ޚަބަރު / މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން

މިނިސްޓްރީން ނުކުންނާނީ ކާނިވާ ދޫކުރުމާ މެދު ގޮތެއް ނިންމީމާ: އިއްތިހާދު

އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ހައުސިން މިނިސްޓްރީގައި. ސިޓީގެ ޖަވާބު ލިބެން ދެން ޝިފާ، އަނަސް އަދި ނިޔާޒް އަދިވެސް ހުންނެވީ މިނިސްޓްރީ ތެރޭގައި. - ފޮޓޯ: މަހްލޫފް

އިދިކޮޅު އިއްތިހާދުގެ ޖަލްސާ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް އެދި ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީގެ ޖަވާބު ހޯދުމަށް އެ މިނިސްޓްރީ އަށް ގޮސް ތިއްބެއްވި ބޭފުޅުން އެ ތަނުން ނުކުންނާނީ ނޫނީ އެ ކަމާ މެދު މިނިސްޓްރީން ވަކި ގޮތެއް ނިންމެވުމުން ކަމަށް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު މިއަދު ވިދާޅުވި ގޮތުގައި އިދިކޮޅު ފިކުރުގެ ބޭފުޅުން ހައުސިން މިނިސްޓްރީގައި ތިއްބަވާތާ މިހާރު ދެ ގަޑިއިރު ވެއްޖެ އެވެ. ނަމަވެސް ސިޓީގެ ޖަވާބު އަދިވެސް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީގެ ޖަވާބު ލިބެންދެން މަޑުކޮށްގެން މިތިބީ. އެކެއް ޖެހީއްސުރެ މިނިސްޓްރީގައި މި ތިބީ،" އަނަސް ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި އަނަސްގެ އިތުރުން އިއްތިހާދުގެ ތަރުޖަމާނު އަހުމަދު މަހްލޫފް، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހިމެނިވަޑައިގަންނަވަ އެވެ.

އިދިކޮޅު އިއްތިހާދުގެ ބައެއް ބޭފުޅުން ހައުސިން މިނިސްޓްރީގައި. ޖަވާބެއް ލިބެން ދެން އެތަނުގައި ތިއްބަވާނެ ކަމަށް އެބޭފުޅުން ވިދާޅުވި. - ފޮޓޯ: މަހްލޫފް

އިއްތިހާދުގެ ޖަލްސާ ބާއްވަން ކާނިވާ ސަރަހައްދު ހޯދަން މިނިސްޓްރީ އަށް ފޮނުވި ސިޓީގެ ޖަވާބު ނުލިބޭތީ ސިޓީގެ ޖަވާބު ހޯދަން ނިޔާޒްގެ އިތުރުން ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ވެސް އިއްޔެ މިނިސްޓްރީ އަށް ވަޑައިގެންނެވި އެވެ. އެކަމަކު މިހާތަނަށް އައިއިރު ސިޓީގެ ޖަވާބެއް ނުލިބެ އެވެ.

އިއްތިހާދުގެ ޖަލްސާ މާދަމާ ރޭ ބާއްވަން ކާނިވާ ސަރަހައްދު ދޫކޮށްދިނުމަށް އެދި އެމްޑީޕީން ސިޓީ ފޮނުވިތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެކަމަކު ކާނިވާ ސްޓޭޖް ސަރަހައްދު ކުއްޔަށް ހިފާފައިވާ ފަރާތަށް އެހެން ބަޔަކަށް ހުއްދަ ދޫކުރެވޭނީ، ހައުސިން މިނިސްޓްރީގެ ރަސްމީ ހުއްދައެއް ލިބިގެން ކަމަށްވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އިއްތިހާދުގެ ޖަލްސާ ބޭއްވުމަށް މަގު ފަހިކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަން ޖެހޭ ކަންކަން ހަލުވިކަމާ އެކު ކުރާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކަށް ހުރި ހުރަސްތައް ނައްތާލަން އަބަދުވެސް މަސައްކަތް ކުރާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ޖަލްސާތައް ބޭއްވުމުގެ ހުއްދަ ނުދެނީ، އިދިކޮޅު ސިޔާސީ ފަރާތްތަކަށް ހުރަސް އަޅަން ކަމަށާއި ހުއްދަ ނުދޭކަން އިލެކްޝަންސް ކޮމިޝަނާއި ފުލުހުންނަށް ވެސް އެނގޭނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

19 ކޮމެންޓް, 151 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 3%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަން

13 July 2016

ޔާމިނައް ކެރޭކަން މިއެގެނީ ކޮންޖަލްސާއެއް ބާއްވަންތަތިއުޅެނީ ޖަލްސާ ބައްވައިގެން މިސްމީހުންގެ މިނިމަސްކަނީ.

The name is already taken The name is available. Register?

ުޔަގީން

13 July 2016

ހައުސިންގް މިނިސްޓްރީން ނިކުންނާނީ ޖަވާބެއް ލިބުމުން ކަމަށް އިއްތިހާދުން ބުނާނަމަ ސަރުކާރަށް ވެސް ބުނެވޭނެ ދޯ އިއްތިހާދަކީ އެއީ ސިޔާސީ ޕާރޓީ އެއް ކަން އަންގައިދޭ ލިޔުމެއް އިލެކްޝަން ކަމިޝަން މެދުވެރިކޮށް ގެންނަން. އަދި އިއްތިހާދަކީ އެއީ އިލެކްޝަންސް ކަމިޝަންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ޕާރޓީ އެއްތޯ ވެސް ޖެހޭނެ އިލެކްޝަންސް ކަމިޝަނުން ޔަގީން ކަން ދޭން ލިޔެކިޔުމުން.

