ޚަބަރު / ކަރެކްޝަނަލް ސާވިސް

ގައިދީންގެ ބަޔާން މީޑިއާގައި ޝާއިއު ކުރީމާ އަޅާނެ ފިޔަވަޅެއް ނުބުނި

މިނިވަން ނޫސްވެރިކަމަށް ގޮވާލައި ނޫސްވެރިންތަކެއް ކުރި މުޒާހަރާއެއްގެ-- މިހާރު ފޮޓޯ

ގައިދީންގެ ފަރާތުން ނެރޭ ބަޔާންތައް ޝާއިއުކުރާ މީޑިއާތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިން ނަމަވެސް، އަޅާނެ ފިޔަވަޅެއް ހާމަކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސުން ދެކޮޅު ހަދައިފި އެވެ.

ޖަލު ބެލެހެއްޓުމުގެ ޒިންމާ އޮންނަ ކަރެކްޝަނުން މިދިޔަ ހޯމަ ދުވަހު ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އެފަދަ ބަޔާންތަކާ ހަވާލާދީ މީޑިއާތަކުގައި ޝާއިއުކުރާ ނަމަ އެ މީޑިއާއަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

Gaidheen ge bayaan shaaiu kuraa media thakah fiyavalhu alhan fashaifi

Gaidheen ge bayaan shaaiu kuraa media thakah fiyavalhu alhan fashaifi

The most trusted news source in the Maldives

Mihaaru

ގައިދީންގެ ބަޔާން ޝާއިިއު ކުރާ މީޑިއާ ތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނުން--

މީޑިއާތަކާ މެދު އަޅަނީ ކޮން ފިޔަވަޅެއްތޯ ސުވާލު ކުރުމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ "ތިކަމަށް ކޮމެންޓެއް ނެތް" ކަމަށެވެ.

އެ މައްސަލަ ފުލުހުން ވެސް މިހާރު ވަނީ ބަލަން ފަށައިފަ އެވެ. ފުލުހުން އިއްޔެ ވަނީ "މިހާރު" ނޫހަށާއި "އަވަސް" ނޫހަށް ގޮސް އަދީބުގެ ބަޔާނާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ފުލުހުން މީޑިއާތަކަށް ދަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަޔާނާއި ގުޅިގެން އެކަން ހިނގާފައިވާ ގޮތް ސާފު ކުރުމަށް ކަމަށެވެ. އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ނުދެއްވި އެވެ.

ދޭތެރެދޭތެރެ އިން އަދީބު ބަޔާންތައް ނެރުއްވާއިރު ދާދި ފަހުން ވަނީ ޝައިހް އިމްރާން ހައްޔަރު ކޮށްފައިވަނީ ނުހައްގުން ކަމަށް ބުނެ ވެސް އަދީބު ބަޔާނެއް ނެރުއްވައިފަ އެވެ. އަދި ފާރިސް ހައްޔަރު ކުރުމާ ގުޅިގެން ވެސް އަދީބު ބަޔާނެއް ނެރުއްވި އެވެ.

މީޑިއާތަކަށް ބިރުދެއްކުން ހުއްޓާލުމަށް ގޮވާލައި އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދީބުގެ ބަޔާން ނެރުނީ އަދީބުގެ އެދުމަށް އޭނާ ކަމަށާއި ސުވާލު ކުރަންޖެހޭނީ އޭނާ އާ ކަމަށެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނާ ގޮތުގައި، ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހުންނާ ބައްދަލުކޮށް، އެއްވެސް މައުލޫމާތެއް ހޯދައި، އެ މައުލޫމާތެއް ބޭނުން ކުރެވޭނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހަދާފައިވާ ޚާއްސަ ގަވައިދުގެ ދަށުންނެވެ.

ގައިދީން ބަލަހައްޓާ އިދާރާގެ ބަޔާނުގައި ބަޔާންކުރާ ދެ ގަވައިދަކީ، ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނަށާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި އިނާޔަތްތަކާ ބެހޭ ގަވައިދާއި އެ މީހުންނަށް ފޯނުކުރުމާއި ސިޓީ ފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވައިދެވެ.

