައިސާތަކަކަށް ހިޔާނަތްތެރިވެފައިވާ ބޭފުޅަކަށްވާތީ، ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުއްވައިފި ނަމަ، އެ ހުރިހާ ފައިސާ ދުވަހަކު ވެސް ނުލިބިދާނެ ކަން ރައްޔިތުން އިހްސާސް ކުރާ ކަމަށެވެ. މިހެންވީމަ ބުނެވިދާނެ ހުން ނާންނަނީސް ހުން އަތުވެދާނެކަމަށް ރަޖާ ލަނިއޭވެސް. އޯކޭ ތިކަމުގައި މައްސަލައެއް ނެތް. ޖަލުގައި ހުއްޓާ އަދީބު މަރުވެއްޖެއްޔާ އެފައިސާ ލިބިދާނެތޯ؟ މަގޭ ސިކުނޑިއަކަށް ޤަބޫލެއް ނުކުރެވޭ ލިބިދާނެ ކަމަކަށް. ކޮންމެ މީހަކަށް ވިޔަސް ކޮންމެ ޙާލަތެއްގައި ހުއްޓަސް ޞިއްޙީ ފަރުވާ ލިބެންޖެހޭނެ ކަމަށް މަށަށް ޤަބޫލު ކުރެވެނީ.

The name is already taken The name is available. Register?

ސަމީމާ

26 January 2018

ތިޔަވިސްނުން މުޅިއަކުން ގޯހެއްނޫން... އެކި ކުށްކުށުގަ މިހާރު ޖަލުހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށްވެސް ތިޔަ ޚިދުމަތް ލިބެންޏާ އޯކޭވާނެ. އަދީބު ވަގަށްނެގި ފައިސާ ދައުލަތައް ދެއްކިޔަސް އޭނަ ވަކި ޖަލުހުކުމުން ސަލާމަތެއް ނުވެވޭނެ. ޖަލުގަ އެ ހުންނަނީ ކުރި ކުށަށް ދޭން އޮންނަ އަދަބާއި ގުޅިގެން... ތިގޮތަށް ކިތަންމެ މީހަކު ތިބޭނެ ވަގަށް ނެގި ފައިސާ ދީފަ ނިކުމެ އެއަށް ވުރެ ބޮޑު ކަމެއް ކޮށްލާ ހިއްވާ....... އެހެންވީމަ އަދީބަކަސް މި ދީބަކަސް ދޭންޖެހޭ އަދަބެއް ދޭންވާނެ...... މިސްކިތުގަ ޤުރްއާން ކިޔަވަން އިންދައެއް ނޫނެއް ނުން ގެންގޮސް ޖަލުގަ ބޭންދީ.....

The name is already taken The name is available. Register?

އައްލާމް

26 January 2018

ތިއުޅެނީ ފިލާނެ ގޮތެއް ނެތިގެން ފިލޭތޯ ހުރިހާ މަސައްކަތެއް އެ ކުރަނީ........ ގައުމުގެ ރައުސްމާލު ވަނީ ބޭރުގެ އެކި އެކި ބޭންކް ތަކުގަ ރައްކާކޮށްފަ.... ބޭރަށް ފޮނުވައިފިއްޔާ އޭނަ ދެން ރާއްޖެއަކަށް ނާންނާނެ......އެފައިސާއިން ވިޔަފާރިކޮށްގެން އޭނަ މަރުވަންދެން ފިލައިގެން އުޅޭނީ...އޭނަގެ ބާރުގަ ދައުލަތުގެ ފައިސާ ކެއި އެންމެން ވީ ރާއްޖެއިން ބޭރުގަ.... މިހާތަނަށް އެއިން އެކަކުވެސް ރާއްޖެ ގެނެވިފައެއް ނުވޭ.

The name is already taken The name is available. Register?

އަދީބު ދެޖީބު

26 January 2018

ސަރުކާރުން ނުފޮނުވާނެ އަދީބު ރާއްޖެއިން ބޭރަށް. މިހާރުވެސް އެބުނާ ސިޔާސީ ކުށްވެރިން ނުލާހިކު ގިނަ ބޭސްފަރުވާ އަށޭ ކިޔާފަ ގޮސް ރާއްޖޭން ބޭރުގެ އެކި ޤައުމުތަކަށް އަރުވާލެވިގެންތިބި. އަދީބުވެސް ހައްދަވާނީ ހަމަ އެހެން ކަން ސަރުކާރަށް އެނގޭ. އެހެން ކުށްވެރިން ފޮނުވިޔަސް އަދީބު ނުފޮނުވާނެ ސަބަބކީ ސީދާ ރައީސް އަށް އަމާޒުކޮށް ބޮމެއް ގޮއްވާލީމަ. އޭގެ ސަބަބުން އުއްތަމަ ކަމަނާއަށް ވެސް ގެއްލުންވި. އެހެންވީމާ އުއްމީދު ކަނޑާލާ.

The name is already taken The name is available. Register?

މޫސަބޭ

26 January 2018

އިރެއްގައި އެޗްއާރްސީއެމްގައި ތިބި އިންސާނީ ޙައްޤު ދަންނަ މެންބަރުން. ނަމަވެސް މިހާރު ތިބީ ލާރިކޮޅަށްޓަކާ އެތަނަށް ފާވެގަތް ބަޔަކު. ތަނުގެ ކިޔަވައިގެންތިބި މުވައްޒަފުންވެސް ތިބެނީ މިތިބަ މެންބަރުން ފުލަށް ބަރުކަމުން ލަދުން ބޯ ހަލާކުވެފަ. ތިމަންނާ އުޅެނީ އެޗްއާރްސީއެމް ގައޭ ބުނަންވެސް ލަދުން.

The name is already taken The name is available. Register?

ޢަހްމަދު

26 January 2018

އަދީބް އަކަސް ދިވެހި ރައްޔިތުންގެ އެތައް ފައިސާއަކަަށް ހިޔާނާތްތެރި ވެފައި ވާމީހެއް އޭނަ ދޫކޮއްލައިގެން ނުާނެ

The name is already taken The name is available. Register?

ޓޮމް

26 January 2018

1 އަހަރުފަހުން އެޕޮއިންޓްމެންޓް ހަމަޖެހުން ވަރަށް އޮބި. ލަދުގެ ކަންފުޅެއްވެސް ކަމިޝަނުގަ ނެތް. ނަގޫފިތިފައިވާ ކަމިޝަނެއް

The name is already taken The name is available. Register?

ޙުސެން

26 January 2018

ޜައްކާވެ ތިބިއްޔާ ދަތުރު އޭގެ މާނަޔަކީ ހައްގުނުގެއްލެނީސް ގެއްލިއްޖެކަމަށް އެޕޮއިންޓްމަންޓަކަށް އެދުން.

The name is already taken The name is available. Register?

ތުނިޔަ

25 January 2018

އިރެއްގަ ޚާލިދު ބުނު ވަލީދު...މިއަދު ހަމަ އެއްމެ ނިކަމެތި ޙާލުކޮޅުގަ، މިހިރީ ދުނިޔެ ދައްކާ ހަޤީޤަތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454