The name is already taken The name is available. Register?

ނައީމާ

14 July 2016

ދެންވީވެބާ ޕީޕީއެމްއިން ޖަލްސާބާއްވާ އިރު ކިޔަނީ "ވެރިކަންކުރާ ޕާޓީ" ހަމަޔަޤީން "ވެރިކަން ކުރާ ޕާޓީ" ނަމުގައި ނޯންނާނެ ރަޖިސްޓްރީކޮށްފައި އެއްވެސް ޕާޓީއެއް... ބޯހަލާކު

The name is already taken The name is available. Register?

ރަށުމީހާ

13 July 2016

ހައްތަހާވެސް ހީވަނީ ރައްޔިތުމީހަށްނޭންގޭ އެއްޗެއް ގިނަބަޔަކް އެއްވާތަނެއްގަ ދައްކަފާނޭ ބޮޑުމަންޒަރު ބެލުމުގެގާބިލިއްޔަތުކަންނެތިއްޔާ ނުބަލާ ހުރީމަވީނު އެހެންނޫނަސް ކެޔޮކޭވަރާ ކަދުރުކެއިވަރު އޮޅިގެން އުޅޭ ދޭސީއެއްވެސް ބިދޭސީއެއްވެސްނޫޅޭ

The name is already taken The name is available. Register?

ބަކުރުބެ

13 July 2016

ހުއްދަހޯދަން ޖެހޭތަ، އޮންނަނީ ކުރަން އުޅޭކަމެއް އެންގުމެއް ނޫންތަ ގަވައިދާ ޚިލާފުކަމެއް ކުރަން މިއުޅެނީ ކީއްވެބާ!

The name is already taken The name is available. Register?

ހާސަރު

13 July 2016

މިއީ ވަރަށް ދަށުދަރަޖައެއްގެ ސަރުކާރެއް! ރައްޔިތުންގެ ކަންކަމާ ހަވާލުވެތިބެންޖެހޭނީ މިއައްވުރެ ޒިންމާދާރުބައެއް! ސަރުކާރާއި އިދިކޮޅު މީހުން އެއީ ސަރުކާރުގެ ހަތުރުންކަމަށް ދުއްޓެއްކަމަކު ރއެއީ ރައްޔިތުންގެ ހަތުރުންނެއްނޫން! މިދައުލަތަކީ ސަރުކާރުގެ މިލްކެއްކެއްނޫން މިއީ ހުރިހާރައްޔިތުންގެ މިލްކެއް. ވެރިަކަމުގަ ތިބެވުނީމަ ބާރުގެ ބޭނުންކޮށްގެއް ރައްޔިތުންގެ ހައްގުތަކައްއަރައިގަންނަނީތި. ކާނިވާ ކުއްޔަށްހިފައިގެން އުޅޭ މީހުން އެތަން ދޭންތިބިއިރު ހުއްޓުވުމުގެ އެއްވެސް ހައްގެއް ތިޔަމިނިސްޓްރީއަކަށް ލިބިގެނެއްނުވޭ.

The name is already taken The name is available. Register?

އެތެރެ

13 July 2016

އެތެރޭގެ ޕްރައިމަރީއެއް ބާއްވަން ކެރިގެންދޯ އަދި އިތުރު ބަޔަކާ ވާދަ ކުރަން ކެރޭނީ.

The name is already taken The name is available. Register?

އެނޮނީމާ

13 July 2016

މި ދިވެހިން ކަހަލަބަޔެއް ނެތް އެޅިއަތަކަށް މަރު ނުވަތަ އެޅިބަތަކަށް ރިހަ. ތިހާ ހަޖަމްނުކުރެވެންޏާ ކީއްކުރަންތަ ދި މޮކްރެސީ ގެނައީ. މިތަން ރަސްކަމަކަށް ބަދަލުކުރަންވީނުން. ބޯހަލާކު

The name is already taken The name is available. Register?

ކޮނަސާން

13 July 2016

ނުނުކުންނާނަމޭ! އަމިއްލަ ގެދޮރުތަ ؟

The name is already taken The name is available. Register?

ގަރުނު

13 July 2016

ސިޓީއަށް ޖަވާބު ދޭން އޮންނަނީ 3 ދުވަސް. އަމިއްލަ އޮފީހެއްގަތަ ޖަވާބު ނުދީ އުޅެނީ. މުސާރަ އެއީ އަމިއްލަ މިލްކުން ނަގާއެއްޗެއްތަ؟

The name is already taken The name is available. Register?

މޫސަލް މުސްތަފާ

13 July 2016

އިއްތިހާދުގެ ޖަލްސާ ބޭއްވުމަށް މަގު ފަހިކޮށް ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އެހެން ކިޔާ ޕާޓިއެއް އިލެކްޝަން ކަމިޝަނުގައި ރަޖިސްޓަރީ ކޮށްފައި ވަނީތޯއެވެ.

The name is already taken The name is available. Register?

ޝިފާގު

13 July 2016

ތިޔަ ޖަލްސާ ބާއްވަން ހުއްދަދީގެން ނުވާނެ. ތިޔައީ މިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކުން ކުރާކަމެއް ނޫން. ތިޔަބަޔަކު ރަޖިސްޓްރީ ކޮށްގެން އުޅެނީ އިނގިރޭސިވިލާތާ ކޮޅުބުނގަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454