އެ ގަވައިދުތައް ބުނާ ގޮތުން ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހުންގެ ފަރާތުން މައުލޫމާތު ހޯދައި، އެ މައުލޫމާތެއް މީޑިއާގައި ބޭނުމެއް ނުކުރެވޭނެ އެވެ. ޖަލުގައި ބަންދު ކުރެވިފައިވާ މީހުންނާ މުއާމަލާތު ކުރުމުގެ ފުރުސަތު ލިބޭނީ އާއިލާއަށާއި ގާނޫނީ ވަކީލަށް އެކަންޏެވެ.

9 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 0%
icon angry icon angry 93%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސެކިއުރިޓީ

02 February 2018

މިޔޮއްގެން ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުތަނީ ސެކިއުރިޓީ ނުކުމެ!

The name is already taken The name is available. Register?

އަބްދުއްލާ

01 February 2018

އެ ނޫހެއް އެޓީވީ އެއް އުވާލާނީ

The name is already taken The name is available. Register?

އަބްދުއްލާ

01 February 2018

ގާނޫނުއަސާސީގެ 18 ވަނަ މާއްދާ ވިދާޅުވިންތޯ . ހުރިހާކަމެއް ކަށަވަރުކޮށްދޭނެ ޖެހެނީ ދަވްލަތަށް ދަވްލަތުގެ އިސްވެރިޔާ އަކީ ރައީސުލް ޖުމްހޫރިއްޔާ އެކަންނޭގެނީތަ ؟

The name is already taken The name is available. Register?

އަލްޖިބްރާ

01 February 2018

އަޅާނެ ފިޔަވަޅު ބޮޑުމީހާ އެންގީމަ އަންގާގޮތަކަށް ނިންމާނީ !

The name is already taken The name is available. Register?

ރާފަޅާ

01 February 2018

އަޅާނެފިޔަވަޅެއް ބުނާނީ ކިހިނެތް؟ ފިޔަވަޅުއަޅަނީ ޔާމީނު އަންގާގޮތެއްގެމަތިން. ޔާމީނު ނާންގަންޏާ ނުބުނެވޭނެއެއްނު. ހިތިގޮތަކަށް ނިމިގެންދާނެވެރިކަމެއް ހުވާމިބުނީ.

The name is already taken The name is available. Register?

ފާތުމާފުޅު

01 February 2018

ހޭވައްލާ ތައްޔާރު

The name is already taken The name is available. Register?

ސަމާސާ

01 February 2018

އަދަބު ކަނޑައަޅާމީހާ އެންމެންނަށް އެނގޭ ނޫންތޯ؟ ގާނޫނަކީވެސް ، ގަވައިދަކީވެސް ، އުސޫލަކީވެސް ، މުއައްސަސާއަކީ ވެސް ، ގާޒީއަކީވެސް ، ދެންހަމަ ހުރިހާއެއްޗަކީވެސް އޭނަ ނޫންތޯ؟ ގައުމަށް ޖެހިގެން މިއުޅޭ މުސީބާތެއްތާދޯ؟

The name is already taken The name is available. Register?

އަލީގ

01 February 2018

ރަގަޅު ޖަވާބު ބޮޑުމީހާ ވިދާޅުވި ފިޔަވަޅެއް، ބުނަން ތަންކޮޅެއް ހަޑިވެފަ އަމިއްލަބާރެއް ނެތްކަމައް އިއުތިރާފުވެވޭތީ ބުނަން ނުކެރުނީކަމައްވާނީ.

The name is already taken The name is available. Register?

ރަބަރު

01 February 2018

މިފަދަ ސުވާލުކުރަނީ ކީއްކުރަން ހެއްޔެވެ. އަޅާނެ ފިޔަވަޅާ މިންވަރާ ބާވަތް ކަނޑައަޅާނީ ސުޕްރިމޯއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454